5 ފިރިހެނުން ފަދައިން އަންހެނުންވެސް ދަޢުވަތުގެ މައިދާނަށް ނުކުތުމަށް ބުނުން - الإمام العلامة الشيخ صالح الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިރިހެނުން ފަދައިން އަންހެނުންވެސް ދަޢުވަތުގެ މައިދާނަށް ނުކުތުމަށް ބުނުން - الإمام العلامة الشيخ صالح الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ދަޢުވަތް ދިނުމުގެ މަންހަޖު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العلامة الشيخ صالح الفوزان حفظه الله

ފިރިހެނުން ފަދައިން އަންހެނުންވެސް ދަޢުވަތުގެ މައިދާނަށް ނުކުތުމަށް ބުނުން

ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ. މި ސުވާލުކުރާ މީހާ ބުނެފައިވެ އެވެ.


އަންހެނުން ދަޢުވަތުގެ ކަންކަމުގައި ޤާއިމްވެ ދެމިތިބުން އެއީ ޟަރޫރީ ކަމެއްގެ ގޮތުގައި ބައެއް މީހުން ބުނަމުންދެ އެވެ. (އެކަންތަކަށް އެދެ އެވެ.) ދީނީ ދަރުސްތައް ވިއްކާ ތަންތަނުން އަންހެނުން ދީފައިވާ ދަރުސްތައްވެސް ލިބެން ހުންނަންޖެހޭނެކަމުގައި އެބައިމީހުން ބުނެ އެވެ. އަދިވެސް ބުނެ އެވެ. އަންހެނުންގެ އަޑަކީ އެއީ ޢައުރައެއް ކަމުގައި ބުނެފައިވާ ޤައުލަކީ ޝާއްޛު (ބަލިކަށި، ދެރަ، ބުރަދަނެއްނެތް) ޤައުލެކެވެ. މިގޮތުން އެބައިމީހުންވަނީ ޢިޛާޢަތުން ޤުރުއާން އަށްވެސް ބަދުބަސްތައް ބުނެފަ އެވެ. އަދި މިބަސްތަކަށް އިޖާބަދީ، އަންހެނުން ދަޢުވަތް ދިނުމުގެ ގޮތުން ނަޞޭޙަތުގެ ބަސްތައް ރޭޑިޔޯއިން ވަޤުތުން ގެނެސްދޭ ޕްރޮޤްރާމް ތަކުގައި ފާޅުވެފައިވެ އެވެ؟


ޖަވާބު: ﷲ ތަޢާލާގެ ބަސްފުޅު ކަމުގައިވާ  ﴿فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ﴾  "ފަހެ ތިޔަކަނބަލުން ލޫޅާފަތިއަޑަކުން ވާހަކަ ނުދައްކާށެވެ! ފަހެ އެއީ ހިތުގައި ބަލިމަޑުކަމެއް ހުރި މީހަކު ދަހިވެތި ވެދާނެތީ އެވެ." މިއީ ބަލިކަށި، ބުރަދަނެއްނެތް ބަސްފުޅެއްތޯ؟! މި އާޔަތަކީ ބަލިކަށި ބުރަދަނެއްނެތް އެއްޗެއްތޯ؟! ﴿فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا﴾ "ފަހެ ތިޔަކަނބަލުން ލޫޅާފަތިއަޑަކުން ވާހަކަ ނުދައްކާށެވެ! ފަހެ އެއީ ހިތުގައި ބަލިމަޑުކަމެއް ހުރި މީހަކު ދަހިވެތި ވެދާނެތީ އެވެ. އަދި ތިޔަކަނބަލުން ހެޔޮވެގެންވާ ރަނގަޅު ބަސްބުނާށެވެ." މިއީ ބަލިކަށި، ބުރަދަނެއްނެތް ބަސްފުޅެއްތޯ؟! މަގުފުރެދުމުގެ ނުބައިކަމުން ﷲ ގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދެމެވެ.


ޙައްޖުގައި ތަލްބިޔާ ކިޔާ އިރުގައި އަންހެނާ އޭނާގެ އަޑުއުފުލައި ނުކިޔާނެ އެވެ. ސުންނަތަކީ، އަޑު ނުއުފުލައި ތަލްބިޔާ ކިޔުމެވެ. ސުންނަތަކީ މިއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަކީ މި އެވެ. ނަމާދުގައި އިމާމްއަށް ކުށެއް ކުރެވުމުން އަންހެނުން، ފިރިހެނުން سبحان الله ކިޔާފަދައިން،سبحان الله ކިޔައިގެން ނުވާނެ އެވެ. އެހެނަސް އެއްއަތްތިލައިން އަނެއް އަތްތިލަގައި ޖަހާނީ އެވެ. މި އެންމެހައި ޙަދީޘްތަކަކީ ބަލިކަށި، އެއްވެސް ބުރަދަނެއްނެތް އެއްޗެއްތޯ؟!


އެހެނަސް ތިޔަމީސްތަކުންނަކީ، އެއްގޮތަކީ މަގުފުރެދުމާ އެކުގައި މަކަރުވެރިކަމާއި ނުބައިނުލަފާ ބައެއްކަމުގައިވުމެވެ. އަނެއްގޮތަކީ އެމީހުންނަކީ ހެޔޮވިސްނޭ ބައެއް ނޫނެވެ. އަދި އެމީހުންނަކީ ޖާހިލުން ކަމުގައި އެމީހުންނަށް ނޭނގުމެވެ. އާއެކެވެ.
****


ފަތުވާ ނަގާފައިވަނީ : http://goo.gl/RkZpu1


އިޚްވާނުންނޭވެ!

މިއަދު މާލޭގެ މަގުތަކުގައި ވަނީ ކޮންފަދަ ބެނާ ތަކާއި، ޕޯސްޓަރު ތަކެއްތޯ އެވެ؟ ސުވާލުގައި ކޮށްފައިވާ ފަދައިން، އަންހެނުންނަކީ ދީނަށް ދަޢުވަތް ދިނުމުގެ މައިދާނުގައި ނުކުންނަންޖެހޭ ބައެއްގެ ގޮތުގައި ހަދައިފައިވުމެވެ.


އިޚްވާނުންނެވެ! މި އެންމެހައި އާޔަތްތަކަށް ގޮން ޖަހައި، އެންމެހައި ޙަދީޘްތަކަށް ގޮން ޖަހައި، ތިމާމެންގެ އަމިއްލަ ޖަޒުބާތާއި ހަވާނަފްސު އެއީ ދީން ހަދައިފައިވާކަން ހެޔޮވިސްނޭ ކޮންމެ މީހަކަށް އެނގި ބަޔާންވާކަށް ނުވޭތޯ އެވެ؟


ވިސްނާލުން ހުއްޓެވެ! ޒުވާން އަންހެނަކު، އެތަކެއް ސަތޭކަ ޒުވާން ފިރިހެނުން ކުރިމައްޗަށް ނެރެ، ލޫޅާފަތި އަޑުން ބަސްތައް މުޚާޠަބުކޮށް، ޒުވާން ކަމުގެ ރީތިކަމާއި އަދި އެންމެހައި ރިވެތިކަމެއް ޖަމަޢަވެގެންވާ މޫނު ހާމަކޮށް ފިރިހެނުންގެ ތެރޭގައި ފާޅުވެގެންވަނީ، ހަމަ އިސްލާމް ދީނަށް ދަޢުވަތު ދިނުމަށް ބާވަ އެވެ؟


އަޚާ އެވެ! ތިބާ ވިސްނާލުން ހުއްޓެވެ! މި ދީނީ "ދަންނަ ބޭކަލުންނޭ" ބުނާ މީހުންނަށް އުއްމަތުގެ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކާއި، ފަތުވާތައް ފެނޭ ހެއްޔެވެ؟ ނުވަތަ މި "ދަންނަބޭކަލުން" ގެ ލޯތަކަށްވަނީ ކިހިނެތްވެފައި ބާވަ އެވެ؟


ޙައްޤު ހޯދުމަށް ދަހިވެތިކަމުގައިވާ އަހުލުވެރިޔާ އެވެ! މި މީސްތަކުންނަކީ މިއަދާ ހަމައަށް ވެސް ޙައްޤުހޯދުމަށް އަދި ޙައްޤުގެ އަހުލުވެރިންނަށް ޤަދަރެއް ދީފައިވާ ބައެއް ނޫނެވެ. ފާފަތަކާއި، ފާޙިޝް އަދި މުންކަރާތްތަކަކީ މިމީހުންގެ އަތްމަތީގައި ލުއިފަސޭހަ ކަމުގައިވާ އެއްޗަކަށްވަނީ ހަދައިފަ އެވެ. ހުއްޖަތަކީ "ބުރަދަނެއްނެތް، ބަލިކަށި ބަސްތަކެވެ." ﷲ ގެ އާޔަތްތައްވެސް ބުރަދަނެއްނެތް ބަލިކަށި އެއްޗެއްތޯ އެވެ. ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘް ތަކަކީވެސް އެއްވެސް ބުރަދަނެއްނެތް ބަލިކަށި އެއްޗެއްތޯ އެވެ؟


މިކަން މިކުރަނީ ހަމަ ސުންނަތޭ ކިޔައިގެން އުޅޭ މީހުންނެވެ!

photo_2015-10-07_13-20-06.jpg

photo_2015-10-07_13-20-48.jpg 

ދަޢުވަތް ދިނުމުގެ މަންހަޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޚުޠުބާ ތަކުގައި އަދި ދަރުސް ތަކުގައި ޤުރުއާން ތަރުތީލުކޮށް ކިޔެވުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله | 03 ފެބުރުއަރީ 2018

 ސުވަރުގެއާ ބެހޭގޮތުން ނަޞޭޙަތްދޭ ހިނދު އެކިއެކި މަންޒަރު ކުރަހައި ސިފަކުރުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله | 02 ފެބުރުއަރީ 2018

 ބޮޑެތި ޚަރަދުކޮށް ފިރިހެނުންގެ ކުރިމައްޗަށް އަންހެނުން ނެރެގެން ދަޢުވަތު ދިނުމޭ ބުނެ ޢަމަލު ކުރަނީ ބޮޑެތި ޢިލްމުވެރިންނަށް އިޙްތިރާމާއި ޤަދަރު ކުރުމަށްތޯ އެވެ؟ ނުވަތަ ފިތުނަ އާއި ފަސާދަށް މަގު ކޮށުމަށް ތޯ އެވެ؟ - العلاَّمة الشيخ ابن العثيمين رحمه الله | 01 ފެބުރުއަރީ 2018

އިސްލާމް ދީނަށް ދަޢުވަތު ދިނުމަށް މަދަޙަ ކިޔުން، ދަތުރު ދިޔުން ހިޒްބީނގެ ޢަލާމަތްތައް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 15 ޖެނުއަރީ 2016

ޒުވާނުން ދީނަށް ގެނައުމުގެ ނަމުގައި ޕިކްނިކް ދަތުރު ދިއުމަކީ ބިދުޢަވެރިން (އިޚްވާނީން) ގެ އުޞްލޫބެއް - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله | 10 ޖެނުއަރީ 2016

ހެޔޮކަން ބޮޑީ ޢިލްމު އުނގެނުން ހެއްޔެވެ؟ ނުވަތަ الله އަށްޓަކައި ދަޢުވަތު ދިނުން ހެއްޔެވެ؟ - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 11 ނޮވެމްބަރ 2015

ދަޢުވަތުދިނުމުގައި އިޚްލާޞްތެރިކަމާއި ޢިލްމާއި ނުލައި ފޯރި އެރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 07 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...