5 ޝީޢީ، ރާފިޟާ، ނުޞައިރީން، ޚުމައިނީގެ އަޞްޙާބުންނަކީ އިސްލާމްދީނަށް އޮތް އެންމެބޮޑު ނުރައްކައު - الإِمَام العلاَّمة عَبد العَزِيْز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޝީޢީ، ރާފިޟާ، ނުޞައިރީން، ޚުމައިނީގެ އަޞްޙާބުންނަކީ އިސްލާމްދީނަށް އޮތް އެންމެބޮޑު ނުރައްކައު - الإِمَام العلاَّمة عَبد العَزِيْز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރާފިޟާއިން (ޝީޢީން)

ޢިރާނުގެ ރައީސް، ޚަމެނާއީ، އަދި އަހުމަދު ނިޖާދު،

ރާފިޟާ ޢިރާނުގެ ރައީސް ހަސަން ރޫޙާނީ، ޚަމެނާއީ، އަދި އަހުމަދު ނިޖާދު

 

الإِمَام العلاَّمة عَبد العَزِيْز بن بَاز رحمه الله ވިދާޅުވިއެވެ. "އެންމެ ނުރައްކާތެރި ބަޔަކީ (الرَّافِضَة) ރާފިޟީންނެވެ. ޚުމައިނީ (الخُمَيْنِي)ގެ އަޞްޙާބުންނެވެ. މިބައިގަނޑަކީ އެންމެ ނުރައްކައުތެރި ބައިގަނޑެވެ. އަދި ހަމަ އެފަދައިން ސޫރިޔާގައިވާ (النُصَيْرِية) ނުޞައިރިއްޔާ ޙާފިޟް އަލް-އަސަދުގެ ޖަމާޢަތް ވެސް އެވެ. އަދި ސޫރިޔާގައިވާ (البَاطِنِية) ބާޠިނިއްޔާއިން ވެސް އެވެ. އަދި އީރާނުގައިވާ ބާޠިނިއްޔާއިން އާއި އިންޑިޔާގައިވާ ބާޠިނިއްޔާ އަދި (الإِسماعِيلية) އިސްމާޢީލިއްޔާ، މި ތިން ބައިގަނޑަކީ އެންމެ ނުބައިވެގެންވާ އަދި އެންމެ ނުރައްކައުތެރި ބައިގަނޑުތަކެވެ. މި ބައިގަނޑުތަކަކީ ކާފަރުންނެވެ."

 

ސަބަބަކީ والعياذ بالله، މިބައިމީހުންނަކީ މުސްލިމުން ނެތިކޮށްލުމަށް ރޭވުންތައް ރާވާ މީހުންނެވެ. އަދި މި ބައިގަނޑުތައް ދެކެނީ މުސްލިމުންނަކީ އެބައިމީހުންގެ މައްޗަށް ކާފަރުންނަށްވުރެ ނުބައިކަން ބޮޑުބައެއްގެ ގޮތުގަ އެވެ. އަދި މިބައިގަނޑުތައް ކާފަރުންގެ މައްޗަށް ރުޅިވެރިކަން ފާޅުކުރާ މިންވަރަށްވުރެ ބޮޑަށް މުސްލިމުންގެ މައްޗަށް ރުޅިވެރިކަން ފާޅުކުރެ އެވެ. އަދި މި ބައިގަނޑުތައް ދެކެނީ ސުންނަތުގެ އަހުލުވެރިންގެ ލެއާއި މުދަލަކީ އެބައިމީހުންނަށް ޙަލާލުވެގެންވާ އެއްޗެއްގެ ގޮތުގަ އެވެ. އެއީ މުސްލިމުންނާ މެދުގައި ބައެއް ކަންތައްތަކުގައި އެބައިގަނޑުތައް ރިވެތިކޮށް މުޢާމަލާތް ކުރިކަމުގައިވީ ނަމަވެސް އެވެ.


އަދި މި ބައިގަނޑުތައް ދެކެނީ އެބައިމީހުންގެ އިމާމުންނަކީ ޣައިބުގެ ޢިލްމު ދަންނަ ފަރާތްތަކެއް ކަމުގަ އެވެ. އަދި އެ އިމާމުންނަކީ މަޢުޞޫމް ބައެއް ކަމުގައި ދެކެވެ. އަދި އެ އެއިމާމުންނަކީ ﷲ ފިޔަވައި އަޅުކަން ކުއްތަންކުރެވޭ ފާރާތްތަކެއްގެ ގޮތުގައިވެ އެވެ. އެބައިމީހުންގެ ކިބައިން މަދަދަށް އެދުމާއި، އެބައިމީހުންނަށް ޤުރުބާންތައް ޤުރުބާން ކޮށްދިނުމާއި އަދި އެބައިމީހުންގެ ކިބައިން ނަދުރު ބުނެ ހަދަ އެވެ. އެބައިމީހުންގެ އިމާމުންނާ މެދުގައި އެބައިމީހުންގެ ޙާލަތަކީ މި އެވެ.


ފަހެ، ރާފިޟީން، (الإثنا عَشرية) އިޘްނާ ޢަޝަރިއްޔާގެ ނަމުން ނަންދެވިފައިވާ އަދި (الجَعفرية) ޖަޢްފަރިއްޔާ އޭ ނަންދެވިފައިވާ މި ބައިގަނޑަކީ މިހާރު އެބައިގަނޑަކަށް (الخُمَينية) ޚުމައިނިއްޔާ ގެ ނަމުން ނަންދެވިގެންވާ ބައިގަނޑެވެ. މިބައިގަނޑަކީ މިހާރު ބާޠިނިއްޔާގެ ދަޢުވަތަށް ދަޢުވަތުދޭ މީހުންނެވެ. މިއީ މިބައިގަނޑުތަކުގެ ތެރެއިން އެންމެ ނުބައި ނުރައްކައުތެރިވެގެންވާ ބައިގަނޑެވެ...."


ފަތުވާ ނަގާފައިވަނީ : https://goo.gl/cyldVP

އެންމެހައި އަޚުންނޭވެ! މިއީ އިސްލާމް ދީނުގެ ނަމުގައި ފާޅުވެފައިވާ އެންމެ ނުބައި، ނުލަފާ، ނުރައްކައުތެރި ބައިގަނޑުތަކުގެ ޙާލަތެވެ. މިއީ އުއްމަތުގެ އިމާމުން މި ބައިގަނޑުތަކާއި މެދުގައި ވިދާޅުވެފައިވާ ޙައްޤު ތެދު ބަސްފުޅެވެ. ވިސްނާލުން ހުއްޓެވެ. މިއަދު މި ނުބައި ނުލަފާ، ނުރައްކައުތެރި، ސުންނަތުގެ އަހުލުވެރިންގެ ލޭ ހުއްދަކޮށްފައިވާ، ޞަރީޙަ ކުފުރުން ކުފުރުވެފައިވާ އީރާނުގައިވާ ޚުމައިނީގެ ބައިގަނޑަށް ހެޔޮކޮށް ހިތައި، އެމީހުންނަށް ރިވެތި މޫނުދައްކައި، ހެޔޮ ގޮތުގައި ސުންނަތް ދަންނަ މީހަކު މުޢާމަލާތް ކުރާނެތޯ އެވެ؟ އެހެން ކަމުގައިވާނަމަ ޝެއިޚެކޭ، ޢިލްމުވެރިއެކޭ ކިޔާ މީހަކު ރިވެތިކޮށް މުޢާމަލާތް ކުރާނެ ތޯ އެވެ؟


އާދޭހެވެ. މިއަދު "ދަންނަބޭކަލުން" ގެ ތެރެއިން ބަޔަކަށް މޮޅު ފިޤުހެއް ލިބިއްޖެ އެވެ. އެއީ ސުންނަތުގެ އަހުލުވެރިންގެ ލޭ ހުއްދަކޮށް، މުދާ ޙަލާލުކޮށްފައިވާ މި ބައިގަނޑުތަކާ ހެޔޮގޮތުގައި މުޢާމަލާތް ކުރުމެވެ. ރަސޫލުންނާއި ނަބިއްޔުންނާއި ޞަޙާބީންނަށް ކުޑައިމީސްބަސް ބުނާ ރާފިޟީން، ޚުމައިނީއްޔާ އިންނަށް މެހުމާންދާރީ ދިނުމާއި އެމީހުންނަށް ހެޔޮފޯރު ކޮށްދިނުމެވެ.
އަޚާއެވެ! ސުވާލު ކޮށްލުން ހުއްޓެވެ! މިފަދަ "ދަންނަބޭކަލުން" އަދި "ޢިލްމުވެރިން" ދައްކައިދީފައި މިވަނީ ޙައްޤު، ޞައްޙަ އިސްލާމްދީންތޯ އެވެ؟
ޙައްޤުގައި ޤާއިމްވެ، ޙައްޤު ބަސްފުޅު ވިދާޅުވި ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅަކީ މި އެވެ.


شيخ الإِسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ރާފިޟީން ދެރަ ނިކަމެތިކޮށްލުމަށް މުސްލިމުން މަސައްކަތް ކުރުމަކީ އެންމެ ހެޔޮކަން ބޮޑުވެގެންވާ އަޅުކަމުގެ ތެރެއިން އަދި ﷲ އަށް ކުށްތަންވެވޭ އެންމެ ހެޔޮކަންބޮޑު ޤުރުބާތެކެވެ." جامع المسائل: 7/437


މިއަދު އިސްލާމީ އުއްމަތަށް ފާޅުވެފައިވާ ބައިގަނޑުތައްވަނީ، މި ޞައްޙަ ޢަޤީދާ ފުނޑުފުނޑު ކޮށްލައިފަ އެވެ. ކުފުރާއި ޝިރުކުން ފުރިފައިވާ، އިސްލާމީ އުއްމަތަށް އެންމެ ނުރައްކައުތެރި، މުސްލިމުންގެ ލޭ ޙަލާލުކޮށްފައިވާ މި ރާފިޟީންނާއި ގާތްގުޅުން އުފައްދާފަ އެވެ. އޭގެ އެންމެ އުހުގައިވަނީ ޙަމާސް ޖަމާޢަތާއި އިޚްވާނުލް މުސްލިމޫންނެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި އެކިއެކި ސިފަތަކުގައިވާ އިޚްވާނުލް މުސްލިމޫންގެ އަހުލުވެރިންނެވެ.

 251016KhalidMashal

ޙަމާސް ޖަމާޢަތުގެ އެންމެ އިސް ލީޑަރުން ޚާލިދް މަޝްޢަލް، އިސްމާޢިލް ހަނިއްޔާ، އާޔަތުއްﷲ ޚުމައިނީ ގެ ޤަބުރަށް (ﷲ ނޫން ފަރާތަކަށް ޝީޢީ ރާފިޟީން އަޅުކަން ކުރާ ޤަބުރަށް) އިޚްތިރާމްގެ ޒިޔާރަތް ކުރުން.


އަދިވެސް شيخ الإِسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "އިސްލާމްދީނަށް، ބިދުޢަތަކާއި މަގުފުރެދުންތަކާއި އެކުގައި ނިސްބަތްވެފައިވާ ފިރުޤާތް ތަކުގެ ތެރޭގައި ރާފިޟީންނަށްވުރެ ނުބައި، ޖާހިލު، ދޮގުހަދާ، އަނިޔާވެރި، ފާސިޤު ކަމާއި ކުފުރާއި ގާތް އަދި ޙަޤީޤީ އީމާންކަމުން ދުރުވެފައިވާ ބަޔަކު ނުވެ އެވެ." منهاج السنة 1/160

محمد بن يوسف الفريابي رحمه الله  ވިދާޅުވެފައިވެ އެވެ. "ރާފިޟީންނާއި ޖަހަމީން، ޒިންދީޤުންގެ ތެރެއިން މެނުވީ ނުވާނެ އެވެ." شرح أصول اعتقاد أهل السنة 8/1457
أبو عبيد القاسم بن سلام رحمه الله  ވިދާޅުވެފައިވެ އެވެ. "މީސްތަކުންނާ އެކުގައި އުޅުނީމެވެ. އަހުލުލް ކަލާމްގެ މީހުންނާ ވާހަކަ ދެއްކީމެވެ. މުޑުދާރު ކަމުގައި އެއަށްވުރެ މުޑުދާރު، ނަޖިސް ކަމުގައި އެއަށްވުރެ ނަޖިސް، ޙުއްޖަތުގައި އެއަށްވުރެ ބަލިކަށި އަދި އެއަށްވުރެ މޮޔަ ބައެއްގެ ގޮތުގައި ރާފިޟީން ނޫން ބަޔަކު ނުދެކެމެވެ." السنة للخلال 1/499.

شيخ الإِسلام ابن تيمية رحمه الله "ރާފިޟީން ދެރަ ނިކަމެތިކޮށްލުމަށް މުސްލިމުން މަސައްކަތް ކުރުމަކީ އެންމެ ހެޔޮކަން ބޮޑުވެގެންވާ އަޅުކަމުގެ ތެރެއިން އަދި ﷲ އަށް ކުށްތަންވެވޭ އެންމެ ހެޔޮކަންބޮޑު ޤުރުބާތެކެވެ."  ދަންނަބޭކަލުންގެ ގޮތުގައި ފާޅުވެފައިވާ، ސަލްމާން-އަލް ޢައުދާ، ޢިވަޟް އަލްޤަރަނީ، ސަޢުދުލް ބުރައިކް، ޤަރަޟާވީ މިއީ އިސްލާމްދީނަށް ނަޞްރުދީ، ރާފިޟީން ދެރަ، ނިކަމެތިކޮށްލުމަށް މަސައްކަތް ކުރަނީތޯ އެވެ؟

251016Auda.jpg
މިއީ އެންމެ ކުރިންސުރެ އަދި އެންމެ ފަހާޖެހެންދެންވެސް ޢިލްމާއި، ދީނާއި، ޝަރީޢަތާއި ސުންނަތް ދިފާޢުކުރެއްވުމުގައިވި އިމާމުންނާއި، ޢާލިމުންނާއި، ޝެއިޚުން އަދި ޢިލްމުގެ އެންމެހައި ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންވެގެންވާ ގޮތެވެ.


ﷲ ގެ ދީނާއި، ޝަރީޢަތް އޮންނާނީ މިއަދު ދަޢުވާކުރާ "ޑިމޮކްރަސީ" "އިޤްޠިޞާދީ" ފަދަ އެންމެހައި ޝިޢާރުތަކަކަށްވުރެ މަތީގަ އެވެ. މި ނުލަފާ ނުބައި ނުރައްކައުތެރި ބައިގަނޑުތަކުން ޙައްޤު އިސްލާމްދީން ރައްކައުތެރި ކުރުމަކީ އެންމެ މުހިންމު ވާޖިބުކަމުގައި ދީނުގައިވެ އެވެ. ޙަޤީޤީ ނަޞްރަކީ އަދި ކާމިޔާބީއަކީ ﷲ އާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم ގެ ދީނަށްދެވޭ ނަޞްރާއި ކާމިޔާބީ އެވެ.


الإمام الشيخ ابن العثيمين ވިދާޅުވެފައިވެ އެވެ. "އެންމެހައި ބިދުޢަތަކުގެ، އަޞްލު އައިސްފައިވަނީ ރާފިޟީންގެ ތެރެއިންނެވެ. އިސްލާމްދީނުގެ މައްޗަށް އޮތް އެންމެހައި ވަބާތަކުގެ އަޞްލަކީ އެއީ އެވެ." القول المفيد 416/1


ރާފިޟީންނަކީ މުރުތައްދުގެ އިމާމުންނެވެ. ކުފުރުގެ ލީޑަރުންނެވެ. ސުންނަތާއި ސުންނަތުގެ އަހުލުވެރިންނާ ދެކޮޅަށް ހަނގުރާމަކޮށް އެ ބިންތަކުގައި ލޭއޮހޮރުވުމަށް އިންތިހާއަށް ބޭނުންވެފައިވާ ނުލަފާ ބައެކެވެ. މިފަދަ ބައިގަނޑެއްގެ ކިބައިން ސަލާމަތްވެ، ދުރުވެ، ދާގަނޑުން ސަލާމަތް ވުމަކީ، ކޮންމެ މީހަކު ކުރިކަމުގައިވީ ނަމަވެސް، ކޮންމެ ސުންނީ މުސްލިމަކު އުފާކުރާނެ އަދި ހިތާއި ދުލުން އެކަމަށް ޝުކުރު ކުރާނެ ކަމެއް ކަމުގައިވާނެ އެވެ. އެއީ ދީނުގެ ޢަޤީދާ އަދި ޝަރީޢަތް ފާޅުކޮށް މަތިވެރި ކުރުމެކެވެ.


ޔަހޫދީންނާއި ނަޞާރާއިންގެ މައްޗަށް އޮންނަ ޢަދާވާތްތެރިކަމަށްވުރެ ބޮޑު ޢަދާވާތްތެރިކަމާއި ނަފްރަތް ރާފިޟީ، ޚުމައިނީގެ އަޞްޙާބުންގެ ފަރާތުން ސުންނީ މުސްލިމުންގެ މައްޗަށް އޮވެ އެވެ. ސުންނީ މުސްލިމުންގެ ލެއާއި މުދަލަކީ ޙަލާލުވެގެންވާ އެއްޗެއް ކަމުގައިވެ އެވެ.


ދީނާއި، އަޤީދާގެ ދިފާޢުގައި މިފަދަ ނުބައި، މުޑުދާރު، ކުފުރު ބައިގަނޑަކާ ދުރުވުން އެއީ ދީނަށްޓަކައި ކުރެވޭ، ﷲ ގެ ޝަރީޢަތަށްޓަކައި ކުރެވޭ އެންމެ ހެޔޮ އެއް ޢަމަލު ކަމުގައި މެނުވީ ނުވާނެ އެވެ. މިއީ ދީނީ ނަޟަރަކުން ބަލައިލި ކޮންމެ ފަރުދަކަށް ފެންނާނެ ގޮތެވެ.


العلامة ربيع بن هادي حفظه الله ވިދާޅުވެފައިވެ އެވެ. "މި ޒަމާނުގައި ސައްޔިދު ޤުޠުބް ދިފާޢުކުރަނީ ކޮންބައެއްތޯ އެވެ؟ ދިފާޢު ކުރުމުގައި ވަނީ ރާފިޟީންނެވެ. ރާފިޟީން ސައްޔިދު ޤުޠުބްގެ ފޮތްތައް ޗާޕުކޮށް މަތިވެރި ކުރަނީ ކީއްވެގެންތޯ؟ ސަބަބަކީ އޭނާގެ ދީނާއި މި މީހުންގެ ދީނަކީ އެކައްޗެކެވެ. މި މީހުންނަކީ ޝިރުކާ ދެކޮޅަށް ހަނގުރާމަކުރާ ބައެއްތޯ؟ މި މީހުންނަކީ ޝިރުކުން ބަރީޢަވެގެންވާކަން ޢިއުލާންކުރާ ބައެއްތޯ؟ މި މީހުން ދެކޭ ގޮތުގައި ޝިރުކަކީ ކޮބައިތޯ؟ އެއީ، އެމެރިކާގެ އިސްތިޢުމާރު ކުރުމެވެ. އެމީހުން ދެކޭގޮތުގައި ޝަރީކު ކުރުމަކީ އެއީ އެވެ." مرحبا يا طالب العلم  ص 404


ދަންނަހުއްޓެވެ. މީސްތަކުންގެ ރުހުމާއި، މީސްތަކުންނަށް ތިމަންމެންނަކީ "ދީނީ" ބައެއްކަން ދެއްކުމަށް އެމެރިކާ އޭ، އެމެރިކާ އޭ، މިފަދައިން ގޮވަނީ، ތަންދޮރު ފިލައިފައި ނުވާ ޢާންމު މުސްލިމުންނަށް ތިމަންމެންނަކީ ޢިސްލާމް ދިނާ ދެކޮޅުވެރި މީހުންނަށް ނަފްރަތުކުރާ ބައެއް ކަމުގައި ދެއްކުމަށެވެ. އެހެނަސް ރާފިޟީންނަކީ ﷲ އަށް ޝަރީކު ކުރުމާއި އެނޫން އެންމެހައި މީސްތަކުން ކާފަރު ކުރުމުގައިވާ، މުސްލިމުންގެ މައްޗަށް އެންމެ ނުރައްކައުތެރި މީހުންނެވެ.


العلامة ربيع بن هادي حفظه الله ވިދާޅުވެފައިވެ އެވެ. " ރާފިޟީންގެ ދީން ޤާއިމްވެފައިވަނީ ކުފުރާއި މުރުތައްދުގެ މައްޗަށެވެ. މި މީހުންގެ ތެރޭގައި ހޫޘީން ހިމެނެ އެވެ. ޔަމަން ދުނިޔެވީގޮތުންނާއި ދީނީ ގޮތުން ޚަރާބްކޮށް ސުންނާފަތިކޮށްލުމަށް މި މީހުން މަސައްކަތް ކުރަމުންދެ އެވެ."


އަޚުންނޭވެ. ދިވެހި ރާއްޖެ އިސްލާމީ ދައުލަތެއްގެ ގޮތުގައިވެ، ކުފުރާއި ޝިރުކުން ފުރިފައިވާ، ސުންނީ މުސްލިމުންނާ އެންމެ ދެކޮޅުވެރި، މުސްލިމުން މެރުމާއި، މުސްލިމުންގެ ލޭ ޙަލާލު ކޮށްފައިވާ ބަޔަކާއި ގުޅުން ކަނޑައި،ވަކިވުމަކީ ދީނީ ކަމެކެވެ. އެކަމަށް ބާރުއެޅި އަދި ޢަމަލީ ގޮތުން އެކަމަށް މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތަކަށް ﷲ ހެޔޮ ޖަޒާދެއްވައި އެބައިމީހުންގެ ޢަމަލަކީ ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންވާ ޢަމަލެއް ކަމުގައި ﷲ ލައްވާނދޭވެ.


ހިތާމައަކީ، ދީނޭ ކިޔައި، ޢިލްމޭ ކިޔައި އަދި އޭގެ އިތުރަށް ޤައުމަށާއި ރައްޔިތުންނަށް ލާބައާއި މަންފާ ކުރާނެ ކަމުގައި ދެކެ އެފަދައިން މީސްތަކުންގެ މައްޗަށް ފާޅުވެގެންވާ ބަޔަކަށް މިކަން ނޭނގިފައި ވުމެވެ. ﷲ ގެ ދީނަށްޓަކައި، ޢަޤީދާއަށްޓަކައި ނުދެވުނު ނަޞްރެއް ދެވޭނީ ކޮންކަމަކަށްތޯ އެވެ؟ އެހެނަސް މިއީ ޙަޤީޤަތުގައި މިފަދަ އަހުލުވެރިންނަށް ދީނާއި، ޢަޤީދާ އަދި ދީން ރައްކާތެރި ކުރުމަކީ ކޮންފަދަ ޢަަލެއްކަން ރޯފިލާފައި ނުވާކަމުގެ ހެއްކެކެވެ.


މިފަދަ ބައެއްގެ ފަރާތުން އިސްލާމް ދީނަށް ލިބޭނެ އެއްވެސް ހެވެއް، މަންފާއެއްވޭތޯ އެވެ؟ އިސްވެ ބަޔާންކުރެވުނު ފޮޓޯގައި ރާފިޟީންނާ އެކުގައި އިށީނދެތިބި "ޢިލްމުވެރިން"ފަދައިން މިފަދަ މީހުންނަކީވެސް އަމިއްލަ މަޞްލަޙަތަށްޓަކައި ރާފިޟީންނަށްވެސް، އެހެން ބަޔަކަށްވެސް ދީނަށް ޤަދަރެއް ދޭނެ ބައެއް ކަމުގައި ނުވާނެ އެވެ
.

251016-adhalat-mauroof-iran.jpg

 

Like what you see?

Close

Hit the buttons below to follow us, you won't regret it...