ދަޢުވަތުދިނުމުގައި އިޚްލާޞްތެރިކަމާއި ޢިލްމާއި ނުލައި ފޯރި އެރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ދަޢުވަތް ދިނުމުގެ މަންހަޖު

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ދަޢުވަތުދިނުމުގައި އިޚްލާޞްތެރިކަމާއި ޢިލްމާއި ނުލައި ފޯރި އެރުން


ސުވާލު: ދަޢުވަތުދޭ މީހެއްގެ އަޖުރު ބޮޑުކަމުގެ ވާހަކަ އަޑުއަހައިފައި ދަޢުވަތައިގެން ޤާއިމްވާ ބައެއް ޒުވާނުންގެ ކިބައިގައި ގަދަފަދަ ފޯރިގަނޑެއް ހުންނަކަން ފާހަގަ ކުރެވެ އެވެ. ދެން އެއަށްފަހު އެ ފޯރިގަނޑު ފިލައިގެން ދާލެ އެހާމެވެސް އަވަހެވެ. ފަހެ އެކަމުގައި ތިޔަ ޝެއިޚުމެން ދެއްވާ އިރުޝާދަކީ ކޮބައިތޯ އެވެ؟

 

ޖަވާބު: "އިސްލާމީ ހޭލުންތެރިކަން"، މި ޢިބާރާތް އެއްފަހަރަށް ވުރެ ގިނައިން ވަނީ ނޫސްތަކުގައި ފަތުރާލެވިފަ އެވެ. މި ޢިބާރާތް ބޭނުންކުރުމާ ދޭތެރޭ އަހަރެން އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެއީ ކޮންމެ ޒަމާނެއްގައި އިޞްލާޙުކުރާ ޢިލްމުވެރިންގެ މެދުކެނޑިގެން ނުވާ ބުރަ މަސައްކަތްތައް އެ ޢިބާރާތުން ނަފީކުރާތީ އެވެ. އަދި މި އުންމަތުގެ ދެމިގެންވާ ހެޔޮކަމުގެ އަސަރުތައް އެ ޢިބާރާތުން ނަފީކުރާތީ އެވެ. އެ ހެޔޮކަމުގެ އަސަރުތަކަކީ ޤިޔާމަތާ ޖެހެންދެން މި ބިންމަތިން ނެތިގެންދާނެ އެއްޗެއް ނޫނެވެ.


އަދި ދަޢުވަތުދިނުމަށް ފޯރި ހުރުމަކީ ރަނގަޅު ކަމެކެވެ. އަދި މީހެއްގެ ކިބައިގައި ހެޔޮކަންތައް ކުރުމަށާއި ދަޢުވަތުދިނުމަށް ޝައުޤުވެރިކަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ޢިލްމު ޙާސިލުކޮށްގެން މެނުވީ، އަދި الله އަށްޓަކައި ދަޢުވަތުދޭނީ ކިހިނަކުން ކަން އެނގިގެން މެނުވީ، ދަޢުވަތުގެ އުސްލޫބުތައް (ގޮތްތަކާއި މަގުތައް) އެނގިގެން މެނުވީ، އޭނާ ދަޢުވަތުދޭ ކަމަކާ ބެހޭ ޢިލްމު ހުރެގެން މެނުވީ ދަޢުވަތުގެ ތެރެއަށް ވަނުން އޭނާއަށް ހުއްދަވެގެނެއް ނުވެ އެވެ. الله ވަޙީ ކުރެއްވި އެވެ: قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ ]يوسف: 108[. މާނައީ: "އިބަ ނަބިއްޔާ ވިދާޅުވާށެވެ. މިއީ ތިމަން ނަބިއްޔާގެ މަގެވެ. ތިމަން ނަބިއްޔާ، اللهއަށްޓަކައި ދަޢުވަތުދެއްވަނީ އަލިވެގެންވާ ދަލީލާ އެކުގަ އެވެ." އެބަހީ ޢިލްމާ އެކުގަ އެވެ.


ފަހެ، ދަޢުވަތުދިނުމަށްޓަކައި ޖާހިލު މީހާ އެކަށީގެނެއް ނުވެ އެވެ. ދަޢުވަތުދޭ މީހާގެ ކިބައިގައި ޢިލްމާއި، އިޚްލާސްތެރިކަމާއި، ކެތްތެރިކަމާއި، ތަހައްމަލު ކުރުމާއި، ޙިކްމަތްތެރިކަން ހުރުމަކީ ލާޒިމް ކަމެކެވެ. އަދި ދަޢުވަތުގެ އުސްލޫބުތަކާއި، ރަސޫލާ صلى الله عليه وسلم  ގެނެސްދެއްވި ދަޢުވަތުގެ މަންހަޖުތައް އޭނާއަށް އެނގުމަކީ ލާޒިމް ކަމެކެވެ.


ދެންފަހެ ހަމައެކަނި އަރާ ފޯރިގަނޑަކުން، ނުވަތަ ދަޢުވަތަށް ހުންނަ ލޯތްބެއްގެ ސަބަބުން، ދަޢުވަތަށް ކުރިމަތިލާ މީހާ، ފަހެ ޙަޤީޤަތުގައި މިފަދަ މީހަކު އިޞްލާޙުކުރާ މިންވަރަށް ވުރެ ފަސާދަކުރާ މިންވަރު ބޮޑުވެގެންވެ އެވެ. އަދި ފަހަރެއްގައި އޭނާ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިގެންދެ އެވެ. އަދި މައްސަލަތަކެއްގެ ތެރެއަށް އޭނާ މީސްތަކުން ވައްޓާލަ އެވެ. ފަހެ ހެޔޮ ކަންކަމުގައި ޝައުޤުވެރި ކުރުވުން މިފަދަ މީހަކަށް ފުދިގެންވެ އެވެ. އަދި އޭގެ ސަބަބުން إن شاء الله އޭނާއަށް އަޖުރު ދެވޭނެ އެވެ. އެހެން ނަމަވެސް، ދަޢުވަތުގެ މައިދާނަށް އޭނާ ވަންނަން ބޭނުންވާކަމުގައިވާ ނަމަ އޭނާ ފުރަތަމަ ޢިލްމު ޙާސިލުކުރާހުށިކަމެވެ.


ކޮންމެ މީހަކީ ދަޢުވަތުދިނުމަށް އެކަށޭނެ މީހެއް ނޫނެވެ. އަދި ފޯރިގަނޑެއް އަރާ ކޮންމެ މީހަކީ ދަޢުވަތުދިނުމަށް އެކަށޭނެ މީހެއް ނޫނެވެ.
ޖާހިލުކަމާ އެކު އަރާ ފޯރިގަނޑަކީ ގެއްލުން ދޭނެ އެއްޗެކެވެ. އެއީ ފައިދާ ކުރާނެ އެއްޗެއް ނޫނެވެ.

❆  ❆  ❆
ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س 52، ص 140-144،  دار سحاب السلفية، الطبعة الخامسة 1432 ه

ދަޢުވަތް ދިނުމުގެ މަންހަޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޚުޠުބާ ތަކުގައި އަދި ދަރުސް ތަކުގައި ޤުރުއާން ތަރުތީލުކޮށް ކިޔެވުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله | 03 ފެބުރުއަރީ 2018

 ސުވަރުގެއާ ބެހޭގޮތުން ނަޞޭޙަތްދޭ ހިނދު އެކިއެކި މަންޒަރު ކުރަހައި ސިފަކުރުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله | 02 ފެބުރުއަރީ 2018

 ބޮޑެތި ޚަރަދުކޮށް ފިރިހެނުންގެ ކުރިމައްޗަށް އަންހެނުން ނެރެގެން ދަޢުވަތު ދިނުމޭ ބުނެ ޢަމަލު ކުރަނީ ބޮޑެތި ޢިލްމުވެރިންނަށް އިޙްތިރާމާއި ޤަދަރު ކުރުމަށްތޯ އެވެ؟ ނުވަތަ ފިތުނަ އާއި ފަސާދަށް މަގު ކޮށުމަށް ތޯ އެވެ؟ - العلاَّمة الشيخ ابن العثيمين رحمه الله | 01 ފެބުރުއަރީ 2018

އިސްލާމް ދީނަށް ދަޢުވަތު ދިނުމަށް މަދަޙަ ކިޔުން، ދަތުރު ދިޔުން ހިޒްބީނގެ ޢަލާމަތްތައް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 15 ޖެނުއަރީ 2016

ޒުވާނުން ދީނަށް ގެނައުމުގެ ނަމުގައި ޕިކްނިކް ދަތުރު ދިއުމަކީ ބިދުޢަވެރިން (އިޚްވާނީން) ގެ އުޞްލޫބެއް - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله | 10 ޖެނުއަރީ 2016

ހެޔޮކަން ބޮޑީ ޢިލްމު އުނގެނުން ހެއްޔެވެ؟ ނުވަތަ الله އަށްޓަކައި ދަޢުވަތު ދިނުން ހެއްޔެވެ؟ - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 11 ނޮވެމްބަރ 2015

ފިރިހެނުން ފަދައިން އަންހެނުންވެސް ދަޢުވަތުގެ މައިދާނަށް ނުކުތުމަށް ބުނުން - الإمام العلامة الشيخ صالح الفوزان حفظه الله | 07 އޮކްޓޯބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...