5 އިސްލާމްދީން ޑިމޮކްރަސީ އިން ބަރީއަވެގެންވެ އެވެ. އަދި އިސްލާމްދީން މުޒާހަރާތަކުން ބަރީއަވެގެންވެ. - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިސްލާމްދީން ޑިމޮކްރަސީ އިން ބަރީއަވެގެންވެ އެވެ. އަދި އިސްލާމްދީން މުޒާހަރާތަކުން ބަރީއަވެގެންވެ. - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޑިމޮކްރަސީގެ ބިދުޢަ

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله

އިސްލާމްދީން ޑިމޮކްރަސީ އިން ބަރީއަވެގެންވެ އެވެ. އަދި އިސްލާމްދީން މުޒާހަރާތަކުން ބަރީއަވެގެންވެ އެވެ.

ސުވާލު: އަޅުގަނޑުމެންގެ ޝައިޚު އެވެ. الله ޝައިޚުމެންނަށް ހެޔޮ ތައުފީޤު ދެއްވާނދޭވެ. މުރުތައްދުވެފައިވާ ވެރިންނާ ދެކޮޅަށް ކުރާ ސުލްޙަވެރި މުޒާހަރާތަކަކީ ހުއްދަ ކަމެއްކަމަށް ބައެއް މީހުން ބުނެ އެވެ. އެމީހުން ޙުއްޖަތެއްގެ ގޮތުގައި (އެބަހީ ދަލީލެއްގެ ގޮތުގައި) ބުނަނީ އެ ވެރިޔާއާ ދެކޮޅަށް ނުކުތުން ހުއްދަވާނެކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ. ފަހެ އެމީހުންގެ މި ބުނުން ޞައްޙަވެގެންވޭތޯ އެވެ؟

ޝައިޚު: ކީކޭ؟


ސުވާލުކުރާ މީހާ: އޭނާ ބުނެއެވެ: ކާފަރުވެފައިވާ ވެރިއަކާ ދެކޮޅަށް ނުކުތުން ހުއްދަވާނެކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.


ޝައިޚު: އިރުގެ ފާޅުކަމާ އެއްފަދައިން އެމީހެއްގެ މައްޗަށް ދަލީލުތައް ސާފުވެފައިވާ ކާފަރު ވެރިއަކާ ދެކޮޅަށް ނުކުތުމަށް މެނުވީ ޢިލްމުވެރިން ވިދާޅެއް ނުވެ އެވެ. (ޙަދީޘްގައިވާ ފަދައިންނެވެ:) {حَتَّى تَرَوْا كُفْرًا بَوَاحًا عِنْدَكُم فِيهِ مِنَ اللهِ بُرْهَان}(1) ، މާނައީ: "އެ ކުފުރެއްގައި ތިޔަބައިމީހުންނަށް الله ގެ ޙަޟްރަތުން ބުރުހާނެއްވާ، ފާޅުވެގެންވާ ކުފުރެއް ތިޔަބައިމީހުންނަށް އެ ވެރިޔާގެ ކިބައިން ފެނިއްޖައުމަށް ދާންދެނެވެ."


އަދި ޑިމޮކްރަސީ އިސްލާމްދީނާ ހަނގުރާމަކުރެއެވެ. އިސްލާމްދީން ވަނީ ޑިމޮކްރަސީގެ ކިބައިން ބަރީއަވެގެންނެވެ. އަދި އިސްލާމްދީން ވަނީ މުޒާހަރާތަކުން ބަރީއަވެގެންނެވެ. އަދި މުސްލިމުންގެ ހައްލުތައް އޮތީ މިފަދަ ޢަމަލުތަކަކުންނެއް ނޫނެވެ. އޭގެ ހައްލުތައް އޮތީ ފިތުނަތަކަށާއި، އިމްތިހާނުތަކަށާއި، ވެރިންގެ އަނިޔާވެރިކަމުގެ މައްޗަށް ކެތްތެރިވުމުންނެވެ. އެކަންކަމުން الله تبارك وتعالى މިންޖުކުރައްވަން ދެނެވެ. އަދި ތިޔަބައިމީހުންގެ އަތުގައި (މި މައުޟޫއާ ބެހޭ) އަހަރެންގެ ބުނުން (ބަޔާންކޮށްފައިވާ) ފޮތެއް އޮންނާނެ އެވެ. އަދި ތިޔަބައިމީހުން ގާތުގައިވާ السَّحَاب ސައިޓްގައި އޭތި ލިޔުމަށް އަހަރެން ހުއްދަދީފައިވާނެ އެވެ. މި ޑިމޮކްރަސީއާ ބެހޭގޮތުންނާއި މި މުޒާހަރާތަކާ ބެހޭގޮތުން الله ގެ ޙުކުމް އުނގެނުމަށްޓަކައި އަޚުންތައް އެ ކިޔުމަށް ދޫކޮށްލާށެވެ. އޭރުން ތިޔަ އަޚުންނަށް އޭގެ ޙުކުމް އެނގޭނެ އެވެ. ދަލީލުތަކާ އެކު އަހަރެން އެކަންތައް ބަޔާންކޮށްފައިވާ ފަދައިންނެވެ. އަދި މުޒާހަރާތައް ވަނީ އިސްލާމްދީނުގެ ތެރެއިންނޭ ބުނެ، އެކަންވަނީ ހެޔޮކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ތެރެއިންނޭ ބުނާ މީހާގެ ދަޢުވާގެ ބާޠިލުކަން އަހަރެން ވާނީ ބަޔާންކޮށްދީފަ އެވެ. ފަހެ އެއީ ބާޠިލު ދަޢުވާތަކެކެވެ. ފަހެ އިސްލާމްދީން ވަނީ މުޒާހަރާތަކުން ބަރީއަވެގެންނެވެ. ހަމަކަށަވަރުން އިސްލާމްދީން ވަނީ ރަސޫލާ ﷺ ބަޔާންކުރެއްވި ފަދައިންނެވެ. އަހަރެމެން ފިތުނަތަކާ ކުރިމަތިލާންވީ ކިހިނަކުންކަން ބަޔާންކޮށްދެއްވާފައިވެ އެވެ. އަދި މިކަމާ ބެހޭގޮތުން (އެ ފޮތުގައި) އަހަރެން ވާނީ ދަލީލުތައް ޛިކުރުކޮށްފައެވެ. އަދި މިޖަވާބުން އަހަރެން ފުއްދާލާނަމެވެ.
وصلى الله على نبينا محمد وعلى آله وصحبه وسلم.


❆❆❆

އޯޑިއޯ ލިންކް: http://goo.gl/wnN7H3 އޯޑިއޯގެ 00:54:46 އިން 00:56:15 އަށް

....................................

1. ޝައިޚު ޛިކުރުކުރައްވާފައި އެވަނީ މި ޙަދީޘް އެވެ: عَنْ جُنَادَةَ بْنِ أَبِي أُمَيَّةَ قَالَ: دَخَلْنَا عَلَى عُبَادَةَ بْنِ الصَّامِتِ وَهُوَ مَرِيضٌ. قُلْنَا: أَصْلَحَكَ اللَّهُ، حَدِّثْ بِحَدِيثٍ يَنْفَعُكَ اللَّهُ بِهِ سَمِعْتَهُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: دَعَانَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَبَايَعْنَاهُ فَقَالَ: "فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللَّهِ فِيهِ بُرْهَانٌ"، މާނައީ: جُنَادَةَ بْنِ أَبِي أُمَيَّةَ ގެ އަރިއަހުން ރިވާވެގެންވެ އެވެ. ވިދާޅުވި އެވެ: އަޅުގަނޑުމެން عُبَادَة بْنِ الصَّامِتِ ގެ އާލާސްކަންފުޅުގައި އެ ޞަޙާބީގެ އަރިއަހަށް ދުރުވީމެވެ. އަޅުގަނޑުމެން ދެންނެވީމެވެ: "الله ތިބާ އިޞްލާޙުކޮށްދެއްވާނދޭވެ. ނަބިއްޔާ ﷺ ގެ އަރިއަހުން ތިބާ އަޑުއައްސަވާފައިވާ، އެއިން ތިބާއަށް الله ފައިދާކޮށްދެއްވާނެ ޙަދީޘެއް ކިޔައިދެއްވާށެވެ." ވިދާޅުވި އެވެ: "ނަބިއްޔާ ﷺ އަޅުގަނޑުމެންނަށް ދަޢުވަތުދެއްވި އެވެ. ފަހެ އަޅުގަނޑުމެން ނަބިއްޔާއަށް ބައިޢަތު ހިއްޕެވީމެވެ." ފަހެ (عُبَادَة بْنِ الصَّامِتِ) ވިދާޅުވި އެވެ: "ނަބިއްޔާ ﷺ އަހަރެމެންގެ މައްޗަށް ހިއްޕެވި ކަންތައްތަކުގެ ތެރެއިން: އަހަރެމެން ރުހޭ ކަންތައްތަކުގަ އާއި، ނުރުހޭ ކަންތައްތަކުގަ އާއި، އަހަރެމެންގެ ދަތިކަމުގަ އާއި، އަހަރެމެންގެ= =ފަސޭހަކަމުގަ އާއި، އަހަރުމެންގެ (ޙައްޤުތަކުގެ) މައްޗަށް (އެހެން ބަޔަކު ނުޙައްޤުން) އިސްކުރެވިއްޖެ ނަމަ ވެސް، އަޑުއަހައި ކިޔަމަންތެރިވުމަށް ނަބިއްޔާ ﷺ އަހަރެމެންނަށް ބައިޢަތު ހިއްޕެވި އެވެ. އަދި ވެރިކަމުގެ އަހުލުވެރިންނާ އަހަރެމެން ދެކޮޅުވެރި ނުވުމަށެވެ. الله ގެ ޙަޟްރަތުން ތިޔަބައިމީހުންނަށް އެކަމުގައި ބުރްހާނެއްވާ، ފާޅުވެގެންވާ ކުފްރެއް ތިޔަބައިމީހުންނަށް ފެނިއްޖައުމަށް ދާންދެނެވެ." ރިވާކުރެއްވީ: البخاري (7056).

Like what you see?

Close

Hit the buttons below to follow us, you won't regret it...