އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
ސުވާލު: ދުނިޔޭގެ ކަންކޮޅުތަކުގައިވާ ޒުވާން ކުދިންނަށް އުސާމާ ބިން ލާދިން ބިންމަތީގައި ފަސާދަ ކުރުމަށް ހިތްވަރު ދެއްވާފައިވާކަން، ސަމާޙަތުއް ޝެއިޚަށް ވަންހަނާވެފަ އެއް ނުވާނެ އެވެ. މި (އުސާމާ ބިން ލާދިން) އަކީ ޚަވާރިޖެއް ކަމުގައި ސިފަކުރުން އަހަރެމެންނަށް ހުއްދަވާނެ ހެއްޔެވެ؟ އަދި އޭނާ ވަނީ އަހަރެމެންގެ މި ޤައުމުގައި ބޮންގޮއްވުމަށާއި އަދި އެހެނިހެން ޤައުމުތަކުގައި ބޮންގޮއްވުމަށް ހިތްވަރު ދީފަ އެވެ.
ޖަވާބު: "ތިޔަ ފިކުރު ހޯދައިގަނެފައިވާ ކޮންމެ މީހަކީ ޚަވާރިޖެކެވެ. ތިޔަ ފިކުރު ހޯދައިގަނެފައިވާ ކޮންމެ މީހެއް، އަދި އެއަށް ދަޢުވަތް ދިން ކޮންމެ މީހަކީ އަދި އެކަމަށް ހިތްވަރު ދިން ކޮންމެ މީހަކީ ޚަވާރިޖެކެވެ. އެމީހެއްގެ ނަމަކަށް ބަލާލުމެއްނެތި، އެމީހަކު އުޅޭ ތަނަކަށް ބަލާލުމެއްނެތި، (އޭނާ އަކީ ޚަވާރިޖެކެވެ.)
ފަހެ، މިއީ (މިކަމަށްއޮތް ޤަވާޢިދެވެ.) ތިޔަ ފިކުރަށް ދަޢުވަތްދިން ކޮންމެ މީހެއް، އެއީ، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމާއި، މުސްލިމުން ކާފަރު ކުރުމާއި، މުސްލިމުންގެ ލޭ އޮހޮރުވުން ހުއްދަވުމާއި، (މިފަދަ ކަންތަކުގައި ވެއްޖެ މީހަކީ) ފަހެ ޚަވާރިޖެކެވެ."
****
ފަތުވާ އަޑުއެހުމަށް : http://goo.gl/trLFpi