މުސްލިމެއްގެ އަޞްލަކީ ކޮބައިތޯ އެވެ. އޭނާ ޖާހިލެއްގެގޮތުން ވުންތޯ އެވެ. ނުވަތަ އޭނާއަކީ ސަލަފީ އެއް ކަމުގައި ވުންތޯ އެވެ؟ - الشَّيْخُ عَبْدُ الله البُخَارِيْ حَفِظَهُ الله
ސުވާލު : އަހަރެމެންގެ ރަށުގައި މަންހަޖާއި މެދުގައި ޝުބުހާތްތައް އުފައްދައި ފަތުރާފައިވެ އެވެ. ފަހެ، އަހަރުމެން ޝެއިޚް އަރިހުން މި ޝުބުހާތްތައް ކަޝްފުކޮށްދިނުން އެދެމެވެ. ﷲ ޝެއިޚްއަށް ހެޔޮ ޖަޒާދެއްވާށި އެވެ.
ފުރަތަމަ ޝުބުހަތަކީ : މުސްލިމެއްގެ އަޞްލަކީ ކޮބައިތޯ އެވެ. އޭނާ ޖާހިލެއްގެގޮތުން ވުންތޯ އެވެ. ނުވަތަ އޭނާއަކީ ސަލަފީ އެއް ކަމުގައި ވުންތޯ އެވެ؟
ޖަވާބު : ތިޔަ ޝުބުހަ އެތަކެއް ޒަމާނުގެ ކުރިން (ޙައްޤުގޮތް ބަޔާންވެ) ވަނީ މިނިގޮސްފަ އެވެ. الحَمْدُ لله. ބުނަމަވެ. ސުންނަތުގެ ހުރިހައި ދުނިތަކެއް ތިޔަ ޝުބުހާތައް އަމާޒުވެގެން ވެ އެވެ. بَارَكَ اللهُ فِيْكُم. އެހެނަސް އެއްވެސް ޝައްކެތްނުވާ ގޮތުގައި ހަވާނަފްސުގެ އަހުލުވެރިން މީސްތަކުން ޝައްކުތަކަށް ގެންދިއުމަށް މަސައްކަތް ހުއްޓައެއް ނުލަ އެވެ. ސުންނަތުގައި ދެމިތިބުމުގެ އެކިއެކި މައްސަލަތަކަށް އަދި ސަލަފީ މަންހަޖަށް މީސްތަކުންގެ ތެރެއަށް ޝައްކުވެއްދުމުގައި އެބައިމީހުން މީސްތަކުންގެ ތެރެއަށް އޮޅުންބޮޅުންތައް ގެނެ އެވެ. އެހެނަސް މިހާރު ވާޖިބުވެގެންވަނީ އެ ޝުބުހާތްތައް މީސްތަކުންނަށް ބަޔާންކޮށް ކަޝްފުކޮށްދިނުމެވެ. އެއްވެސް ޝައްކެތް ނުވާގޮތުގައި ތިޔަށް އަހަރުމެން ޖަވާބުދޭނަމެވެ. ނުވަތަ ޖަވާބަކަށް ގެންގޮސްދޭނަމެވެ. އެހެނަސް މިގޮތުގައި އަހަރެމެން ދެމިތިބޭނީ ކޮންވަޤުތަކާ ޖެހެންދެން ހެއްޔެވެ؟
ތިޔައީ ސުވާލުކުރި ފަރާތް ކަމުގައި ވިޔަސް ނުވަތަ އެހެންފަރާތެއްކަމުގައި ވިޔަސް، ފަހެ ވާޖިބުވެގެންވަނީ ޞައްޙަވެގެންވާ ސުންނީ ޢިލްމު ހޯދުމުގައި ޤާއިމްވެ ހުރުމެވެ. އަދި އެ ޢިލްމު އިތުރު ކުރުމުގެ، ހޯދާތަކެތީގެ ތެރެއިން އިތުރަށް ހޯދުމަށް އެންމެހެޔޮވެގެންވާ އެއްޗަކީ އެއީ އެވެ. މި ގޮތުން ابن القَيِّم –رَحِمَهُ الله- ވިދާޅުވެފައިވެ އެވެ. "ތިބާ ޒާދު (ބޭނުންވާ ކޮށްތާއި ފެން) އާއި ބެހޭގޮތުން ސުވާލުކުރުމުން، އެ ޒާދުގެ ގޮތުގައިވަނީ ނަބީކަން ޚަތަމްކުރެއްވި ނަބިއްޔާ صلى الله عليه وسلم އަރިހުން ވާރުތަވެގެންވާ ޢިލްމެވެ. އެނޫން ޒާދެއް ތިބާއަކަށް ނުވެ އެވެ. މިޒާދު އިންސާނާ ނުހޯދާނަމަ، އެއާއި ޚިލާފްވާ މީސްތަކުންނާއި އެކުގައި ވުންހުއްޓެވެ. ހެޔޮަމަގުން އެކަހެރިވެގެންވާ، ބޭކާރުގޮތުގައިވާ މީހުންނަކީ ނުހަނު ގިނަ ބައެކެވެ. އެބައިމީހުންގެ ގޮތްތަކުގައި ދެމިހުރުމަކީ އެއްވެސް މަންފާއެއްކޮށްދޭނެ ކަމެއްނޫނެވެ."
އެހެންވުމުން، ޞައްޙަ ސުންނީ ޢިލްމުގެ މަތީގައި ޤާއިމްވެހުރި ކޮންމެ މީހަކަށް ވާޖިބުވެގެންވަނީ މި ޝުބުހާތް އިން ދުރުވެގަތުމެވެ. އެހެނަސް އެއާއިއެކުގައި، ބައެއް ޝުބުހާތްތަކަކީ އެއަށް ރައްދު ދިނުމުގެ ބަދަލުގައި އެބަޔާންކުރުންވެސް ޙައްޤުވެގެން ނުވާ ގޮތުގައިވާ ޝުބުހާތްތަކެވެ. بَارَكَ اللهُ فِيْكُم.
މުސްލިމުންގެ އަޞްލަކީ ޖާހިލުކަންތޯ އެވެ؟ ނުވަތަ މުސްލިމުންގެ އަޞްލަކީ ސަލަފީއެއްކަމުގައި ވުންތޯ އެވެ؟
މިއަށް އަހަރުމެން މީގެ ކުރިން ވާހަކަދައްކާފައިވާނެ އެވެ. އަދި ޚުލާޞާކޮށް އަހަރެމެން ބުނެފައިވާނެ އެވެ. މުސްލިމެއްގެ އަޞްލަކީ އޭނާ ސަލަފީއެއްކަމުގައި ނުވުމެވެ. ބުނަމެވެ. މުސްލިމެއްގެ އަޞްލަކީ އޭނާއަކީ މުސްލިމެއް ކަމުގައި ވުމެވެ. އެމީހެއްގެ އިސްލާމްކަން ޔަޤީންކަމާއެކުގައި ޘާބިތުވެފައިވާ މީހެއްގެ ކިބައިން އޭނާ އިސްލާމްކަމުން ޔަޤީންކަމާއި ޘާބިތުކަމާއެކުގައި ނޫނީ ބޭރުނުކުރެވޭނެ އެވެ. އެމީހަކު ސަލަފީއެއް ކަމުގައި ބުނުމަކީ އިސްލާމްކަމުގެ މައްޗަށް އިތުރަށް ގެނެވޭ ސިފައެކެވެ. އެއީ އަހަރެމެން މިވަނި މީހަކީ ޢަދުލުވެރިއެކޭ ބުނާ ފަދައިންނެވެ. މުސްލިމެއްގެ ގޮތުގައި ނުވާހިނދެއްގައި އެމީހަކީ ޢަދުލުވެރިއެއްކަމުގައި ނުވާނެ އެވެ. ފަހެ، އެހެންވުމުން އެމީހަކު އިސްލާމެއްގެ ގޮތުގައިވެ އެއަށްފަހުގައި އޭނާއަކީ ޢަދުލުވެރިއެއްގެ ގޮތުގައިވުމަށް އެހެން ކަންތައްތަކެއް ގެންނަންޖެހެ އެވެ. ފަހެ، އެހިނދުގައި އޭނާއަކީ ޢަދުލުވެރިއެއްގެ ގޮތުގައި ބުނެވެ އެވެ. މިގޮތުން ޢަދުލުވެރިކަމަކީ އިސްލާމެއް ކަމުގައި ވުމުގެ އިތުރަށް ގެނެވޭ އިތުރު ސިފައެކެވެ. ވުމާއެކު، އޭނާއަކީ ޢަދުލުވެރި މީހެއްގެ ގޮތުގައި ބުނުމަށް އޭނާގެ ޙާލަތު ވަރަށްވެސް ފުރިހަމައަށް އިނގެންޖެހެ އެވެ. އެގޮތުން އޭނާ އަކީ ސަލަފީއެއް ކަމުގައި ބުނުމަށް ނުހަނުބޮޑަށް އޭނާގެ ޙާލަތު އިނގެންޖެހެ އެވެ. އަދި ސަލަފީ އެކޭބުނުމަށް ތަޒްކިޔާ ލިބިގެންވުން ފަދަ ކަންތައް ސަލަފީއެކޭ ބުނުމަށް އޭނާއަށް ލިބިގެންވުމުން އޭނާއަކީ ސަލަފީއެކޭ ބުނެވެ އެވެ. މިއީ ޚުލާޞާކޮށް ބުނާ މިންވަރެވެ. އެހެނަސް އެމީހަކީ މުސްލިމެކޭ ބުނުމުން އޭނާގެ މަތީން ޖާހިލުކަން އުފުލިގެން ދިޔައީތޯ އެވެ؟ ނޫނެކެވެ. އޭނާ އަކީ މުސްލިމެކެވެ. އޭނާގެ ޙާލަތުވަނީ މަޖްހޫލު (ނޭނގިފަ) އެވެ. ފަހެ މިތަނުގައި މިފަދައިން ބުނުމަކީ އޭނާގެ މައްޗަށް ކުޑައިމީސް ބަސްތައް ރައްދުވެގެން ދިއުމެއް ނޫނެވެ. އެހެނަސް އޭނާގެ ޢަދުލުވެރިކަން ފުރިހަމައަށް ޙައްޤުގޮތުގައި އެނިގެން ދިއުމަށް ދާންދެން ނުވަތަ އޭނާ އަކީ ސަލަފީއެއްކަން ސިފަވެގެން ދިއުމަށް ދާންދެން މިފަދައިން ބުނެވޭނެ އެވެ.
ވަރަށްގިނަ މީސްތަކުން މިކަމުގައި އެކިކޮޅުތަކަށް އެނބުރިހަދަ އެވެ. (އެމީހުން ބުނަމުންދަނީ) މުސްލިމުންގެ އަޞްލަކީ އެމީހުންނަކީ އަހުލުއްސުންނަތުގައި ދެމިތިބި ބައެއްގެ ގޮތުގައި ވުމެވެ. މުސްލިމުންގެ އަޞްލަކީ އެބައިމީހުންނަކީ ޢަދުލުވެރިން ކަމުގައިވުމެވެ. މިފަދައިން މުސްލިމުންގެ ތެރެއަށް އެއްވެސް ގޮތެއް ފޮތެއް ނެތް އަޞްލުތައް ޤާއިމްކުރަމުން އެބައިމީހުންދެ އެވެ. ޙައްޤުގޮތް ހޯދާބަލައިފިނަމަ މިކަންތަކުގައި ޢިލްމުވެރިންވަނީ މިގޮތުގައި ނޫންކަން އިނގެ އެވެ. އެބައިމީހުން الإِمَامُ ابن حِبَّانُ – رَحِمَهُ الله- ނަގައިފައި ވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ابن حِبَّانُ އެއީ (ޖަރަޙް ވައް ތަޢުދީލް) ގެ ބާބުގައި މުތަސާހިލް (ދޯދިޔާ) މީހެއްގެ ގޮތުގައި ސިފަކޮށްފައިވަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ابن حِبَّانُ ދެކިފައިވާ ޤަވާޢިދަކީ މުސްލިމެއްގެ އަޞްލަކީ އެމީހެއްގެ މައްޗަށް ޖަރަޙަ އެއް ޘާބިތުވެފައި ނެތްނަމަ އެމީހެއްގެ މައްޗަށް ވަނީ އަދުލުވެރިކަމެވެ. މިހެންވުމުން އިބްން ޙިއްބާން އަކީ މުތަސާހިލް ފަރާތެއްގެ ގޮތުގައި ބުނެވެ އެވެ. އިބްން ޙިއްބާންގެ މުތަސާހިލުކަން (ދޯދިޔާކަން) އެއީ އެންމެނަށް އިނގޭ ކަމެކެވެ. މިއީ މިކަމުގައި ކަނޑައެޅި ބަޔާންވެގެންވާ ޤަވާޢިދެކެވެ.
ދެވަނަ ޝުބުހާތް : މަންހަޖަކީ ޢަޤީދާތެރޭގައި ހިމެނިގެންވާ ކަމެއް، ނުވަތަ ޢަޤީދާއަކީ މަންހަޖުގެ ތެރޭގައި ހިމެނިގެންވާ ކަމެއްތޯ އެވެ؟ ނުވަތަ އެކީ ވަކި ދެ އެއްޗެއް ތޯ އެވެ؟
ޖަވާބު :
މިއަށް އަހަރުމެން ގިނަގުނަ، އެތަކެއް ފަހަރުމަތީން ޖަވާބުދީފައިވާނެ އެވެ.
އަހަރެން ތިބާއަށް ބުނެދެމެވެ. ތިބާއަކީ ފުރިހަމަ ސުންނީ މުސްލިމެއް؟ ބުނަނީ މިފަދައިން ތޯ؟ لا إله إلا الله ކިޔައި އެ ހެކިވާ ހެކިވުމުގައި އެގޮތުގައި ދެމިހުންނަ ތޯ؟ އަދި محمدا رسول الله ކިޔައި އެހެކިވާ ހެކިވުމުގައި ދެމިހުންނަމު ހެއްޔެވެ؟ ޞައްޙަ ޢަޤީދާއެއްގައި ހުންނަމަ އެއިން އޭނާއަށް ޞައްޙަ މަންހަޖެއްގައި ހުރުން ލާޒިމް ކުރާނެ އެވެ.
ތިމަންނަ އަކީ ޢަޤީދާގައި ސަލަފީއަކަށްވެ މަންހަޖުގައި އިޚްވާނީ އެކޭ ނުބުނެވޭނެ އެވެ. ސަލަފީ ޢަޤީދާ އަދި ޖެހުނުކޮންމެ މަންހަޖެއްގައި ހުރެ، ސަލަފީ ޢަޤީދާ، މިއީ އެއްވެސް ފައިދާއެއް ކުރާނެ އެއްޗެއް ނޫނެވެ.
މިފަދަމީހާ ވަނީ އިދިކޮޅު ދެ އެއްޗެއް ޖަމަޢަކޮށްފަ އެވެ. އިސްވެ ބަޔާންވެދިޔަ ސުވާލުގައި ބައެއްމީހުން ބުނެ އެވެ. "ހަމަކަށަވަރުން އަހަރެންނަކީ ޢަޤީދާގައި ސަލަފީ އެކެވެ. އެންމެ ކައިރީ އިޚްވާންނީންނާ އެވެ." ސަލަފީން އެންމެ ކައިރީ ކޮންބަޔާކާ ކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ހަމަކަށަވަރުން ޢަޤީދާ ޞައްޙަކަމުގައި ވުމަކީ އެއަށްފަހު ފުރިހަމަ ވެގެންވާ ޔަޤީންކަމުގައިވާ ލާޒިމްކަމާ އެކުގައި އޭނާގެ މަންހަޖު ޞައްޙަވުމެވެ. الحَسَن البَصْرِيُّ – رَحِمَهُ الله - ވިދާޅުވެފައިވާ ފަދައިން ތިބާއަށް ހެނދުނު، ހަވީރުވާހިނދުގައި ސަލަފީ މަންހަޖުގައި ދެމިހުރުމެވެ.
ފަތުވާ ނަގާފައިވަނީ : http://goo.gl/7x88cD
އެހެނަސް އިޚުވާނީ ހިޒްބީން ވަނީ އެބައިމީހުންގެ ޞަފްހާތަކުގައި މި ޝުބުހަ ފަތުރައި މީސްތަކުން އޮޅުވާލާފައެވެ.
އަހުލުއް ސުންނަތާ ޚިލާފްވި އަހުލުވެރިން ގެނެސްފައިވާ، ޝުބުހާތްތައް ކޮންމެ ޖީލެއްގައި، މީސްތަކުންގެ ތެރޭގައި އެކިއެކި ޒަމާނުގައި އެ ބާޠިލް، ބާޠިލްގެ އަހުލުވެރިން ފަތުރަ އެވެ. މި އަދު އެ ޝުބުހަ ފަތުރާ މީހުންނަކީ، ހަމަ އެ ހަވާނަފްސުގެ އަހުލުވެރިން ނޫންތޯ! ސަލަފީމަންހަޖަށް އަދި ސަލަފީންނަށް އެއްޗެހި ކިޔުމުގެ ގޮތުން މި ޙިޒްބީ ބުނެފައިވެ އެވެ.
سبحان الله ! ތިބާ ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ދީނުގެ ނަމުގައި، ސަލަފުއް ޞާލިޙުންގެ ނަމުގައި ތިބާ ހަދަފައިވާ، އިސްލާމް ދީނުގައި އޮތް ގޮތޭ ބުނެ ތިބާ ހަދާފައިވާ މި ބޮޑު ދޮގު ގެ މައްޗަށް ތިބާ ވިސްނާލުން ހުއްޓެވެ. ޝަރީޢަތުގެ މައްޗަށް ދޮގު ހަދަނީ ކާކުބާ އެވެ؟ މުސްލިމެކޭ ބުނުމުން އެއީ ޢަދުލުވެރި މީހެއްގެ ގޮތުގައި ޝަރީޢަތުގައިވޭ ތޯ އެވެ؟ ޢިލްމުވެރިން ބަސްތައް ބުނެ، އެއަށް ޖަވާބު ދީފައިވާ އިރުގައި، ތިޔަބައިމީހުން އެއަށް ގޮންޖަހާ، އެއީ ދީނުގައިވާ ގޮތޭ ބުނާއިރު، ތިޔައީ ކުރީގެ އިސްވެ ގޮސްފައިވާ ހިޒްބީ، ހަވާނަފްސުގެ އަހުލުވެރިން ދެއްކިފަދަ ވާހަކަތަ ކެވެ.
ތިބާ ޢިލްމުގެ އަހުލުވެރިންނަށްވުރެ މޮޅީތޯ؟