 މުސްލިމް ވެރިންނަށް ނަޞޭޙަތްތެރި ވުމަށް ﷲގެ ޝަރީޢަތުގައި ދަލީލުތަކުން ބަޔާންވެގެންވާ މަންހަޖު - الشَّيخ العَلاَّمَة عُبَيد بن عَبد الله الجَابِري حفظه الله

ކެޓަގަރީ ވެރިންނަށް ނަޞޭހަތް ދިނުން

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(
مَن أرادَ أن ينصحَ لذي سلطانٍ في أمرٍ فلا يُبدِهِ عَلانيةً ولَكِن ليأخذْ بيدِهِ يَخلوَ بهِ فإن قبِلَ منهُ فذاكَ وإلَّا كانَ قد أدَّى الَّذي علَيهِ لَهُ) (1) "އެކަމެއްގައި ވެރިޔާއަށް ނަޞޭޙަތްތެރިވާން ބޭނުންވާ މީހާ، ފަހެ އެ (ކަމުގައި) ނަސޭޙަތްތެރިވާ ހިނދުގައި ފާޅުކޮށް (އިޢުލާނުކޮށް) މީސްތަކުންނަށް އެނގޭނެ ގޮތުގައި ވެރިޔާއަށް ނަސޭހަތްތެރި ނުވާށެވެ. އެހެނަސް ވެރިޔާގެ އަތުގައި ހިފައި، ވެރިޔާއަށް ނަޞޭހަތްތެރިވާ މީހާ، މީސްތަކުންނާ ވަކިވެގަންނާށެވެ. ފަހެ ( އެނަސޭޙަތް) އަޑުއަހައި ޤަބޫލުކޮށްފިނަމަ، އެކަން އަދާ ކުރެވުނީއެވެ. އެ (ނަސޭހަތް ދިނުމަށްފަހު އަޑުނާހާއިފިނަމަ) ވެރިޔާއަށް އެމީހަކު އަދާކުރަންޖެހޭ ވާޖިބު އަދާ ކޮށްފިއެވެ."

ފަހެ، ޢިލްމީ ނަޒަރަކުން މި ޙަދީޘަށް ނަޒަރު ހިންގައި އަދި ޙައްޤު ހޯދުމުގެ ޤަޞްދުގައި ބަލައިފިމީހާއަށް ﷲ ތަޥްފީޤު ދެއްވާނެއެވެ. އަދި އެފަދަ މީހާއަށް މި ޙަދީޘުން ބަޔާންވެގެން ދެއެވެ.

ފުރަތަމައީ:  ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމުގައި އެންމެ ފުރިހަމައަށް އެކަން ސިއްރުކުރެވިފައި ވުމެވެ.
ދެވަނަ އަމުރު: ޙަދީޘްގައި ބަޔާންވެގެންވާ ގޮތަށް ވަލިއްޔުލް އަމްރަށް ނަސޭޙަތްތެރި ވެއްޖެ މީހާގެ ފަރާތުން އޭނާ އަދާކުރަންޖެހޭ ޙައްޤު އަދާކޮށްފި ކަމެވެ.
ތިންވަނަ އަމުރު: ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމަށް މި މަގު ނޫން އެހެން މަގެއް ހޯދައިގެން ނުވާނެކަމެވެ. މިގޮތުން ތިޔަބައިމީހުންނަށް ބަޔާންވެގެންދަނީ ވެރިންގެ ކުށްތައް އަދި ވެރިން ކުރާ (ޢައިބު) ނުބައިކަންތައްތައް ހުކުރު ޚުޠުބާތަކުގައި ނުވަތަ ނޫސް މަޖައްލާތަކުގައި ނުވަތަ ދަރުސްތަކުގައި ނުވަތަ ރޭޑިޔޯއާއި ޓީވީ ޗެނަލް ތަކުގައި މަޝްހޫރުކޮށް ދެއްކުމަކީ ސުންނަތުގައިވާ ގޮތެއް ނޫން ކަމެވެ. އަދި ކިއެއްތަ! މިއީ ވެރިންނާ ދެކޮޅަށް މީސްތަކުން ނުކުތުމަށް ހިތްވަރުދޭ الخوارج القعدية (ޚަވާރިޖު އަލް-ޤަޢްދިއްޔާ) ގެ ޢަމަލެކެވެ."
********
ބަސްތައް ނަގާފައިވަނީ : تقرير الأحمد بشرح أصول السنة لإمام أحمد


އަޚުންނޭވެ! ދަންނަ ހުއްޓެވެ. ޙަދީޘްއަށްވުރެ ޞައްޙަވެގެންވާނެ، ހެޔޮވެގެންވާނެ، ޙައްޤުވެގެންވާނެ މަންހަޖެއް، ބަސްތަކެއް، ނިޒާމެއް އަދި ޤަވާއިދެއް ނޯންނާނެ އެވެ. އެއްވެސް އިންސާނެއްގެ ބަހަކީ ޝަރީޢަތުގައިވާ ދަލީލުތަކުގެ މައްޗަށް ނެގޭނެ ބަސްތަކެއް ކަމުގައިވެގެންނުވާނެ އެވެ. އޭގެ ބަދަލުގައި، ބަސްތަކުގެ ޞައްޙަ ކަމާއި އޭގެ ވަރުގަދަކަން ކަނޑައަޅައިދޭ މިންގަޑަކީ ޝަރުޢީ ދަލީލުތަކެވެ. މިއަދު ޝޯޝަލް މީޑިއާގެ ޛަރީއާއިން ވެރިންނަށް ނަޞޭޙަތްދިނުމޭ ބުނެ ކުރަމުންގެންދާ ޢަމަލު ތަކާއި، ޙަދީޘްގެ މާނައާ މެދުގައި އަޅާކިޔާލުން ހުއްޓެވެ! ޞައްޙަ ގޮތަކީ ކޮބައި ހެއްޔެވެ؟ ދަލީލު އޮތީ އެފަދައިން ސައިޓް ތަކުގައި ލިޔުން ހެއްޔެވެ؟ ޤުރޫޕްތަކުގައި، މީސްތަކުން ޖަމަޢަވާ ތަންތަނުގައި ލިޔުމާއި ކިޔުން އެއީ ކާކު ކަނޑައަޅައިފައިވާ އުޞޫލެއް ޤަވާޢިދެއް ހެއްޔެވެ؟ އެއްވެސް އިންސާނެއްގެ ބަސްތަކެއް މި ޙަދީޘްގައި ބަޔާންވެގެންވާ މަންހަޖުގެ މައްޗަށް ޙުކުމް ކުރުމަށް ނެރެގެން ނުވާނެކަން ދަންނަ ހުއްޓެވެ.

ތިޔަ ޖަމުޢިއްޔާތަކުން ޕެޓިޝަން ހުށަހެޅުން އެއީ ވެރިންނަށް ނަޞޭޙަތްތެރިވުމަށް ނަބިއްޔާ ﷺ އަންގަވައި އިރުޝާދު ދެއްވި މަންހަޖު ހެއްޔެވެ؟ ތިޔަބައިމީހުން ޝޯޝަލް މީޑިޔާގައި ވެރިންނަށް ނަޞޭޙަތްތެރިވުމޭބުނެ ސިޓީލިޔުމާއި ބަޔާންތައް ފާޅުކުރުމަކީ ވެރިންނަށް ނަޞޭޙަތްތެރިވުމަށް މާތްނަބިއްޔާ އިރުޝާދު ދެއްވި ގޮތް ހެއްޔެވެ؟
 

ތިޔަބައިމީހުން މުންކަރާތްތައް، މުޖުތަމަޢުގައި ފާޅުވެފައިވާ މުންކަރާތްތައް ވެރިންނަށްޓެގް ކޮށްފައި މީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި ފާޅުކުރުމަކީ ވެރިންނަށް ނަޞޭޙަތްތެރިވުމަށް ނަބިއްޔާ ﷺ ކަނޑައެޅުއްވި މަންހަޖާއި ހިދާޔަތު ހެއްޔެވެ؟ މީސްތަކުން ޖަމަޢަކޮށް ވެހިކަލް ތަކުގައި، ބެނާތައް ދަމައި، ޕޯސްޓަރުތައް ހަރުކޮަށް، އަޑުގަދަކުރާއިން ކުށްތަކާއި ޢަމަލުތައް ޛިކުރުކޮށް ވެރިންނަށް ނަޞޭޙަތްތެރިވުން ކަމުގައި ގޮވުމަކީ އެއީ ނަބިއްޔާގެ މަންހަޖާއި ދެއްވާފައިވާ އިރުޝާދަށް ޢަމަލުކުރުން ހެއްޔެވެ؟ ޙަދީޘްވެސް ދަލީލަކަށްނުވި، އުއްމަތުގެ އިޖްމާޢު ދަލީލަކަށްނުވި، ސަބަބަކީ ތިޔަބައިމީހުންގެ ހަވާނަފްސު އެދޭ، ބޭނުންވާ ކަންތައްތަކާ ދިމާނުވުމެވެ. މީސްތަކުންނަށް ރަސޫލާ ﷺ ގެ ހިދާޔަތް އޮޅުވާލި މީހާއަށްވުރެ ބޮޑު މުޖުރިމެއްވާނެ ހެއްޔެވެ؟ އެންމެފަހުން ޙަދީޘްއަކީ ދޮގު ޙަދީޘެކޭ ބުނަންވެސް ޖެހިލުމެއްނުވާނެ އެވެ!

 

----------

 

(1) رواه أحمد في المسند (34-49)، و ابن أبي عاصم في السنة (2-521)، و الطبراني في المعجم الكبير (17-367) ، و الحاكم في المستدرك (3-329) އަދި މި ޙަދީޘަކީ الألباني رحمه الله ވިދާޅުވެފައިވާ ފަދައިން، މި ޙަދީޘް ރިވާކުރެވިފައިވާ ސަނަދުތައް ޖަމަޢަކުރުމުން ޞައްޙަވެގެންވާ ޙަދީޘެކެވެ. މިފަދައިން ظلال الجنة في تخريج السنة (2-521) ގައިވެ އެވެ.

ވެރިންނަށް ނަޞޭހަތް ދިނުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އަޚާއެވެ! ތިބާ މިތަނުން އިޚްތިޔާރު ކުރާނީ ކޮން ވަޞިއްޔަތެއް ހެއްޔެވެ؟ ނަބިއްޔާ ގެ ޞަހާބީންގެ ވަޞިއްޔަތްތޯ ؟ ނުވަތަ ޔަޙޫދީންގެ ވަޞިއްޔަތްތޯ؟ | 19 ޖުލައި 2017

 އަނިޔާވެރި ވެރިޔާ ކުރިމަތީގައި ހައްޤުބަސް ބުނުމަށް އޮތް ހަދީޘް "أفضل الجهاد كلمة حق عند سلطان جائر" ގެ މާނަ - الإمام العلامة الشيخ صالح الفوزان حفظه الله | 04 މެއި 2017

ޚަވާރިޖުން ވެރިންނަށް ނަޞޭޙަތް ދިނުމޭ ބުނެ ޢަމަލު ކުރާ ގޮތާއި، ސުންނަތުގެ އަހުލުވެރިން ޢަމަލުކުރާ ގޮތް - الشيخ العلامة صالح الفوزان حفظه الله | 30 ޖެނުއަރީ 2017

 މުސްލިމް ވެރިޔާއަށް ދެވޭ ނަޞޭހަތް ފަޟީހަތް ކުރުމާއި ޕެޓިޝަން ހުށައެޅުން ޙަރާމް (ޢަދާލަތު އަދި ސަލަފު ޖަމާޢަތުން އެކަން ކޮށްފަައިވާ ގޮތް) - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن | 29 ޑިސެމްބަރ 2016

މުސްލިމް ވެރިޔާ ނެރޭ ޤަރާރުތަކުގައި ކުށެއް އެކުލެވޭ ކަމުގައި ވާނަމަ ވެރިޔާއަށް ސިއްރިޔާތުގައި ނަޞޭހަތް ދިނުމުގެ ބަދަލުގައި ދަރުސްތަކުގައާއި ޚުތުބާތަކުގައި އެކަންތައްތައް ޒިކުރުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. - الشيخ صالح بن فوزان الفوزان حفظه الله | 12 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...