ފިރިހެނުން އަދި އަންހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާ ތަކަކީ ދަޢުވަތް ދިނުމަށް އޮތް ވަސީލަތެއް ހެއްޔެވެ. މިފަދަ މުޒާހަރާ ތަކުގައި މަރުވެދާ މީހަކީ ޝަހީދެއްކަމުގައި ވާނެހެއްޔެވެ؟ - الإمام العلامة سماحة الشيخ عبدالعزيز بن باز رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله
މުޒާހަރާ ކުރުމަކީ ފަރުވާއެއް ނޫން، ފިތުނައެއް، އަނިޔާވެރިވުމަށް އޮތް ސަބަބެއް
ސުވާލު: ފިރިހެނުން އަދި އަންހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާ ތަކަކީ ދަޢުވަތް ދިނުމަށް އޮތް ވަސީލަތެއް ހެއްޔެވެ. މިފަދަ މުޒާހަރާ ތަކުގައި މަރުވެދާ މީހަކީ ޝަހީދެއްކަމުގައި ވާނެހެއްޔެވެ؟
ޖަވާބު: އަންހެނުން އަދި ފިރިހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާތަކަކީ ފަރުވާއެއްގެ ގޮތުން ކުރެވޭ އެއްޗެއް ކަމުގައި ނުދެކެމެވެ. ނަމަވެސް، އަހަރެން ދެކޭގޮތުގައި އެއީ ފިތުނައިގެ ތެރެއަށް ގެންދާ ސަބަބެކެވެ. އަދި އެއީ ނުބައި ކަންތަކާއި އަނިޔާވެރިވުމަށް އޮތް ސަބަބެކެވެ. އަދި އެއީ މީސްތަކުންގެ މައްޗަށް ނުޙައްޤު ގޮތުގައި އަރައިގަނެވޭ ކަމެކެވެ. ޝަރުޢީ ގޮތުން އައިސްފައިވާ ގޮތްތަކަކީ ވެރިޔާއަށް ލިޔުމުން ބަޔާންކޮށްދިނުމެވެ. ނުވަތަ ނަޞޭޙަތް ދިނުމެވެ. ހެޔޮކަންތަކަށް ދަޢުވަތްދިނުން އޮތީ އެކަމަށް އޮތް ސީދާމަގުތަކުންނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނާއި، އެބޭކަލުންނަށް ހެޔޮގޮތުގައި ތަބަޢަވި މީސްތަކުން އަދި ޢިލްމުގެ އަހުލުވެރިން ހޯދާފައިވާ މަގުތަކެވެ. އެއީ ލިޔުމުންނާއި، އަނގަބަހުން އަމީރުންނަށާއި ވެރިންނަށް ނަޞޭޙަތްތެރި ވުމެވެ. އަދި އެބައިމީހުންނަށް ފޯނުން އަދި ލިޔުމުން ނަޞޭޙަތްތެރި ވުމެވެ. އެއީ އެބައި މީހުން ކޮށްފައިވާ ކަންތައް މީސްތަކުންގެ ތެރެއަށް ނުފަތުރައި އިސްތިހާރު ނޮކޮށެވެ. ޕޯޑިއަމްތަކުގެ މަތީގައި ނުވަތަ އެހެނިހެން އެފަދަ ތަންތަނުގައި ވެރިޔާ މިވެނި ކަމެއް ކޮށްފައިވާ ކަމަށާއި އޭނާގެ ފަރާތުން މިވެނި ކަމެއް ފެނިފައިވާ ކަމަށް ބުނެގެން ނުވާނެއެވެ. و الله المستعان .
********
الفتاوى الشرعية في القضايا العصرية ص 139