5 ސަރުކާރުގައި ރިބާ ބެންކުތައް ހުރުމަކީ އެބައިމީހުން އެކަން ހަލާލުކަމެއްގެ ގޮތުގައި ހެދުން ކަމުގައިވާނެތޯއެވެ؟ - الشيخ صالح بن فوزان الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސަރުކާރުގައި ރިބާ ބެންކުތައް ހުރުމަކީ އެބައިމީހުން އެކަން ހަލާލުކަމެއްގެ ގޮތުގައި ހެދުން ކަމުގައިވާނެތޯއެވެ؟ - الشيخ صالح بن فوزان الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޝަރުޢީ ސިޔާސަތު


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشيخ صالح الفوزان حفظه الله

ސުވާލު: ދައުލަތުގައި ރިބާ މުޢާމަލާތްކުރާ ބޭންކުތައް ގިނަވުމަކީ އެބައި މީހުން އެކަން ޙަލާލު ކޮށްފައިވާ ނުވަތަ ހުއްދަކޮށްފައިވާ ކަމުގައި ބުނެވޭނެތޯއެވެ؟

ޖަވާބު: ރިބާ ކެއުމަކީ، ރިބާ ޙަލާލުކޮށްފައިވުމޭ ނުބުނެވޭނެއެވެ. ރިބާ ކެއުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ރިބާގެ މުޢާމަލާތް ކުރުމަކީ އެންމެ ބޮޑުވެގެންވާ ކަންތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެހެނަސް މިއީ ރިބާގެންގުޅޭ މީހާ ކާފަރެއްގެ ގޮތުގައި ވާނެ ކަމެއްނޫނެވެ. އޭނާ ކާފަރެއްގެ ގޮތުގައި ވާނީ ރިބާއަކީ ޙަލާލު އެއްޗެއްގެ ގޮތުގައި ދެކުމުންނެވެ. އެއީ ޙަލާލު އެއްޗެއްގެ ގޮތުގައި ދެކި ރިބާގެ މުޢާމަލާތް ނުކުރި ކަމުގައިވިޔަސް، އޭނާ ރިބާއަކީ ޙަލާލު އެއްޗެކޭ ބުނުމުން އޭނާ ކާފަރެއްގެ ގޮތުގައި ވާނެއެވެ. ޙަލާލުކޮށް އޭގެ މުޢާމަލާތް ކޮށްފިނަމަ ބޮޑުވެގެންވާ ދެ ޖަރީމާއަށް އޭނާ އަރައިފިއެވެ. و العياذ بالله. ރިބާ ކެއުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި ފާސިގު ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ޙަލާލުކުރުމަކީ ކާފަރުވާނެ ކަމެކެވެ.
الفتاوى الشرعية في القضايا العصرية ص 68

ޝަރުޢީ ސިޔާސަތު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަލަފީ ދަޢުވަތާއި ސިޔާސަތު - الشيخُ سُلَيمَان الرُّحَيلي حفظه الله | 14 ޖުލައި 2017

ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚަވާރިޖު ފިކުރުގެ ފެށުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 15 ފެބުރުއަރީ 2016

ޕާޓީތައް ހަދައި، އެއް ވެރިކަން ވައްޓައި އަނެއް ވެރިކަން ގެނައުމަށް ﷲ ތަޢާލާ ނަބިއްޔުން عليه السلام ނުފޮނުއްވަވައެވެ. - الإمام العلامة ربيع بن هادي عمير المدخلي حفظه الله | 27 އޭޕްރީލް 2015

ދުނިޔޭގެ ކަންކޮޅުތަކުގައި ވާ ސަރުކާރު ތަކާއި، އެތަންތަނުގެ ސިޔާސަތުތައް ތިބާއަށް އެނގުމަކީ ޘަޤާފަތެއް ނޫނެވެ. - الشيخ صالح الفوزان حفظه الله | 24 އޭޕްރީލް 2015

އަހަރެން ތިޔަބައިމީހުންނަށް ނަޞޭޙަތްތެރި ވަނީ ސިޔާސީ އެކިއެކި ހަރަކާތްތަކަށް ވަނުން ދޫކޮށްލުމަށެވެ. - الإِمَامُ ابن باز رَحِمَه الله | 24 އޭޕްރީލް 2015

ޝަރުޢީ ސިޔާސަތަކީ ކޮބާ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله | 24 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...