5  މިއަދު އިސްލާމީ އުއްމަތް ކަތިލެވިގެންދަނީ އެވެ. ތިޔަބައިމީހުން އަދިވެސް ތަޥްޙީދުއޭ ކިޔަކިޔައި ތިބެނީ ހެއްޔެވެ؟ - الشيخُ العلاَّمة صَالح الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 މިއަދު އިސްލާމީ އުއްމަތް ކަތިލެވިގެންދަނީ އެވެ. ތިޔަބައިމީހުން އަދިވެސް ތަޥްޙީދުއޭ ކިޔަކިޔައި ތިބެނީ ހެއްޔެވެ؟ - الشيخُ العلاَّمة صَالح الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އުއްމަތުގެ އަދުގެ ޙާލަތު

العَلاَّمَة صَالح الفَوزَان  حفظه الله ވިދާޅުވެފައިވެ އެވެ.
"ތަޥްޙީދާ ބެހޭގޮތުން ފަރުވާކުޑަ ކުރާނީ ކިހިނަކުން ހެއްޔެވެ؟ ފަހެ މީހުން ބުނެ އެވެ. މީސްތަކުންވަނީ މައްސަލަތަކުގެ ތެރޭގައި އެވެ. މުސްލިމުންވަނީ ދަތި ޙާލުގަ އެވެ. މުސްލިމުންވަނީ ޢަދުއްވުންގެ ފިއްތުންތަކުގެ ތެރޭގަ އެވެ.

 

އެނގިގަތުން ވާޖިބުވެގެންވެ އެވެ. ހަމަކަށަވަރުން މުސްލިމުންގެ އެންމެ ބޮޑުވެގެންވާ ކަމަކީ، ތަޥްޙީދުގެ މަތީގައި ދެމިހުރުމެވެ. ފަހެ، އެހެން ހުރިހައި ކަންކަމުގެ ކުރިން އެއަށް ފަރުވާތެރިވެ ސަމާލުކަން ދިނުން ހުއްޓެވެ. އަދި ހަމަކަށަަވަރުން މީސްތަކުން ތަޥްޙީދުގެ މައްޗަށް ޖާހިލުވެފައި ވުމުގެ މައްޗަށް ރައްކާތެރިވެ ތިބުމާއި، ބިދުޢަ، ޚުރާފާތް އަދި ޝިރުކުން ސަލާމަތްވުން ހުއްޓެވެ. އެއީ އެގޮތުގައި އެބައިމީހުންނަށް ނަޞްރުލިބުން ޙައްޤުވުމަށް ދާންދެނެވެ. އެއީ ކުރީގެ މި އުއްމަތުގެ ކުރީގެ ޤަރުނުތަކަށް ޢަމަލީގޮތުންނާއި ބަހުގެ ގޮތުން ނަޞްރުލިބިގެންދިޔަ ފަދައިންނެވެ. ފަހެ، އެހިނދު އެބައިމީހުން ﷲ ބިންމަތީގައި (ކުޅަދާނަކަން، ގަދަކަން) ޘާބިތުކަން ދެއްވެވި އެވެ. އެއީ އެ އިލާހުގެ ވަޙީބަސްފުޅުގައި ބަޔާންކޮށްފައިވާ ފަދައިންނެވެ. ﴿َ وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُم فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ﴾ "ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ޞާލިޙް ޢަމަލުތައް ކޮށްއުޅުނު މީހުންނަށް، އެބައިމީހުންގެ ކުރިން އުޅުނު މީހުން ޚަލީފާވެރި ކުރެއްވި ފަދައިން، ހަމަކަށަވަރުން، އެބައިމީހުން ޚަލީފާވެރި ކުރައްވާނެކަމަށާއި، އެބައިމީހުންނަށްޓަކައި އެއިލާހު ރުއްސަވައި އެބައިމީހުންގެ ދީން ހަމަކަށަވަރުން އެބައިމީހުންނަށްޓަކައި ތަމްކީނު ކުރައްވާނެ ކަމަށާއި، އެބައިމީހުން ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން އަމާންކަމަކަށް އެބައިމީހުން ބަދަލު ކުރައްވާނެ ކަމަށް ﷲ ވަޢުދު ކުރައްވާފައިވެ އެވެ." އެހެނަސް ދަންނަހުއްޓެވެ. (މިކަންތައްތައް ޙާޞިލްވުން އޮތީ) ޝަރުޠަކާ އެކުގަ އެވެ. (އެއީ) ﴿َ يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئاً وَمَنْ كَفَرَ بَعْدَ ذَلِكَ فَأُولَئِكَ هُمُ الْفَاسِقُونَ ﴾ "އެބައިމީހުން ތިމަން އިލާހުއަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށް، ތިމަން އިލާހުއަށް އަޅުކަން ކުރެތެވެ. އެއަށްފަހު ކާފިރުވެއްޖެ މީހާ ދަންނާށެވެ. ފަހެ، އެބައިމީހުންނީ، ހަމަކަށަވަރުން ފާސިޤުންނެވެ."
 
****
ފަތުވާ ނަގާފައިވަނީ : دروس من القرآن: ص(21)

Like what you see?

Close

Hit the buttons below to follow us, you won't regret it...