ޢިލްމުވެރިންނާއި ވެރިންނަށް އެއްޗެހިކިޔާ ވެބްސައިޓުތަކަށް ވަނުން ހުއްދަވެގެން ނުވޭ - العَلاَّمَة الشَّيْخ صَالح الفَوْزَان حفظه الله

ސުވާލު: ﷲ ޝެއިޚްއަށް ބަރަކާތްލައްވާށި އެވެ. ބައެއް މީހުން އިންޓަނެޓްގައި ވެރިންނަށާއި އަދި ޢިލްމުވެރިންނަށް އެއްޗެހިކިޔާ ވެބްސައިޓުތަކަށް ވަދެ އެވެ. މިކަމުގެ މައްޗަށް ޝެއިޚް ދެކެވަޑައިގަންނަވަނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު: "އަހަރެން ދެކެނީ ތިޔައީ ފިތުނައެއްގެ ގޮތުގަ އެވެ. ތިޔައީ ފަހު ޒަމާނުގައި މީސްތަކުންގެ މައްޗަށް ފާޅުވެފައިވާ ފިތުނައެކެވެ. ފަހެ މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ ޙައްޤުގެ މަތީގައި ޤާއިމްވެ ހުރުމެވެ. އަދި ސުންނަތުގެ މަތީގައި ޤާއިމްވެ ދެމިހުރުމެވެ. އަދި މި ފިތުނަވެރި ކަންތައްތަކުން ސަލާމަތްވުމަށް ﷲ ގެ ޙަޟުރަތުން ރައްކާތެރިކަން ހޯދުން ހުއްޓެވެ. އަދި މި ފިތުނަ ތަކާއި ކައިރިވެގެން ނުވާނެ އެވެ. އަދި މި ފިތުނަތަކުގައި މަޝްޣޫލުވެގެން ނުވާނެ އެވެ. އަދި މި ފިތުނަ ތަކުން ދުރުވެ ވަކިވެހުރުން ހުއްޓެވެ. އަދި ﷲ ގެ ޙަޟުރަތުން ސަލާމަތާއި ރައްކާތެރިކަން ލިބުމަށްއެދި ދެންނެވުން ހުއްޓެވެ. ސަބަބަކީ މިއީ މީސްތަކުން އެބައިމީހުންގެ ތެރޭގައި ބައިބައިވުމާއި އަރާރުން އަދި ފިތުނަވެރިކަމުގެ ތެރެއަށް އެއްލާލުމެވެ. އަދި މިއީ ނުބައިވެގެންވާ ފާފަތައް ހޯދައިގަތުމެކެވެ. އެއްގޮތަކަށްވެސް މިއީ ހެޔޮކަމެއް ނުކުންނާނެ ކަންތައްތަކެއް ނޫނެވެ. އެހެނަސް މިއީ ފަހު ޒަމާނުގައި ފާޅުވާނެ ފިތުނަތަކުގެ ތެރެއިން ފިތުނަތަކެވެ.
ފަހެ މުސްލިމްއަޅާއަށް އޮތީ ﷲގެ ފޮތުގައި އަދި ﷲ ގެ ރަސޫލާގެ ސުންނަތުގައި ދެމިހުރެ، ހެޔޮކަންތައްތަކުގައި ޤާއިމްވެ ދެމިހުރެ އަދި ނުބައިކަންތައްތަކުން ވަކިވެ ދުރުވުމެވެ. މިއިން އެއްވެސް ކަމެއްގެ ތެރެއަށް ވަދެގެން ނުވާނެ އެވެ."
****
ފަތުވާ ނަގާފައިވަނީ : https://goo.gl/IfdI87