5 އަންހެނުން ނިޔަފަތީގައި ކުލަޖެއްސުމުގެ ޙުކުމް (Nail polish) - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އަންހެނުން ނިޔަފަތީގައި ކުލަޖެއްސުމުގެ ޙުކުމް (Nail polish) - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވުޟޫ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

އަންހެނުން ނިޔަފަތީގައި ކުލަޖެއްސުމުގެ ޙުކުމް (Nail polish)

ސުވާލު: ނިޔަފަތުގައި ކުލަޖެއްސުން، އެގޮތުން އެ އުނގުޅުމުން ނިޔަފަތީގެ ކުލަ ހުންނާނީ ކަޅުކުލައިގަ އެވެ. (މިސުވާލުގައި މި ބުނެވޭ ބަސްތަކުގެ މުރާދަކީ، ނިޔަފަތީގެ މަތީގައި –ފެން ހުރަސްވާގޮތައް- އުނގުޅާފައި ހުންނަ ކުލައިގެ ވާހަކަ އެވެ. އެއަށް މަނާކީރުގެ ނަމުން ނަންދީފައިވެ އެވެ.)

ޖަވާބު: ނަމާދު ކުރުމުގައިވާ އަންހެނާއަށް، އޭނާގެ ނިޔަފަތީގައި ކުލަޖެއްސުން (ނިޔަފަތީގެ މަތީގައި ފެން ހުރަސްވާގޮތައް ކުލަޖެއްސުން) ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ އެއީ އެ ބޭނުން ކުރުމުން ހަންގަޑަށް ފެން ވާޞިލްކޮށްދިނުން އެއިން މަނާ ކުރެ އެވެ. ވުޟޫގެ ޝަރުޠު ތަކުގެ ތެރޭގައިވެ އެވެ. ވުޟޫކުރާމީހާ އޭނާގެ ހަށިގަނޑަށް ފެން ވާޟިލްވުން މަނާކުރާނެ ތަކެތި ހަށިގަނޑުން ނައްތާލައި، ވަކިކުރަން ޖެހޭނެ އެވެ. މާނައީ، ދޮވުމަށް ވާޖިބު ވެގެންވާ ހިސާބުތަކެވެ. ޚުއްފުގައި ފެންފޮހުމުގެ މައްޗަށް މިކަން (އަތްތިލައިގައި އަންގި ލައްވައި އަންގީގެ މަތީގައި ފެންފުހުން) ޤިޔާސް ކޮށްފައި ވުމަކީ އެއްވެސް ދަލީލެއްގެ މައްޗަށް ބިނާކުރެވިފައެއް ނުވާ ބާޠިލް ޤިޔާސެކެވެ. ޚުއްފުގައި ފެންފޮހެނީ އެގޮތުގައި ސުންނަތުގައި ވާރިދުވެގެންވުމުންނެވެ. އަދި އެއީ ދެ ފައިތިލައަށް ޚާއްޞަވެގެންވާ ޙުކުމެކެވެ. އެއީ ހިނގާފައި އުޅުމަށް ފައިތިލައަށް ފޭރާމެއް ބޭނުންވުމާއި، ފިނިން ސަލާމަތްކޮށް ހޫނުގައި ބެހެއްޓުމަށް ޙާޖަތްޖެހިފައި ވުމަށްޓަކަ އެވެ. އެހެނަސް މިއީ (ނިޔަފަތީގައި ކުލަޖެއްސުން) އަކީ ޒީނަތްތެރި ވުމަށްޓަކައި ކުރެވޭކަމެކެވެ. އަދި މިގޮތުގައި ނިޔަފަތީގައި ކުލަޖެއްސުމުން، އެ ކުލައަކީ ވަގުތީގޮތުން ކުޑަ ހިނދުކޮޅަކަށް ހުންނަ އެއްޗެއް ނޫނެވެ. އަޞްލަކީ ވުޟޫކުރުމުގައި ދެ އަތް ފުރިހަމައަށް ދޮވުމެވެ. އެއްވެސް ގޮތަކަށް އަތުގައި ހުރަހެއްގެ މަތިން ފެންފޮހުން ވާރިދުވެގެންނުވެ އެވެ. ފަހެ، ޚުއްފުގެ މަތިން ފެންފޮހުން އަތަށް ޤިޔާސްކޮށްގެން ނުވާނެ އެވެ.


އެހެނަސް އަންހެނާ ނަމާދު ނުކުރާ ނަމަ، މިޘާލަކަށް ޙައިޟުވެރި ނުވަތަ ނިފާސް ކަމުގައިވާ އަންހެނެއް، އެހިނދުގައި ނިޔަފަތީގައި ކުލަޖެއްސުން މައްސަލައެއް ނެތެވެ.


ސުވާލު: އެ އަންހެނާގެ ނިޔަފަތީގައި Nail polish ޖައްސައިގެން ކުރާ ނަމާދުގެ ޙުކުމަކީ ކޮބައިތޯ އެވެ؟  


ޖަވާބު: ނިޔަފަތީގައި ކުލަޖައްސައިގެން ހުރެ ވުޟޫކޮށްފިނަމަ، އޭނާގެ ވުޟޫ ޞައްޙަނުވާނެތީވެ، އެ އަންހެންމީހާގެ ނަމާދުވެސް ޞައްޙައެއް ނުވާނެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްގައި ބަޔާންވެގެންވާ ފަދައިންނެވެ. (لا يقبل الله صلاة أحدكم إذا أحدث حتى يتوضأ) "ތިޔަބައިމީހުންގެ ތެރެއިން މީހަކު ޙަދަޘަވެރިވެ، އޭނާ ވުޟޫ ކުރުމަށްދާންދެން އޭނާގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ." ފަހެ، އޭނާގެ ވުޟޫ ޞައްޙަ ކަމުގައި ނުވާހާ ހިނދެއްގައި އޭނާގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ.


ސުވާލު: އެ ގޮތުގައި ކޮށްފައިވާ ނަމާދުތައް، އަލުން އެ ނަމާދުތައް އިޢާދަ ކުރުން އަންހެންމީހާގެ މައްޗަށް ލާޒިމްވާނެ ހެއްޔެވެ؟  


ޖަވާބު: އެ އަންހެންމީހާއަށް މިފަދައިން ޢަމަލު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން އެނގި ހުރެ، ޢަމަލުކޮށްފައިވާނަމަ، އެ ނަނަމާދުތައް އަލުން އިޢާދަކުރުން ލާޒިމްވާނެ އެވެ. މި ކަމުގެ މައްޗަށް އަންހެން މީހާ ޖާހިލުކަމުގައިވެ ހުރެ ނަމާދު ކޮށްފި ހިނދުގައި، އެ ނަމާދުތައް އަލުން އިޢާދަ ކުރުމެއް ނުވެ އެވެ. އެއީ ޢިލްމުގެ އަހުލުވެރިންނަށް މަޢުރޫފް ޤަވާއިދުގެ މައްޗަށް ބިނާކޮށެވެ. އެ ޤަވާޢިދަކީ ޤުރުއާނާއި ސުންނަތުގައި ދަލީލު ކުރެވިގެންވާ ޤަވާޢިދެކެވެ. އެއީ، ޖާހިލުކަމުގައިވެހުރެ، އެމީހަކު ދޫކޮށްފައިވާ ވާޖިބު އިޢާދަ ކުރުމަށް ލާޒިމް ނުވުމާއި، ޖާހިލުކަމުގައިވެ ހުރެ ކޮށްފައިވާ ޙަރާމްކަންތަކުގެ މައްޗަށް ފާފަވެރިއެއް ނުވުމެވެ. އެހެނަސް މި ޖާހިލުކަމުގައިވާ ފަރާތަކީ އަމިއްލަނަފްސަށް ފަރުވާކުޑަކޮށްފައިވާ ފަރާތެއް ކަމުގައި ވެދާނެ އެވެ. އެގޮތުން ސުވާލު ނުކޮށް، މައްސަލަ ނުހޯދައި، މިގޮތުގައިވުމުން އޭނާ ދޫކޮށްފައިވާ ވާޖިބުތައް އަދާކުރުން ވެ އެވެ. ސަބަބަކީ އޭނާ އުނގެނިގަތުން ވާޖިބުވެގެންވާ ޢިލްމު އޭނާ ދޫކޮށްލާފައިވުމެވެ. ނަމަވެސް މިކަމުގައި އެއްވެސް ފަރުވާކުޑަކުރުމެއް ނެތި، އޭނާ އެންމެހައި ގޮތްތަކުން އެކަމުގެ މައްޗަށް ޣާފިލުވެގެންވީ އެވެ. އަދި އަމިއްލަ ނަފުގެ މައްޗަށް މިއީ ޙަރާމްކަމެކޭ ނުވަތަ މިފަދަ ބަސްތަކެއް އަމިއްލަނަފްސަށް ބުނެފައިވެސް ނުވެ އެވެ. ފަހެ، މި ޙާލުގައި އޭނާއަށްވަނީ ޢަފޫކުރެވިގެންނެވެ.


މިކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم އަރިހުގައި ނަމާދު ނުބައިކޮށް، ނަމާދުގައި ފުރިަހަމައަށް ރުކޫޢު އަދި ސުޖޫދުގައި އިޠްމިއުނާން ނުކުރާ ފަރާތަށް، އޭނާ އޭގެ ކުރިން ކޮށްފައިވާ ނަމާދުތައް އަލުން އިޢާދަކުރުމަށް އަމުރުފުޅެއް ނުކުރައްވަ އެވެ. އޭނާއަށް، ރަސޫލާ صلى الله عليه وسلم ކުރިފުޅުމަތީގައި ކުރެވުނު ސިފައަށްވުރެ ހެޔޮ ސިފައެއްގައި ނުކުރެވުނެވެ. ފަހެ އޭނާއަށް ޙަދީޘް ކުރައްވާ ވިދާޅުވި އެވެ. (ارجع فصل، فإنك لم تصل) "އަނބުރާ ދާށެވެ. އަލުން ނަމާދު ކުރާށެވެ. ހަމަކަށަވަރުން ތިބާ އަދި ނަމާދެއް ނުކުރެ އެވެ." އެވަޤުތުގައި ޙާޟިރުވެފައިވާ ނަމާދު ކުރުމަށް އަމުރުފުޅު ކުރެއްވި އެވެ. ސަބަބަކީ އެ ނަމާދުގެ ވަޤުތު އެހިނދުގައި ނުނިކުމެވެ. އެހިނދުގައި އެނަމާދު ފުރިހަމައަށް ކުރުމަށް އޭނާގެ މައްޗަށް ލާޒިމްްވެގެންވެ އެވެ.


ސުވާލު : އެހެންވުމުން، މިތަނުގައި އަހަރެމެން ބުނާނީ، މުސްލިމް އަންހެނުންގެ ތެރެއިން ޝެއިޚްގެ ޖަވާބު އަޑުއެހި ފަރާތްތަކަށް، މިހާރު (ނިޔަފަތީގައި  Nail polishޖައްސައި، އެ ގޮތުގައި ވުޟޫކޮށް ނަމާދު ކުރި ފަރާތްތަކަށް) އެ ކުލަތައް ނިޔަފަތިން ވަކިކުރުން ވާޖިބުވެގެންވާކަމެކެވެ. އަދި ނަމާދުކުރިފަހުން ޝެއިޚްގެ މި ޖަވާބު އަޑުއެހި ކަމުގައިވިޔަސް، އެ ނަމާދު އަލުން (ވުޟޫކޮށްގެން) ކުރުން ލާޒިމްވެގެންވެ އެވެ؟


ޖަވާބު: އާއެކެވެ. އެ އަންހެނާއަށް ފާފަވެރިވާނެ އެވެ. އަދި އަލުން ނަމާދު ކުރަން ވާޖިބުވާނެ އެވެ.



ފަތުވާ ނަގާފައިވަނީ : https://goo.gl/iKMswu

.

Like what you see?

Close

Hit the buttons below to follow us, you won't regret it...