5 ޖަމްޢިއްޔަތުއް ސަލަފް އަދި އިޚްވާނުލް މުސްލިމީން ފިރުޤާ; އިލްމުވެރިންގެ ބަސްތަކުގެ ތިލަފަތުން ކިރާލުން – الإِمَامُ ابن باز، الإِمَامُ الألباني، العلامة أحمد النجمي، الشيخ الفوزان، الشيخ عبد المحسن، الشيخ صالح اللحيدان، الشيخ محمد أمان الجامعي - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޖަމްޢިއްޔަތުއް ސަލަފް އަދި އިޚްވާނުލް މުސްލިމީން ފިރުޤާ; އިލްމުވެރިންގެ ބަސްތަކުގެ ތިލަފަތުން ކިރާލުން – الإِمَامُ ابن باز، الإِمَامُ الألباني، العلامة أحمد النجمي، الشيخ الفوزان، الشيخ عبد المحسن، الشيخ صالح اللحيدان، الشيخ محمد أمان الجامعي

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޖަމްޢިއްޔަތުއް ސަލަފް

Salaf_Shameem__Ikhwaan3.jpg

7 ޑިސެމްބަރ, 2015

ލޮބުވެތި އަޚުންނޭވެ! ޙައްޤުގައި ޤާއިމްވެގެންވާ އެއްވެސް އަހުލުވެރިޔަކު މިއަދު މި އުއްމަތަށް އިސްލާމް ދީނަށް ދަޢުވަތު ދިނުމަށް ހަދައިފައިވާ އެއްވެސް ބައިގަނޑަކަށް ޘަނާގެ ބަސްތައްބުނެ އަދި ހެޔޮބަސްތަކެއް ނުބުނާނެ އެވެ. އެހެނަސް އެ ޖަމާޢަތްތަކަކީ ނަރަކައިގެ ވަޢީދުގެ އަހުވެރިންކަމުގައި ޢިލްމުވެރިން ބަޔާންކޮށްފައިވާ ޖަމާޢަތެކެެވެ. އެ ޖަމާޢަތަކީ މީސްތަކުން ޖަމަޢަކުރުމުގެ ނަމުގައި ބައިބައިކޮށް އުންމަތް ސުންނާފަތިކޮށްލި ޖަމާޢަތެކެވެ. މިއަދު "ދަންނަބޭކަލުން" "ޝެއިޚުން" ގޮތުގައި ނަންވެފައިވި މީސްތަކުން الله عز وجل ގެ ހައްޤު ދީން ނައްތާލުމަށް މަސައްކަތްކުރި މި ނުރައްކާތެރި ޖަމާޢަތަށް ﷲ ގެ ތައުފީޤާއި ނަޞްރު ދެއްވުމަށް އެދި ދުޢާކޮށްފިއެވެ. މިއީ މިއަދު ޙައްޤުގެ އަހުލުވެރިންނާއި ބާޠިލްގެ އަހުލުވެރިން ވަކިވެ، ފާޅުވެގެންވާ ސިފަތަކުގެ ތެރެއިން އެއް ސިފައެވެ. އަޚުންނޭވެ! މިތަނުގައި ބަޔާންކޮށްފައިވާ ބާޠިލް ޤަވާޢިދަކީ އިޚްވާނުލް މުސްލިމީން ގެނެސްފައިވާ ޤަވާޢިދެކެވެ. "ފުރަތަމަ މީސްތަކުން އެއްކުރާނީ (ޖަމަޢަ ކުރާނީ) އެވެ. އެއަށްފަހުގައި މީސްތަކުންނަށް ދަޢުވަތުދޭނީ އެވެ." 

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

އުންމަތް ޖަމަޢަކުރާ އެއްޗަކީ ތަޥްޙީދު، ޝިރުކާއި ބިދުޢަތަށް ދޫކުރުން

"لا إله إلا الله ކަލިމަފުޅުގެ މައްޗަށް މެނުވީ މި އުއްމަތް ޖަމަޢަވެފައެއް ނުވެ އެވެ. ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވުމުގެ ކުރީގައި އަދި ކަލިމައަށް ދަޢުވަތު ދެއްވުމުގެ ކުރީގައި، އެބައިމީހުންނަކީ ބައިބައިވެފައިވާ އަދި އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރަމުންދާ ބައެކެވެ. )إذ كنتم أعداء فألف بين قلوبكم فأصبحتم بنعمته إخوانا( "އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތް ތެރިން ކަމުގައިވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތަށް ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެ އިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވި އެވެ. ދެން އެ އިލާހު ދެއްވި ނިޢުމަތުގެ ސަބަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމު އެވެ." ފަހެ، އުއްމަތް އެކަތި ގަނޑެއްގެ ގޮތުގައި ޖަމަޢަކުރާ އެއްޗަކީ، ތަޥްޙީދެވެ. އެއީ ﷲ އަށް އަޅުކަން ކުރުމުގައި އެ އިލާހު އެއްކައުވަންތަ ކުރުމެވެ. ޝިރުކު ކުރުމާއި، ބިދުޢަތަކަކީ އުއްމަތް ބައިބައިކުރާ އެއްޗެކެވެ. ބާޠިލް މަޛްހަބުތަކާއި، އަދި ދީނަށް ދަޢުވަތް ދިނުމުގެ ނަމުގައި ނުކުމެފައިވާ ޖަމާޢަތްތަކަކީ، އުއްމަތް ބައިބައި ކުރި އެއްޗަކީ މި އެވެ. މި އުއްމަތުގެ މަގަކީ އަދި އުއްމަތުގެ މަންހަޖަކީ އެންމެ މަންހަޖެކެވެ. އުއްމަތް ބައިބައި ކުރާ އެއްޗަކީ ޝިރުކު ކުރުމާއި، ޝިރުކަށް ގެންގޮސްދޭ އެންމެހައި ވަޞީލަތްތަކެވެ. އަދި އަލަށް ހަދައި، ފާޅުވެފައިވާ ބިދުޢަވެރި މަންޖަހުތަކަކީ (އުއްމަތް ބައިބައިކުރާ އެއްޗެކެވެ.)"

***
ފަތުވާ ނަގާފައިވަނީ : https://goo.gl/xTj3fQ

الشيخ العلامة محمد بن أمان الجامعي رحمه الله

އިޚްވާނުލް މުސްލިމީން މީސްތަކުން ޖަމަޢަކުރާ ގޮތުގެ މިޘާލް

އިޚްވާނީއެއްގެ މިޘާލަކީ :"މީހަކު ބާޒާރެއްގެ ތެރޭގައި މިސްކިތެއް ބިނާކުރި އެވެ. އަދި އެތަން ވަށައިގެން ނުހަނު މީސްތަކުންވެ އެވެ. އަދި އެއަށްފަހުގައި (މި އިޚްވާނީ) މީސްތަކުންނަށް ނަމާދަށް އައުމަށް މީސްތަކުންނަށް ގޮވަ އެވެ. އޭނާ ބުނަމުންދެ އެވެ. ކޮންމެ މީހަކުވެސް އެމީހަކު އެ ހުރިގޮތުގައި ހުރެ ނަމާދަށް އަންނާށެވެ. ވުޟޫކޮށްގެން ހުރި މީހާ ވުޟޫގައި ހުރެ އަންނާށެވެ. ޙަދަޘަވެރިޔާ އޭނާ ޙަދަޘަވެރިކަމުގައި ހުރެ އަންނާށެވެ. ޖުނުބުވެރިޔާ އޭނާ ޖުނުބުވެރިކަމުގައިހުރެ އަންނާށެވެ. އަދި އެގޮތުން ޙައިޟުގައިވާ އަންހެނާ އޭނާ ޙައިޟުގައި ހުރެ އަންނާށެވެ. އެހެނީ އަހަރެމެން އެކަކުވެސް ރައްދެއް ނުކުރަމެވެ. ސަބަބަކީ، އަހަރެމެން ގޮވަނީ އިސްލާމީ މުޖުތަމަޢު އެއްކޮށް އެކީގައި ޝާމިލުވެގެންވާ ބައެއްގެ ގޮތުގައިވުމަށެވެ. އަހަރެން އެންމެންނަކީ މުސްލިމް އިޚްވާނުންނޭވެ. ހަރުކަށިވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ ސަބަބަކީ، ހަރުކަށި ވުމަކީ އޭގެ ސަބަބުން މުސްލިމުން ބައިބައިވެގެންދާ ކަމެކެވެ." مجلة الجامعة الإسلامية عدد 1402


މިއަދު ދުނިޔެމަތީގައިވާ އެންމެ ބައިގަނޑު ބޮޑު، ދަޢުވަތް ދިނުމުގެ މައިދާނުގައިވާ ޖަމާޢަތް ކަމުގައިވާ އިޚްވާނުން މުސްލިމީން ބައިގަނޑާ މެދުގައި الإمام العلامة ابن باز رحمه الله  އަރިހުގައި ސުވާލު ދެންނެވުނެވެ.

الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

އިޚްވާނުލް މުސްލިމީން އަދި ތަބްލީޤީ ޖަމާޢަތަކީ ހަލާކުވެގެންވާ 72 ފިރުޤާގެ ތެރެއިންވާ ބިދުޢަވެރި ދެ ފިރުޤާ

ސުވާލު: ޝިރުކީ ކަންތަކާއި ބިދުޢަވެރި ކަންތައް ކުރުމުގައިވާ ތަބްލީޤީ ޖަމާޢަތް އަދި ޕާޓީ ހަދައިގެން މުސްލިމުން ވެރިންގެ ކިޔަމަންގަތުމުން ބޭރުވެ އުޅޭ އިޚްވާނުލް މުސްލިމީން، މި 2 ފިރުޤާއަކީ ހަލާކުވެގެންވާ 72 ފިރުޤާގެ ތެރެއަށް ވަންނާނެ ފިރުޤާތަކެއްތޯ އެވެ.  


ޖަވާބު: 72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. أهل السنة ޢަޤީދާއާ ޚިލާފްވި ކޮންމެ މީހަކުމެ 72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ޙަދީޘްގައިވާ (ތިމަން ނަބިއްޔާގެ އުއްމަތޭ) މާނައަކީ : ނަބިއްޔާއަށް އިޖާބަދިން އުއްމަތެވެ. އެބައިމީހުން ނަބިއްޔާއަށް އިޖާބަ ދިނެވެ. ނަބިއްޔާއަށް ތަބަޢަވެގެންވާ ކަމުގައި ފާޅުކުރި އެވެ. އެއީ 73 ފިރުޤާއެކެވެ. އެއްމެ ފިރުޤާއެއް ދީނުގައި ފުރިހަމައަށް ޤާއިމްވެ، އެގޮތުގައި ދެމިތިބުމުން ނަރަކައިން ސަލާމަތްވެގެންވެ އެވެ. އަދި 72 ފިރުޤާގެ އަހުލުވެރިންގެ ތެރޭގައި ކާފިރުވެގެންވާ ފަރާތްތަކާއި، ފާފަކޮށް އުރެދުމުގައިވާ ފަރާތްތަކާއި، ބިދުޢަވެރިން ހިމެނެ އެވެ. (އެބައިމީހުންގެ ތެރޭގައި އެކިބައިތަކުގެ) އަހުލުވެރިންވެ އެވެ.


ސުވާލު ކުރާ މީހާ: މާނައަކީ، މި ދެ ފިރުޤާއަކީ 72 ފިރުޤާގެ ތެރޭގައި ހިމެނިގެންދާނެ ބައެއްތޯ އެވެ؟

ޖަވާބު: އާއެކެވެ. އެމީހުން ވަންނާނީ 72 ފިރުޤާގެ އަހުލުވެރިންގެ ތެރެއަށެވެ. އަދި މުރުޖިއާއިން، ޚަވާރިޖުންވެސް ވަންނާނެ އެވެ. ބައެއް ޢިލްމުގެ އަހުލުވެރިން ދެކިވަޑައިގެންފައިވަނީ ޚަވާރިޖުންނަކީ އެ 72 ފިރުޤާއިން ބޭރުވެގެންވާ ކާފަރުންގެ ތެރޭގައި ހިމެނިގެންވާ ބައެކެވެ. އެހެނަސް އެބައިމީހުންނަކީ 72 ފިރުޤާގެ ތެރެއަށް ވަންނާނެ މީހުންނެވެ.
*****
ފަތުވާ ނަގާފައިވަނީ : النصيحة و ملحق النصيحة ص 10- 11  


އަޚުންނޭވޭ! އިޚްވާނުލް މުސްލިމީން އަކީ ނަރަކައިގެ ވަޢީދުގެ ބަސްފުޅު އެބަޔަކަށް ބަޔާންވެގެންވާ 72 ފިރުޤާގެ ތެރެއަށް ވަންނާނެ މީހުންކަމާއި، އެއީ އިސްލާމީ އުއްމަތަށް އޮތް ނުބައިކަން ބޮޑުވެގެންވާ ބައިގަނޑެއް ކަމުގައި މިވަނީ ވިދާޅުވެފަ އެވެ. މިއީ އުއްމަތަށް އަލަށް ދަޢުވަތު ދިނުމަށް މަންހަޖެއް ގެނެސްފައިވާ، ސުންނަތުގެ އަހުލުވެރިންނާ އެތަކެއް ގޮތްތަކުން އުޞޫލީ ކަންތައްތަކުގައި ދެކޮޅުވެފައިވާ ބައެކެވެ. ރަސޫލާ صلى الله عليه وسلم ގެންނެވި ދީން ބައިބައިކޮށް، ރަސޫލާ صلى الله عليه وسلم ދަޢުވަތު ދެއްވުމަށް ގެންނެވި މަންހަޖު ބަދަލުކޮށް ރަސޫލާ صلى الله عليه وسلم އަދި ޞަޙާބީން ގެންނެވި ހިދާޔަތް ބަދަލުކޮށްފައިވާ މި ބައިގަނޑަށްވުރެ ނުބައިވެގެންވާ ބަޔަކު ވާނެ ތޯ އެވެ؟


އެހެނަސް މި އެންމެހައި ޢިލްމުވެރިންގެ މައްޗަށް ބަސްބުނެ، ހިދާޔަތުގެ ޢިލްމުވެރިންގެ މަންޖަހާއި ވަކިވެ، މީސްތަކުންނަށް ދީން އަދި ޙައްޤު އޮޅުވާލައިފައިވާ މި "ދަންނަ ބޭކަލެއް" ކަމުގައި ދަޢުވާކުރާ މީހާގެ ޙާލަތު ބަލާލުން ހުއްޓެވެ.

Salaf_Shameem__Ikhwaan1.jpg

އަޤީދާއަަކަށް ބެލުމެއް ނެތި، ސިޔާސީ ފަރާތްތައް މީސްތަކުން ޕާޓީއަށް އެއްކުރާ ފަދައިން، ދީނަކަށް، ތަޥްޙީދަކަށް، ޝަރީކު ކުރުމަކަށް ބެލުމެއް ނެތި މީސްތަކުން އެކަތި ގަނޑަކަށް ހަދައި، އެއް ދިދައިގެ ދަށުގައި ގެންގުޅޭ މި އިޚްވާނުލް މުސްލިމީންގެ ބައިގަނޑަށް މި އުއްމަތަށް އެ ދުވަސްތަކުގައި އަދި މި ދުވަސްތަކުގައި ފާޅުވި އެންމެހައި ޢިލްމުވެރިންވަނީ ބޮޑުވެގެންވާ އިންޒާރަކުން އިންޒާރުދީ އެމީހުންގެ ކައިރިން ބަރީއަވެގެން ނެވެ. އާއެކެވެ. ބަރީއަ ވެގެންނެވެ. އެހެނަސް މި "ދަންނަބޭކަލު" މިވަނީ އިޚްވާނުލް މުސްލިމީންނަށް ނިޞްބަތްކޮށް ތަކްބީރު ގޮވައި އެމީހުންނަކީ ހެޔޮ ބައެއްކަމުގައި މީސްތަކުންނަށް ދައްކައިދީފަ އެވެ. ޙައްޤު ޢިލްމުވެރިންގެ ބަސްފުޅުތަކާއި މި އިންސާނާގެ ބަސްފުޅުތައް އަޅާކިޔައި ބަލާލުން ހުއްޓެވެ.

Salaf_Shameem__Ikhwaan.jpg

(ޖަމްޢިއްޔަތުއް ސަލަފް އިން ހިންގާ ރާއްޖެއިޚްވާން. ވެބްސައިޓް ފޮޓޯ)

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

އިޚްވާނުލް މުސްލިމީންގެ ކިބައިން އަހަރެންވަނީ ބަރީއަވެގެން

ސުވާލު: ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. އިޚްވާނުލް މުސްލިމީންނަކީ އަހުލުސުންނަތް ވަލް-ޖަމާޢަތުގެ ތެރޭގައި އިމެނިގެންވާ ބައެއް ކަމުގައި ޝެއިޚް ވިދާޅުވެފައިވާ ފަތުވާއެއް އިންޓަނެޓްގައި ފެތުރިފައިވެ އެވެ. މިއީ ޞައްޙައެއްޗެއް ތޯ އެވެ؟

ޖަވާބު: އަހަރެން އެއަށް ރައްދުދީފައިވާނެ އެވެ. އެހެނަސް އެބައިމީހުން، އެބައިމީހުންގެ މައްޗަށް އޮތް ރައްދަކަށްވުމުން އެބައިމީހުން އެ ޤަބޫލެއް ނުކުރެ އެވެ. އަހަރެން އެވަޤުތުގައި އެއަށް ރައްދުދިނީމެވެ. އަހަރެން ބުނީމެވެ. "އިޚްވާނުލް މުސްލީމީންގެ މަންހަޖުން އަހަރެން ބަރީއަ ވަމެވެ." އަދި އެބައިމީހުންނަށް އަހަރެން ދިން ރައްދުގައި، އެބައިމީހުންގެ މަންހަޖަކީ ކޮބައިކަން ބަޔާންކުރީމެވެ. އެހެނަސް އެއީ އެބައިމީހުންގެ މައްޗަށް އޮތް ރައްދެއްގެ ގޮތުގައި ވުމުން އެ ރައްދެއް އެބައިމީހުން ނުފަތުރަ އެވެ.
އާއެކެވެ.
****
ފަތުވާ ނަގާފައިވަނީ : http://goo.gl/ZXR2XT

 

އަޚުންނޭވެ! އަހުލުއް ސުންނަތުގެ އަހުލުވެރިއަކު، ސުންނަތާއި ޙައްޤު ޖަމާޢަތުގެ އަހުލުވެރިންނާއި ދެކޮޅަށް ހަނގުރާމަކުރާ، އެންމެ މަތީ ދަރަޖައަށް ހައްދުފަހަނައަޅައި ގޮސްފައިވާ މި ބައިގަނޑުގެ އަހުލުވެރިންނަށް ޘަނާގެ ބަސް ކިޔާނެ ހެއްޔެވެ. މުޒާހަރާކޮށް، ވެރިޔާގެ މައްޗަށް ނުކުމެ، އެތަކެއް މީސްތަކުންގެ ލޭ އޮހޮރުވާލައި، އެތަކެއް މުސްލިމުން ޤަތުލުވެ، ވެރިކަން ހޯދުމަށްޓަކައި އެއިރުގައި ހުރި ވެރިޔާގެ މައްޗަށް ނުކުތް އިޚްވާނީ މުރުސީއަށް ޘަނާކިޔާނެ ސުންނަތުގެ އެކަކުވެސް މި ބިންމައްޗަކު ނުހުންނާނެ އެވެ. އެހެނަސް މި "ދަންނަބޭކަލުގެ" ޢަމަލުތައް ހުރިގޮތް ބަލާލުން ހުއްޓެވެ. މި ދަންނަބޭކަލު މިވަނީ، ޙައްޤު ދަޢުވަތަށް މީސްތަކުންނަށް ގޮވާލައި، ބާޠިލްއިން އެއްކިބާ ވުމުގެ ބަދަލުގައި މީސްތަކުންނަށް ޙައްޤު އޮޅުވާލައި، ބާޠިލްގެ އަހުލުވެރިންނަށް ހެޔޮބަސްތައް ބުނެ ޢާންމު މިސްތަކުންނަށް ޙައްޤުގައި ޤާއިމްވެ ތިއްބެވި ޢިލްމުވެރިންގެ ކިބައިން މީސްތަކުން ދުރު ކޮށްފަ އެވެ.

Salaf_Shameem__Ikhwaans.jpg

العلامة أحمد النجمي رَحِمَه الله

އިޚްވާނުލް މުސްލިމީން އަކީ ޓެރަރިސްޓު ޖަމާޢަތެއް

العلامة أحمد النجمي رَحِمَه الله ވިދާޅުވެފައިވެ އެވެ. "މީސްތަކުން ކާފަރު ކުރަމުންދާ ޒުވާނުން ހަމަކަށަވަރުން މި މަޛްހަބު ހޯދާފައިވަނީ، މީސްތަކުން ކާފަރުކޮށް އަދި ބޮންތައް ގޮއްވާ މިޢަމަލުތައް ހޯދާފައިވަނީ، އިޚްވާނުލް މުސްލިމީންގެ ފަރާތުންނެވެ.“  الفتاوى الجلية 1-127

Salaf_Sameer__Ikhwaan3.jpg

(މުރުސީގެ ވެރިކަން ވެއްޓުމުން އިޚްވާނުލް މުސްލިމީން ޖަމާޢަތަކީ ޓެރަރިސްޓު ޖަމާޢަތެއް ބުނުމުން "ދަންނަބޭކަލުންގެ ބަސް")

އަލް-ޤާއިދާ، އައިއެސްއައި، ބޯކޯހަރާމް، ތާލިބާން ފަދަ ޓެރަރިސްޓު ޖަމާޢަތްތަކުގެ އަޞްލަކީ އިޚްވާނުލް މުސްލިމީންއެވެ. އަލްޤާއިދާގެ މިހާރުގެ ލީޑަރު އައިމަން އައް-ޟަވާހިރީ ބުނެފައިވެއެވެ. "އުސާމާ ބިން ލާދިން އަކީ އަރަބި ޖަޒީރާގައި އުޅުނުއިރު އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މެންބަރެކެވެ." އިޚްވާނުލް މުސްލިމީންއަކީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށް ޢިލްމުގެ އަހުލުވެރިން ފަތުވާ ދެއްވާފައިވާއިރު ދިވެހި ރާއްޖޭގައި "ދަންނަބޭކަލުން" "ޝެއިޚުން" ކަމުގައި ހެދިގެން އުޅޭ މީހުން އެއީ ޓެރަރިސްޓުން ނޫންކަމަށް ފަތުވާ ދިނުމުން މި މީހުންގެ ހަޤީޤަތް ކަޝްފުވުން ނޫން ކަމެއް ނެތެވެ..

الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله

އިޚްވާނުލް މުސްލިމީން އަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނެއް ނޫން

الإِمَامُ الألباني رَحِمَه الله ވިދާޅުވެފައިވެ އެވެ. "އިޚްވާނުލްމުސްލިމީން އަކީ އަހުލުއް ސުންތަތުގައިވާ ބައެއް ނޫނެވެ. ސަބަބަކީ އެބައިމީހުންނަކީ ސުންނަތާއި ދެކޮޅަށް ހަނގުރާކުރާމަ ކުރާ ބައެކެވެ."


 

 

الإِمَامُ الألباني رَحِمَه الله ވިދާޅުވެފައިވެ އެވެ. "އިޚްވާނުލްމުސްލިމީން ވަނީ، ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވުމާއި އޮންނަންޖެހޭ ކިޔަމަންގަތުން ކަނޑާލައިފަ އެވެ. މީސްތަކުން އެމީހަކަށް ތަބަޢަވުމަށް އަދި ކިޔަމަންވާން އެބައިމީހުން ބުނެފައިވަނީ ޙަސަން އަލް-ބަންނާ އެވެ."


 

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މަގުފުރެދުން ބަޔާންކޮށްފައިވުން.

الشيخ العلامة عبد المحسن العباد حفظه الله އިޚްވާނުލް މުސްލިމީންގެ ޖަމާޢަތުގެ މައްޗަށް އިންޒާރުދީފައި ވުން.

 

الشيخ العلامة صالح اللحيدان حفظه الله އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މަގުފުރެދުން ބަޔާންކޮށްފައިވުން.

މި ޖަމާޢަތުގެ ހަޤީޤަތް އިތުރަށް ހޯދުމަށް މިލިޔުން ކިޔާލުން ހުއްޓެވެ. "ޖޭ.އެސް ފިކުރު: (ޖަމްޢިއްޔަތުއް ސަލަފް) ފިތުނަވެރިކަމަށް ހިތްވަރުދޭ، އިޚުވާނީ ބައިގަނޑެއް"

ޖަމްޢިއްޔަތުއް ސަލަފް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުޙައްމަދު ޙަސަނުގެ މައްޗަށް އަދި މަކްތަބާ ސަލަފިއްޔާގެ މައްޗަށް ޙަސަން ފިކުރީ ހަދައިފައިވާ އަނިޔާވެރިކަމުގެ ދޮގުތައް ކަޝްފުކޮށް އެއަށްދެވޭ ރައްދު - (މަދީނާ ޔުނިވާސިޓީން ކިޔަވާ ނިންމާފަ ތިބި 04 އުސްތާޛުންގެ ބަސް) | 23 ނޮވެމްބަރ 2019

 ސޫރިޔާގެ ހާލަތު އެހިސާބަށް ގެންދިޔައީ ޖަމްޢިއްޔަތުއް ސަލަފް އިން "ޝެއިޚުން" ކަމުގައި ބަލައިގަތް މީހުންނެވެ! - (الإمام العلامة الشيخ صالح الفوزان حفظه الله ގެ ފަތުވާއަކާއި އެކު ( | 21 ނޮވެމްބަރ 2019

 ވެރިންނާ ދެކޮޅަށް ނުކުތް އިރު ހިޒްބީން ދަޢުވާކުރާ 4 އިމާމުންގެ އަޤިދާ ކޮބައިތޯއެވެ؟ | 14 ޖުލައި 2017

ސަލަފީންނަކީ "ބިދުޢަވެރި ކުރުމުގައި އަވަސްވެގެންނަ ބައެއް" ކަމުގައި ބުނެ ޖަމާޢަތްތަކާ ޙިޒްބުތަކުން ފަތުރާ ބުހުތާނުގެ ހަޤީޤަތް | 06 ޖުލައި 2017

ޢަދާލަތު ޕާޓީ އަށް ވަނުމާއި އެ ޕާޓީ ދެމިއޮތުމައް މަސައްކަތް ކުރުމަކީ އިސްލާމް ދީން ދެމި އޮތުމަށް ދީނަށްޓަކައި ކުރެވޭ ހެޔޮ ކަމެއް ކަމަށް ފަތުވާ ދިން ޖަމްޢިއްޔަތުއް ސަލަފް ކޮބައިތޯއެވެ؟ | 04 ނޮވެމްބަރ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...