5  ޢަރުޝީގެ މަތީގައި الله އިސްތަވާވެވޮޑިގެންވާ ކަމާމެދު އޮތް أَهْلُ السُّنَّة وَالْجَمَاعَة ގެ ޢަޤީދާ (އިދްރީސް ޙުސައިން އަށް ރައްދު) - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

الاستوى އިސްތިވާވެ ވޮޑިގެންވުން

 ޢަރުޝީގެ މަތީގައި الله އިސްތަވާވެވޮޑިގެންވާ ކަމާމެދު އޮތް أَهْلُ السُّنَّة وَالْجَمَاعَة ގެ ޢަޤީދާ (އިދްރީސް ޙުސައިން އަށް ރައްދު) - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ الاستوى އިސްތިވާވެ ވޮޑިގެންވުން

الله އެ އިލާހުގެ ޛާތުފުޅާއެކު ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އަދި الله ހުރިހައި ތަނެއްގައި ވޮޑިގެންވާ ކަމަށް ބުނުމަކީ ކުފުރެކެވެ. އެފަދައިން ބުނާ މީހާ އަކީ ކާފަރެކެވެ.

ސުވާލު: الله سبحانه وتعالى ޢަރުޝީގެ މަތީގައި އިސްތިޤްރާރުވެވެޮޑިގެންވުމާ ބެހޭގޮތުން أَهْلُ السُّنَّة وَالْجَمَاعَة ގެ މަޒުހަބަކީ ކޮބައިތޯ އެވެ؟ އަދި الله އެއިލާހުގެ ޛާތުފުޅާއެކު ހުރިހައި ތަނެއްގައި ވޮޑިގެންވާ ކަމަށް اَلْإِمَامُ أَبُو حَنِيفَة ވިދާޅުވެފައިވޭތޯ އެވެ؟ އަދި الله އެއިލާހުގެ ޛާތުފުޅާއެކު ހުރިހައި ތަނެއްގައި ވޮޑިގެންވާ ކަމަށް ބުނެ ދޮގު ހަދާ މީހެއްގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ މިސުވާލުތަކަށް އަޅުގަނޑުމެންނަށް ޖަވާބު ދެއްވައި އަދި ސާފުކޮށްދެއްވާށެވެ.
 

ޖަވާބު: أَهْلُ السُّنَّة وَالْجَمَاعَة އަކީ ޞަޙާބީންނެވެ. ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންނެވެ. އަދި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބައަވީ މީސްތަކުންނެވެ. (الله سبحانه وتعالى ޢަރުޝީގެ މަތީގައި އިސްތިޤްރާރުވެވޮޑިގެންވުމާ ބެހޭގޮތުން) أَهْلُ السُّنَّة وَالْجَمَاعَة ގެ މަޒުހަބަކީ: ހަމަކަށަވަރުން الله ވޮޑިގެންވަނީ ޢަރުޝީގެ މަތީގަ އެވެ. އަދި މިއީ އެންމެހައި ރަސޫލުން ﷺ ގެ ގައުލުވެސް މެއެވެ.

އަދި އެ އިލާހު سبحانه وتعالى ގެ ޢިލްމު ވަނީ ހުރިހައިތަނެއްގަ އެވެ. الله سبحانه وتعالى ވަޙީ ކުރެއްވި ފަދައިންނެވެ: ﴿  الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ ﴾ (طه:5) މާނައީ: " الرَّحْمَان ޢަރުޝީގެ މައްޗަށް އިސްތިވާވެ ވޮޑިގެންވި އެވެ."
އަދި އެ އިލާހު سُبْحَانَه ވަޙީ ކުރެއްވި އެވެ: ﴿ إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴾ (الأعراف:54) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިއިލާހީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި الله އެވެ. އެއަށްފަހު އެއިލާހު ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގެންވި އެވެ."

الله سُبْحَانَه ވަނީ އެ އިލާހުގެ މަތިވެރި ފޮތްކޮޅުގައި ހަތް ތަނެއްގައި މިކަން ޛިކުރު ކުރައްވާފަ އެވެ. ހަމަކަށަވަރުން الله سبحانه وتعالى ވަނީ ޢަރުޝީގެ މަތީގައިކަމެވެ. އަދި 'ޢަރުޝީގެ މަތީގައި ވަޮޑިގެންވޭ' ގެ މާނަ އަކީ ޢަރުޝީގެ މަތީގައި ވޮޑިގެންވުމެވެ. ހަމަކަށަވަރުން الله سبحانه وتعالى ޢަރުޝީގެ މައްޗަށް އަރުއްވާ، ޢަރުޝީގެ މަތީގައި އިސްތިޤްރާރުވެވޮޑިގެންވެއެވެ. ޢަރުޝީގެ މަތީގައި ވޮޑިގެންވުމާ ބެހޭގޮތުން أَهْلُ السُّنَّة ވިދާޅުވަނީ މިފަދައިންނެވެ. އެބަހީ ޢަރުޝީގެ މައްޗަށް އެރުއްވިއެވެ. އެބަހީ އޭގެ މައްޗަށް އެރުއްވުމެވެ. އަދި أَهْلُ السُّنَّة ގެ ބައެއް ބޭފުޅުންގެ ޢިބާރާތްތަކުގައިވެ އެވެ: الله سبحانه وتعالى ޢަރުޝީގެ މަތީގައި އިސްތިޤްރާރުވެވޮޑިގެންވެ އެވެ. މާނައަކީ الله ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އަދި ޢަރުޝި ވަނީ މަޚްލޫޤުންތަކުގެ މަތީގައެވެ. މަޚްލޫޤުންތަކުގެ އެންމެ މަތީގައި ވަނީ ޢަރުޝި އެވެ. އަދި الله سبحانه وتعالى ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. މިއީ އެންމެހައި ޙައްޤުގެ އަހުލުވެރިންގެ ގައުލެވެ.


އަދި أَبُو حَنِيفَة ވަނީ އެބޭފުޅުންގެ ތެރެއިންނެވެ. أَبُو حَنِيفَة ވަނީ މިފަދައިން ވިދާޅުވާ ބޭފުޅުންގެ ތެރެއިންނެވެ. الله އެ އިމާމަށް ރުއްސުން ލައްވައި ރަޙްމަތް ލައްވާށި އެވެ. الله ވޮޑިގެންވަނީ ހުރިހައި ތަނެއްގައިކަމަށް أَبُو حَنِيفَة ވިދާޅެއް ނުވެ އެވެ. ހަމަޔަގީނުންވެސް أَبُو حَنِيفَة އެ ގައުލުން ބަރީއަވެގެންވެ އެވެ. އަދި ކިއެއްތޯ އެވެ. އެއީ މުޢުތަޒިލީންނާއި، ޖަހްމީންނާއި އެމީހުންނާ އެއްފަދަ މީހުންގެ ބުނުމެވެ. އަދި އެއީ ކުފްރާއި މަގުފުރެދުމެކެވެ. الله ވޮޑިގެންވަނީ ހުރިހައި ތަނެއްގައި ކަމަށް ބުނާ މީހާ އަކީ ކާފަރެކެވެ. މަގުފުރެދިފައިވާ މީހެކެވެ. ސަލާމަތްކަން ދެއްވުމަށް އަޅަމެން الله ގެ ޙަޟްރަތުން އެދި ދުޢާ ކުރަމެވެ.


الله سبحانه وتعالى ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އަދި އެ އިލާހު سبحانه وتعالى ގެ ޢިލްމު ހުރިހައި ތަނެއްގައިވެ އެވެ. الله سبحانه وتعالى ހުރިހައި ކަމެއް ދެނިވޮޑިގެންވެ އެވެ. އެހެންނަމަވެސް އެ އިލާހު سبحانه وتعالى ގެ ޛާތުފުޅާ އެކު ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އެންމެހައި މަޚްލޫޤުންތަކުގެ މަތީގައެވެ. އަދި މުއުމިނެއްގެ މައްޗަށް ވާޖިބުވެގެންވަނީ މިޢަޤީދާ އިއުތިޤާދު ކުރުމެވެ. އެ ޢަޤީދާ އަކީ الله ގެ ފޮތްކޮޅުންނާއި الله ގެ ރަސޫލާ ﷺ ގެ ސުންނަތުން އެއަށް ދަލީލުކޮށްދިން ޢަޤީދާ އެވެ. އަދި އެ ޢަޤީދާގެ މައްޗަށް އުންމަތުގެ ސަލަފުން އިޖުމާޢުވެވަޑައިގެންނެވި ޢަޤީދާ އެވެ. އެބޭފުޅުންނީ ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންނާއި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބައަވީ މީސްތަކުންނެވެ.

 

އަދި الله ވޮޑިގެންވަނީ ހުރިހައި ތަނެއްގައޭ ބުނުން ހުއްދަވެގެން ނުވެ އެވެ. އެއީ ބާޠިލުގެ އަހުލުވެރިންގެ ގައުލެވެ. ޖަހްމީންނާއި މުޢުތަޒިލީންނާއި، އެމީހުންގެ މަގުން ހިނގައިދިޔަ މީހުންގެ ގައުލެވެ. الله سبحانه وتعالى އެބައިމީހުން ބުނާ ބުނުމުން ބޮޑުވެގެންވާ ހުސްޠާހިރުކަމަކުން ހުސްޠާހިރުވެވޮޑިގެންވެ އެވެ.
ސުވާލު: سَمَاحَةُ الشَّيخ އެވެ. (الله ވޮޑިގެންވަނީ ހުރިހައި ތަނެއްގައޭ ބުނާ ބާޠިލު) އެ ޢަޤީދާގެ މަތީގައިހުރެ މީސްތަކުންނަށް އިމާމުވެ ނަމާދު ކުރާ މީހާ ވަނީ ކިހިނަކުންތޯ އެވެ؟

 

ޖަވާބު: (އެފަދައިން ބުނާ މީހެއް ނަމަ) މީސްތަކުންނަށް އިމާމުވެ ނަމާދު ކުރާ މީހެއްގެ ފަހަތުގައި ނަމާދު ކޮށްގެން ނުވާނެ އެވެ. الله ވޮޑިގެންވަނީ ހުރިހައި ތަނެއްގައި ކަމަށް އިއުތިޤާދުކޮށް ޤަބޫލު ކުރާ މީހާ، ފަހެ އޭނާ އަކީ ކާފަރެކެވެ. މަގުފުރެދިފައިވާ މީހެކެވެ. އޭނާގެ ފަހަތުގައި ނަމާދު ކޮށްގެން ނުވާނެ އެވެ. އަދި އޭނާ އިމާމެއްގެ ގޮތުގައި ހެދުންވެސް ހުއްދަވެގެން ނުވެ އެވެ. އަދި ކިއެއްތޯ އެވެ. އޭނާ (އިމާމުކަމުން) ދުރުކުރުވުން ވާޖިބުވެގެންވެ އެވެ. މަސްއޫލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ ދުރުކުރުވުމެވެ. އަދި އޭނާ ނޫން أَهْلُ السُّنَّة وَالْجَمَاعَة ގެ އިމާމެއް އައްޔަނު ކުރުމެވެ.
 

ސުވާލު: سَمَاحَةُ الشَّيخ އެވެ. (الله ގެ) ބައެއް ސިފަފުޅުތައް ނުހިމަނައި އަނެއް ބައި ސިފަފުޅުތަކަށް އިޢުތިރާފުވާ (ޤަބޫލު ކުރާ) މީހާ، އޭނާގެ އިމާމުކަން ޞައްޙަވާނެތޯ އެވެ؟ އަދި އޭނާގެ ފަހަތުގައި ނަމާދު ކުރެވޭނެތޯ އެވެ؟
 

ޖަވާބު: ތިޔައީ އަޝްޢަރިއްޔާއިންގެ ގައުލެވެ. އެބައިމީހުން ބައެއް ސިފަފުޅުތަކަށް އީމާންވެ އެވެ. އަދި ބާކީ ސިފަފުޅުތައް ތައުވީލު ކުރެ އެވެ. އަދި އެއީ ހުއްދަވެގެން ނުވާ، ބާޠިލު މަޒުހަބެކެވެ. ވާޖިބަކީ މަތިވެރިވެގެންވީ ޤުރުއާނުގައާއި، ޞައްޙަވެގެންވާ ޠާހިރުވެގެންވާ ސުންނަތުގައި ވާރިދުވެގެންވާ އެންމެހައި ސިފަފުޅުތަކަށް އީމާންވުމެވެ. أَهْلُ السُّنَّة وَالْجَمَاعَة ޤަބޫލުކުރައްވާ ގޮތުގައި ވާޖިބަކީ މިއީ އެވެ. ވާޖިބަކީ الله އެ އިލާހުގެ މަތިވެރިވެގެންވީ ޤުރުއާނުގައި ޛިކުރުކުރެއްވި އެންމެހައި އިސްމުފުޅުތަކާއި ސިފަފުޅުތައް ސާބިތު ކުރުމެވެ. އަދި ހަމަ މިފަދައިން، ޞައްޙަ ޙަދީޘްތަކުގައި ނަބިއްޔާ ﷺ ޛިކުރުކުރެއްވި އެންމަހައި އިސްމުފުޅުތަކާއި ސިފަފުޅުތައް الله އަށްޓަކައި ސާބިތުކުރުމާއި، އެ ވާރިދުވެގެން އައި ގޮތަށް މާނަކުރުން ވާޖިބުވެގެންވެ އެވެ. އެއަށް އީމާންވުމާ އެކުގައެވެ.

އަދި الله އީ: ﴿  لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴾ ކަމަށް އީމާންވުމެވެ. (މާނައީ: "އެ އިލާހުއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެ އެވެ. އަދި އެ އިލާހު އަކީ السميع البصير" ކަމަށް އީމާންވުމެވެ.)

ފަހެ ވާޖިބަކީ ތަމްޘީލު ކުރުމަކާ ނުލައި އެ (އިސްމުފުޅުތަކާއި، ސިފަފުޅުތައް) ސާބިތުކުރުމެވެ. އަދި އެ އިލާހު سُبْحَانَه ގެ މަޚްލޫޤުންނާ އެ އިލާހު އެއްފަދަކުރުމުން ދުރުވެ އެ އިލާހު ހުސްޠާހިރުކުރުމެވެ. އުނިކުރުމަކާ ނުލައި ހުސްޠާހިރުކުރުމެވެ. އަދި މިސަބަބަށްޓަކައި أَهْلُ السُّنَّة وَالْجَمَاعَة ވިދާޅުވެ އެވެ: ބަދަލުކުރުމަކާ ނުލައި، އުނިކުރުމަކާ ނުލައި، ކިހިނަކުންތޯ ސުވާލުކުރުމަކާ ނުލައި، ތަމްޘީލު ކުރުމަކާ ނުލައި، الله އަށް ލާއިޤުވެގެންވާ (އެކަށީގެންވާ) ގޮތަށް الله ގެ އިސްމުފުޅުތަކާއި، ސިފަފުޅުތަކަށް އީމާންވުން ވާޖިބުވެގެންވެ އެވެ. އަދި ބައެއް ސިފަފުޅުތައް ތައުވީލު ކުރާ ކަމަށް އެނގިގެންވާ މީހަކު އިމާމެއްގެ ގޮތުގައި އައްޔަން ކޮށްގެން ނުވާނެ އެވެ. އެހެންނަމަވެސް އޭނާ ކާފަރު ކޮށްގެން ނުވާނެ އެވެ. އެއީ އެކަން (އޭނާގެ) ގާތުގައި ޝުބުހައަކަށްވާތީ އެވެ. އެހެންނަމަވެސް އޭނާ އިމާމެއްގެ ގޮތުގައި އައްޔަން ކޮށްގެން ނުވާނެ އެވެ. އިމާމަކަށް އައްޔަން ކުރަންވާނީ އޭނާ ނޫން އެހެން މީހެކެވެ. ސަބަބަކީ އަޝްޢަރިއްޔާއިން ބައެއް ސިފަފުޅުތައް ތައުވީލު ކުރިކަމުގައިވީ ނަމަވެސް އެބައިމީހުން ތައުވީލު ކުރުމުގައި ޝުބުހައެއްވެ އެވެ. ފަހެ އެ ގައުލުގެ ސަބަބުން އެބައިމީހުންނީ ކާފަރުންނެއް ނޫނެވެ. އެހެންނަމަވެސް އެބައިމީހުންވަނީ ބިދުޢަކާއި މަގުފުރެދުމެއްގެ މައްޗަށް އަރައިގަނެފަ އެވެ. އެފަދައިންވީ މީހެއްކަމުގައިވާ ނަމަ، އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެކަމުން (ދުރުވެ) الله އަށް ތައުބާވުމެވެ. އަދި أَهْلُ السُّنَّة وَالْجَمَاعَة ގެ މަޒުހަބަށް ތަބައަވުމެވެ. އެއީ އެންމެހައި ސިފަފުޅުތައް ތައުވީލު ނުކުރުން ވާޖިބުވެގެންވާތީ އެވެ.

◇  ◇  ◇
ސައިޓް އަދި އޯޑިއޯ ލިންކް: http://www.binbaz.org.sa/noor/1412
   

ތަރުޖަމާނު: އެންމެހައި އަޚުންނާއި އުޚްތުންނޭވެ! މިއަދު އައްޑޫ އަތޮޅުގައި އިދްރީސް ޙުސައިން ނަމަކަށް ކިޔާ، ޝައިޚެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހަކު ދަނީ އިސްވެ ބަޔާން ކުރި ޢަޤީދާއާ ފާޅުގައި ޚިލާފުވަމުންނެވެ. އޭނާ ބުނެ އެވެ:

20171001-jahumi-idrees01.jpg
ތަރުޖަމާ: "ދެބަސްވާ މީހާ ބުނާ ފަދައިން، الله އެ އިލާހުގެ ޛާތުފުޅާ އެކު ޢަރުޝީގެ މަތީގައި ވޮޑިގެންވާކަމަށް އިމާމް މާލިކު އަދި ސަލަފުއްޞާލިހުގެ ތެރެއިން އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެ އެވެ."

ހުރި ބުހުތާނެއްގެ ބޮޑު ކަމާ އެވެ!!! މިއުންމަތަށް ފާޅުވި ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިއްބެވި އެންމެހައި ޢިލްމުވެރިން އިޖުމާޢުވެވަޑައިގަނެފައިވާ ކަމަކާ ދެކޮޅަށް ބަސްބުނުމަށް އިދްރީސް ޙުސައިން އަކީ ކާކު ހެއްޔެވެ؟!! އަދި ކިއެއްތޯ މިއުންމަތުގެ ނަބިއްޔާ ﷺ އާއި އެންމެހައި ރަސޫލުންނާއި ނަބިއްޔުން ﷺ އިއުތިޤާދު ކުރެއްވި ގޮތާ ދެކޮޅަށް ބަސްބުނުމަށް އިދްރީސް ޙުސައިން އަކީ ކާކު ހެއްޔެވެ؟!! އޭނާ ލަދެއް ނުގަނޭ ހެއްޔެވެ؟!! މި އިދްރީސް ޙުސައިން އެ ބުނަނީ ކުފުރުގެ ބަސްތަކެކެވެ. އަދި އޭނާ ދަޢުވަތު ދެނީ ކުފުރުގެ ޢަޤީދާއަކަށެވެ. الله ވޮޑިގެންވާ ތަން އޭނާ އިންކާރު ކުރަނީ އެވެ. ބިދުޢަތަކާއި ހަވާނަފްސުގެ އަހުލުވެރިންނާ އެކު މަސްހުނިވެ އުޅުމުގެ ނަތީޖާ އަކީ މިއީ އެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމުގެ ނަތީޖާ އަކީ މިއީ އެވެ. އެމީހުންގެ ފޮތްތައް ކިއުމުގެ ނަތީޖާ އަކީ މިއީ އެވެ. ކުފްރީ ބިދުޢައިގެ އަނދަވަޅުގެ ތެރެއަށް ވައްޓާލައި، ދީނުން ބޭރުކުރުވާ މުރުތައްދުވާ ފަދަ ބަސްތައް ބުނުމަށް ޖެހިލުން ނުވާ ދަރަޖައަށް ގެންގޮސްދިނީ ދެން ފަހެ ކޮންކަމެއްތޯ އެވެ؟ އިންސާނާގެ ލޯ ހުޅުވަންވެންޖެ ނޫންތޯ އެވެ؟ އޭ އެންމެހައި މުސްލިމުންނޭވެ! ތިޔަބައިމީހުން މިނުރައްކައުތެރި ހާދިސާއިން ޢިބްރަތް ޙާސިލުކުރުން ހުއްޓެވެ!
މިފަދަ ކުފުރުގެ ބަސްތައް ބުނެ އިއުލާނު ކުރާ މީހާއަށް ވާޖިބުވެގެންވަނީ: الله އަށް ތައުބާ ވުމެވެ. އަދި އޭނާ ދިން ދަޢުވަތުގެ ނުބައިކަން ބަޔާންކޮށްދީ އެއިން ރުޖޫއަވިކަން މީސްތަކުންނަށް އިއުލާނުކޮށް ފާޅު ކުރުމެވެ. الله ގަންދީ ބުނަމެވެ. އެއިލާހުގެ އަޅުތަކުންގެ ތެރެއިން ހިދާޔަތުގެ މަގުން އެއްކިބާވެ ދިޔަ އަޅުތަކުން އެމަގަށް އަނބުރާ އައުމަކީ އަހަރުމެން ލޯބި ކުރާ ކަމެކެވެ.

 

އަދި އާންމު މީސްތަކުންނަށް ވާޖިބުވެގެންވަނީ: މިފަދަ ނުރައްކައުތެރި މީހުންނާ މެދު އިންޒާރު ލިބި އެމީހުންނާ ދުރުވުމެވެ. އަދި އެފަދަ މީހުންގެ ފަހަތުގައި ނަމާދުވެސް ނުކުރުމެވެ. ޖިހާދައިން ފަސްޖެހުމުން ބަޔަކު ހަޖުރު ކުރައްވަން ނަބިއްޔާ ﷺ އަމުރުފުޅު ކުރެއްވި އެވެ. އުޒުރަކާ ނުލައި ފަރުޟު ޖިހާދަކުން ފަސްޖެހުމަކީ ބޮޑު ފާފައެކެވެ. އެހެންނަމަވެސް އެއީ ދީނުން ބޭރުކުރުވާ އަމަލެއް ނޫނެވެ. އެއާ އެކުވެސް ހަޖުރު ކުރުމަށް އަމުރު ކުރެވުނެވެ. އެހެންކަމުން ބޮޑު ފާފައެއް ކުރުމުން އެބަޔަކު ހަޖުރު ކުރުމަށް މުސްލިމް އުންމަތަށް އަމުރުފުޅު އައިސްފައިވީ ހިނދު، ކުފުރުގެ ބަސްތައް ބުނާ މީހަކު ހަޖުރު ކުރުން މާ އައުލާކަން ބޮޑެވެ. ހަޖުރުގެ އަޅުކަން ފޮރުވުމަށްޓަކައި ބައެއް 'ޝައިޚުން' ބުނާ އަޑު ތިބާއަށް އިވޭނެ އެވެ: 'އިސްލާމީ ތާރީޚުގައި ގުޅުން ކެނޑުން ފެންނާކަށް ނެތެވެ.' 'ބޮޑެތި ބިދުޢަވެރިންނާ މެދު ޢިލްމުވެރިން ދައްކަވާފައި ހުރި ވާހަކަ އާންމުންގެ ބޯތަކަށް ބިންދާލަނީ އެވެ.' 'ދީނީ ފޭރާމުގައި ތިބެ، އާންމު މުސްލިމުންނަށް ކުށްކުރެވުމުން ސަލާން ނުގޮވާ ބައެކެވެ.' އެފަދައިން ވާހަކަ ދެއްކި 'ޝައިޚުން' އަދި އިދްރީސް ޙުސައިން އަކީ އާންމު މީހަކުތޯ އެވެ؟ އެމީހުން ބުނާ ފަދައެވެ: 'ތިމަންމެން 'ޝައިޚުން'ގެ ގޮތުގައި ތިބެ، ކިތަންމެ ބިދުޢައެއް ކުރިއަސް، ކިތަންމެ ބާޠިލު ބަސްތަކެއް ބުނި ކަމުގައިވީ ނަމަވެސް، ތިމަންމެންނާ މެދު ބޮޑެތި ޢިލްމުވެރިންގެ ފަތުވާތައް ބޭނުންކޮށްގެން ނުވާނެ އެވެ. ތިމަންމެންނާ ގުޅުން ކަނޑާލައިގެންނުވާނެ އެވެ.' އަޖައިބެކެވެ. ހައުދަހައި އިންސާފާ ދެކޮޅުވެރި ހެއްވާ ވާހަކަތަކެކެވެ.
 

އަދި އުންމަތުގެ ޢިލްމުވެރިންނަށް ވާޖިބުވެގެންވަނީ: މިފަދަ ބާޠިލު ބަސްތައް ކަޝްފުކޮށް މީސްތަކުންނަށް އޭގެ ޙަޤީޤަތް ބަޔާންކޮށްދިނުމެވެ. އެހެންކަމުން ތިބާ ވިސްނާލާށެވެ. ޢިލްމުވެރިންގެ ނަމުގައި، ދީން ދިފާއުކުރުމުގެ ނަމުގައި މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ ޢަދާލަތު ޕާޓީ މިއަދު ކޮބައިތޯ އެވެ؟ ކުފުރުގެ ބަސް ބުނާ ކޮންމެ މީހަކީ ކާފަރެކޭ ކިޔައި އާންމު ތަކްފީރު އާއި މުއައްޔަންކޮށް ތަކްފީރު ކުރުމުގެ ފަރަގު ނޭނގި ތިބެ، މަގުމައްޗަށް ނުކުމެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރާ ޖަމްޢިއްޔަތު ސަލަފު ކޮބައިތޯ އެވެ؟ ވަކި މީހަކު ޚާއްޞަކޮށް ތަކްފީރު ކުރުމަށް ދީނުގައި އައިސްފައިވާ ޤަވާޢިދުތަކާއި ހަމަތަކަށް އެމީހުން ނުބެލި އެވެ. އަދި އާންމު ތަކްފީރާއި ޚާއްޞަ ތަކްފީރު އެބައިމީހުން އެއްފަދަ ކުރި އެވެ. ދެން އެއަށް ފަހު ކުފުރުގެ ބަސް ބުނާ ކޮންމެ މީހަކީ ކާފަރެއްކަމުގައިވާ އާންމު ތަކްފީރަކުން، ޚާއްޞަ މުއައްޔަނަކު ތަކްފީރު ކުރި އެވެ. ކާފަރުވުމުގެ ޝަރުތުތަކަށް ބަލާލުމެއް ނެތިއެވެ. ކުފުރުގެ ޙުކުމް މަނާކުރުވާ ކަންތަކަށް ބަލާލުމެއް ނެތި އެވެ. އެއާ އެކުވެސް އެމީހުންގެ އަމިއްލަ ޖީބުން، އަމިއްލަ ކޮތަޅުން ނެެރުނު އުސޫލުތަކުގައިވެސް އެމީހުންނަށް ނުހިފޭއްޓުނެވެ. ކުފުރުގެ ބަސް ބުނުމުން ކާފަރު ވަނީ ހަމައެކަނި ގައުމުގެ ވެރިންބާ އެވެ؟ ތިމާމެންގެ ސަފު ފަހަތުގައި ފިލާ ހުރެ، ކިޔަވައިގެން ހުރެ، އަމިއްލަ އިޚްތިޔާރުގައި، އޮޅުމަކާ ނުލައި، ޝުބުހައަކާ ނުލައި، ގަދަބާރުން ކުރުވުމަކާ ނުލައި، ކުފުރުގެ ބަސް ބުނާ މީހާ ކާފަރު ވުމުން މައުސޫމް ވަނީ ބާ އެވެ؟ ސިޔާސީ ނަޖިސްގަނޑުގެ ތެރެއަށް ވެއްޓޭ މީހުންގެ ހާލަކީ އެއީ އެވެ. الله ގެ ދީން ދިފާޢު ކުރުމުގެ ނަމުގައި ނުކުންނަނީ ސިޔާސީ ބޭނުމެއްގައެވެ. އަމިއްލަ ސަފުތަކުގައި މީހަކު ކުފުރުގެ ބަސްތައް ބުނެ ހަޅޭއްލަވައި، ބޮޑެތި ބަޔާންތައް ނެރެމުން ދާއިރު އެއީ އެއްވެސް ކަމަކަށް ނުވެ އެވެ. ޢަދާލަތުގެ ޢަދުލުވެރިކަމަކީ އެއީ ބާވަ އެވެ؟ ސަލަފުންގެ ބަސްފުޅުތަކާ ޚިލާފަށް ބަޔަކު ދަޢުވަތު ދެމުންދާއިރުވެސް ސަލަފުންގެ މަންހަޖުގެ މަތީގައި ތިބިކަމަށް ދައުވާ ކުރާ ޖަމްޢިއްޔަތުއް ސަލަފުގެ އަޑެއް ނެތެވެ. ސަލަފުން ތަމްޘީލު ކޮށްދިނުމަކީ އެއީ ބާވަ އެވެ؟ ހަޅޭއްފަޅޭއް ޖަހާ މަގުމައްޗަށް ނުކުންނަނީ ވެރިއަކު ކުފުރުގެ ބަސްތައް ބުނެއޭ ކިޔާފަ އެވެ. އިދްރީސް ޙުސައިން ކުފުރުގެ ބަސްތައް ބުނެ އިއުލާނު ކުރަމުން ދާއިރު މިއިން 'ޝައިޚެއް'ގެ ހިލަމެއްވެސް ނެތެވެ. ޙައްޤުބަސް ބުނުން ކޮބައިތޯ އެވެ؟ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ އަކީ އޭނާގެ ދީން އޮޅުވާލުމެވެ. އަނިޔާވެރިކަމޭ ކިޔާފައި އިދްރީސް ޙުސައިން ކުރާ އަނިޔާ ބަޔާން ކޮށްދިނުން ކޮބައިތޯ އެވެ؟ ސިޔާސީ ކަމެއްގައި ނަމަ އެމީހުންގެ އަޑު އިވޭނެ އެވެ. އެހެންނޫންނަމަ، އެއީ ނުވާ ކަމެއް ފަދަ އެވެ. މިއިން ވެސް ބަޔާންވެގެން ދަނީ ދިވެހި ރާއްޖޭގައި އަދި އެނޫން ޤައުމުތަކުގައިވެސް ބާޠިލަށް ގޮވާލައި، އެބާޠިލަށް ނަޞްރުވެރިވާ ބަޔަކު ވުޖޫދުގައިވާ ކަމެވެ. ހިތާމަވެރި ޙަޤީޤަތަކީ މިއީ އެވެ. ބައެއްފަހަރު ޙަޤީޤަތަކީ ހިތި އެއްޗެކެވެ. އެހިތި ކަން ލިބެނީ އެ ޙަޤީޤަތް ގަބޫލު ކުރަން ބޭނުން ނުވާ ބަޔަކަށެވެ. ޙައްޤަށް ލޯބި ކުރާ ބަޔަކު ނަމަ، އެ ޙަޤީޤަތް އެނގުމުން ލިބޭނީ ފޮނިކަމާއި އުފަލާ އަރާމާއި ލައްޛަތެވެ.
 

އަދި ޤައުމުގެ ވެރިންނަށް ވާޖިބުވެގެންވަނީ: މިފަދަ ބޮޑެތި ކުފުރުގެ ބަސްތައް ބުނެ އިއުލާން ކުރާ ހުރިހައި މީހުން ހައްޔަރުކޮށް، ޙުއްޖަތް ގާއިމްކޮށްދޭން ޖެހޭ ބައެއް ނަމަ ޙުއްޖަތް ގާއިމްކޮށްދީ، އެމީހުންނަށް ތައުބާ ލައިދީ، ޤަބޫލު ނުކޮށްފިނަމަ އެމީހުންގެ ކަރުތައް ކަނދުރާތަކުން ވަކިކޮށްލުމެވެ. ޙައްދު ގާއިމް ކުރުމަކީ ވެރިންގެ މަސްއޫލިއްޔަތެކެވެ. އަދި ވެރިންގެ ވާޖިބެކެވެ. الله އަހަރުމެންގެ ވެރިޔާއަށް ޙައްޤާއި ހިދާޔަތާއި ތެދުމަގުގެ ހެޔޮ ތައުފީޤު ދެއްވާށި އެވެ. އަދި މަކަރުވެރިންގެ މަކަރުވެރި ރޭވުންތަކުން އަހަރުމެންގެ ވެރިޔާ ރައްކައުތެރި ކޮށްދެއްވާށި އެވެ. ޢިރާޤުގެ އަމީރު خَالِد بْنُ عَبْدِ الله القسري ޢީދު ދުވަހުގެ ޚުޠުބާ ދެއްވުމަށް ފަހު މިންބަރުގެ ބުޑުގައި، جَعْدُ بْنُ دِرْهَم ގެ ކަރު ކަނޑާލެއްވި އެވެ. އެއީ އޭނާ الله ގެ ސިފަފުޅުތައް ނަފީކުރި ކަމަށްޓަކައެވެ. އޭނާ މުރުތައްދުވުމުންނެވެ. އިސްލާމީ ޢަޤީދާ، އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައެވެ. އަހަރުމެންގެ އިލާހު ވޮޑިގެންވާތަން ޤަބޫލު ކުރުމީ މިދީނުގެ ބިންގާތަކުގެ ތެރެއިން ބިންގަލެކެވެ. އަސާސުތަކުގެ ތެރެއިން އަސާސެކެވެ. ދީނުގެ ބިންގަލެއް، ދީނުގެ އަސާސެއް އިންކާރު ކޮށްފި މީހާ، މިދީނުން އިންކާރު ނުކުރާނީ ދެން ފަހެ ކޮންކަމެއްތޯ އެވެ؟
އަހަރުމެންގެ ދުޢާ އަކީ الله سبحانه وتعالى ދެއްކެވި ހިދާޔަތުގެ މަގަށް ތަބައަވާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ.
والله أعلم. وصلى الله على نبينا محمد وعلى آله وصحبه وسلم.

Like what you see?

Close

Hit the buttons below to follow us, you won't regret it...