الشيخ العلامة ޢަބްދުއް ރަޙްމާން ބިން ނާޞިރު އައް-ސަޢުދީ رحمه الله

 ﷲ ގެ ދީލަތިވަންތަ ކަމާއި އެ އިލާހުގެ އިޙްސާންތެރިކަމުގެ މައްޗަށް ވިސްނާލުން ހުއްޓެވެ! - الشَّيْخ عبَدْ الرَّحمٰن بن نَاصِر السعْدِي رحمه الله

ކެޓަގަރީ ރަޤާއިޤް

ﷲ ވަޙީކުރެއްވި އެވެ. ﴿ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِلنَّاسِ عَلَى ظُلْمِهِمْ
"ހަމަކަށަވަރުން އިބަނަބިއްޔާގެ ވެރި އިލާހުއީ، މީސްތަކުން އަނިޔާވެރިވުމާއެކުވެސް އެބައިމީހުންނަށް ފާފަފުއްސަވާ އިލާހެވެ."

"މެދުކެނޑުމެއްނެތި ﷲ ގެ ދީލަތިވަންތަކަމާއި ފަޟްލުވަންތަކަން އަދި އިޙްސާންތެރިވެވޮޑިގެންނެވުން އެބައިމީހުންނަށް ހުއްޓެވެ.  އަދި އެ އިލާހުގެ ޢަފޫކުރެއްވުން އަޅުތަކުންގެމައްޗަށް ފޭބުމުގައިވެ އެވެ. އަދި އެމީސްތަކުންގެ ނުބައި ޢަމަލުތަކާއި އުރެދުންތައް އެއިލާހުގެ ހަޟުރަތަށް އުފުއްލެވެމުންދެ އެވެ.


އެބައިމީހުން އެ އިލާހުއަށް އުރެދުމުގައިވެ އެވެ. އަދި އެ އިލާހު އެބައިމީހުންނަށް އެ އިލާހުގެ ދޮރުތަކަށް އައުމަށް ދަޢުވަތު ދެއްވަވަ އެވެ. އެބައިމީހުން ޖަރީމާތަކަށް އަރައިގަތުމުގައިވެ އެވެ. އެހެނަސް އެ އިލާހުގެ ދީލަތިވަންތަކަމުންނާއި އިޙްސާންތެރިކަމުން އެބައިމީހުން މަޙްރޫމް ނުކުރައްވަވަ އެވެ. ފަހެ، އެބައިމީހުން ތަޥްބާވެއްޖެހިނދު އެ އިލާހުއީ އެބައިމީހުންދެކެ ނުހަނު ލޯބިވެވޮޑިިގަންނަވާ އިލާހެއްގެ ގޮތުގައިވެ އެވެ. ސަބަބަކީ ތަޥްބާވާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގަންނަވަ އެވެ. އަދި ޠާހިރުވާ މީހުންދެކެވެސް ލޯބިވެވޮޑިގަންނަވަ އެވެ. އެބައިމީހުން ތަޥްބާނުވާނަމަ އެ އިިލާހުއީ އެބައިމީހުންނަށް ބޭސްވެރިފަރާތެވެ. އެބައިމީހުންނަށް އިމްތިޙާނުތައް، މުޞީބާތްތައް މެދުވެރި ކުރައްވަވާ އެބައިމީހުން ކުށްފާފަތަކުން ތާހިރު ކުރައްވަވަ އެވެ."
 
*****
ފަތުވާ ނަގާފައިވަނީ : تيسير الكريم الرحمن 1-413

Like what you see?

Close

Hit the buttons below to follow us, you won't regret it...