އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ކެޓަގަރީ އުސާމާ ބިން ލާދިން


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


ސުވާލު: ދުނިޔޭގެ ކަންކޮޅުތަކުގައިވާ ޒުވާން ކުދިންނަށް އުސާމާ ބިން ލާދިން ބިންމަތީގައި ފަސާދަ ކުރުމަށް ހިތްވަރު ދެއްވާފައިވާކަން، ސަމާޙަތުއް ޝެއިޚަށް ވަންހަނާވެފަ އެއް ނުވާނެ އެވެ. މި (އުސާމާ ބިން ލާދިން) އަކީ ޚަވާރިޖެއް ކަމުގައި ސިފަކުރުން އަހަރެމެންނަށް ހުއްދަވާނެ ހެއްޔެވެ؟ އަދި އޭނާ ވަނީ އަހަރެމެންގެ މި ޤައުމުގައި ބޮންގޮއްވުމަށާއި އަދި އެހެނިހެން ޤައުމުތަކުގައި ބޮންގޮއްވުމަށް ހިތްވަރު ދީފަ އެވެ.


ޖަވާބު: "ތިޔަ ފިކުރު ހޯދައިގަނެފައިވާ ކޮންމެ މީހަކީ ޚަވާރިޖެކެވެ. ތިޔަ ފިކުރު ހޯދައިގަނެފައިވާ ކޮންމެ މީހެއް، އަދި އެއަށް ދަޢުވަތް ދިން ކޮންމެ މީހަކީ އަދި އެކަމަށް ހިތްވަރު ދިން ކޮންމެ މީހަކީ ޚަވާރިޖެކެވެ. އެމީހެއްގެ ނަމަކަށް ބަލާލުމެއްނެތި، އެމީހަކު އުޅޭ ތަނަކަށް ބަލާލުމެއްނެތި، (އޭނާ އަކީ ޚަވާރިޖެކެވެ.) 


ފަހެ، މިއީ (މިކަމަށްއޮތް ޤަވާޢިދެވެ.) ތިޔަ ފިކުރަށް ދަޢުވަތްދިން ކޮންމެ މީހެއް، އެއީ، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމާއި، މުސްލިމުން ކާފަރު ކުރުމާއި، މުސްލިމުންގެ ލޭ އޮހޮރުވުން ހުއްދަވުމާއި، (މިފަދަ ކަންތަކުގައި ވެއްޖެ މީހަކީ) ފަހެ ޚަވާރިޖެކެވެ."
****
ފަތުވާ އަޑުއެހުމަށް : http://goo.gl/trLFpi

 

އެންމެހައިމީސްތަކުނޭވެ!

މިއަދު އަހަރެމެންނަށް، އަހަރެމެން ދަންނަ މީހުން ކިޔައިދީފައިވަނީ، އުސާމާ ބިން ލާދިން އަކީ ކޮންފަދަމީހެއްތޯ އެވެ؟ މުޖާހިދް، ޚަލީފާ، ޤާއިދް، އައް-ޝަހީދު ފަދައިން ނޫން ހެއްޔެވެ؟ ޢިލްމުވެރިންގެ ޤައުލަކީ ކޮބާތޯ؟ އެބައިމީހުން ބަޔާންކޮށްފައިވަނީ ކޮންފަދަ ސިފައަކުން ތޯ އެވެ؟ ދަންނަހުއްޓެވެ. މި ޢިލްމުވެރިންނަށް ނޭނގުނު އެއްޗެއް ތިބާއަށް ތިޔަ ކިޔައިދިނީ ކާކުތޯ އެވެ؟

19.1.jpg

އުސާމާ ބިން ލާދިން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އުސާމާ ބިން ލާދިން އަށް ތަޢުރީފު ކުރާ މީހުންނީ ޙައްޤަށް ފުރަގަސްދީ ދުރަށްދާ ޖާހިލުންނެވެ. ޖަރީމާގެ އަހުލުވެރިންނެވެ. ހަވާ ނަފްސުގެ އަހުލުވެރިންނެވެ. - الشَّيْخ زَيْدُ بْنُ محمد بْنُ هَادِي المَدْخَلِي رحمه الله | 23 އޭޕްރީލް 2019

 އައް-ޒަރްޤާވީ އާއި އުސާމާ ބިން ލާދިންގެ ކިބައިން މުސްލިމުންނަށް ލިބުނީ ހަލާކާއި، ޚަރާބާއި، އިޚްތިލާފުވުމާއި، ބައިބައިވުން މެނުވީ ކޮން އެއްޗެއް ހެއްޔެވެ؟ - الشَّيْخ صَالِحُ بْنُ سَعْد اَلسُّحَيْمِي حفظه الله | 06 އޮގަސްޓު 2017

 އުސާމާ ބިން ލާދިންގެ ޖިހާދަކީ ޝައިޠާނާގެ މަގުގައިވާ ޖިހާދެކެވެ. ހަވާ ނަފްސުގެ އަހުލުވެރިންގެ ޖިހާދެކެވެ. - الشَّيْخ عَبْدُ اللهِ بْنُ عَبْدِ الرَّحِيم البُخَارِي حفظه الله | 04 އޮގަސްޓު 2017

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - العَلاَّمة الشَّيخ صَالح بن الفَوزَان الفَوزَان حفظه الله | 15 ނޮވެމްބަރ 2016

އުސާމާ ބިން ލާދިން އަށް އަދި އޭނާގެ އެންމެހައި ރޭވުންތެރިކަމަށް އިންޒާރު ދިނުން ވާޖިބުވެގެންވޭ - الإمام العلامة الشيخ صالح الفوزان حفظه الله | 23 އޮގަސްޓު 2015

ތަދު ހަޤީޤަތެއް: އަލް ޤާއިދާ އަކީ އިޚްވާނުލް މުސްލިމީންގެ ތެރެއިން ފާޅުވި ބައެއް އަދި އުސާމާ ބިން ލާދިން އަކީ އިޚްވާނީއެއް | 20 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...