5  ސަލަފީ ދަޢުވަތް، އިޚްވާނީ ދަޢުވަތް، ޕާޓީ ދަޢުވަތް މިފަދައިން ބުނުމަކީ ބައިބައި ކުރުމެއް ނޫން - الشَّيْخ مُحمَّد بن عُمر سالم بَازمُول حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ސަލަފީ ދަޢުވަތް، އިޚްވާނީ ދަޢުވަތް، ޕާޓީ ދަޢުވަތް މިފަދައިން ބުނުމަކީ ބައިބައި ކުރުމެއް ނޫން - الشَّيْخ مُحمَّد بن عُمر سالم بَازمُول حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو حنين أحمد توفيق حفظه الله. ކެޓަގަރީ ސަލަފީ ދައުވަތް

الشَّيْخ مُحمَّد بن عُمر سالم بَازمُول حفظه الله   ވިދާޅުވެފައިވެ އެވެ. "އޭނާބުނެއެވެ: އިސްލާމްދީނުގައި ޖަމާޢަތްތަކަށް (ޕާޓީތަކަށް) ބައިބައިވުމެއް ނުވެ އެވެ. އަދި ތިބާ "އައްސަލަފިއްޔާ" އަދި "އަލްއިޚްވާން" މިފަދައިން ބުނުމުން ވެގެންދަނީ ތިބާ މުސްލިމުން ބައިބައިކުރީ ކަމުގަ އެވެ. އަދި ތިބާ އެބައިމީހުން އެކި ބައިބަޔަށް ބަހާލީ އެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސަށް ފެންނަ ރަނގަޅުގޮތުގެ މައްޗަށް ޙިސާބުކުރެ އެވެ. އަދި ނަވު ބަލިވެ ފަހަތަށްޖެހި އެންމެންނާއެކު ޣަރަޤުވެ އެވެ. ﷲ ތިބާމެންނަށް ހިދާޔަތް ދައްކަވާށި އެވެ.
 

އަހަރެން ބުނަމެވެ: އަހަރެން "އައްސަލަފިއްޔާ" އަދި "އިޚްވާނުން" މިފަދައިން ޛިކުރު ކުރުމުން ވެގެންދާގޮތަކީ ރަސޫލާ ﷺ އާއި އެނަބިއްޔާގެ އަޞްޙާބުން އެގޮތެއްގެ މަތީގައި ތިބިގޮތުގެ މަތީގައިވާ މީހުންނާއި އެމަގާ ޚިލާފުވެ ތެދުމަގުން އެއްކިބާވެ ދުރުހެލިވީ މީހުންނާ އަހުރެން ވަކި ކުރީކަމުގަ އެވެ.
 

އެހެނީ އައްސަލަފިއްޔާ ގެ ޝިޢާރަކީ ތަބަޢަވުމެވެ. އަދި އެއީ އެހެންމީހުން ކަންކުރާގޮތާއި ޚިލާފަށް، ރަސޫލާ ﷺ އާއި އެނަބިއްޔާގެ އަޞްޙާބުން އެގޮތެއްގެ މަތީގައި ތިބިގޮތުގައި ހިފެހެއްޓުމެވެ. އަދި އެއީކީ ޙައްޤުގެ އަހުލުވެރީން ބައިބައިކުރީކީއެއް ނޫނެވެ. އަދި ކިއެއްތަ އެ ހެދިގޮތަކީ ޙައްޤުގެ އަހުލުވެރީންނާއި ބާޠިލުގެ އަހުލުވެރީން ވަކިކުރީ އެވެ. އަދި ރަސޫލާ ﷺ ހަމަކަށަވަރުންވެސް ބައިބައިވާނެ ކަމުގެ ޚަބަރު ޛިކުރުކުރައްވާ ބަޔާންކުރައްވާފައިވެ އެވެ. އަދި އެނަބިއްޔާ ﷺ ހުންނެވިގޮތާއި އެނަބިއްޔާގެ އަޞްޙާބުން ތިއްބެވިގޮތާއި ވަކިވާނޭކަން ބަޔާންކުރައްވާފަ އެވެ. އަދި ބާޠިލުގެ އަހުލުވެރީންނާއި ބިދުޢައިގެ އަހުލުވެރީންނަށް ތަޙްޛީރު (އިންޒާރު) ދެއްވާ އެބައިމީހުންނާ ދުރުހެލިވުމަށް ބަޔާންކުރެއްވި އެވެ. އެއީ ނަވު ޣަރަޤުވިޔަ ނުދިނުމަށް އެމީހުންގެ އަތުގައި ހިފުމެވެ. އަދި އެމީހުންގެ ކަންކަމަށް ހިމޭނުން ހުރުމަކީ އަދި އެމީހުންގެ ގޯސްކަން ބަޔާންކުރުން ދޫކޮށްލުމަކީ އެއީ އޭގެ ސަބަބުން ނަވު ޣަރަޤުވުން ގާތްކަމެކެވެ. ﷲ އެކަމަށް އިރާދަ ކުރެއްވުން ފިޔަވަ އެވެ.
 

ތިބާއަށް އިނގޭހެއްޔެވެ؟ އިންސާނަކު ޒަޚަމްވުމުން އެޒަޚަމް ރަނގަޅަށް ފާޅުކޮށް ބަލާ އެތަން ސާފުކޮށް އެތަނަށް ބޭހުން ފަރުވާކުރުމުގެ ބަދަލުގައި ބޭރުފުށުން އެތަނުން ފެންނަން ހުންނަ ޒަޚަމްގެބައި ފޮރުވޭވަރަށް ހަންގަނޑުގެ ވައްތަރަށް އެއްޗެއް އޭގެ މަތީގައި އަޅާ އެތަނަށްވެފައި ހުރިގޮތް ރީތިކޮށް ނަލަކޮށްފިނަމަ އެވެ. ފަހެ އަހަރުމެން އެފަދައިން ކަންތައް ކޮށްފިނަމަ ހަމަކަށަވަރުންވެސް ބަލިމީހާގެ އެތެރޭގައިވާ ޒަޚަމް ޒަޚަމްގެގޮތުގައި އޮވެ ކުރިއަށް ދާނެ އެވެ. އެހެންގޮސް އެޒަޚަމްގަނޑު ބޮޑުވެ އެތަނަށް ފަރުވާކުރަން އުނދަގޫވާ ހިސާބަށް ދެއެވެ. އަދި ފަހަރެއްގައި އޭގެ ސަބަބުން އެއީ އޭނާގެ މަރުކަމުގައިވެސް ވެދާނެ އެވެ.
ފަހެ މިގޮތަށް ކަންކުރުމުގެ މަގަކީ އެއީ ޞައްޙަވެގެންވާ ރަނގަޅު ގޮތެއް ހެއްޔެވެ؟

 

ނަވު ސަލާމަތްކުރުމަށް އަދި ޢާފިޔަތަށް އޮތް ޞައްޙަރަނގަޅު މަގަކީ އެއީ ހެޔޮކަންކަމަށް ގޮވާލައި އަދި މުންކަރާތްތައް މަނާކުރުމެވެ. އަދި ނަޞޭޙަތްތެރިވުމެވެ. ފަހެ އެނޫން އެހެން ގޮތަތައް ފަހެ ނުވާނެއެވެ. ﷲ އިރާދަކުރައްވައިފިއްޔާ މެނުވީއެވެ. (ފަހެ އެބައިމީހުންގެ އަތްތަކުގައި އެބައިމީހުން ހިފަހައްޓައިފިނަމަ އެންމެން ނަޖާވެ ސަލާމަތްވާނެތެވެ.) އަހަރުމެން ﷲއަށް އެދި ދަންނަވަނީ އަހަރެމެންގެ ޙާލަތު ރަނގަޅުކޮށްދެއްވާ އަހަރެމެންނަކީ ހިދާޔަތް ލިބިގެންވާ އަދި އެހެންމީހުންނަށް ހިދާޔަތް ދައްކަން މަސައްކަތް ކުރާ ބައެއްކަމުގައި ލެއްވުމެވެ."
******

ފަތުވާ ނަގާފައިވަނީ : https://goo.gl/d1stWM

Like what you see?

Close

Hit the buttons below to follow us, you won't regret it...