 މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް (ފަރަންޖީންނަށް) ތަބަޢަވުމެވެ. - الشَّيْخُ مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله

ކެޓަގަރީ މުޒާހަރާކުރުމުގެ ހުކުމް

الشَّيْخ العَلَّامَة مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله ވިދާޅުވެފައިވެ އެވ. "ޓޭޕުގައި ޛިކުރުކުރެވިފައިވީ ޢިބާރާތެއްވެ އެވެ: ނުޙައްޤުން މީހުން ޤަތުލުކުރުމުގެ މައްސަލަ އެވެ. އެކަމާ މެދު ހިތާމަކުރެވޭ ކަންތައްތަކުގެ ތެރެއިން ހިމެނެ އެވެ: ހަމަކަށަވަރުން الله އަށް ދަޢުވަތުދިނުމަށް ނިސްބަތްވާ ބަޔަކު އިސްލާމީ ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ކަމަށް ހީކުރެ އެވެ. އެއިން ބައެއް މީހުން ބޮޑުކޮށްލާފައި ބުނެ އެވެ: "އަހަރެމެން ބޭނުންވަނީ ތައުފީޤު ލިބިގެންވީ ޚަލީފާކަން ޤާއިމްކުރުމަށެވެ." އެއާ އެކު އެމީހުން ވަޞީލަތްތަކެއް ބޭނުންކުރެ އެވެ. އެ ވަޞީލަތްތަކުގެ ތެރެއިން ހިމެނެ އެވެ: ހަޅޭއްފަޅޭއްލަވާ މުޒާހަރާތަކެވެ. އެ މުޒާހަރާތަކުގައި ފިރިހެނުންނާއި އަންހެނުން ބައިވެރިވެ އެވެ. އަދި ނުޙައްޤުން މީހުން ޤަތުލުކުރުން ހިމެނެ އެވެ.
    

މުޒާހަރާތަކަކީ، އަދި ޚާއްޞަކޮށް ނުޙައްޤުން މީސްތަކުން ޤަތުލުކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫނެވެ. ދަޢުވަތުގެ ވަޞީލަތްތަކުގެ ތެރެއިންވާ ވަޞީލަތެއްގެ ގޮތުގައާއި، އިސްލާމީ ދައުލަތް ޤާއިމްކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން ވަޞީލަތެއްގެ ގޮތުގައި މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް ތަބަޢަވުމެކެވެ. އެއީ އިސްލާމީ ޢާދައެއް ނޫނެވެ. އަދި އެއީ އިސްލާމްދީނުގެ އަދަބުތަކުގެ ތެރެއިންވާ އަދަބެއް ވެސް ނޫނެވެ.
    

ދެން ފަހެ ނުޙައްޤުން މީހުން ޤަތުލުކުރުމަކީ ހުރިހައި ތަނެއްގައި ފެތުރިފައިވާ ނުބައިކަމެކެވެ. ގޮނޑިއާ ހަމައަށް ވާޞިލުވުމަށް ތިބާގެ ޚަސްމު ނުޙައްޤުން ޤަތުލުކުރުން ހުއްދަކުރުމެވެ. އޭނާ ގޮނޑިން (އެބަހީ ވެރިކަމުން) ވައްޓާލުމަށްޓަކައި އޭނާ ނުޙައްޤުން ޤަތުލުކޮށް ތިބާ އޭނާގެ މައްޗަށް އިސްވެގަންނަނީ އެވެ. އިސްލާމްދީން މިފަދައިން އަމުރުކުރޭ ހެއްޔެވެ؟! މި ރަޙުމް ކުޑަ ޢަމަލުން އަހަރެމެން އިސްލާމްދީނުގެ ސޫރަ ފަސާދަކޮށްލަނީ ކީއްވެގެން ހެއްޔެވެ؟ އިސްލާމްދީން ވަނީ އެކަމުން ބަރީއަވެގެންނެވެ. ތިޔަބައިމީހުންނަށް އެނގިގެންވާ ކަންކަމުގައި މެނުވީ އިސްލާމްދީން މުސްލިމެއްގެ ލޭ ހުއްދަ ނުކުރެ އެވެ: ޝަރުޢީ ކައިވެންޏެއް ކުރުމަށް ފަހު ޒިނޭކުރާ މީހާ އެވެ. އޭނާގެ ދީން ދޫކުރާ، ޖަމާޢަތާ ވަކިވާ މީހާ އެވެ. އަދި މުރުތައްދުވީ މީހާ އެވެ. (1)  އެމީހުންގެ ޚަސްމުންގެ ގޮތުގައިވީ މި މީހުން الله އިރާދަފުޅުކުރެއްވި ކަންކަމުގައި މެނުވީ ރިއްދައިގެ ދަރަޖައަށް ވާޞިލެއް ނުވާނެ އެވެ."


❆❆❆

އޯޑިއޯ ލިންކް: http://goo.gl/wnN7H3

މިތަނުގައި ޝައިޚު އިޝާރާތްކުރައްވަނީ عَبْدُ الله بِنْ مَسْعُودٍ س ގެ ޙަދީޘްގައިވާ ތިން ކަމަށެވެ. ޙަދީޘްގައިވެ އެވެ: عَنْ ابْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ  "لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ إلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ"، މާނައީ: ابن مَسْعُودٍ ގެ އަރިއަހުން ރިވާވެގެންވެ އެވެ. ވިދާޅުވި އެވެ: الله ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ: "މުސްލިމެއްގެ ލޭ ތިން ކަމަކުން މެނުވީ ޙަލާލުވެގެން ނުވެއެވެ. ޒިނޭކުރާ ޘައްޔިބު މީހާ (ޝަރުޢީ ޢަޤުދަކުން ކައިވެނިކޮށްފައިވާ މީހާ)، ނަފްސަކަށް ނަފްސެއް، އަދި ދީން ދޫކުރާ، ޖަމާޢަތާ ވަކިވާ މީހާ އެވެ."
ރިވާކުރެއްވީ: البخاري (6878)، مسلم (1676).

 

 

މުޒާހަރާކުރުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އެމީހުން ބުނެ އެވެ. "އަހަރެމެން އެމެރިކާ ދެކޮޅަށް ހަނގުރާމަ ކުރަމެވެ. " ވިސްނާލުން ހުއްޓެވެ. އެހެނަސް މި މީހުން ޕުރޮމޯޓު ކުރަނީ އެމެރިކާގެ ފިކުރުތަކެވެ. - الشَّيخ العَلاَّمَة رَبِيع بن هَادِي المَدخَلِي حفظه الله | 24 ޑިސެމްބަރ 2017

 މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތަކަކީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަންކަމެވެ. - الشَّيْخ عَبْدُ المُحْسِن العَبَّاد حفظه الله | 02 އޮގަސްޓު 2017

 ހަނދާނާއި ތާރީޚައްޓަކައި؛ 23 ޑިސެންބަރ މުޒާހަރާ ކުރި އިޚުވާނީ ޢަދާލަތު އަދި ޖޭއެސް ފިކުރަށް ރައްދު (30-12-2011) - أُسْتَاذ أبو أنس محمد حسن حفظه الله | 14 މެއި 2017

ސުންނަތުގެ ދިފާޢުގައި: ހުރިހާ ބާވަތެއްގެ މުޒާހަރާ ޙަރާމް ވެގެންވެ އެވެ. - العَلاَّمة صَالِح الفَوْزَان الفَوزان حفظه الله | 28 އޭޕްރީލް 2017

އިސްލާމީ މުޖްތަމަޢު މުޒާހަރާކުރުމަށް ޙާޖަތްޖެހިގެން ނުވެ އެވެ - الإِمَامُ العَلَّامَةُ المحدثُ الأَلْبَانِي رحمه الله | 22 އޭޕްރީލް 2016

މުޒާހަރާތަކޭ ބުނެ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގުތަކަށްދެއްވާފައިވާ ރައްދު - الإِمَامُ ابن بَاز رحمه الله | 21 އޭޕްރީލް 2016

މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. - العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله | 11 ޖެނުއަރީ 2016

މުޒާހަރާ ކުރުމަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 26 ނޮވެމްބަރ 2015

މުޒާހަރާ ކުރުމަށް ފަތުވާދިން މީހާ، އެ ހުރިހައި ކަންތައްތަކުގެ ފާފަ އުފުލަން ޖެހޭނެ - الإمام العلامة الشيخ صالح الفوزان حفظه الله | 12 ސެޕްޓެމްބަރ 2015

ފިރިހެނުން އަދި އަންހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާ ތަކަކީ ދަޢުވަތް ދިނުމަށް އޮތް ވަސީލަތެއް ހެއްޔެވެ. މިފަދަ މުޒާހަރާ ތަކުގައި މަރުވެދާ މީހަކީ ޝަހީދެއްކަމުގައި ވާނެހެއްޔެވެ؟ - الإمام العلامة سماحة الشيخ عبدالعزيز بن باز رحمه الله | 27 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...