5 ޕާޓީތައް ހަދައި، އެއް ވެރިކަން ވައްޓައި އަނެއް ވެރިކަން ގެނައުމަށް ﷲ ތަޢާލާ ނަބިއްޔުން عليه السلام ނުފޮނުއްވަވައެވެ. - الإمام العلامة ربيع بن هادي عمير المدخلي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޕާޓީތައް ހަދައި، އެއް ވެރިކަން ވައްޓައި އަނެއް ވެރިކަން ގެނައުމަށް ﷲ ތަޢާލާ ނަބިއްޔުން عليه السلام ނުފޮނުއްވަވައެވެ. - الإمام العلامة ربيع بن هادي عمير المدخلي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޝަރުޢީ ސިޔާސަތު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة ربيع بن هادي عمير المدخلي حفظه الله

ޕާޓީތައް ހަދައި، އެއް ވެރިކަން ވައްޓައި އަނެއް ވެރިކަން ގެނައުމަށް ﷲ ތަޢާލާ ނަބިއްޔުން عليه السلام ނުފޮނުއްވަވައެވެ.

"ނަބިއްޔުން عليه السلام އެއްސަރުކާރު ވައްޓާލައި އަނެއް ސަރުކާރެއް ގެނައުމަށް ﷲ ނުފޮނުއްވައެވެ. އަދި އެނަބިއްޔުންނަކީ ވެރިކަން ލިބުމަށް އެދުނު ބައެއް ނޫނެވެ. އަދި އެނަބިއްޔުން ޕާޓީތައް ހަދައި އޭގައި ދެމިތިބުމަށް ނާދެ އެވެ. އެހެނަސް، އެނަބިއްޔުން ފާޅުވެފައިވަނީ މީސްތަކުންނަށް ހިދާޔަތް ހޯދައި ދިނުމަށެވެ. އަދި މީސްތަކުން މަގުފެދުމާއި ޝަރީކު ކުރުމުން ސަލަމާތް ކުރުމަށެވެ." منهج الأنبياء في الدعوة إلى الله فيه الحكمة والعقل

 

(ސިޔާސީ / ދީނީ ޕާޓީ ހަދައި ވެރިކަން ވެއްޓުމަކީ) ﷲ މިދުނިޔެއަށް ފޮނުއްވި އެއްވެސް ނަބިއްޔެއްގެ އަޤީދާއެއް އަދި ޢަމަލުފުޅެއް ނޫނެވެ. އަދި އެއީ ހެޔޮޞާލިޙު ގޮތުގައިވި އެއްވެސް ދީންވެރި ކަމުގައިވި ޢިލްމުވެރި ކަމުގައިވާ މީހުންގެ އަޤީދާ އަދި ޢަމަލުފުޅެއް ނޫނެވެ. ވެރިޔާ މުރުތައްދުވެ ކާފަރު ނުވާހާހިނދެއްގައި ވެރިޔާގެ ބައިޢަތުގައި ޤާއިމްވެ ކިޔަމަންގަތުމުގައި ތިބުމަކީ އަހުލުއްސުންނަތުގެ ބޮޑެތި އުޞޫލުތަކުގެ ތެރެއިން އުޞޫލެކެވެ. މިއީ އަބަދުވެސް ޢިލްމުގެ އަހުލުވެރިންގެ ސިފައެވެ. މި ޢިލްމުވެރިން ގޯސްވެފައި މިއަދު ފެންނަނީ އިސްލާމީ ސިޔާސީ (ޕޮލިޓިކަލް) ކިޔާ މީހުން ރަނގަޅުވާނެ ގޮތެއް ފެނޭތޯއެވެ. ދަންނަހުއްޓެވެ! ހުރިހާވެސް ހެޔޮކަމެއް ހުރީ ﷲގެ ޝަރީޢަތުގައެވެ. އެކަނލާންގެ ޤާނޫނުގައެވެ. އެކަނލާންގެ ދީނުގެ އުޞޫލުތަކުގައެވެ.

 

 

ޝަރުޢީ ސިޔާސަތު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަލަފީ ދަޢުވަތާއި ސިޔާސަތު - الشيخُ سُلَيمَان الرُّحَيلي حفظه الله | 14 ޖުލައި 2017

ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚަވާރިޖު ފިކުރުގެ ފެށުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 15 ފެބުރުއަރީ 2016

ސަރުކާރުގައި ރިބާ ބެންކުތައް ހުރުމަކީ އެބައިމީހުން އެކަން ހަލާލުކަމެއްގެ ގޮތުގައި ހެދުން ކަމުގައިވާނެތޯއެވެ؟ - الشيخ صالح بن فوزان الفوزان حفظه الله | 12 މެއި 2015

ދުނިޔޭގެ ކަންކޮޅުތަކުގައި ވާ ސަރުކާރު ތަކާއި، އެތަންތަނުގެ ސިޔާސަތުތައް ތިބާއަށް އެނގުމަކީ ޘަޤާފަތެއް ނޫނެވެ. - الشيخ صالح الفوزان حفظه الله | 24 އޭޕްރީލް 2015

އަހަރެން ތިޔަބައިމީހުންނަށް ނަޞޭޙަތްތެރި ވަނީ ސިޔާސީ އެކިއެކި ހަރަކާތްތަކަށް ވަނުން ދޫކޮށްލުމަށެވެ. - الإِمَامُ ابن باز رَحِمَه الله | 24 އޭޕްރީލް 2015

ޝަރުޢީ ސިޔާސަތަކީ ކޮބާ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله | 24 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...