އިސްޓާކީން މަތީ ފެންފުހެ، ވުޟޫކޮށްފައިވާ މީހާ އިސްޓާކީން ބޭލުން - الشَّيْخُ العَلاَّمَة عُبيْد الجَابِرِيحَفِظَه الله

ކެޓަގަރީ ވުޟޫ

ސުވާލު ކުރާ މީހާ : އެމީހަކު ވުޟޫ ކުރީ ޚުއްފު (އިސްޓާކީން ނުވަތަ އެފަދައިން ފައިތިލައަށް އަރުވާފައި ހުންނަ އެއްޗެއް) މަތީ ފެންފުހެގެންނެވެ. އެއަށްފަހުގައި އޭނާ އެ ޚުއްފު ބޭލުމުން ވުޟޫގެއްލޭނެ ތޯ އެވެ؟


ޖަވާބު : އޭނާއަށް ދެ ގޮތެއް ވެ އެވެ.
    

ފުރަތަމަ ޙާލަތަކީ : ޠަހާރަތުގައި ހުރެގެން (ވުޟޫ ނުގެއްލި ހުރެ) އެ ޚުއްފަށް އޭނާ އަލުން އެރުމެވެ. ނުވަތަ އެ ނޫން ޚުއްފަކަށް އޭނާ އެރުމެވެ. އެގޮތުގައި ހުރެ އޭނާ ވުޟޫކުރާއިރު ޚުއްފުގައި ފެން ފޮހުން ޞައްޙަ ވާނެ އެވެ. 


     ދެވަނަ ޙާލަތަކީ : އޭނާ ވުޟޫ ގެއްލުނު ފަހުން ޚުއްފު ބޭލުމެވެ. ނުވަތަ އޭނާ ވުޟޫގައި ހުރެ ޚުއްފު ބޭލީ އެވެ. އެއަށްފަހުގައި ވުޟޫ ގެއްލުނީ އެވެ. މިޙާލަތުގައިޚުއްފަށް އޭނާ އަރާނީ ފުރިހަމައަށް ވުޟޫކޮށް އޭނާގެ ދެފައިތިލަ ދޮވުމަށް ފަހުގައި އެވެ. އޭގެ ކުރިން އޭނާ ބޭލި ޚުއްފަށް އަލުން އެރުމެއް ނުވެ އެވެ. އަދި އެހެން ޚުއްފަކަށްވެސް އެރުމެއް ނުވެ އެވެ.
****
ފަތުވާ ނަގާފައިވަނީ : http://t.co/ROm9zdItOw/s/gq6J

Like what you see?

Close

Hit the buttons below to follow us, you won't regret it...