ޚަވާރިޖުންގެ ފިކުރު ގެންގުޅޭ މީހުން މިޒަމާނުގައި އުޅޭތޯއެވެ؟ - الشيخ العلامة صالح الفوزان حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشيخ العلامة صالح الفوزان حفظه الله
ސުވާލު :ޚަވާރިޖުންގެ ފިކުރު ގެންގުޅޭ މީހުން މިޒަމާނުގައި އުޅޭތޯއެވެ؟
ޖަވާބު: سبحان الله ! މިއަދު މިފެންނަ ކަންތަކަކީ ޚަވާރިޖުންގެ ޢަމަލުތައް ނޫން ހެއްޔެވެ. މުސްލިމުން ކާފަރު ކުރުމެވެ. އަދި މިއަށްވުރެ ނުބައި ވެގެންވާ ކަމަކީ މުސްލިމުން ޤަތުލު ކުރުމާއި އެމީހުންގެ މައްޗަށް ހައްދުފަހަނައަޅައި ދިއުމެވެ. މިއީ ޚަވާރިޖުންގެ މަޒްހަބެވެ.
ޚަވާރިޖުން ވަނީ ތިންކަމެއްގެ ތެރޭގައެވެ.
ފުރަތަމައީ : މުސްލިމުން ކާފަރުކުރުން.
ދެވަނައީ : ވެރިންނާ ދެކޮޅަށް ނުކުތުން.
ތިންވަނައީ : މުސްލިމުންގެ ލޭ ހުއްދަކުރުން
ޚަވާރިޖުންގެ މަޒްހަބަކީ މިއެވެ. އެމީހެއްގެ ހިތުން މިފަދައިން ޤަބޫލުކޮށް އޭނާ އެފަދައިން ބަސް މުޚާޠަބު ނުކުރިއަސް ނުވަތަ ޢަމަލު ނުކުރި ކަމުގައި ވިޔަސް އޭނާ ވާނީ ޚަވާރިޖަކަށެވެ. އޭނާގެ ޢަޤީދާގައި އަދި ރައުޔުގައި އެއީ އެފަދަ މީހެކެވެ.
*****
الفتاوى الشرعية في القضايا العصرية ص 60