ސަޢުޔުކުރުމަށް ފަހު ޠަވާފުގެ ދެ ރަކުޢަތް ކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيزِ بنُ عَبْدِ الله بنِ بَاز رحمه الله

ކެޓަގަރީ ޢުމްރާ عمرة

ސުވާލު: ޠަވާފުގެ ދެ ރަކުޢަތް ކުރުމުގެ ހަނދާން ނެތުމުން، ސަޢުޔުކުރުމަށް ފަހު އެ ދެ ރަކުޢަތް ކުރި މީހާގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު: މައްސަލައެއް ނެތެވެ. ޠަވާފުގެ ދެ ރަކުޢަތަކީ ސުންނެތެކެވެ. ފަހެ އޭނާ އެ ދޫކޮށްފި ނަމަވެސް އޭނާގެ ޠަވާފު ޞައްޙަވާނެ އެވެ. އަދި އޭނާގެ ޙައްޖު ޞައްޙަވާނެ އެވެ. އަދި އޭނާގެ ޢުމްރާ ޞައްޙަވާނެ އެވެ. އެހެން ނަމަވެސް އެއީ ގަދަވެގެންވާ ސުންނަތެކެވެ. ގަސްދުގައި އެ ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކިއެއްތޯ އެވެ. މަޤާމް އިބްރާހީމްގެ ފަހަތުގައި އެ ދެ ރަކުޢަތަށް ރައްކައުތެރިވުން އައުލާވެގެންވެ އެވެ. އެއީ (އެތަނުގައި ނަމާދުކުރުމަށް) ފަސޭހަވެއްޖެ ނަމަ އެވެ. ނުވަތަ މަސްޖިދުލް ޙަރާމްގެ ކޮންމެ ތަނެއްގައި، ނުވަތަ ޙަރަމްފުޅުގެ ކޮންމެ ތަނެއްގައި އެ ދެ ރަކުޢަތް ކުރި ނަމަވެސް އޭނާއަށް ފުދޭނެ އެވެ. އަދި އޭނާ ސަޢުޔުކުރުމަށް ފަހު އެ ދެ ރަކުޢަތް ކުރި ނަމަ، އޭނާއަށް ފުދޭނެ އެވެ. އެކަމުގައި މައްސަލައެއް ނެތެވެ.

◇  ◇  ◇


ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، حكم صلاة ركعتي الطواف بعد السعي، ج17، ص466، فتوى رقم: 262.
ސައިޓް ލިންކް: http://goo.gl/rcM8Gy

Like what you see?

Close

Hit the buttons below to follow us, you won't regret it...