5 ޚަވާރިޖުންގެ ފިކުރު ގެންގުޅޭ މީހުން މިޒަމާނުގައި އުޅޭތޯއެވެ؟ - الشيخ العلامة صالح الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޚަވާރިޖުންގެ ފިކުރު ގެންގުޅޭ މީހުން މިޒަމާނުގައި އުޅޭތޯއެވެ؟ - الشيخ العلامة صالح الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޚަވާރިޖުން


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشيخ العلامة صالح الفوزان حفظه الله

ސުވާލު :ޚަވާރިޖުންގެ ފިކުރު ގެންގުޅޭ މީހުން މިޒަމާނުގައި އުޅޭތޯއެވެ؟


ޖަވާބު: سبحان الله ! މިއަދު މިފެންނަ ކަންތަކަކީ ޚަވާރިޖުންގެ ޢަމަލުތައް ނޫން ހެއްޔެވެ. މުސްލިމުން ކާފަރު ކުރުމެވެ. އަދި މިއަށްވުރެ ނުބައި ވެގެންވާ ކަމަކީ މުސްލިމުން ޤަތުލު ކުރުމާއި އެމީހުންގެ މައްޗަށް ހައްދުފަހަނައަޅައި ދިއުމެވެ. މިއީ ޚަވާރިޖުންގެ މަޒްހަބެވެ.

ޚަވާރިޖުން ވަނީ ތިންކަމެއްގެ ތެރޭގައެވެ.

ފުރަތަމައީ : މުސްލިމުން ކާފަރުކުރުން.
ދެވަނައީ : ވެރިންނާ ދެކޮޅަށް ނުކުތުން.
ތިންވަނައީ : މުސްލިމުންގެ ލޭ ހުއްދަކުރުން

ޚަވާރިޖުންގެ މަޒްހަބަކީ މިއެވެ. އެމީހެއްގެ ހިތުން މިފަދައިން ޤަބޫލުކޮށް އޭނާ އެފަދައިން ބަސް މުޚާޠަބު ނުކުރިއަސް ނުވަތަ ޢަމަލު ނުކުރި ކަމުގައި ވިޔަސް އޭނާ ވާނީ ޚަވާރިޖަކަށެވެ. އޭނާގެ ޢަޤީދާގައި އަދި ރައުޔުގައި އެއީ އެފަދަ މީހެކެވެ.

*****
الفتاوى الشرعية في القضايا العصرية ص 60

Like what you see?

Close

Hit the buttons below to follow us, you won't regret it...