5  ރުޤްޔާ ކުރުމުގެ ނަމުގައި ޖިންނި ޝައިޠާނުން ބޭނުން ކުރުން - اللجنة الدائمة للبحوث العلمية والإفتاء - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ރުޤްޔާ ކުރުން

 ރުޤްޔާ ކުރުމުގެ ނަމުގައި ޖިންނި ޝައިޠާނުން ބޭނުން ކުރުން - اللجنة الدائمة للبحوث العلمية والإفتاء

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރުޤްޔާ ކުރުން

ސުވާލު : ރުޤްޔާކޮށްގެން އެސްފީނާ ޖެއްސި (ސިޙުރު ޖެއްސި މީހާ) ބަލިމީހާގެ ޚިޔާލަށް ގެނައުމަށް ބުނެވޭ ބަހަކީ ޞައްޙަ ބަސްތަކެއް ހެއްޔެވެ؟ ނުވަތަ ރުޤްޔާކުރާ މީހާ، ސިޙުރު ޖެހިފައިވާ ބަލިމީހާގެ ޚިޔާލަށް އެކަންކުރި މީހާ ގެނެސްދިނުމަށް އޭނާގެ އެކުވެރި ޖިންނިގެ ފަރާތުން އެދުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު : ބަލިމީހާއަށް ރުޤްޔާ ކުރަމުންދާ ވަޤުތުގައި ސިޙުރު ޖެއްސިމީހާ ޚިޔާލަށް ގެނައުން ނުވަތަ އެފަދައިން ޚިޔާލަށް ގެނައުމަށް ރުޤްޔާކުރާ މީހާ އަމުރުކުރުމަކީ އެއީ ހުއްދަވެގެންނުވާ ޝައިޠާނީ ޢަމަލެކެވެ. ސަބަބަކީ އެއީ ޝައިޠާނުންގެ ފަރާތުން މަދަދަށް އެދުމެކެވެ. ފަހެ، އޭނާއަށް އެކަން ޖެއްސި އިންސާނާގެ ސިފައިގައި އޭނާއަށް ޚިޔާލުން ދައްކައިދޭ ފާރާތަކީ އެ ޝައިޠާނުންތަކެވެ. އަދި މިއީ ޙަރާމްވެގެންވާ ޢަމަލެކެވެ. ސަބަބަކީ އެއީ ޝައިޠާނުންގެ ފަރާތުން މަދަދަށް އެދުމެވެ. އަދި އަނެއް ސަބަބަކީ އެއީ މީސްތަކުންގެ މެދުގައި ޢަދާވާތްތެރި ކުރުވާ ކަމެކެވެ. އަދި މީސްތަކުންގެ މެދުގައި ބިރުވެރިކަމާއި ހިތަށް ނާމާންކަން ގެނުވާ ކަމެކެވެ. ވީމާ އެކަން ﷲގެ މި ވަޙީ ބަސްފުޅުގެ ތެރެއަށް ވަންނާނެ އެވެ.

﴿وَأَنَّهُ كَانَ رِجَالٌ مِنَ الإنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ﴾ "އަދި އިންސާނުންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔަކު ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައި ވި އެވެ. ފަހެ އެކަމުގެ ސަބަބުން ޖިންނީންނަށް އިންސާނުންގެ ކާފިރުކަމާއި ބޮޑާކަން އިތުރުކުރި އެވެ."


****
ފަތުުވާ ނަންބަރު : ٢٠٣٦١

އަޚުންނޭވެ! މިފަތުވާއަކީ العَلاَّمَة ابن بَاز رحمه الله ރިޔާސަތުގައި އިންނަވައި ނެރުއްވާފައިވާ ފަތުވާ އެކެވެ.


ޙަޤީޤަތުގައި މިއީ ރޭގަ ހިނގައިދިޔަ ކަންތައްތަކޭ އެއްފަދަ ޢަމަލުތަކެވެ. ރުޤްޔާކުރާ މިހާ ސިޙުރުޖެހިފައިވާ މީހާގެ ކައިރިއަށް އައިސް ކިޔަވަމުންދެ އެވެ. އަދި ސިޙުރުޖެހިފައިވާ މީހާގެ ޚިޔާލަށް ނުވަތަ ވިސްނުމަށް ނުވަތަ ލޯމައްޗަށް އެއްވެސް މީހަކު ފެންނަތޯ ނުވަތަ ސޫރައެއް ފާޅުވޭތޯ ސުވާލުކުރެ އެވެ. އަދި އެފަދައިން އަމުރު ކުރެ އެވެ. އަދި ގިނަފަހަރު ކަންހިނގާ ގޮތަކީ ސިޙުރު ޖެހިފައިވާ ފަރާތަށް މިފަދައިން ރުޤްޔާކުރާ މީހާއަކީ "ހާދަ މޮޅު" "ހާދަ ކުޅަދާނަ މީހެކޭ" ބުނެވެ އެވެ. އެހެނަސް މިއީ އިންތިހާއަށް މަގުފުރެދިފައިވާ، ﷲގެ ޝަރީޢަތުގައި ކިތަންބޮޑު ފާފައަކަށް އަރައިގަތުމަށް ޖެހިލުން ކުޑަވެފައިވާ މީސްތަކުންގެ އަތުގައިވާ ފައިސާގެ ދަހިވެތިކަމުގައި ޖިންނި ޝައިޠާނުންގެ ކިބައިން މަދަދަށް އެދޭ މީހެކެވެ. ޝިކުރު ކުރާ މީހެކެވެ.


އޭނާގެ ސިއްރު ރޭވުންތަކުގެ ތެރޭގައި އޭނާގެ އަޢުވާނުންގެ ގޮތުގައިވާ ޖިންނީން ބަލިޖެހިފައިވާ މީހާގެ ކައިރިއަށް އައިސް ކޮންމެވެސް މީހެއްގެ ޞޫރަ ފާޅުކޮށް، އެއީ ސިޙުރުހެދި މީހާ ކަމުގައި ހަދައި ޢާއިލާތައް ވިއްސިވިހާލިކޮށް، ތިމާގެކަމުގެ ގުޅުން ބަރުބާދުކޮށް އުއްމަތުގައި ފިތުނަ ފަސާދަ އުފައްދަ އެވެ. ސަބަބަކީ މިއީ ޝައިޠާނާގެ ލަނޑުދަނޑި ކަމުގައިވެ އެވެ. ޝައިޠާނާ ދައްކާ ޞޫރައަކީ އަބަދުވެސް ގާތް ރަޙްމަތްތެރި ޢާއިލާ ގުޅުންއޮންނަ ދެކެފަރިތަ މީހުންނެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢު އިންތިހާ ދަރަޖައަށް ފިތުނަވެގެންދެ އެވެ.


ޖިންނި ޝައިޠާނުންގެ ކިބައިން މަދަދަށް އެދުމަކީ އިންސާނުންނަށް ޙަރާމްވެގެންވާ ޢަމަލެކެވެ. ޚާއްޞަކޮށް ލޯމައްޗަށް ސިއްރުވެ، ވަންހަނާވެގެންވާ ކަންތައްތައް ހޯދުމަށް، ޙަޤީޤަތަކީ ކޮބައިތޯ ހޯދުމަށް ރުޤްޔާކުރާ މީހުންގެ ނަމުގައި ނުކުމެފައިވާ މިފަދަ މީހުންނަކީ ޝައިޠާނާ އަތްމަތީގައި ގެންގުޅޭ، ޝައިޠާނުންނަށް ވިކިފައިވާ އަގެއްނެތް މުޑުދާރު މީހުންނެވެ. ހިތާމައަކީ މުސްލިމުންގެ ތެރޭގައި ދީންވެރިކަމެއްނެތް، ތަޥްޙީދު އަދި ޝިރުކުގެ ޙަޤީޤަތް ނޭނގުމުގެ ތެރޭގައިވާ މީސްތަކުންގެ ގާތަށް މިފަދަ އިންސާނުން ފާޅުވެ، އެޖިންނި މެދުވެރިކޮށް މިފަދަ ޢަމަލުތައް ކުޅައުމެވެ. ޝައިޠާނާއަށް އޭނާގެ ލަނޑުދަނޑި ކަމުގައިވާ މީސްތަކުންގެ ތެރެއިން ބަޔަކު ﷲއަށް ޝަރީކު ކުރުވައި ދީނުން ބޭރުކުރެވުނީ އެވެ. އަދި ރުޤްޔާކުރުމުގެ ނަމުގައި ނުކުމެފައިވާ މީހާއަށް މީސްތަކުންގެ އަތުގައިވާ ފައިސާ އޭނާގެ ޢަމަލުގެ އުޖޫރައެއްގެ ގޮތުގައި ބާޠިލް ގޮތުގައި ކާލެވެ އެވެ. އަދި މި ފަދައިން ރުޤްޔާ ކުރާމީހާގެ ނަން މަޝްހޫރުވެ، މޮޅު މީހެއްގެ ގޮތުގައިވެ، އިތުރަށް މީސްތަކުންގެ ތެރޭގައި ޝިރުކު އާލާކޮށް ފެތުރުމަށް ޝައިޠާނާއަށް ފުރުސަތުލިބިގެން ދެ އެވެ.


މިއީ މިކަންތައް ކުރާ ޝައިޠާނުންނާއި އިންސާނުންނަށް ލިބޭ "ފައިދާ" އެވެ. އަޚުންނޭވެ! މިމަގުތަކަށް އަރައި ނުގަތުން ހުއްޓެވެ. ދީނުގައި ބަޔާންވެގެންވާ ޞައްޙަ ގޮތުގައި ކުރެވޭ ރުޤްޔާއެއް ކަމުގައި ހެދުން ހުއްޓެވެ.

ރުޤްޔާ ކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރޭގަނޑުގެ ނުބައިކަަން، ސިޙުރުވެރިންގެ ނުބައިކަން އަދި ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްވާނެ މަގު - العلاَّمة الشيخ محمد بن صالح العثيمين رحمه الله | 05 ޖެނުއަރީ 2018

 މުސްލިމް ޖިންނި ރުޤްޔާކުރުމުގައި ބޭނުންކުރާ މީހެއް ކައިރިން ބޭސްފަރުވާ ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزِيز آل الشيخ حفظه الله | 04 ނޮވެމްބަރ 2017

 ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ތަށިތައް ބޭނުން ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزيز آل الشيخ حفظه الله | 03 ނޮވެމްބަރ 2017

ރުޤްޔާ ކުރުމުގެ ނަމުގައި ސިޙުރު ހެދުމާއި ޝައިޠާނުން ބޭނުން ކުރުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 19 ޖެނުއަރީ 2017

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَام المُحَدِّث نَاصِر الدِّين الألبَانِيْ رحمه الله | 23 މެއި 2016

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 22 މެއި 2016

ރުޤްޔާ ކުރާ ހިނދުގައި ޖިންނި ގާތުގައި ސުވާލު ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 12 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...