5 ރުޤްޔާ ކުރުމުގެ ނަމުގައި ސިޙުރު ހެދުމާއި ޝައިޠާނުން ބޭނުން ކުރުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޝިރުކު

ރުޤްޔާ ކުރުމުގެ ނަމުގައި ސިޙުރު ހެދުމާއި ޝައިޠާނުން ބޭނުން ކުރުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރުޤްޔާ ކުރުން

 ސުވާލު : ރުޤްޔާކުރާ މީހުން އަހަރެމެންގެ ޤައުމުގައި ގެންގުޅޭ ގޮތްތަކުގެ ތެރޭގައިވެ އެވެ. އެސްފީނާ ޖެހިފައިވާމީހަކަށް ރުޤްޔާކުރާ ހިނދުގައި، އެމީހާ ގާތުގައި ބުނާނެ އެވެ. ލޯ މަރައިގެން އިންނާށެވެ. އެއަށްފަހު އޭނާ ޤުރުއާނުން ޖުޒްއު އެއްގެ މިންވަރަށް ކިޔެވުމަށްފަހުގައި ބުނާނެ އެވެ. ތިބާއަށް އެއްވެސް އެއްޗެއް ފެނުނު ހެއްޔެވެ؟ އެއަށްފަހުގައި، އެސްފީނާޖެހިފައިވާ މީހާ ބުނެ އެވެ. އަހަރެންނަށް މިވެނި މީހެއްގެ ދަރި މިވެނި މީހަކު ފެނުނެވެ. އަދި އެ ފެނުނު މީހާއަކީ، އެއީ ސިޙުރު ހެދި މީހާ ކަމުގައި ތުހުމަތުކުރެ އެވެ. މިއީ ރުޤްޔާ ކުރުމަށް ހުއްދަވެގެންވާ ގޮތެއްތޯ އެވެ؟ އަދި ޒުވާން ކުދިންނަށް ރުޤްޔާ ކުރުމުގައި މަޝްޣޫލުވުމަށް ނަޞޭޙަތްތެރިވެ ވަޑައިގަންނަވަމުތޯއެވެ؟ جَزَاكم الله خَيْرا

 

 

ޖަވާބު : ތިޔަ ގޮތަކީ ފަންޑިތަ (ސިޙުރުހާހޫރަ) ގެ ތެރޭގައި އަދި މަކާރާ ހީލަތުން (މީސްތަކުންނަށް އޮޅުވާލައި، ފައިސާ ހޯދުމަށް) ކުރާ ކަމެކެވެ. އަހަރެން ދެކޭ ގޮތުގައި، ތިޔައީ ޤުރުއާނުން އެއްވެސް ޢަޘަރެއް ކުރުވާނެ ކަމެއް ނޫނެވެ. ތިބާ ދެ ލޯ މަރާށެވެ. އަދި އެއަށްފަހުގައި އޭނާ ދެ ލޯ މަރައިގެން އިންދާ އިންސާނަކު ފެނެ އެވެ. އަދި އެ ފެނުނު މީހާއަކީ އެއީ ސިޙުރުހެދި މީހާ ކަމުގައި ޙުކުމް ކުރެ އެވެ. މިއީ ސިޙުރު ހަދާމީހުން ބޭނުން ކުރާ ވަޞީލަތްތަކުގެ ތެރެއިން ވަޞީލަތެކެވެ. މި ދައްޖާލު ނުވަތަ ފަންޑިތަވެރިޔާ މީސްތަކުންނަށް އޭނާގެ ޢަމަލު ފޮރުވައިގެން އިނދެ މިކަންތައް ކުރަނީ އެވެ. އޭނާ ހަދާ މުޑުދާރު ސިޙުރުން އަޘަރުކޮށް އެމީހާއަށް މީސްތަކުންގެ ތެރެއިން މީހަކު ލޯމަރައިގެން އިންނަ ހިނދުގައި ފެންނަނީ އެވެ. މި ފާޖިރު މީހާވަނީ އެމީސްތަކުންނަށް އަނިޔާވެރިވެފައި އެވެ. ފަހަރެއްގައި ލޯމައްޗަށް ފެނުނު އިންސާނާއަކީ، ސިޙުރުގެ ކަންތައްތަކުން ބަރީއަވެގެންވާ މީހެއް ކަމުގައި ވެދާނެ އެވެ. މި ގޮތަކީ އެއްވެސް ޙާލެއްގައި އޭނާއަށް ފެނުނު މީހާ އަކީ ސިޙުރު ހެދި މީހާ ކަމުގައި އޮތް ބުރުހާނެއް ނޫނެވެ.


ރަސޫލާ صلى الله عليه وسلم ޤުރުއާން ކިޔަވާވިދާޅުވަން އިންނަވަނިކޮށް ރަސޫލާ ގެ މައްޗަށް މީހަކު ސިޙުރު ހަދައި އަދި އެ ސިޙުރު ހަށިކޮޅަށް ޖެހިވަޑައިގެންނެވި އެވެ. އެހެނަސް ޖިބްރީލް عليه السلام ވަޑައިގަންނަވާ، ސިޙުރުއޮތީ ކޮންތާކު ކަމާއި އަދި ސިޙުރު ހެދީ ކާކުކަން ބަޔާންކޮށްދެއްވުމުގެ ކުރިން އެނގިވަޑައެއް ނުގަންނަވަ އެވެ. މިއީ ޣައިބުގައިވާ ކަމެކެވެ. ވަޙީ އިން ނޫން ގޮތަކަށް ނުވަތަ ޝައިޠާނުން ބޭނުންކޮށްގެން ނޫން ގޮތަކަށް ސިޙުރު ދެނެގަނެވޭނެ އެއްޗެއް ޙާލަތެއް ނޯންނާނެ އެވެ.


އޭނާއަށް (ލޯ މަރައިގެން އިންދާ) ފެނުނީ ވަކި މީހެއްގެ ސޫރައިން ސޫރަ ޖެހިގެން ހުރި ޝައިޠާނެއް ކަމުގައިވެސް ވެދާނެ އެވެ. އަހަރެން ދެކޭ ގޮތުގައި މިއީ ރުޤްޔާ ކުރުމުގެ ނަމުގައި މީސްތަކުންގެ ތެރެއަށް ނުކުމެފައިވާ ސިޙުރުހަދާ ދައްޖާލެއް ކަމުގައި ބަޔާންވެގެންވާ ހެކިތަކެވެ. ނުވަތަ މި މީހާއަކީ އޭނާގެ ގާތުގައި އޭނާއަށް ވާގިވެރިވުމަށް ޝައިޠާނުން ގެންގުޅޭ ދައްޖާލެކެވެ.


މިއީ މި ސުވާލުގެ ޖަވާބުގެ ގޮތުގައި ބަޔާންކުރާ މިންވަރެވެ. މިފަދަ އިންސާނަކާ އެކުގައި އެއްވެސް މީހަކު މުޢާމަލާތް ކޮށްގެން ނުވާނެ އެވެ. އަދި އޭނާ އެ ބުނާ ކަންތައް ކޮށްގެން ފެންނަ ޝައިޠާނުން އެއީ އެކަން ކުރި މީހާ ކަމުގައި އޭނާ ތެދުކޮށްގެން ވެސް ނުވާނެ އެވެ. އަދި މީސްތަކުންނަށް އޭނާ ކުރަނީ ރުޤިޔާ ކަމުގައި ބުނާ ބުނުންވެސް ޤަބޫލުކޮށްގެން ނުވާނެ އެވެ.

****

ފަތުވާ ނަގާފައިވަނީ : شريط بعنوان: الأجوبة المدخلية على الأسئلة المنهجية

އަޚުންނޭވެ! މިއަދު ރުޤްޔާކުރުމަކީ ދިރިއުޅުމަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތަކަށް މިވަނީ ވެފައެވެ.

ﷲ ގެ ޙަޟުރަތަށް ދެންނެވުމާއި، އެ އިލާހުގެ ޙަޟުރަތަށް ތަވައްކުލު ކުރުމާއި އަދި ﷲ އަށް ރުޖޫޢަވުމެއް ނުވެ އެވެ. މަކާރާއި ހީލަތާއި އޮޅުވާލުމުގައި ފައިސާ ކެއުމަށްޓަކައި ކޮންމެފަދަ ގޮތެއްވެސް ހުއްދަ އެވެ. ޖިންނި ޝައިޠާނުން ގެންގުޅޭ މީހުންނަކީ އަދި މޮޅުބައެއް ކަމުގައިވެ އެވެ. މީސްތަކުންނަށް ދީން އޮޅުން ފިލާފައި ނުވުމުން އޭގެ ނަތީއްޖާ ރުޤްޔާ ކުރުމުގެ ނަމުގައި ފާޅުވެފައިވާ ފަންޑިތަވެރިން ވަނީ ފައިސާ ހޯދާނެ ވަޞީލަތަކަށް ހަދާފައެވެ. ގޯތީގެ ޗާޓު ކުރަހައިގެން އޭނާގެ އަތުގައިވާ ޤަލަން ޖައްސައިގެން އިނދެ ހަދާ އެއްޗެއް ހެދުމަށްފަހުގައި ސިޙުރު އޮތީ މިވެނި ތަނެއްގައޭ ބުނެލަ އެވެ. ރަސޫލާ صلى الله عليه وسلم ގެ ހަށިކޮޅަށް ސިޙުރު ޖެހިވަޑައިގެންނެވި ހިނދުގައި މިފަދައިން ޢަމަލުފުޅު ކުރައްވައި، މީސްތަކުންނަށް އުނގަންނަވައި ނުދެއްވީ ކީއްވެތޯ އެވެ؟ އަނެއްބަޔަކު ޖިންނި ގެނެސްގެން ޖިންނީންގެ ކިބައިން އެހީތެރިކަމަށް އެދި އެ ޖިންނީންގެ ފަރާތުން ވާގިއަށް އެދެއެވެ. މި ކަންތައްވެސް ކުރަނީ ރުޤްޔާގެ ނަމުގަ އެވެ.

ﷲ ވަޙީ ކުރެއްވި އެވެ. ﴿وَيَوْمَ يِحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُم مِّنَ الإِنسِ وَقَالَ أَوْلِيَآؤُهُم مِّنَ الإِنسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِيَ أَجَّلْتَ لَنَا قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا إِلاَّ مَا شَاء اللّهُ﴾ "އެ އިލާހު އެބައިމީހުން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރައްވާށެވެ. އެދުވަހުން އެ އިލާހު ވަޙީކުރައްވާނެ ތެވެ. އޭ ޖިންނީންނެވެ. ތިޔަބައިމީހުން އިންސީންގެ ވަރަށް ގިނަ މީހުންނަށް މަގު އޮޅުވައިލީމު އެވެ. ދެން އިންސީންގެ ތެރޭގައިވާ އެބައިމީހުންގެ އެކުވެރިން ބުނާނެ އެވެ. އަޅަމެންގެ ވެރި އިލާހު އެވެ. އަޅަމެން އެއްބަޔަކު އަނެއްބައެއްްގެ ކިބައިން ފައިދާ ހޯދީމު އެވެ. އަދި އިބައިލާހު އަޅަމެނަށް ކަނޑައަޅުއްވާފައިވާ އަޖަލަށް އަޅަމެން ފޯރައްޖައުމަށް ދާންދެން އެގޮތުގައި އަޅަމެން ތިބީމު އެވެ. ﷲ ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކަ އެވެ. ﷲ އިރާދަ ކުރެއްވި ވަޤުތަކަށް މެނުވީ އެބައިމީހުން އެތަނުގައި ދެމިތިބެނިވި ގޮތުގައެވެ."

އެބައިމީހުން އެކަކު އަނެކަކުގެ ކިބައިން މަންފާ ހޯދުމުގެ ނަތީޖާއްކަމުގައިވީ، ޤިޔާމަތް ދުވަހުގައި ނަރަކައަށް ވަންނަން ޖެހުމެވެ. މިއަދު މަންފާ ހޯދުން އެކަންޏެއް ނޫނެވެ. އަހަރެމެންގެ ލޯމައްޗަށް ގެއްލިފައި ޣައިބުގައިވާ ތަކެއްޗާ މެދު ޖިންނިންނާ ސުވާލު ކުޅައުމާއި، ސިހުރު ހެދި މީހާ އަކީ ކާކު ކަމާއި، މިފަދައެކިއެކި ސުވާލުތައް ކޮށްހަދައެވެ. ޖިންނި އަކީ ދެތުބަސް ބުނާ އެއްޗެއްގެ ގޮތުގައި މި މީސްތަކުންނަށް އެނގުނީ ކިހިނަކުންބާ އެވެ؟ އެހެނަސް ކުށުން ބަރީއަވެގެންވާ މީހެއް ޛިކުރުކޮށް އާޢިލާ ގެ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދި އެބައިމީހުންގެ ރަޙިމުގެ ގުޅުން ކެނޑިގެން ދިއުމަކީ ޝައިޠާނާ އެދޭ ގޮތް ކަމުގައި ވީހިނދު، ޝައިޠާނާ ޛިކުރު ކުރާނީ އާޢިލާގެ އެފަދަ މީހެއް ނޫންތޯއެވެ؟ މިހެން ބުނުމުން ސުންނަތުގައި އޮތްގޮތަށް ރުޤްޔާ ހަދާ މީހުންނަށް ވެސް ނިސްބަތް ނުވޭތަ؟ މިބައިމީހުންނަކީ ކޮންތާކުން ޢިލްމު ހޯދައި ދަރިވަރުވީ ބައެއް ބާވަ އެވެ؟

 

ރުޤްޔާ ކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރޭގަނޑުގެ ނުބައިކަަން، ސިޙުރުވެރިންގެ ނުބައިކަން އަދި ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްވާނެ މަގު - العلاَّمة الشيخ محمد بن صالح العثيمين رحمه الله | 05 ޖެނުއަރީ 2018

 މުސްލިމް ޖިންނި ރުޤްޔާކުރުމުގައި ބޭނުންކުރާ މީހެއް ކައިރިން ބޭސްފަރުވާ ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزِيز آل الشيخ حفظه الله | 04 ނޮވެމްބަރ 2017

 ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ތަށިތައް ބޭނުން ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزيز آل الشيخ حفظه الله | 03 ނޮވެމްބަރ 2017

 ރުޤްޔާ ކުރުމުގެ ނަމުގައި ޖިންނި ޝައިޠާނުން ބޭނުން ކުރުން - اللجنة الدائمة للبحوث العلمية والإفتاء | 22 އޮކްޓޯބަރ 2017

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَام المُحَدِّث نَاصِر الدِّين الألبَانِيْ رحمه الله | 23 މެއި 2016

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 22 މެއި 2016

ރުޤްޔާ ކުރާ ހިނދުގައި ޖިންނި ގާތުގައި ސުވާލު ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 12 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...