އަޅުކަން ކުރުމުގައި ޘަވާބާއި ދަރުމަ ހޯދުމުގެ ނިޔަތް އޮތުން (މިބަސްތައް 24 ގަޑިއިރު ދެ ލޯ ދެމެދުގައި ބެހެއްޓުން ހައްޤުވެގެންވެ އެވެ.) - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

"ވަރަށްވެސް ގިނަ މިސްތަކުން ވުޟޫކޮށް ނަމާދުކުރެ އެވެ. އަދި ހެޔޮ ޞާލިޙް ޢަމަލުތައް ކުރުމުގައިވެ އެވެ. އެހެނަސް އޭނާގެ ހިތުގައި އެއްވެސް ގޮތަކަށް އެ ޢަމަލުގެ ޘަވާބު އަދި އަޖުރު ހޯދުމުގެ ޤަޞްދެއް ނޯވެ އެވެ. އަދި ހަމަކަށަވަރުން އެ ޢަމަލަކީ އޭނާއަށް އެ ޢަމަލުން އަޖުރު ދެވޭނެ ކަމުގައި ނަފްސުގައި ނޯވެ އެވެ. ފަހެ، އަހަރެމެންނަށް އެދެވިގެންވަނީ މިކަން އަހަރުމެންގެ ސަމާލުކަމަށް ގެނައުމެވެ. އަދި އެއްގޮތަކަށްވެސް އަހަރެމެންގެ މައްޗަށް ޣާފިލުކަން ވެރިވެދިޔަ ނުދިނުމެވެ. ސަބަބަކީ، ނިޔަތާއި އަދި ޘަވާބާއި އަޖުރަށް އެދުން އޮންނަންޖެހޭނެ އެވެ. ފަހެ، އިންސާނަކު ﷲ އަށް ޢަމަލު ކުށްތަންކުރުމަށް ނިޔަތް ކަނޑައަޅަ އެވެ. އެހެނަސް އޭގެ އަޖުރާއި ޘަވާބު ހޯދުމުގެ މައްޗަށް އޭނާ ޣާފިލުކަންމަތީގައިވެ އެވެ. އެ ޢަމަލުގެ ޘަވާބާއި އަޖުރު ހޯދުމުގެ ނިޔަތް އޮތުމުގެ 2 ފައިދާއެއްވެ އެވެ.
ފުރަތަމައީ: ހަމަކަށަވަރުން އޭނާ ކޮށްފައިވާ ޢަމަލު (މަސައްކަތާއި، އުފުލި ބުރަތަކުގެ) ބަދަލު އެ އިލާހު ދެއްވާނެކަމެވެ. ހަމަކަށަވަރުން ރައްބު ވަޢުދުވެވޮޑިގަންނަވާފައިވާ މި ވަޢުދުގެ މައްޗަށް ޔަޤީންކުރުމެވެ.
ދެވަނައީ: އާޚިރަތް ދުވަހަށް އީމާންވުމުގެ މައްޗަށް ޘާބިތުކަން ލިބުމާއި އެކަން ޔަޤީންވެ އިޤްރާރުވުމެވެ. ސަބަބަކީ، އަޖުރާއި ޘަވާބު ހޯދުމަށް އެދުން، ޔަޢުނީ:ހަމަކަށަވަރުން އެދުވަހެއްގައި ޢަމަލުތައް ޙިސާބުކުރެވޭ ދުވަހެއް އޮތް ކަމުގައި އޭނާ އީމާންވެ އެވެ. އަދި އެ ޢަމަލަށް އެދުވަހުގައި އަޖުރު ދެވެ އެވެ."
****
ފަތުވާ ނަގާފައިވަނީ : التعليق علىٰ صحيح البخاري ١٣٧/٣