5 އަހަރުމެންނާއި ބައްދަލުކުރާ محرم މުޙައްރަމް މަހުގެ މާތްކަން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އަހަރުމެންނާއި ބައްދަލުކުރާ محرم މުޙައްރަމް މަހުގެ މާތްކަން

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ محرم މުޙައްރަމް

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


އަހަރުމެންނާއި ބައްދަލުކުރާ محرم މުޙައްރަމް މަހުގެ މާތްކަން

މުޙައްރަމް މަހުގެ މާތްކަމާއި އަދި އެހެނިހެން މައްސަރުތަކާއި ޚިލާފަށް މުޙައްރަމް މަހުގައި އެ އަޅުކަމެއްގައި ޤާއިމްވުމުން ޘަވާބާއި ދަރުމަ ލިބުމުގައި ގިނަވެގެންވާކަން ބަޔާންވެގެންވާ ގިނަގުނަ ދަލީލުތަކެއްވެ އެވެ.


އިމާމް މުސްލިމް ޞަޙީޙުގައި أَبِي هُرَيْرَةَ  رضي الله عنه އަރިހުން ރިވާކޮށްފައިވެ އެވެ. رَسُولُ اللَّهِ  ﷺ ޙަދީޘް ކުރެއްވި އެވެ.
(أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ صَلَاةُ اللَّيْلِ)
"ރަމަޟާން މަހަށް ފަހުގައި، ރޯދަހިފުން އެންމެ ހެޔޮކަން ބޮޑުވެގެންވާ މައްސަރަކީ ﷲ ޙުރުމަތްތެރިކުރައްވާފައިވާ الْمُحَرَّمُ މައްސަރުގައި ހިފާ ރޯދަ އެވެ. ފަރުޟު ނަމާދަށް ފަހުގައި، އެންމެ ހެޔޮވެގެންވާ ނަމާދަކީ ރޭގަނޑުގެ ވަޤުތުގައި ކުރެވޭ ނަމާދެވެ."


މި ޙަދީޘްގެ ޝަރަޙައިގައި އިމާމް النووي ވިދާޅުވެފައިވެ އެވެ. "މައްސަރުތަކުގެ ތެރެއިން ރޯދަ ހިފުމަށް އެންމެ ހެޔޮވެގެންވާ މައްސަރަކީ (މުޙައްރަމް) މަސްކަމުގައި ޞަރީޙަކޮށް ބަޔާންވެގެންވެ އެވެ."


އިމާމް الترمذي  މި ޙަދީޘް سنن ގައި ރިވާކޮށްފައިވެ އެވެ. އަދި ޙަދީޘް ޝަރަޙަ ކުރައްވައި އިމާމް المباركفوري ވިދާޅުވެފައިވެ އެވެ. "މާނައަކީ، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ مُحَرَّمُ މައްސަރުގައި ހިފާ ރޯދަ (އެހެން މައްސަރުތަކަށްވުރެ ހެޔޮކަންބޮޑުވެގެންވާ ކަމެވެ.) އެ މައްސަރު ﷲ، އެކަލާނގެ ޛާތުފުޅަށް ނިސްބަތް ކުރައްވާފައިވަނީ އެމަހުގެ ޝަރަފަށް (މަތިވެރި) ކަމަށްޓަކަ އެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޝަޢުބާން މަހުގައި ގިނަގިނައިން ރޯދައަށް ހުންނަވާ ކަމުގައި ވާރިދުވެގެންވެ އެވެ. އަދި މިޙަދީޘް އިން ދަލީލު ކުރެވިގެންވަނީ ރަމަޟާން މަހުގެ ރޯދައަށްފަހުގައި އެންމެ ހެޔޮވެގެންވާ ރޯދައަކީ މުޙައްރަމް މަހުގައި ހިފާ ރޯދަ ކަމުގަ އެވެ. ފަހެ، ނަބިއްޔާ ﷺ މުޙައްރަމް މަހަށްވުރެ ގިނަގުނަ ރޯދަތަކެއް ޝަޢުބާން މަހުގައި ހިފާފައިވަނީ ކިހިނަކުންތޯ އެވެ؟ ބުނަމެވެ. ފަހަރެއްގައި އެއީ ނަބިއްޔާ ﷺ އަށް މުޙައްރަމް މަހުގެ މަތިވެރިކަން ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކުގައި ނޫނީ އެކަން އެނގިވަޑައިގެންފައި ނުވުމެވެ. އަދި އެކަމަށް ކުޅަދާނަވެގެންވެސް ނުވުމެވެ. ނުވަތަ އެމައްސަރުގައި ރޯދަ ހިފުން ގިނަކުރުމަށް އެކިގޮތްތަކުން ޢުޛުރުވެރިވާ ޙާލަތްތައް ދިމާވެގެން ވުމެވެ. މިޘާލަކަށް ބަލިޙާލަތުގައި ނުވަތަ ދަތުރުކުރެއްވުމެވެ. ނުވަތަ މިނޫންވެސް އެކި (ޢުޛުރުތަށް މެދުވެރި ވެފައިވުމެވެ.))

Like what you see?

Close

Hit the buttons below to follow us, you won't regret it...