އަނބިންގެ މެދުގައި ޢަދުލުވެރިވުން - الشَّيْخُ عَبْدُ العَزِيزِ بن عَبْدِ الله بن بَاز رحمه الله

ކެޓަގަރީ ކައިވެނި

ސުވާލު: سَمَاحَةُ الشَّيخ އެވެ. ހަމަކަށަވަރުން ޝަރީޢަތާ ޚިލާފުވާ މުޢާމަލާތްތައް ބައެއް މީހުންގެ ފަރާތުން ފެނިފައިވުމަކީ އެއް އަނތްބަށް ވުރެ ގިނައިން ކައިވެނިކުރުމުގެ ސޫރަ ކިލަނބުކޮށްފައިވާ ކަންތަކުގެ ތެރެއިންވާ ކަމެކެވެ. ފަހެ، މި ޕުރޮގުރާމުގައި ޝައިޚުގެ އަރިއަހުން (ނަސޭހަތުގެ) ބަސްކޮޅަކަށް ޝައުޤުވެރިވަމެވެ. އެއީ މީހުންގެ ނުބައި މުޢާމަލާތްތަކުގެ ސަބަބުން الله ގެ ޝަރީޢަތާ ދެމެދު ނުބައިކޮށް ނުހިތުމައްޓަކައެވެ. ޝައިޚުމެންނަށް الله ހެޔޮ ޖަޒާ ދެއްވާށި އެވެ.
 

ޖަވާބު: ދެވަނަ، ނުވަތަ ތިންވަނަ ނުވަތަ ހަތަރުވަނަ ކައިވެނި ކޮށްފައިވާ މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ޢަދުލުވެރިވުމެވެ. އަދި އޭނާގެ އެންމެހައި އަނބިންގެ މެދުގައާއި އޭނާގެ ދަރިންގެ މެދުގައި ޢަދުލުވެރިވުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ. އެއް އަނތްބަށް ވުރެ ގިނައިން ކައިވެނިކުރުން الله سبحانه ޝަރުޢުކުރެއްވި ހިނދު، ޢަދުލުވެރިވުން ވެސް ޝަރުޢުކުރެއްވި އެވެ. އަދި ޢަދުލުވެރިވުމަށް އަމުރުފުޅުވެސް ކުރެއްވި އެވެ. ނަބިއްޔާ  ގެ އަނބިކަނބަލުންގެ މެދުގައި ބައްސަވަން ޤާއިމްވެވަޑައިގަންނަވާ ހިނދު ޙަދީޘްކުރައްވައެވެ: {اللَّهُمَّ هَذَا قِسْمِي فِيمَا أَمْلِكُ، فَلَا تَلُمْنِي فِيمَا تَمْلِكُ وَلَا أَمْلِكُ} މާނައީ: "ހައްދަވައި ބޮޑުކުރެއްވި އިލާހު އެވެ. މިއީ (ޢަދުލުވެރިކަމާ އެކު އެކަނބަލުންގެ މެދުގައި) ބެހުމަށް ތިމަން ނަބިއްޔާއަށް ކުޅަދާނަވެގެންވީ މިންވަރެވެ. ފަހެ އިބައިލާހު ކުޅަދުންވަންތަވެވޮޑިގެންވާ ކަންކަމުގައި އަދި ތިމަން ނަބިއްޔާއަށް ކުޅަދާނަކަން ލިބިގެން ނުވާ ކަންކަމުގައި ތިމަން ނަބިއްޔާ ނުހިއްޕަވާނދޭވެ." ފަހެ ނަބިއްޔާ  ބެއްސެވި އެވެ. އަދި ޢަދުލުވެރިވެވަޑައިގަތެވެ. ވާޖިބުވެގެންވާ ކަމަކީ މިއީ އެވެ. ފިރިމީހާގެ މައްޗަށް އޮތީ އޭނާގެ އަނބިންގެ މެދުގަ އާއި ދަރިންގެ މެދުގައި ޢަދުލުވެރިވުމެވެ. އަދި އެކަމުގައި ޢަދުލުވެރިވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ފަހެ އޭގެ ތެރެއިން އޭނާއަށް ކުޅަދާނަވެގެން ނުވާ ކަމެއްވާ ނަމަ، ނަފްސަކަށް ކުޅަދާނަވީ މިންވަރަކުން މެނުވީ الله އެ ނަފްސަކަށް ތަކުލީފެއް ނުޖައްސަވައެވެ. ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ.


❆❆❆


ފަތުވާ ނަގައިފައިވަނީ: فتاوى اللجنة الدائمة للبحوث العلمية والإفتاء، المجلد الحادي والعشرون، كتاب النكاح (القسم الثاني)، أحكام الأنكحة الفاسدة، فضل العدل بين الزوجات،  الصفحة رقم: 350
ސައިޓް ލިންކް: http://goo.gl/xWKvxD

Like what you see?

Close

Hit the buttons below to follow us, you won't regret it...