5 ވާރޭ ވެހުމާއި އަދި އެކަމުގެ ސުންނަތްތައް - أُسْتَاذ أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ވާރޭ ވެހުމާއި އަދި އެކަމުގެ ސުންނަތްތައް - أُسْتَاذ أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ދުޢާ

ފުރަތަމަ ސުންނަތް: ވާރޭވެހެން އެންމެ ފުރަތަމަ ފަށާ ހިނދުގައި اللهم صيـباً نافعاً ކިޔުމެވެ.
عائشة رضي الله عنها އަރިއަހުން البخاري ރިވާކުރައްވާފައިވެ އެވެ. ޙަދީޘްގައިވެ އެވެ. 
أن رسـول الله صلى الله عليه وسلم  كان إذا رأى المطر قال: (اللهم صيـباً نافعاً) "ހަމަކަށަވަރުން رسـول الله صلى الله عليه وسلم  ވާރޭވެހެން ފެއްޓުމުން اللهم صَيِّـباً نافِعاً ވިދާޅުވެ އެވެ."


ދެވަނަ ސުންނަތް: ވާރޭވެހެން އެންމެ ފުރަތަމަ ފަށާ ހިނދުގައި ވާރޭ ތެރެއަށް ނިކުމެ ހަށިގަނޑުން ހެދުމުގެ ކޮންމެވެސް މިންވަރެއް ކަޝްފުކޮށް، ބަރަކާތަށް އެދި ހަށިގަނޑުގައި ވާރޭފެން ޖެއްސުމެވެ. އެއީ أنس رضي الله عنه ގެ ޙަދީޘްގައި ވާރިދުވެގެންވާ ފަދައިންނެވެ.

ޙަދީޘްގައިވެ އެވެ. أنس رضي الله تعالى عنه قال : أصابنا ونحن مع رسول الله صلى الله عليه وسلم    مطر فحسر رسول الله صلى الله عليه وسلم  ثوبه حتى أصابه من المطر ، فقلنا : يا رسول الله لم صنعت هذا ؟ قال : لأنه حديث عهد بربه تعالى. رواه مسلم أنس رضي الله عنه ވިދާޅުވި އެވެ. އަހަރެމެން رسولُ اللَّهِ ﷺ ގެ އަރިއަހުގައި ވަނިކޮށް ވާރޭވެހެން ފެއްޓި އެވެ. ފަހެ، رسولُ اللَّهِ ﷺ ވާރޭ ތެރެއަށް ނުކުމެވަޑައިގެން ހަށިކޮޅަށް ވާރޭފެން ވާޞިލްވާނެ ގޮތަށް ތުރުކުރައްވައިގެން ހުންނެވި ފޭރާން (ފޭރާމުގެ ކޮންމެވެސް މިންވަރެއް) ކަޝްފު ކުރެއްވި އެވެ. ފަހެ، رسولُ اللَّهِ ﷺ އަރިހުގައި ދެންނެވުނެވެ. ތިފަދައިން ޢަމަލުފުޅު ކުރެއްވީ ކީއްވެތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. "ހަމަކަށަވަރުން އެއީ ދާދި ދެންމެއަކު ތިމަން ނަބިއްޔާގެ ވެރި އިލާހުގެ ޙަޟުރަތުން ފޮނުއްވުނު އެއްޗެކެވެ."


الحافظ النووي رحمه الله ވިދާޅުވި އެވެ. (ޙަދީޘްގައިވާ) مطر فحسر ގެ މާނައަކީ ކަޝްފުކުރުމެވެ. ޔަޢުނީ : ހަށިގަނޑުގެ ކޮންމެވެސް މިންވަރެއް ކަޝްފު ކުރެއްވުމެވެ. ޙަދީޘްގައިވާ حديث عهد بربه "ދާދި ދެންމެއަކު ތިމަން ނަބިއްޔާގެ ވެރި އިލާހުގެ ޙަޟުރަތުން ފޮނުއްވުނު އެއްޗެކެވެ." މާނައަކީ ހަމަކަށަވަރުން ވާރޭއަކީ ރަޙްމަތެކެވެ. އަދި އެއީ ދާދި ދެންމެއަކު ﷲ ޚަލްޤު ކުރެއްވި އެއްޗެކެވެ. ފަހެ، އެގޮތުން އެއިން ބަރަކާތް ހޯދުން ހުއްޓެވެ."


ތިންވަނަ ސުންނަތް: ވާރޭ ވެހެމުންދާ ވަޤުތުގައި، ދުނިޔެއާއި އާޚިރަތުގެ ހެޔޮވެގެންވާ އެންމެހައި ކަންތައްތަކަށް އެދި ދުޢާ ކުރުމެވެ. ފަހެ، އެއީ ދުޢާ އިޖާބަކުރެއްވުމުގެ ވަޤުތު ތަކުގެ ތެރެއިން ވަޤުތެއް ކަމުގައިވެ އެވެ. އަދި އެވަޤުތަކީ ﷲ ގެ ރަޙްމަތް މީސްތަކުންގެ މައްޗަށް ފޭބުމުގައިވާ ވަޤުތާއި މުޥާފަޤާވެވޭ ވަޤުތެއްކަމުގައިވެ އެވެ.


ހަތަރުވަނަ ސުންނަތް: ވާރޭ ވެހި ނިމުމުން مُطِرْنَا بِفَضْلِ اللهِ وَرَحْمَتِهِ ކިޔުމެވެ. މިފަދައިން البُخاري ރިވާކުރައްވާފައިވެ އެވެ.
 

****

ދުޢާ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިބާގެ ފަރާތުން މީހަކަށް އަނިޔާއެއް ލިބުމުން، އޭނާ ތިބާގެ މައްޗަށް ކުރާ ދުޢާ އަކީ ކޮންފަދަ އެއްޗެއްކަން ދަންނަމު ހެއްޔެވެ؟ - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله- | 04 މާރޗް 2019

 އަޑު އުފުލައި، ރާގު ރާގަށް، ޤުރުއާން ތިލާވަތް ކުރާގޮތަށް ދުޢާ ކުރުމަކީ ދުޢާ އިޖާބަ ނުކުރެވޭނެ ސަބަބެއް - الإِمَام محمد ابن الهُمَام الحَنَفِي رحمه الله | 02 ޖޫން 2018

 ޤިޔާމުއް ލައިލްގެ ޤުނޫތު ދިގުކޮށް ކިޔުމާއި ރާގު ރާގަށް ދުޢާ ކުރުމަކީ ސުންނަތާއި ޚިލާފު ބިދުޢަތައް - الشيخ العلامة عبيد الجابري حفظه الله | 19 މެއި 2018

ދުޢާ ކުރާ ހިނދު އަދި ދުޢާ ކޮށްދޭ ހިނދުގައި إِنْ شَاء الله ނުކިޔުން - الشيخ العلامة ابن باز رحمه الله | 21 ނޮވެމްބަރ 2016

ވަރަށްގިނަ ދުވަސް ވަންދެން ދުޢާ ކޮށްފިން، އެހެނަސް ދުޢާ އިޖާބައެއް ނުކުރެވޭ - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله | 26 މެއި 2016

ވާރޭ ވެހެން ފެށުމާއެކު، ސުންނަތުގައި ޢަމަލުކުރުމަށް ބަޔާންވެގެންވާ ގޮތް - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 02 މެއި 2016

ފަރުޟު ނަމާދަށް ފަހު ދުޢާކުރާ އިރު ދެ އަތް އުފުލުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 28 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...