ޑިމޮކްރަސީގެ ބިދުޢަ

ޑިމޮކްރަސީ އަކީ އެތަކެއް ގޮތްގޮތުން އިސްލާމްދީނާ ޚިލާފުވެގެންވާ އެއްޗެއް، އެ ބިނާވެގެންވަނީ މީސްތަކުން ބައިބައި ކުރުމުގެ މައްޗައް - الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله

ކެޓަގަރީ ޑިމޮކްރަސީގެ ބިދުޢަ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله

ޑިމޮކްރަސީ އަކީ އެތަކެއް ގޮތްގޮތުން އިސްލާމްދީނާ ޚިލާފުވެގެންވާ އެއްޗެއް، އެ  ބިނާވެގެންވަނީ މީސްތަކުން ބައިބައި ކުރުމުގެ މައްޗައް

"އެމީހުން ދަޢުވާކުރާ ޑިކޮކްރަސީގައި ވެރިކަން ޙާޞިލްކުރެވޭ ގޮތް" އެމީހުން ދަޢުވާކުރާ ޑިމޮކްރަސީގައި ވެރިކަމަށް އައުން ބިނާވެފައި ވަނީ، ޕާޓީ ސިސްޓަމުންނެވެ. ފަހެ، ކޮންމެ ޕާޓީއަކުން ކެންޑިޑޭޓެއް ނެރެއެވެ. އެއަށްފަހުގައި ޤައުމުގެ ރައްޔިތުންގެ ތެރެއިން އެ ރައްޔިތަކު ބޭނުންވާ މީހަކަށް ވޯޓު ދެ އެވެ. ހުރިހައި ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި އެންމެ ވޯޓު ގިނަ ފަރާތް އެއީ އިސްވާ ފަރާތެވެ. މި މަގަކީ، މުސްލިމުންގެ ތެރެއިން ބަޔަކު މީހުން އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ކިބައިން ގެނެސް ވައްދާފައިވާ އެއްޗެކެވެ. މިކަމަކީ އެތަކެއް ގޮތްގޮތުން އިސްލާމްދީނާއި ޚިލާފް ވެގެންވާ އެއްޗެކެވެ.


ފުރަތަމައީ : ޕާޓީ ތަކުގެ މައްޗަށް ބިނާވެގެންވުން. (އެއަށްފަހުގައި ޕާޓީ ހެދުމަކީ ދީނުގައި ހުއްދަވެގެންނުވާނެ ކަމެއްގެ ގޮތުގައި ވަރަށްގިނަ ދަލީލުތައް ގެންނަވާފައިވެ އެވެ.)
(އެއަށްފަހުގައި ވިދާޅުވެފައިވެ އެވެ.) "މިކަންތަކުން ބަޔާންވެގެންވަނީ، ހަމަކަށަވަރުން އެމީހުން ދަޢުވާކުރާ ޑިމޮކްރަސީއަކީ އިސްލާމްދީނާއި ޚިލާފްވެގެންވާ އެއްޗެއް ކަމެެެވެ. ސަބަބަކީ ޑިމޮކްރަސީ ބިނާވެފައިވަނީ، ޕާޓީ ހެދުމާއި، ބައިބައި ވުމާއި އެއްބަޔަކު އަނެއްބަޔަކާއި ޚިލާފް ވުމުގެ މައްޗަށެވެ." العدل في شريعة الإسلامية و ليس في الديمقراطية المزعومة ص 36

Like what you see?

Close

Hit the buttons below to follow us, you won't regret it...