5 ދީނުގައި ނުބައި ކަންތަށްތަކެއް ކުރުމަށް ފަހުގައި އެކަންތަކުން ތިމަންނަ ރުޖޫޢަވެއްޖައީމޭ ބުނުމަކުން އަދި އެވަރުނުން ނުފުދޭނެއެވެ. - الشيخ العلامة ربيع بن هادي المدخلي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ދީނުގައި ނުބައި ކަންތަށްތަކެއް ކުރުމަށް ފަހުގައި އެކަންތަކުން ތިމަންނަ ރުޖޫޢަވެއްޖައީމޭ ބުނުމަކުން އަދި އެވަރުނުން ނުފުދޭނެއެވެ. - الشيخ العلامة ربيع بن هادي المدخلي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ތަޢުބާވުން


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


ޝެއިޚް އަރިހުގައި ދެންނެވުނެވެ. ދީނުގައި ނުބައި ކަންތަށްތަކެއް ކުރުމަށް ފަހުގައި އެކަންތަކުން ތިމަންނަ ރުޖޫޢަވެއްޖައީމޭ ބުނެ އެކަންބަޔާންކުރުމުން އެވަރުން ފުދޭނެ ނުވަތަ ނޫންތޯއެވެ؟

ޝެއިޚް ربيع بن هادي المدخلي -حفظه الله -  ވިދާޅުވިއެވެ.

"ދުވަހަކުވެސް ތިޔަހެނެއް ނުވާނެއެވެ. އެއީ އޭނާ އިޞްލާޙް ވެއްޖެކަން މީސްތަކުންނަށް ބަޔާންވެ ދިއުމަށް ދާންދެނެވެ. عمر  رضي الله عنه ޞަބީޢު އާއި މެދުގައި ކަންތަށް ކުޅައީ ކިހިނަކުންހެއްޔެވެ؟ އޭނާއަށް ޢުޤޫބާތް ދިނުމަށް ފަހުގައި ޖަލަށް ވެއްދިއެވެ. އޭނާއަށް ޢުޤޫބާތް ދިނުމަށް ފަހުގައި ޖަލަށް ވެއްދިއެވެ. ޢުޤޫބާތް ދިނުމަށްފަހު ޖަލަށްލެވުނީ ކީއްވެ ހެއްޔެވެ؟ ސަބަބީ އޭނާ މީސްތަކުންގެ ތެރެއަށް އެކިފާޑުގެ ސުވާލުތަށް ގެނެސް މީސްތަކުންނަށް އޮޅުންއެރުވުމެވެ. އެތަށް ފަހަރެއްގެ މަތިން عمر އޭނާއަށް ޢުޤޫބާތް ދިނުމަށްފަހު ޖަލަށް ވެއްދިއެވެ. އަދި އެއްމެފަހުން އޭނާ ބުންޏެވެ. "އަމީރުލް މުއުމިނީންނެވެ. އަހަރެންގެ ބޮލުގެ ތެރޭގައި އެކުލެވިފައިވާ އެއްޗެއް ނެރުމަށް ބޭނުންނަމަ، ﷲ ޤަންދީ ބުނަމެވެ. އެއެއްޗެއް މިހާރު ނުކުމެއްޖެއެވެ. އަހަރެން ޤަތުލުކުރުމަށް ބޭނުންނަމަ އެކަންވެސް އެގޮތަށް ކުރާށެވެ." ފަހެ، އެއަށްފަހުގައި عمر އޭނާ ޢިރާގަށް ފޮނުވިއެވެ. އަދި އެއާއެކު ޢިރާޤުގެ އެއްމެހައި މީސްތަކުންނަށް ޞަބީޣު ހަޖުރު ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި އެހިނދު ޞަބީޣު އެތަނުގައި އުޅެންޖެހުނީ ބަލިޖެހިފައިވާ ޖަލަލެއް ފަދައިންވާ އިންސާނެއްގެ ޙާލުގައެވެ. އެއްވެސް މީހަކު އޭނާއާއި މުޚާތަބުކޮށް ވާހަކަ ދައްކަން އުޅޭހިނދު އަނެކަކު ހަނދާން ކޮށްދޭނެއެވެ. އަމީރުލް މުއުމިނީން ގެ އަމުރެވެ. އެހިނދުގައި ޞަބީޣުއާއި ވާހަކަ ދެއްކުމުން ދުރުވެގަންނާނެއެވެ.


އޭނާގެ ތައުބާ ފާޅުވެ އަދި އެކަމުގެ ތެދުވެރިކަން ފެންނަން ލާޒިމު ވެގެންވެއެވެ. ސަބަބަކީ ހިޔަޅުތަށް ހަޅޭއްލަވާ ފަދައިން ހަޤީޤީ ޙާލަތުނޫން ގޮތްތަކަށް މީސްތަކުން އަމަލުކުރާތަން އަހަރުމެން އެތަށް ބައެއްގެ ފަރާތުން ތަޖުރިބާ ކޮށްފީމެވެ. ބުނާނެއެވެ. އަހަރެން ތައުބާ ވެއްޖައީމެވެ. އަދި ކުރެވިފައިވާ ކަންތަކުން ރުޖޫޢަ ވެއްޖައީމެވެ. އެހެނަސް އެއަށްފަހުގައި އޭނާ ސިއްރިޔާތުގައި އެފަރާތަށް، މިފަރާތައް ދިޔުމުގައި ދެމިހުރެއެވެ. އޭނާ އެކަންތަކުން އެއްކިބާވި ކަމަށް ދަޢުވާކުރި ބާޠިލް ކަންތައްތަކުގައި ދެމިހުރެއެވެ. އެހެންވުމުން އަހަރެމެންނަށް އޮތީ މިބައިމީހުންގެ ކަންތަކާމެދު ބެލުމެވެ. އަދި އޭނާ ބުނެލާ ބަސްތަކުގެ މައްޗަށް އަވަސްވެ ނުގަނެ ތައުބާގެ ޞައްޙަކަން ފާޅުވެ، ތެދުވެރި ތައުބާއެއްކަން ބަޔާންވުމަށް ދާންދެން ދެމިހުރުމެވެ. އެހިނދު އޭނާއަކީ އަހަރުމެންގެ އަޚެކެވެ. އަހަރުމެންގެ އަޚެކެވެ.


ޞަޙާބީ كعب بن مالك ތިޔަބައި މީހުން ދަންނަމުއެވެ. ބަދުރު ހަނގުރާމަ ފިޔަވައި އެއްމެހައި ހަނގުރާމަ ތަކެއްގައި ބައިވެރިވިއެވެ. بارك الله فيكم . رسول الله ހިއްޕެވި ޢަޤަބާގެ ބައިޢަތުގައި ވުމަށް ނުވަތަ ބަދުރު ހަނގުރާމައިގައި ބައ   ތަބޫކު ހަނގުރާމައިން އެކަހެރި ވިއެވެ. އެއީ ކާފަރުވެގެނެއް އަދި މުނާފިޤު ވެގެންނޫނެވެ. ރަސޫލާ صلى الله عليه وسلم މަދީނާއަށް އެނބުރި ވަޑައިގަތުމުން ޢުޒުރު ވެރިން އެބައިމީހުންގެ ޢުޒުތައް ދެއްކުމަށް އައެވެ. އެހިނދު އެބައި މީހުން ފާޅުކުރި ކަންތައް ބަލައިގަނެ އެކަމުގައި ފޮރުވިފައިވާ އެއްމެހައި ކަންތައްތަށް ﷲ އާއި ވަކީލު ކުރެއްވިއެވެ. އެއަށްފަހުގައި ﷲ އެބައިމީހުންގެ ޙަޤީޤަތް ފާޅުކުރައްވާ އެމީހުންގެ ދޮގު ބަޔާން ކޮށްދެއްވިއެވެ. އެހެނަސް كعب بن مالك ، هلال بن أمية  އަދި  مرارة بن ربيع  މިތިން ޞަޙާބީން ފާޅުކުރީ ތެދުބަސްތަކެވެ. ހެޔޮ، ތެދުވެރި ޢުޒުރުތަކެވެ. އެމީހުންގެ ބަސްތަށް ތެދުކަމުގައި ވިޔަސް އެބައި މީހުންގެ މައްޗަށް އަމުރު ބަޔާންވެގެން ދިޔައީ ސާޅީސް ރެއާއި ދުވާ ވަންދެން އަދި އޭގެ އިތުރަށް ފަންސާސް ރޭގެ މުއްދަތަށް އެއްމެ މީހަކުވެސް އެބައި މީހުންނާއި ވާހަކަ ނުދެއްކުމެވެ. އެމީހުން ތައުބާވެ އެބައިމީހުންގެ އެއްމެހައި ކުށްތަކަށް ޢިޢުތިރާފްވެ ޤާއިމްވުމުންވެސް މި ހަރުކަށި ޢުޤޫބާތް އެބައިމީހުންގެ މައްޗަށް އައެވެ. މަދީނާގެ އަހުލުވެރިންގެ ތެރެއިން އެކަކުވެސް އެބައިމީހުންނާއި މުޚާޠަބު ނުކުރެއެވެ. ފަންސާސް ރެއާއިދުވާގެ މުއްދަތަށެވެ. ﷲ ގެ ވަޙީ އެކަމަށް ބާވައި ލެއްވުނީ ފަންސާސް ރެއަށް ފަހުގައެވެ. ފަސްތޮޅަސް ރޭގެ ފަހުން ވަޙީ ބާވައިލެއްވުނު ކަމުގައި ވީނަމަވެސް ރަސޫލާ އަދި ޞަޙާބީން އެބައިމީހުން ޙަޖަރު ކުރުމުގައި ދެމިތިބޭނެއެވެ. އެބައި މީހުންނަށް ﷲ ގެ ރަޙްމަތް ލިބިގެންދިޔައީ ފަންސާސް ރެއަށް ފަހުގައެވެ. މިތައުބާ ބާވައިލެއްވުމުން މުސްލިމުންނަށް އުފާވެރިކަން ލިބިގެން ދިޔައެވެ.

 

ހަމަކަށަވަރުން ހަވާނަފްސުގެ އަހުލުވެރިންގެ ގިނަ ބަޔަކު އަހަރެމެން ތަޖުރިބާ ކޮށްފީމެވެ. އަހަރެން ރުޖޫޢަ ވެއްޖައީމެވެ. ރުޖޫޢަ ވެއްޖައީމެވެ. އެއަށްފަހު ފެންނާނީ އެތަށް މިތަނުގައި އޭނާގެ އެ ބިދުޢަތަށް ފަތުރަމުން ގެންދާ ތަނެވެ. ފަހެ، މިކަމަށް ހެކި ލިބިދޭ ޙާދިޘާތައް އަހަރެމެން ތަޖުރިބާކޮށްފައި ވެއެވެ. ތައުބާވުމުން އަހަރެމެން އެކަމަށް އުފާކުރަމެވެ. އަދި އެކަމަށް މީސްތަކުންނަށް ހިތްވަރު ދެމެވެ. އެހެނަސް އެތަކެއް އެތަކެއް ފަހަރުމަތިން ތިމަންނަ ތައުބާވެއްޖައީމޭ ބުނެ އަހރެމެންގެ ހަށިގަނޑަށް މިމީސްތަކުން ވަނީ ކަށި ޖަހާފައެވެ. އެއަށްފަހުގައި އެމީހުންގެ އެތައުބާވުމުގައި ތެދުވެރިކަމެއްނެތް ކަމުގައި ހާމަވެގެންދެއެވެ. އެއަށްފަހުގައި އެމީހުންގެ މަކަރުވެރިކަން ދޭހަވެއެވެ. ތައުބާވެ އެކަލާނގެއަށް ރުޖޫޢަވެ މުއްދަތެއްވަންދެން އެގޮތުގައި ދެމިހުރުމުން الحمد لله އޭނާއަކީ އަހަރުމެންގެ އަޚެކެވެ. އަދި އެނާއަށް އަނބުރާ އެމަޤާމް ލިބިދޭނެއެވެ. ކުރީގައި ފެނުނުގޮތް އޭނާގެ ކައިރިން ފެނިއްޖެނަމަ އަހަރެމެން ކުރީގައި އޭނާގެ މައްޗަށް އިންޒާރުދެމުން ދިޔަ ފަދައިން އިންޒާރު ދެމުން ދާނަމެވެ.


ﷲ ޤަންދީބުނަމެވެ. އަހަރެމެންގެ ކަރުގައި އެޅިފައިވާ ކަމެއްވެއެވެ. އެއްމެ ފުރަތައަށްވެސް އޭނާގެ ބަސް ޤަބޫލުކޮށް އޭނާގެ ތެދުވެރިކަމަށް ބަލާލުމެއް ނެތި އޭނާގެ ބަސްތަކުގެ ތެރެއަށް ވަނުމަކީ މިކަމުގައި އަވަސްވެ ގަތުމެވެ. كعب بن مالك އަދި صبيغ ޙާދިޘާގައި ފާޅުވެގެންވާ ފަދައިން ރައްކާތެރި ޙާލަތުގައި ނުތިބޭންވީ ކީއްވެ ހެއްޔެވެ.....؟  
صيانة السلفي من وسوسة و تلبيسات علي الحلبي ސ 489

Like what you see?

Close

Hit the buttons below to follow us, you won't regret it...