5 އެއް އަތްބަށް ވުރެ ގިނައިން ކައިވެނިކުރެވޭ ކަމާ މެދު ނުރުހިއްޖެ މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އެއް އަތްބަށް ވުރެ ގިނައިން ކައިވެނިކުރެވޭ ކަމާ މެދު ނުރުހިއްޖެ މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ކައިވެނި

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

އެއް އަތްބަށް ވުރެ ގިނައިން ކައިވެނިކުރެވޭ ކަމާ މެދު ނުރުހިއްޖެ މީހާގެ ޙުކުމް

ސުވާލު: ސުވާލު ކުރާ މީހާ ބުންޏެވެ: ޔޫރަޕުގައި، ނުވަތަ އާންމުކޮށް ހުޅަނގުގެ ގައުމުތަކުގައި، ނުވަތަ ޣައިރު މުސްލިމުންގެ ގައުމުތަކުގައިވާ ބައެއް އާދަތައް ހެޔޮކަންބޮޑުކަމަށް ދެކި އިސްކުރާ އަންހެނުންވެ އެވެ. އަދި އެކަމާމެދު އެއަންހެނުން ބުނެ އެވެ: "ހަމަކަށަވަރުން އެއް އަތްބަށް ވުރެ ގިނައިން ކައިވެނި ކުރުމަކީ މަނާ ކަމެކެވެ." އަދި މިސާލެއްގެ ގޮތުން، މިތަނުގައި އެއް އަތްބައް ވުރެ ގިނައިން ކައިވެނި ކުރުން ހުއްދަވެގެންވެ އެވެ. ފަހެ، އިސްލާމް ދީނަށް މިތުހުމަތު އެޅުވުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު: އެއް އަތްބައް ވުރެ ގިނައިން ކައިވެނިކުރުވޭ ކަމާ މެދު ނުރުހިއްޖެ މީހާ، އަދި އެއް އަތްބައް ވުރެ ގިނަ ނުކުރުން ހެޔޮކަން ބޮޑުވެގެންވާ ކަމަށް ގަބޫލުކޮށްފި މީހާއަކީ ކާފަރެކެވެ. އިސްލާމްދީނުން މުރުތައްދުވެފައިވާ މީހެކެވެ. ސަބަބަކީ - އަޅަމެން الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ. - ސަބަބަކީ އޭނާއަކީ الله ގެ ޙުކުމަށް އިންކާރުކުރާ މީހެކެވެ. އަދި الله ޝަރުޢުކުރެއްވި ކަމަކަށް ނުރުހުންތެރިވާ މީހެކެވެ. الله ވަޙީކުރައްވަނީ: ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ ]محمد :9[، މާނައީ: "އެއީ އެއުރެން الله ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވި އެވެ." ފަހެ الله ބާއްވައިލެއްވި ކަމަކަށް ނުރުހުންތެރިވެއްޖެ މީހާގެ ޢަމަލުތައް ބާތިލުވާނެ އެވެ. ފަހެ، އެއް އަތްބައް ވުރެ ގިނައިން ކައިވެނިކުރުވޭ ކަމާ މެދު ނުރުހޭ މީހާ، އަދި އިސްލާމީ ޝަރީޢަތް އަނިޔާވެރިވެއްޖެކަމަށް ގަބޫލު ކުރާ މީހާ، ނުވަތަ މިކަމުގައި الله ގެ ޙުކުމް އުނިވެގެންވާ ކަމަށް ނުވަތަ ހެޔޮވެގެން ނުވާ ކަމަށް، ނުވަތަ ނަޞާރާއިންގެ ޤައުމުތަކުގައި ކުރާ ކަންތަކުގެ ތެރެއިން ހަމައެކަނި އެންމެ އަތްބަކާ ކައިވެނި ކުރުމުން ފުއްދާލުމަކީ މާ ހެޔޮކަން ބޮޑު ނުވަތަ އައުލާކަން ބޮޑު ކަމެއްގެ ގޮތުގައި ދެކޭ ދެކުން، ފަހެ މި ހުރިހައި ކަމަކީ އިސްލާމްދީނުން މުރުތައްދުވުމެވެ. އަޅަމެން الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ. ހަމަ އެފަދައިން، މިފަދައިން ބުނާ މީހާ އެވެ: "ހަމަކަށަވަރުން ނަމާދުގެ ވާޖިބަކީ މުނާސަބު ކަމެއް ނޫނެވެ. ނަމާދަކައި ނުލާ މީސްތަކުން ދޫކޮށްލެވިއްޖެ ނަމަ ހެޔޮވެގެންވެޔޭ، ނުވަތަ ރޯދައާއި ޒަކާތް ދިނުމަކާ ނުލައި (ދޫކޮށްލެވިއްޖެ ނަމަ) ހެޔޮވެގެންވެ އެވެ." މިހެން ބުނެފި މީހާ އަކީ ކާފަރެކެވެ. މިފަދައިން ބުނެފި މީހާ: "ހަމަކަށަވަރުން ނަމާދު ނެތުން އައުލާކަން ބޮޑެވެ. ނުވަތަ ރޯދަ ނެތުން އައުލާކަން ބޮޑެވެ. ނުވަތަ ޒަކާތް ނެތުން އައުލާކަން ބޮޑެވެ." ކާފަރަކަށްވެ އެވެ. އަދި ހަމައެފަދައިން މިހެން ބުނިކަމުގައިވިޔަސް މެއެވެ: "އިސްލާމީ ޝަރީޢަތް ނޫން ޝަރީޢަތަކުން ޙުކުމް ކުރުމަކުން މައްސަލައެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ. އިސްލާމީ ޝަރީޢަތް ހެޔޮކަންބޮޑުވީ ނަމަވެސް އެއީ ހުއްދަ ކަމަކެވެ." އަދި މިހެން ބުނެފި ނަމައެވެ: "ހަމަކަށަވަރުން الله ބާއްވައިލެއްވި ޝަރީޢަތް ނޫން ޝަރީޢަތަކުން ޙުކުމް ކުރުން ހުއްދަވެގެންވެ އެވެ. ނުވަތަ ހަމަކަށަވަރުން އެއީ ހެޔޮކަމެކެވެ." މިހުރިހައި ބުނުމަކީ އިސްލާމް ދީނުން މުރުތައްދުވުމެކެވެ. އަޅަމެން الله ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ. ފަހެ، މިއިން ހާސިލުވާ ނަތީޖާ އަކީ: ފަހެ الله ބާއްވައިލެއްވި ކަމަކަށް ނުވަތަ الله ޝަރުޢު ކުރެއްވި ކަމަކަށް ނުރުހުންތެރިވެއްޖެ މީހާ އަކީ މުރުތައްދެކެވެ. އަދި ހަމައެފަދައިން الله ޙަރާން ކުރެއްވި ކަމަކަށް ލޯބިކޮށް އެކަމާ ރުހުނު މީހާ، އަދި "ހަމަކަށަވަރުން އެއީ ހެޔޮކަމެކޭ، އަދި ހަމަކަށަވަރުން ޒިނޭއާ ވައްކަން ކުރުން ފަދަ ކަންކަމީ މުނާސަބު ކަމެކޭ" ބުނެފި މީހާ ވެސް ކާފަރަކަށް ވާނެ އެވެ
.

❆❆❆

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد الحادي والعشرون، كتاب النكاح (القسم الثاني)، أحكام الأنكحة الفاسدة، حكم من كره تعدد الزوجات،الصفحة رقم: 337
ސައިޓް ލިންކް: http://goo.gl/FyLv52

 

Like what you see?

Close

Hit the buttons below to follow us, you won't regret it...