ޕާޓީތައް ހަދައި، އެއް ވެރިކަން ވައްޓައި އަނެއް ވެރިކަން ގެނައުމަށް ﷲ ތަޢާލާ ނަބިއްޔުން عليه السلام ނުފޮނުއްވަވައެވެ. - الإمام العلامة ربيع بن هادي عمير المدخلي حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإِمَامُ العَلَّامة ربيع بن هادي عمير المدخلي حفظه الله
ޕާޓީތައް ހަދައި، އެއް ވެރިކަން ވައްޓައި އަނެއް ވެރިކަން ގެނައުމަށް ﷲ ތަޢާލާ ނަބިއްޔުން عليه السلام ނުފޮނުއްވަވައެވެ.
"ނަބިއްޔުން عليه السلام އެއްސަރުކާރު ވައްޓާލައި އަނެއް ސަރުކާރެއް ގެނައުމަށް ﷲ ނުފޮނުއްވައެވެ. އަދި އެނަބިއްޔުންނަކީ ވެރިކަން ލިބުމަށް އެދުނު ބައެއް ނޫނެވެ. އަދި އެނަބިއްޔުން ޕާޓީތައް ހަދައި އޭގައި ދެމިތިބުމަށް ނާދެ އެވެ. އެހެނަސް، އެނަބިއްޔުން ފާޅުވެފައިވަނީ މީސްތަކުންނަށް ހިދާޔަތް ހޯދައި ދިނުމަށެވެ. އަދި މީސްތަކުން މަގުފެދުމާއި ޝަރީކު ކުރުމުން ސަލަމާތް ކުރުމަށެވެ." منهج الأنبياء في الدعوة إلى الله فيه الحكمة والعقل
(ސިޔާސީ / ދީނީ ޕާޓީ ހަދައި ވެރިކަން ވެއްޓުމަކީ) ﷲ މިދުނިޔެއަށް ފޮނުއްވި އެއްވެސް ނަބިއްޔެއްގެ އަޤީދާއެއް އަދި ޢަމަލުފުޅެއް ނޫނެވެ. އަދި އެއީ ހެޔޮޞާލިޙު ގޮތުގައިވި އެއްވެސް ދީންވެރި ކަމުގައިވި ޢިލްމުވެރި ކަމުގައިވާ މީހުންގެ އަޤީދާ އަދި ޢަމަލުފުޅެއް ނޫނެވެ. ވެރިޔާ މުރުތައްދުވެ ކާފަރު ނުވާހާހިނދެއްގައި ވެރިޔާގެ ބައިޢަތުގައި ޤާއިމްވެ ކިޔަމަންގަތުމުގައި ތިބުމަކީ އަހުލުއްސުންނަތުގެ ބޮޑެތި އުޞޫލުތަކުގެ ތެރެއިން އުޞޫލެކެވެ. މިއީ އަބަދުވެސް ޢިލްމުގެ އަހުލުވެރިންގެ ސިފައެވެ. މި ޢިލްމުވެރިން ގޯސްވެފައި މިއަދު ފެންނަނީ އިސްލާމީ ސިޔާސީ (ޕޮލިޓިކަލް) ކިޔާ މީހުން ރަނގަޅުވާނެ ގޮތެއް ފެނޭތޯއެވެ. ދަންނަހުއްޓެވެ! ހުރިހާވެސް ހެޔޮކަމެއް ހުރީ ﷲގެ ޝަރީޢަތުގައެވެ. އެކަނލާންގެ ޤާނޫނުގައެވެ. އެކަނލާންގެ ދީނުގެ އުޞޫލުތަކުގައެވެ.