5 ތަޥްޙީދަކީ އުއްމަތް ބައިބައި ކޮށްލާ އެއްޗެކޭ ބުނާމީހަކީ، ދެލޯ ކަނުވެފައިވާ މީހެއް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ތަޥްޙީދަކީ އުއްމަތް ބައިބައި ކޮށްލާ އެއްޗެކޭ ބުނާމީހަކީ، ދެލޯ ކަނުވެފައިވާ މީހެއް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ތަޥްޙީދު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ތަޥްޙީދަކީ އުއްމަތް ބައިބައި ކޮށްލާ އެއްޗެކޭ ބުނާމީހަކީ، ދެލޯ ކަނުވެފައިވާ މީހެއް

ސުވާލު: "ތަޥްޙީދަކީ އުއްމަތް ބައިބައިކުރާ އެއްޗެއް" މިފަދައިން ބުނާ މީހާއަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟ އެމީހުން ބުނެ އެވެ. "ފުރަތަމަ މީސްތަކުން އެއްކުރާނީ (ޖަމަޢަ ކުރާނީ) އެވެ.  


ޖަވާބު: ތިފަދައިން ބުނާނީ ކަނުވެފައިވާ (ޙައްޤު ފެނުން ކަނުވެފައިވާ) މީހެކެވެ. އޭ އަޚާ އެވެ. މި އުއްމަތް އެކަތިގަނޑަކަށް ޖަމަޢަކުރާ އެއްޗަކީ ތަޥްޙީދެވެ. لا إله إلا الله ކަލިމަފުޅުގެ މައްޗަށް މެނުވީ މި އުއްމަތް ޖަމަޢަވެފައެއް ނުވެ އެވެ.


ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވުމުގެ ކުރީގައި އަދި ކަލިމައަށް ދަޢުވަތު ދެއްވުމުގެ ކުރީގައި، އެބައިމީހުންނަކީ ބައިބައިވެފައިވާ އަދި އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރަމުންދާ ބައެކެވެ. )إذ كنتم أعداء فألف بين قلوبكم فأصبحتم بنعمته إخوانا( "އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތް ތެރިން ކަމުގައިވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތަށް ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެ އިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވި އެވެ. ދެން އެ އިލާހު ދެއްވި ނިޢުމަތުގެ ސަބަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމު އެވެ."


ފަހެ، އުއްމަތް އެކަތި ގަނޑެއްގެ ގޮތުގައި ޖަމަޢަކުރާ އެއްޗަކީ، ތަޥްޙީދެވެ. އެއީ ﷲ އަށް އަޅުކަން ކުރުމުގައި އެ އިލާހު އެއްކައުވަންތަ ކުރުމެވެ.
ޝިރުކު ކުރުމާއި، ބިދުޢަތަކަކީ އުއްމަތް ބައިބައިކުރާ އެއްޗެކެވެ. ބާޠިލް މަޛްހަބުތަކާއި، އަދި ދީނަށް ދަޢުވަތް ދިނުމުގެ ނަމުގައި ނުކުމެފައިވާ ޖަމާޢަތްތަކަކީ، އުއްމަތް ބައިބައި ކުރި އެއްޗަކީ މި އެވެ.


މި އުއްމަތުގެ މަގަކީ އަދި އުއްމަތުގެ މަންހަޖަކީ އެންމެ މަންހަޖެކެވެ.


އުއްމަތް ބައިބައި ކުރާ އެއްޗަކީ ޝިރުކު ކުރުމާއި، ޝިރުކަށް ގެންގޮސްދޭ އެންމެހައި ވަޞީލަތްތަކެވެ. އަދި އަލަށް ހަދައި، ފާޅުވެފައިވާ ބިދުޢަވެރި މަންޖަހުތަކަކީ (އުއްމަތް ބައިބައިކުރާ އެއްޗެކެވެ.) ކޮންމެ މީހަކު ނުކުމެ މަންހަޖެއް ނެރެ އެވެ. ދަޢުވަތް ދިނުމަށް މަންހަޖެއް ނެރެ އެވެ.


ދަޢުވަތް ދިނުމަށްއޮތް މަންހަޖަކީ ރަސޫލާ صلى الله عليه وسلم ގެ މަންހަޖެވެ. އެއީ ތިބާ އަމިއްލައަށް ދަޢުވަތު ދިނުމަށް ހަދަންޖެހޭ އެއްޗެއް ނޫނެވެ. ނުވަތަ އެއީ ތިބާގެ ރައީސް ނުވަތަ ތިބާއަށް ތަބަޢަވާ މީހުން ހަދަން އޮތް އެއްޗެއް ނޫނެވެ.  

***
ފަތުވާ ނަގާފައިވަނީ : https://goo.gl/xTj3fQ

 

Like what you see?

Close

Hit the buttons below to follow us, you won't regret it...