5  ބުރުމާގައި މުސްލިމުންނަށް ދިމާވެފައިވާ ދަތި ޙާލަތުގެ މައްޗަށް އަހަރެމެން ދެކެން ޖެހޭނެގޮތް - الشَّيْخ العَلاَّمَة صالح الفوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އުއްމަތުގެ އަދުގެ ޙާލަތު

 ބުރުމާގައި މުސްލިމުންނަށް ދިމާވެފައިވާ ދަތި ޙާލަތުގެ މައްޗަށް އަހަރެމެން ދެކެން ޖެހޭނެގޮތް - الشَّيْخ العَلاَّمَة صالح الفوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އުއްމަތުގެ އަދުގެ ޙާލަތު

ސުވާލު: ﷲ ޝެއިޚްއަށް ބަރަކާތްލައްވާށި އެވެ. ފަޟީލަތުއް ޝެއިޚް އެވެ. ބުރުމާގައި ބުޑިސްޓުންގެ ފަރާތުން މިހާރު އަހަރެމެންގެ މުސްލިމް ޢަޚުން ޤުރުބާން ކުރެވިގެންދާ ދަތިޙާލަތުގެ މައްޗަށް އަހަރެމެންނަށް ދެއްވާ ނަޞޭޙަތަކީ ކޮބައިހެއްޔެވެ؟ ފަހެ، މިއީ މުސްލިމުންގެ ނަޞްލު، އަޞްލު އެތަނުން ފޮހެލުމަށްޓަކައި ކުރިންވެސް ކަންތައްތައް ކުރަމުންދާގޮތުގެ މަތީގައި ބުޑިސްޓުން އެތައް އަހަރުތަކެއްވަންދެން ކުރަމުންދާ މަސައްކަތެވެ. ފަހެ، މި އެންމެހައި ކަންތައްތަކެއް އެތަނުގައިވާ މީޑިޔާއިން ވަނީ ވަންހަނާކޮށް ފޮރުވާފަ އެވެ.  
 

ޖަވާބު: "މި މައްސަލައަކީ ބުރުމާގެ އަހުލުވެރިންނަށް ޚާއްޞަ މައްސަލައެއް ނޫނެވެ. ވަރަށްވެސް ގިނަ ޤައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް ހަމާލާދީ އަރައިގަންނަމުންދެ އެވެ. ކާފަރު ދަޥްލަތްތަކުން މުސްލިމުންގެ މައްޗަށް ވެރިވެގަންނަމުން މިހާރުދެ އެވެ. އެއީ މުސްލިމުންނަށް ދަޥްލަތެއް ޤާއިމްވެ ނުދިނުމަށްޓަކަ އެވެ. އެބައިމީހުންނަށް ކުޅަދާނަވީ ވަރަކުން އިސްލާމްދީން ވުޖޫދުން ނައްތާލުމަށް ބޭނުންވެ އެވެ.


މުސްލިމުންނާ މެދު، މިބައިމީހުން މިއަދު ކަންތައްކުރާގޮތް ތިޔަބައިމީހުންނަށް އިނގޭ ހެއްޔެވެ؟ އެބައިމީހުން މިއަށް "ޑިމޮކްރަސީ" ގެ ނަމުން ނަންދީފައިވެ އެވެ. އެބައިމީހުންގެ ކުފުރު މަޛްހަބާއި ކުފުރު ޙުކުމް އަހަރެމެންގެ މައްޗަށް އެބައިމީހުން ލާޒިމް ކުރުވަ އެވެ.  ކުފުރުގެ ޙުކުމް އެބައިމީހުން އަހަރެމެންގެ މައްޗަށް ލާޒިމް ކުރުވަ އެވެ. އެއީ އެބައިމީހުން ނަންދީފައިވާ "ޑިމޮކްރަސީ" އެވެ. އަދި "ޢިލްމާނިއްޔާ" އެވެ. އެހެނަސް ﷲ އެއިލާހުގެ ނޫރުފުޅު ފުރިހަމަ ކުރެއްވުމަށް މެނުވީ އިރާދައެއް ނުކުރައްވަތެވެ.


ފަހެ، އަހަރެމެންނަށްއޮތީ ވީހާވެސް ގިނައިން، ގިނަގިނައިން ދުޢާ ކުރުމެވެ. އަދި އެންމެހައި ތަންތަނުގައިވާ އަހަރެމެންގެ މުސްލިމް އަޚުންނަށް، ﷲ ނަޞްރުދެއްވުމަށްއެދި ގިނަގިނައިން ދުޢާކޮށް ދިނުމެވެ. އަދި އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން އެބައިމީހުން ސަލާމަތް ކޮށްދެއްވުންއެދި ދުޢާކޮށްދިނުމެވެ. އަހަރެމެންނަށް އޮތީ ދުޢާކޮށްދިނުމެވެ. އެނޫން އެއްޗެއް އަހަރެމެންނަށް މިލްކެއްނުވެ އެވެ. މިއަށްވުރެ އިތުރަށް ކަންތައްތައް ކޮށްދިނުމަށް ކުޅަދާނަކަން ލިބިގެންވާ ފާރަތުން، އޭނާއަށް ކުޅަދާނަވީ މިންވަރަކުން ކަންތައްތައް ފޯރުކޮށްދިނުން ހުއްޓެވެ. އާނއެކެވެ."
***

ފަތުވާ ނަގާފައިވަނީ : https://goo.gl/r1ur6y

Like what you see?

Close

Hit the buttons below to follow us, you won't regret it...