ނަމާދުނުކުރާ މީހާގެ ރޯދައިގެ ޙުކުމަކީ ކޮބާ؟ - الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ސުވާލު: ނަމާދުނުކުރާ މީހާގެ ރޯދައިގެ ޙުކުމަކީ ކޮބާ؟
ޖަވާބު: ނަމާދުނުކުރާ މީހާގެ ރޯދައެއް އެއްވެސް ޙާލެއްގައި ސައްޙައެއްނުވާނެއެވެ. އެހެނީ ނަމާދުއަޅާ މީހާއެއީ މުރުތައްދުވެފައިވާ ކާފަރެކެވެ. އެއީ ﷲ ޞުބުޙާނަހޫ ވަތަޢާލާވަޙީކުރައްވާފައިވާ ފަދައިންނެވ فإن تابوا وأقاموا الصلاة وآتوا الزكاة فإخوانكم في الدين މާނައީ " އެބައިމީހުން ތައުބާވެ ނަމާދު ޤާއިމުކޮށް އަދި ޒަކާތް ދިނުމަށްފަހުގައި މެނުވީ އެބައިމީހުން، ތިޔަބައިމީހުންގެ ދީނުގެ އަޚުންތަކެއްކަމުގައި ނުވާނެއެވެ." އަދި ރަސޫލާ صلي الله عليه وسلم ޙަދީޘްކުރައްވަނީ " إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ " މާނައީ: " އިންސާނާއާއި ކާފިރުކަމާއި ޝިރުކާއި ދެމެދުގައިވަނީ ނަމާދުއެޅުމެވެ." އަދިވެސް ޙަދީޘްކުރެއްވިއެވެ." الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ" މާނައީ: " އަހަރުމެންނާއި އެކާފިރުންނާއި ދެމެދުގައިވާ އަހުދަކީ ނަމާދެވެ. އެނަމާދު އަޅައިފިމީހާ ފަހެ ކާފަރުވެއްޖެއެވެ. "އަދި މިބަހަކީ ރަސޫލާ صلي الله عليه وسلم ގެ ޞަޙާބީން މިކަމުގައި ދެކެމުން އައިގޮތްވެސް މެއެވެ. ޢަބްދުﷲ ބިން ޝަޤީޤު ކިޔުނު ތާބިޢީއެއް ބުނެފައިވެއެވެ. ރަސޫލާ صلي الله عليه وسلم ގެއަޞްޙާބުބޭކަލުން ޢަމަލެއް ދޫކޮށްގެން ކާފިރުވެދާނެކަމަށް ނަމާދު ނޫނީ ނުދެކެއެވެ. މިހުރިހައި ގޮތްތަކުން އެނގިގެންދަނީ ނަމާދު ނުކުރާމީހާގެ ރޯދައަކީ އޭނާގެމަތިން ޤަބޫލުނުކުރެވޭނެ ޢަމަލެއްކަމެވެ. އެމީހަކު އެޢަމަލުން ﷲގެ ޙަޟުރަތުން ހޯދޭނެ އެއްވެސްފައިދާއެއް ނެތްކަމެވެ.
މަޞްދަރު: މިފަތުވާތަކަކީ ސަޢުދީޢަރަބިޔާގެ ކުރީގެ ފަތުވާކޮމެޓީގެ ރައީސް އައްޝެއިޚް އިބްން ބާޒް ރަޙިމަހުﷲ ހުރިހާ މުސްލިމުންނަށް ނަޞޭހަތެއްގެ ގޮތުން ދެއްވާފައިވާ ފަތުވާ ތަކެކެވެ.