ފިރިމީހާ އޭނާގެ އަނބިމީހާއަށް ފިކުރީ ފޮތްތައް، ޙިޒްބީންގެ ފޮތްތައް ކިޔުން މަނާ ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ އިސްލާމް ދީނުގައި ހަޖުރުކުރުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ފިރިމީހާ އޭނާގެ އަނބިމީހާއަށް ފިކުރީ ފޮތްތައް، ޙިޒްބީންގެ ފޮތްތައް ކިޔުން މަނާ ކުރުން

ސުވާލު: އަހަރެންގެ ފިރިމީހާ އެކްޓިވިސްޓުން ލިޔެފައިވާ މަސްރަޙު ހަލަބޮލި ކުރުމަށް ހިތްވަރު ދީފައިވާ ފޮތްތަކާއި މި ޒަމާނުގެ މުފައްކިރުން ލިޔެފައިވާ ފޮތްތައް ކިޔުން މަނާކުރެ އެވެ. އަދި ހަމައެކަނި ސަލަފުއް ޞާލިޙުންގެ ފޮތްތައް އެކަނި ކިޔުމަށް އަހަރެންނަށް ލާޒިމް ކުރުވަ އެވެ. ފަހެ، އަހަރެންގެ އަމިއްލަ ކަންތައްތައް ކަމުގައިވާ، އަހަރެންގެ އަމިއްލަ ޚާއްޞަ މިފަދަ ކަންތައްތަކުގެ މައްޗަށް ފިރިމީހާއަށް ބަސް ބުނެވޭނެ ހެއްޔެވެ؟ އަދި ފިރިމީހާ އެކަންތައްތަކުގެ މައްޗަށް ސަމާލުވެހުންނަ މިފަދަ ކަންތައްތަކުން އަހަރެންވެސް އެގޮތުގައި ހުރުމަށް ފިރިމީހާ އަހަރެންނަށް ލާޒިމް ކުރެވޭނެތޯ އެވެ؟


ޖަވާބު: އެއްވެސް ޝައްކެތް ނުވާ ގޮތުގައި ފިރިމީހާއަކީ އަނބިމީހާގެ މައްޗަށް މަސްޢޫލުވާންޖެހޭނެ ފަރާތެކެވެ. ﷲ ވަޙީކުރައްވާފަވެ އެވެ. (الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ وَبِمَا أَنْفَقُوا مِنْ أَمْوَالِهِم.) "ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބަޔެކެވެ. އެއީ އެބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކު ﷲ މާތްކުރައްވައި އިތުރު ކުރައްވާފައިވާ ކަމަށްޓަކަ އެވެ. އަދި އެބައިމީހުންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކަ އެވެ."


ފަހެ، ފިރިމީހާއަށް އޭނާގެ އަނބިމީހާގެ މައްޗަށް މަސްޢޫލިއްޔަތްތަކެއްވެ އެވެ. އޭނާއަކީ އަނބިމީހާ ބެލެހެއްޓުމުގައިވާ ފަރާތެކެވެ. އެގޮތުން އަނބިމީހާގެ ކިބައިން ކުށެއް ފެނުމާއެކު، އަނބިމީހާ އެކަމުގެމައްޗަށް ނަޞޭޙަތްތެރިވެ މަގު ދައްކައިދިނުމުގައިވެ އެވެ.


ފޮތްތައް ކިޔުން، (އެކަމުގައި ޢަމަލުކުރުން އޮތީ) ފިރިމީހާ ތިބާގެ ގާތުގައި ބަޔާންކުރިފަދައިންނެވެ. އެއީ (ފިރިމީހާގެ) ބަސްތަކަކީ ޞައްޙަ ބަސްތަކެކެވެ. ސަލަފުންގެ ފޮތްތައް ކިޔުން ހުއްޓެވެ. ހެޔޮކަން ވަނީ  އެފޮތްތަކުގައި އެވެ. ޢިލްމު ހުރީ އެފޮތްތަކުގައި އެވެ. އަދި ފިޤުހުވަނީ އެފޮތްތަކުގަ އެވެ. އެހެނަސް، ގިނަ، ފަހުގެ ފޮތްތަކުގައިވަނީ ޘާޤާފީ ވާހަކަތަކެވެ. ޝަރީޢަތުގެ ޙުކުމްތަކެއް އެފޮތްތަކުގައި ނުވެ އެވެ. އެހެނަސް އެ ފޮތްތަކުގައިވަނީ ޢާންމު ޘަޤާފަތެވެ.


އެހެންވުމުން ތިޔަ އަންހެނާއަށް އޮތި، ސަލަފުންގެ ފޮތްތަކަށް މުހިންމުކަންދީ އަދި އެހެން ފޮތްތަކުގެ މައްޗަށް ސަލަފުންގެ ފޮތްތައް އިސްކުޅައުމެވެ. އެހެނަސް ތިބާ ފަހުމީސްތަކުން ލިޔެފައިވާ ފޮތްތައް މަދުމިންވަރަކަށް ކިޔާލުން – އެއްވެސް ނުބައިކަންތައްތަކެއް ނުވާ ފޮތްތައް، ނުބައި މަގުތަކަށް މަގުދައްކާފައި ނުވާ ފޮތްތައް- ޢާންމު ޘަޤާފަތް ބަޔާންކޮށްފައިވާ އަދި އެއްވެސް ނުބައިމަގަކަށް މަގުދައްކައިފައި ނުވާ ފޮތްތައް ކިޔާލެވިދާނެ އެވެ. އެހެނަސް އެއަށް ދޭންޖެހޭނީ 2 ވަނަ ރަޖަ އެވެ. މިފަދަ ފޮތްތައް ކިޔުންއޮތީ ސަލަފުންގެ ފޮތްތަކަށް ފަހުގަ އެވެ. ސަލަފުންގެ ފޮތްތަކަށް 1 ވަނަ ދަރަޖަ ދިނުން ހުއްޓެވެ.


އެހެނަސް ތިބާ، މި ޒަމާނުގައި ލިޔެފައިވާ ފިކުރީ ފޮތްތަކާއި، ޘަޤާފީ ފޮތްތައް ކިޔައި ސަލަފުންގެ ފޮތްތައް ދޫކޮށްލުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެހެނަސް ވާޖިބުވެގެންވަނީ މީގެ އިދިކޮޅެވެ.


ތިބާ މުހިންމުކަން ދިނުން ވަނީ ސަލަފުންގެ ފޮތްތަކަށެވެ. އަދި ތިބާއަށް އޭގެ ފަހުގައި ހުސްވަޤުތު ލިބި އަދި ކުޅަދާނަކަން ލިބިއްޖެ ހިނދުގައި މި ޒަމާނުގައި ލިޔެފައިވާ ފައިދާ ޙާޞިލްވާނެ ނުބައި އެއްވެސް މަގަކަށް މަގުދައްކައިފައި ނުވާނެ، ނުބައި ބަސްތައް ޛިކުރުކޮށްފައި ނުވާނެ ފޮތްތައް ބަލައިލުން މައްސަލައެއް ނޫނެވެ. އާއެކެވެ.
 
 
****

 

ފަތުވާ ނަގާފައިވަނީ : http://goo.gl/Llf9Jh

 

އިސްލާމް ދީނުގައި ހަޖުރުކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ނަމާދަށް ނާރާ އަދި ބަނގުރާ ބުއިމުގައިވާ އަވަށްޓެރިޔާ މެދު ޢަމަލުކުރާނީ ކިހިނެތް؟ - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله | 20 މާރޗް 2018

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 02 - عبد الرحمن بن أبي الزّناد رحمه الله | 28 ސެޕްޓެމްބަރ 2017

 ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 01 - މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން | 23 ސެޕްޓެމްބަރ 2017

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 01 - الإمام عبد الرحمن بن عمرو الأوزاعي رحمه الله | 18 ސެޕްޓެމްބަރ 2017

 "ހަޖުރު ކުރުން، ގުޅުން ކެނޑުން ދީނުގައި އަސާސެއް ގޮތުގައިވާ ޒަމާނެއް ނުވާކަމަށް" ބުނާ ދޮގުވެރި ޖޭ.އެސް އަށް ބަޔާންވެގެންވާ ރައްދު - الإِمَامُ شيخ الإسلام ابن تيمية رحمه الله | 21 ޖުލައި 2017

 އިޚްވާނުލް މުސްލިމީންނަށް ދަޢުވަތު ދޭ މީހުންނާއި، ޚަވާރިޖު ފިކުރަށް ދަޢުވަތުދޭ މީހުން ޙަޖަރު ކުރުން - الإِمَامُ العَلَّامَة رَبِيع بن هَادي المَدخَلِي حفظه الله | 21 ޖުލައި 2017

 هجر ކުރުން - ގުޅުން ކެނޑުން ދީނުގެ އަސާސެއް (އުޞޫލެއް) ގޮތުގައި އިސްލާމީ ތާރީޚު ފެށުނީއްސުރެ ފެންނަން އެބައޮތް (އުންމަތުގެ ސަލަފުންގެ އިޖްމާޢު) - أُسْتَاذ أبو أنس محمد حسن حفظه الله | 16 ޖުލައި 2017

ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 28 އޮކްޓޯބަރ 2016

ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ ޒިޔާރަތްކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 29 މާރޗް 2016

ޒުވާނުންނަށާއި އެނޫން މީހުންނަށް ވާޖިބުވެގެންވަނީ أَهْلُ السُّنَّة އާ ޚިލާފުވާ އެންމެނާ ދުރުވުމެވެ. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 14 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...