މުޞީބާތުގައި ޤުނޫތުކިޔަނީ ވަކި ޚާއްޞަ ނަމާދެއްގައިހެއްޔެވެ؟ ނުވަތަ ހުރިހާ ނަމާދެއްގައި ހެއްޔެވެ؟ - محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ: އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ﷲ ތިޔަބައިމީހުންނަށް ބަރަކާތް ލައްވާށިއެވެ. ފަޟީލަތުއް ޝައިޚެވެ. މުޞީބާތުގައި ޤުނޫތުކިޔަނީ ވަކި ޚާއްޞަނަމާދެއްގައިހެއްޔެވެ؟ ނުވަތަ ހުރިހާނަމާދެއްގައިހެއްޔެވެ؟.
ﷲ ތަޢާލާ ޝައިޚަށް ރަޙްމަތްލައްވާށިއެވެ. ފަހެ،ޝައިޚު ޖަވާބު ދެއްވިއެވެ. މުޞީބާތުގެ ވަގުތުގައި ހުރިހާ ނަމާދެއްގައި ޤުނޫތުކިއުން ޝަރުޢުވެގެންވެއެވެ. އެއީ ނަބިއްޔާ ‘ ގެ އަރިހުން ޞައްޙަވެގެން އައިސްފައިވާ ފަދައިންނެވެ. އަދި އެއީ ފަތިސްނަމާދާއި މަޣްރިބުނަމާދަށް ޚާއްޞަވެގެންވާ ކަމެއްނޫނެވެ. އަދި ރޭގަޑަށް ނުވަތަ ހަފްތާގެ ވަކިދުވަހަކަށް ޚާއްޞަވެގެންވާ ކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ އެކަމަކީ ހަފްތާގެ ހުރިހާދުވަހެއްގައި ހުރިހާނަމާދެއްގައި ކުރަންއޮތްކަމެކެވެ. އާއެކެވެ. އިމާމުމީހާއަށް މައުމޫމުންގެ ފަރާތުން ޤުނޫތުކިއުމުން ފޫހިކަމާއި އުނދަގޫކަން ފެނިއްޖެނަމަ ފަހެ، ފަތިސްނަމާދުގައި ނުވަތަ މަޣްރިބުނަމާދުގައި ކިޔާށެވެ. އެހެނީ ހަމަކަށަވަރުން މިއީ ރަސޫލާ‘ އެންމެގިންއިން ޢަމަލުކުރެއްވި ގޮތެވެ. އޭނާ ( އިމާމާ ) ބޭނުންނަމަ މިދެނަމާދު ނޫން އެހެން ނަމާދުތަކުގައި ކުރާނީއެވެ. މުހިއްމުވެގެންވަނީ މީސްތަކުންގެފަރާތުން ފޫހިކަމާއި އުނދަގޫކަން އިޙްސާސްވެއްޖެނަމަ ފަހެ، ސުންނަތްކަމެއްގައި މީސްތަކުން ވަރުބަލި ނުކުރުމެވެ. އޭނާ ( އިމާމާ ) އަށް އެކަން ނިޔާބާ ކުރެވިދާނެއެވެ. އޭގެމާނައަކީ އެއްނަމާދު ދޫކޮށް އަނެއްނަމާދުގައި ނުވަތަ ފަތިސްނަމާދާއި މަޣްރިބު ނަމާދަށް ޚާއްޞަކޮށްގެން ކިޔުމެވެ. އަދި އެހެނެއްކަމަކު އަޅުގަނޑު މިތަނުގައި ފާހަނގަކުރަނީ މުޞީބާތުގައި ކިޔާޤުނޫތަކީ ވިތުރީގެ ޤުނޫތުގައި ކިޔުމަށް ނަބިއްޔާ ‘ އަލްޙަސަން ބުން ޢަލީ އަށް އުގަންނަވާދެއްވި ޤުނޫތެއް ނޫންކަމެވެ. އަދި އެއީ (اللهم اهدنا فيمن هديت) އެވެ. ފެހެ، ހަމަކަށަވަރުންވެސް މިދުޢާ މުޞީބާތުގައި ކިޔާ ޤުނޫތުގައި ކިއުން ޝަރުޢުވެގެން ނުވެއެވެ. އެހެނީ ނަބިއްޔާ عليه الصلاة والسلام ގެ ފަރާތުން މުޞީބާތުގައި ކިޔާ ޤުނޫތު ވާރިދުވެގެންވަނީ އެމުޞީބާތަކާ ގުޅިގެން ދުޢާކުރެވޭ މުޞީބާތަކުން ސަލާމަތްވުމަށް ދުޢާކުރުމަށެވެ. އެއީ ޤައުމެއްގެ ބަޔަކަށް ދުޢާކުރުން ކަމުގައިވިޔަސް ނުވަތަ ޤައުމެއްގެ މައްޗަށް ބަދުދުޢާކުރުން ކަމުގައިވިޔަސް މެއެވެ. މުހިއްމުވެގެންވަނީ މިޤުނޫތުގައި ( މުޞީބާތުގައި ކުރެވޭ ޤުނޫތުގައި ) ހަމައެކަނނި ދިވާވެގެން އުޅޭ މުޞީބާތާއި ގުޅުންހުރި ކަމެއްނޫނީ ޛިކުރު ނުކުރުމެވެ.
************
فتاوى نور على الدرب للعثيمين 8 / 2