ޢުމްރާ عمرة

 އަޚާ އެވެ! ތިބާވަނީ ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި ކަމުގައި ދަންނަމު ހެއްޔެވެ؟ - الإِمَام ابن رَجب الحَنبَلِي رحمه الله

ކެޓަގަރީ ޙައްޖު

ﷲ ވަޙީކުރެއްވި އެވެ. ﴿ فـلا تظـْلِمـُوا فـيهِـن أنْفـُسـَكُم ﴾ "ފަހެ، އެމައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަނަފްސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށި ކަމެވެ."
ابن عبـاس رضي الله عنهما ވިދާޅުވެފައިވެ އެވެ. "ހުރިހައި މައްސަރެއްގައިވެސް ތިޔަބައިމީހުން އަމިއްލަނަފްސުތަކަށް އަނިޔާވެރިވުމެއް ނުވެ އެވެ. އެއަށްފަހު، އެ މައްސަރުތަކުން 4 މައްސަރެއް ޚާއްޞަ ކުރައްވައި، އެމައްސަރު ތަކަކީ ޙަރާމްވެގެންވާ (ޙުރުމަތްތެރި) މައްސަރުތަކެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. އަދި އެމައްސަރުތަކުގެ ޙުރުމަތްތެރިކަން މާތް މަތިވެރި ކުރެއްވި އެވެ. އަދި އެމައްސަރުތަކުގައި ކުރެވޭ ފާފަތަކަކީ އެހެން މައްސަރުތަކުގައި ކުރެވޭ ފާފަތަކަށްވުރެ ބޮޑުވެގެންވާ ފާފަތަކެއްގެ ގޮތުގައި ކަނޑައެޅުއްވެވި އެވެ." تفسير الـقرآن الـعظيم(١٤٨/٤)


الإِمَام ابن رَجب الحَنبَلِي رحمه الله ވިދާޅުވެފައިވެ އެވެ. "ޙަލާލުވެގެންވާ މައްސަރުތަކުގައި އަދި ޙަރާމްވެގެންވާ މައްސަރުތަކުގައި، ޙަރާމް (ފާފަތަކަށް) އަރައިގަތުމުން ހުއްޓައިނުލާ މީހާ އެވެ. ހެޔޮވެގެންވާ ޢަމަލުތައް ކުރުން އޭނާގެ ފުރަގަހަށް ދޫކޮށް، އޭނާގެ ކުރިމައްޗަށް ފާފަތައް ނެރެފައިވާ މީހާ އެވެ. އޭނާގެ ޢުމުރުގެ ކޮންމެ ދުވަހަކީ ޢުމުރުގައި ފާއިތުވި ކޮންމެ ދުވަހަކަށްވުރެ ނުބައިވެގެންވާ ދުވަހެއްގެ ގޮތުގައި ހޭދަކުރަމުންދާ މީހާ އެވެ. ތިބާ ތިޔަ ޣާފިލުކަމުން ހޭލާނީ ކޮން ހިނދެއްގައި ހެއްޔެވެ؟ ތިޔަ އެންމެހައި ޖަރީމާތަކުން ތިބާ ތަޥްބާވާނީ ކޮން ހިނދެއްގައި ހެއްޔެވެ؟ މަރުގެ އިންޒާރެއްގެ ގޮތުގައި އިސްތަށިތައް ނުރަވެފައިވާ ހިނދުގައި ފާފަތަކުގެ މަތީގައި މެދުކެނޑުމެއްނެތި ޤާއިމްވެ ހުރި މީހާ އެވެ. ޤުރުއާން އާއި އިސްލާމް ގެ އިތުރުން ފާޅުވެފައިވާ ނުރަތަކަކީ ތިބާއަށް ވަޢުޟެއް ކަމުގައި ނުފުދެނީ ހެއްޔެވެ؟ މިޙާލަތުގައި ހޭދަކުރާ ޙަޔާތަކުން ތިބާ މަރުވެދިއުން މާ ހެޔޮކަން ބޮޑުވެގެންވެ އެވެ. والـــســَّلام އެވެ." لـطـائف الـمعـارف"(صـ٤٥٧)  
*****

ޙައްޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޙައްޖުގައިވާ ރުކުންތަކާއި، ވާޖިބުތަކުގެ މެދުގައިވާ ފަރަޤު ބަޔާންކޮށްދިނުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 29 ޖުލައި 2019

 ޙައްޖުވެރިޔާ ދުވާލުގެ ވަގުތުގައި މިނާއިން ނުކުތުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 30 އޮގަސްޓު 2017

 އިރު އެރުމަށްފަހު މުޒްދަލިފާއަށް ވާޞިލުވި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 28 އޮގަސްޓު 2017

 އަންހެނަކު ޙައްޖާއި ޢުމްރާ އަދާކުރާ ހިނދު ދުވަސްވަރުގެ ލޭ މަނާކުރާ ބޭސް ބޭނުންކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 28 އޮގަސްޓު 2017

ޕީޑީ އެފް: ހައްޖުގެ ފަތުވާ | ތަރުޖަމާ ކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله | 16 ސެޕްޓެމްބަރ 2016

ޖަމްރާތަކަށް ހިލަ އުކުމަށް ވަކީލަކު ހަމަޖެއްސުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 11 ސެޕްޓެމްބަރ 2016

މުޒްދަލިފާގައި ރޭކުރާއިރު ވާޖިބު އުފުލޭ މިންވަރު ބަޔާންކުރުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 10 ސެޕްޓެމްބަރ 2016

ފޮޓޯ: ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން އަދި އޭގެ އަޙްކާމްތައް | 23 ސެޕްޓެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...