އަތްމަތީ ފޮތް: އިސްލާމްދީނުގައި އުޟްޙިއްޔާ ކަތިލުން - أُسْتَاذ أبو أنس محمد حسن حفظه الله

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
بسم الله الرحمن الرحيم
- އިސްލާމްދީނުގައި އުޟްޙިއްޔާ ކަތިލުން -
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد :
އުޟްޙިއްޔާގެ ތަޢުރީފް : އެއީ އަޟްޙާ ޢީދު ދުވަސްތަކުގައި، ނަޢަމް ސޫފިތަކުން ﷲ އަށް ކުށްތަން ވުމަށްޓަކައި ކަތިލެވޭ ތަކެއްޗަށް ކިޔާ ނަމެވެ .
އުޟްޙިއްޔާ ޝަރުޢު ކުރެވިގެންވާކަމުގެ ދަލީލު : އުޟްޙިއްޔާއަކީ ޝަރީޢަތުގައި އެކަމަށް އަމުރުފުޅު ކުރެވިފައިވާ ކަމެއްގެ ގޮތުގައި ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތުން އަދި އުއްމަތުގެ އިޖްމާޢުއިން ދަލީލު ކުރެވިގެންވާ ކަމެކެވެ.
ކީރިތި ގުރުއާނުގައި އެކަމަށް ވާރިދުވެގެންވާ ދަލީލުތަކުގެ ތެރޭގައި :
الإمام البغوي رحمه الله ވިދާޅުވެފައިވެ އެވެ. "عكرمة، عطاء އަދި قتادة ވިދާޅުވެފައިވެ އެވެ. ނަބިއްޔާ ޢީދުނަމާދު ﷲ އަށް ކުރުން ހުއްޓެވެ. އަދި ޢީދު ދުވަހުގައި ﷲ އަށް އުޟްޙިއްޔާ ޤުރުބާން ކުރުން ހުއްޓެވެ." މި އާޔަތުގައި ޛިކުރުވެގެންވާ ނަމާދަކީ ޢީދުނަމާދު ކަމުގައި އަދި ނަޙްރު ކުރުމަކީ އުޟްޙިއްޔާ ކަތިލުން ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكاً لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ﴾ "ނަޢަމް ސޫފީގެ ތެރެއިން އެކަލާނގެ އެބައިމީހުންނަށް ދެއްވި ތަކެތީގެ މައްޗަށް (އެތަކެތި ކަތިލެވޭ ހިނދުގައި) ﷲ ގެ އިސްމުފުޅު ނަންގަތުމަށްޓަކައި، ތިމަން އިލާހު ކޮންމެ އުއްމަތަކަށްވެސް، ޤުރުބާން ކުރުމެއް ލެއްވީމެވެ."
الإمام ابن كثير رحمه الله ވިދާޅުވެފައިވެ އެވެ. ކޮންމެ އުއްމަތަކަށް ޤުރުބާން ކުރެއްވުމެއް ލެއްވީމެވެ. ޔަޢުނީ ޢީދެއް ލެއްވީމެވެ. އަދިވެސް ވިދާޅުވެފައިވެ އެވެ. މިއާޔަތުގައި ޛިކުރުކުރެވިފައިވާ ޤުރުބާންކުރެއްވުން އަކީ އުޟްޙިއްޔާ ކަތިލުމެވެ.
ނަބިއްޔާ صلى الله عليه وسلم ސުންނަތުގައި ބަޔާންވެގެންވާ ޙަދީޘް ތަކުގެ ތެރޭގައި :
أنس رضي الله عنه ގެ އަރިހުން الإمام البخاري އަދި مسلم رحمها الله ރިވާކޮށްފައިވެ އެވެ. (ضحى النبي ﷺ بكبشين أملحين أقرنين ذبحهما بيده وسمى وكبّر ووضع رجله على صفاحهما) "ނަބިއްޔާ صلى الله عليه وسلم އުޟްޙިއްޔާއަށް ވަރަށްވެސް ހުދު، ދަޅު ފަޅައިފައި ހުރި 2 ކަންބަޅި، ﷲ ގެ އިސްމުފުޅު ޛިކުރުކުރައްވާ ތަކްބީރު ވިދާޅުވެ އަތްޕުޅުން ޤުރުބާން ކުރެއްވި އެވެ. އަދި ޤުރުބާން ކުރެއްވި ހިނދުގައި އެ ކަންބަޅި ބިންމަތީގައި ބާއްވަވައި ފައިންޕުޅު އެރުއްވުމަށްފަހުގައި ޤުރުބާން ކުރެއްވި އެވެ."
އުޟްޙިއްޔާ ކަތިލުމަށް އުއްމަތުގެ އަހުލުވެރިން އިޖްމާޢުވެގެންވާކަން ބަޔާންކޮށް الإمام المغني رحمه الله ވިދާޅުވެފައިވެ އެވެ. "އުޟްޙިއްޔާ ކަތިލުން ޝަރީޢަތުގައި ބަޔާންވެގެންވާ ކަމުގެ މައްޗަށް އެއްވެސް ޚިލާފެއްއޮތް ކަމުގައި ނޭނގެ އެވެ. ފަހެ، ހަމަކަށަވަރުން މުސްލިމުންވަނީ އުޟްޙިއްޔާ ކަތިލުމުގެ މައްޗަށް އިޖުމާޢުވެގެންނެވެ." ( المغني : 9/345)
الإمام العثيمين رحمه الله ވިދާޅުވެފައިވެ އެވެ. "އުޟްޙިއްޔާ ޝަރުޢުކުރެވިގެންވާ ކަމުގެ މައްޗަށް އެންމެހައި މުސްލިމުން އިޖްމާޢުވެގެންވެ އެވެ. އަދި އެއީ ﷲ ގެ ވަޙީބަސްފުޅުގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ އުއްމަތަކަށެވެ." (الشرح الممتع : 7/421)
އުޟްޙިއްޔާ ކަތިލުމުގެ ޙިކްމަތް :
އުޟްޙިއްޔާއަކީ ﷲ އަށް ކުށްތަންވުމަށްޓަކައި އަދި ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް، އެ އިލާހުއަށް ޝުރުކުވެރިވުމަށްޓަކައި އަދި ތަޤްވާވެރިކަން ޙާޞިލް ކުރުމަށް ކުރެވޭ އެންމެ ހެޔޮވެގެންވާ ޢަމަލެކެވެ.
އުޟްޙިއްޔާ އަކީ ﷲ އަށް ކުށްތަންވުމަށްޓަކައި ކުރެވޭ ޢަމަލެއްކަން ބަޔާންވެގެންވާ ބަސްފުޅުތަކުގެ ތެރޭގައި، ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ. لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَاْ أَوَّلُ الْمُسْلِمِينَ﴾ "ނަބިއްޔާ ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ނަމާދާއި، ތިމަން ނަބިއްޔާގެ ޤުރުބާން ކުރުން އަދި ތިމަން ނަބިއްޔާގެ ދިރިހުންނެވުމާއި އަވަހާރަވުން ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެ އިލާހުއަށް އެއްވެސް ޝަރީކަކުނުވެ އެވެ. އަދި ތިމަން ނަބިއްޔާއަށް އަމުރުފުޅު ކުރެވިފައިވަނީ އެގޮތަށެވެ. އަދި ތިމަންނަބިއްޔާއަކީ މި އުއްމަތުގެ މުސްލިމުން ކުރެ އެންމެ ފުރަތަމަ މީހާ އެވެ."
އުޟްޙިއްޔާ އަކީ ﷲ ގެ ޙަޟުރަތުން ތަޤްވާވެރިކަން ޙާޞިލްކުރުމަށް ކުށްތަންކުރެވޭ ޢަމަލެއްކަމުގައި ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި ހިމެނެ އެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿ لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَكِن يَنَالُهُ التَّقْوَى مِنكُمْ ﴾ "އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲ ގެ ޙަޟުރަތަކަށް ނުދާނެ އެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުންގެ ކިބައިން އެ އިލާހުގެ ޙަޟުރަތަށްދަނީ ތަޤްވާވެރިކަމެކެވެ."
އުޟްޙިއްޔާ އަކީ، ނަޢަމްސޫފިތައް ﷲ އަހަރެމެންނަށް ޚިދުމަތް ކުރެއްވި ކަމަށްޓަކައި އެކަލާނގެއަށް ޝުކުރުވެރި ވުމުގެ ގޮތުން ކުރެވޭ ޤުރުބާނެއްކަން ބަޔާންކޮށްދޭ ދަލީލުތަކުގެ ތެރޭގައި ﷲ ގެ ވަޙިބަސްފުޅުވެ އެވެ. ﴿ فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ كَذَلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ ﴾ "އެ އުޟްހިއްޔާއިން ތިޔަބައިމީހުން ކާށެވެ. އަދި އެއަށް އެދޭ ފަޤީރުންނާއި އެއަށް ނޭދޭ ފަޤީރުންނަށްވެސް ތިޔަބައިމީހުން އެއިން ކާންދޭށެވެ. އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު އެތަކެތި ޚިދުމަތްތެރި ކުރެއްވީމެވެ. އެއީ ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކަ އެވެ."
އުޟްޙިއްޔާ ޝަރުޢު ކުރެވިގެންވާ ޙިކްމަތްތަކުގެ ތެރޭގައި އެއީ އަޅާގެ ތަޤްވާވެރިކަން ދައްކައިދޭ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ ذَلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ﴾ "އަދި ﷲ ގެ ޝިޢާރުތައް (ހަދްޔު ކަތިލުމާއި، އުޟްޙިއްޔާ ކަތިލުން، ޙައްޖުގެ ޢަމަލުތަކާއި އަދިވެސް އެނޫން ދީނީ އަމުރުތައް) މާތްކޮށް މަތިވެރިކުރުމުގައިވާ މީހާ ދަންނާށެވެ. ފަހެ އެކަންތައްތައްވަނީ ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ."
އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ޙިކްމަތް ތަކުގެ ތެރޭގައި، އަޅުތަކުން އެބައިމީހުންގެ އަމިއްލަ ނަފްސަށް ހެޔޮކަން ލިބިގަތުންވެ އެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿ وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّهِ لَكُمْ فِيهَا خَيْرٌ ﴾ "ތިޔަބައިމީހުންނަށްޓަކައި ޖަމަލުވެސް ﷲ ގެ ޝިޢާރުތަކުގެ ތެރެއިން ތިމަން އިލާހު ލެއްވީ މެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެ އެވެ."
އުއްމަތުގެ ބައެއް ސަލަފުއް ޞާލިޙުންނަށް ނިސްބަތް ކުރައްވާ الإمام ابن كثير رحمه الله ވިދާޅުވެފައިވެ އެވެ. "سفيان الثوري ވިދާޅުވެފައިވެ އެވެ. أبو حاتم ދަރަންޏަށް ފައިސާ ނަގައި އުޟްޙިއްޔާ ކަތިލުމަށްޓަކައި ޖަމަލުގެންދަވަ އެވެ. އެހިނދުގައި މީސްތަކުން ބުނެ އެވެ. ދަރަންޏަށް ފައިސާ ނަގައިގެން ޖަމަލު ގެންދަވަނީ ތޯ އެވެ؟ أبو حاتم ވިދާޅުވި އެވެ. އަހަރެން ﷲ ވަޙީކުރައްވާފައިވާކަން އަޑުއެހީމެވެ. "އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެ އެވެ."
އުޟްޙިއްޔާ ކަތިލުމުގެ ޙުކުމް:
އުޟްޙިއްޔާގެ ޙުކުމާއި މެދުގައި އުއްމަތުގެ ޢިލްމުވެރިން 2 ޤައުލެއްގެ މައްޗަށް ޚިލާފްވެގެންވެ އެވެ.
ފުރަތަމަ ޤައުލު : އެކަމަށް ތަނަވަސްވެގެންވާ މީހާގެ މައްޗަށް އެއީ ވާޖިބުކަމެއްގެ ގޮތުގައި ވުމެވެ. މި ޤައުލު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ربيعة، الأوزاعي، أبو حنيفة، الليث، الملكية ބައެއް އަހުލުވެރިން، الإمام أحمد ގެ ދެ ރިވާޔަތުންކުރެ އެއްރިވާޔަތެވެ. އަދި މި ޤައުލަކީ شيخ الإسلام ابن تيمية އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ.
الإمام تقي الدين رحمه الله ވިދާޅުވެފައިވެ އެވެ. "އުޟްޙިއްޔާ، ޢަޤީޤާ އަދި ހަދުޔު ކަތިލައި ޤުރުބާން ކުރުމަކީ އޭގެއަގުން ޞަދަޤާތް ދިނުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ. އެގޮތުން ޔަތީމްކުއްޖާއަށް އޭނާގެ މުދަލުން ކަތިލުން ހުއްޓެވެ. އަނބިމީހާއަށް އޭނާގެ ފިރިމީހާގެ މުދަލުން އޭނާއަށާއި ގޭގެ އަހުލުވެރިންނަށް އުޟްޙިއްޔާ ކަތިލުމަށްޓަކައި ފައިސާނެގުން ހުއްދަވެގެންވެ އެވެ. އެއީ އެކަމަށް ފިރިމީހާ ހުއްދަނުދިން ކަމުގައިވިޔަސް އެވެ. އަދި ދަރަނި ޙައްޤުވެގެންވާ ފަރާތުން އެދަރަނި އަދާރުކުރުމަށް ނޭދޭނަމަ، ދަރަނިވެރިޔާ އުޟްޙިއްޔާ ކަތިލުން ހުއްޓެވެ."
الإمام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ދަލީލުތަކުން ބޮޑަށް ފާޅުވެ (ބަޔާންވެގެންވަނީ) ފަހެ އުޟްޙިއްޔާ ގެ (ޙުކުމަކީ) ވާޖިބެވެ. ފަހެ އެއީ އިސްލާމްދީނުގައިވާ އެންމެ ބޮޑެތި ޝިޢާރުތަކުގެ ތެރެއިންވާ ޝިޢާރެކެވެ. އެއީ ދުނިޔެމަތީގައިވާ އެންމެހައި މީސްތަކުންނަށް ބަޔާންވެގެންވާ ޤުރުބާނެކެވެ. ﴿ قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ. لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَاْ أَوَّلُ الْمُسْلِمِينَ﴾ "ނަބިއްޔާ ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ނަމާދާއި، ތިމަން ނަބިއްޔާގެ ޤުރުބާން ކުރުން އަދި ތިމަން ނަބިއްޔާގެ ދިރިހުންނެވުމާއި އަވަހާރަވުން ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެ އިލާހުއަށް އެއްވެސް ޝަރީކަކުނުވެ އެވެ. އަދި ތިމަން ނަބިއްޔާއަށް އަމުރުފުޅު ކުރެވިފައިވަނީ އެގޮތަށެވެ. އަދި ތިމަންނަބިއްޔާއަކީ މި އުއްމަތުގެ މުސްލިމުން ކުރެ އެންމެ ފުރަތަމަ މީހާ އެވެ." ﴿فصَلِّ لِرَبِّكَ وَانْحَرْ﴾ "އަދި އިބަނަބިއްޔާގެ ވެރި އިލާހުއަށް ނަމާދު ޤާއިމްކުރާށެވެ. އަދި އުޟްޙިއްޔާ ޤުރުބާން ކުރައްވާށެވެ." ނަމާދު ކުރުމަށް އަމުރުފުޅު ކުރެއްވި ފަދައިން ޤުރުބާން ކުރެއްވުމަށް އަމުރުފުޅު ކުރެއްވި އެވެ." (سجود التلاوة : 4/29)
الإمام العثيمين رحمه الله ވިދާޅުވެފައިވެ އެވެ. "(އުޟްޙިއްޔާ) ކަތިލުން ވާޖިބުވެގެންވޭ ބުނެފައިވާ ޤައުލަކީ، ވާޖިބުވެގެންވާ ކަމެއް ނޫންގޮތުގައި ބުނެފައިވާ ޤައުލަށްވުރެ ދަލީލުތަކުން ފާޅުވެގެންވާގޮތެވެ." (الشرح الممتع : 7/421)
ދެވަނަަ ޤައުލު: އުޟްޙިއްޔާއަކީ ސުންނަތެވެ. ވާޖިބުވެގެންވާ ކަމެއް ނޫނެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. މި ޤައުލު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި مالك، الشافعي، أحمد، إسحاق، أبي ثور، المزني، ابن المنذر، داود، ابن حزم އަދި މި ނޫނަސް ޖުމްހޫރު ފިޤުހު އަހުލުވެރިންގެ ޤައުލަކީ މި އެވެ.
الإمام ابن باز رحمه الله ވިދާޅުވެފައިވެ އެވެ. އުޟްޙިއްޔާ އަކީ ކިފާޔަތުގެ ސުންނަތެކެވެ. އަދި ބައެއް ޢިލްމުވެރިން އެއީ ފަރުޟު ޢައިނެއް ކަމުގައި ވިދާޅުވެފައިވެ އެވެ." (فتاوى اللجنة الدائمة : 11/394)
އުޟްޙިއްޔާ ގެ ގޮތުގައި ކަތިލެވެނީ ކޮންތަކެއްޗެއް : އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭނީ ނަޢަމްސޫފި އެކަންޏެވެ. އެއީ ޖަމަލު، ގެރި، ޟައަން ބަކަރި އަދި މަޢިޒް ބަކަރި އެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގައިވާ ފަދައިންނެވެ. ﴿ لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ﴾ "ނަޢަމް ސޫފީގެ ތެރެއިން އެކަލާނގެ އެބައިމީހުންނަށް ދެއްވި ތަކެތީގެ މައްޗަށް (އެތަކެތި ކަތިލެވޭ ހިނދުގައި) ﷲ ގެ އިސްމުފުޅު ނަންގަތުމަށްޓަކައެވެ."
ނަޢަމްސޫފި ނޫން އެއްވެސް އެއްޗެއް އުޟްޙިއްޔާއަށް ކަތިނުލެވޭނެކަމުގެ މައްޗަށް އުއްމަތް އިޖްމާޢުވެގެންވާކަން ޢިލްމުވެރިންގެ ޖަމާޢަތެއްގެ އަހުލުވެރިން ބަޔާންކުރައްވާފައިވެ އެވެ. الحافظ النووي (المجموع) (398-8) ގައި އިޖްމާޢު ބަޔާންކޮށްފައިވެ އެވެ. އަދި الإمام ابن عبد البر (التمهيد) (188-23) ގައި އިޖްމާޢު ބަޔާންކޮށްފައިވެ އެވެ.
އުޟްޙިއްޔާގެ ގޮތުގައި ކަތިލާ ތަކެތީގެ ޢުމުރު:
އުޟްޙިއްޔާ، ހަދުޔު، ފިދިޔަ އަދި ޢަޤީޤާ ކަތިލުމުގައި ހުއްދަވެގެންވަނީ ނަޢަމްސޫފި ތަކުންނެވެ. ސަބަބަކީ މިއީ ޝަރުޢު އެކަމަށް ޢައްޔަނު ކޮށްފައިވާ ތަކެތި ކަމުގައިވުމުންނެވެ. އެއީ ޖަމަލު، ގެރި، ޟައަން ބަކަރި އަދި މަޢިޒް ބަކަރި އެވެ.
ޖަމަލު އޭގެ ޢުމުރުން ފަސްއަހަރުވެ ހަވަނަ އަހަރަށް ވަދެފައިވުން.
ގެރި އޭގެ ޢުމުރުން ދެ އަހަރުފުރި ތިންވަނަ އަހަރަށް ވަދެފައިވުން.
ބަކަރި އޭގެ ޢުމުރުން އެއް އަހަރު ފުރި ދެވަނަ އަހަރަށް ވަދެފައިވުން.
الإمام ابن باز رحمه الله ވިދާޅުވެފައިވެ އެވެ. "މިއަށްވުރެ ޢުމުރުގެ ގޮތުން ހަގު އެއްވެސް އެއްޗެއް ނަޢަމް ސޫފީގެ ގޮތުގައި ހަދުޔެއް، އުޟްޙިއްޔާ އަދި ޢަޤީޤާގެ ގޮތުގައި ކަތިނުލެވޭނެ އެވެ." (فتاوى اللجنة الدائمة 378-11)
އުޟްޙިއްޔާގެ ގޮތުގައި ކަތިލުން ހުއްދަވެގެންނުވާ ތަކެތި:
ނަޢަމް ސޫފީގެ ތެރެއިން އެ އެއްޗަކަށް ދިމާވެފައިވާ ކަމެއްގެ ސަބަބުން އެ ތަކެއްޗަކީ އުޟްޙިއްޔާއަށް ކަތިލުމަށް ހުއްދަވެގެން ނުވާނެ ތަކެތި ސުންނަތުގައި ބަޔާންވެގެންވެ އެވެ. އަދި އެފަދަ އެއްޗެއް ކަތިލެވުނު ކަމުގައިވިޔަސް އެއީ އުޟްޙިއްޔާގެ ގޮތުގައި ކަތިލެވުނު އެއްޗެއް ކަމުގައި ނުވާނެ އެވެ.
އެ އެއްޗެއްގެ އަވަރުކަން ފާޅުވެ ބަޔާންވެންވާ އެންމެހައި ނަޢަމްސޫފި ތަކެވެ. ލޮލަށް ނުފެންނަ އެއްޗެއް ކަމުގައިވާނަމަ އުޟްޙިއްޔާގެ ގޮތުގައި ނުކަތިލެވުން މި ބާބުގައި އައުލާވެގެންވެ އެވެ.
އެ އެއްޗެއްގެ ބަލިކަން ފާޅުވެ ބަޔާންވެގެންވާ ނަޢަމް ސޫފި ތަކެވެ.
އެ އެއްޗެއްގެ ކޮރުކަން ފާޅުވެ ބަޔާންވެގެންވާ ނަޢަމް ސޫފި ތަކެވެ.
އެ އެއްޗެއް ދުވަސްވުމުގެ ސަބަބުން ބަލިކަށިވެ ވަރުދެރަވެ ބާރު ނެތިފައިވާ (ސިކުޑި ފިލައިގޮސްފައިވާ) ނަޢަމް ސޫފި ތަކެވެ.
މިކަމަށް ދަލީލު ކުރެވިގެންވާ ދަލީލުތަކުގެ ތެރޭގައި الإمام النسائي އަދި الإمام أحمد ރިވާކޮށްފައިވާ ޙަދީޘް ގައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أربعٌ لا يجْزينَ في الأضاحي : العوراءُ البيِّنُ عورُها ، و المريضةُ البيِّنُ مرضُها ، و العرجاءُ البيِّن ظلعُها و العجفاءُ التي لا تُنْقي) (صحيح الجامع 886) "ހަތަރު އެއްޗެއް އުޟްޙިއްޔާގެ ގޮތުގައި ކަތިލުން ހުއްދައެއް ނުވާނެ އެވެ. އޭގެ ޢަވަރުކަން ފާޅުވެ ބަޔާންވެގެންވާ ޢަވަރު އެތިި، އޭގެ ބަލިކަން ފާޅުވެ ބަޔާންވެގެންވާ ބަލި އެތިި، އޭގެ ކޮރުކަން ބަޔާންވެގެންވާ ކޮރު އެތި، އަދި ދުވަސް ވުމުގެ ސަބަބުން އޭގެ ގައިގެ ބާރުދެރަވެފައިވާ (ސިކުޑި ފިލައިފައިވާ) އެއްޗެވެ."
މި ހަތަރު ސިފައަކީ، އެއިން އެއްވެސް ސިފައެއް އެ އުޟްޙިއްޔާއެއްގައި ހުރެއްޖެ ހިނދުގައި އެ އެއްޗެއް ރައްދުކުރެވޭނެ އަދި އުޟްޙިއްޔާއެއްގެ ގޮތުގައި ކަތިލުން ހުއްދަވެގެންނުވާނެ ސިފަތަކެވެ. އަދި ކަތިލެވުނު ކަމުގައިވިޔަސް، އެއީ އުޟްޙިއްޔާއެއް ކަމުގައި ނުވާނެ އެވެ. އަދި މި ހަތަރު ސިފައިގެ ތެރެއިން ސިފައެއް ލިބިފައިވާ އެއްޗެއް ކަތިނުލެވޭނެ ކަމުގައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ.
الإمام ابن عبد البر رحمه الله (التمهيد) (168-20) ގައި ވިދާޅުވެފައިވެ އެވެ. "ޙަދީޘްގައި ޛިކުރުކުރެވިފައިވާ 4 ސިފަޔައަށް ޢިލްމުވެރިން އިޖްމާޢުވެގެންވެ އެވެ. ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް އޮތްކަމުގައި އެނގިގެންނުވެ އެވެ."
الحافظ النووي رحمه الله (شرح المسلم) (120-13) ގައި ވިދާޅުވެފައިވެ އެވެ. "البراء ގެ ޙަދީޘްގައި ޛިކުރުކުރެވިފައިވާ 4 ސިފައިގެ ތެރެއިން އެއްވެސް ސިފައެއް ހުރެއްޖެ އެއްޗެއް ކަތިލުން ހުއްދަވެގެން ނުވާނެ ކަމުގައި އުއްމަތް އިޖްމާޢުވެގެންވެ އެވެ. އަދި މިފަދަ މާނައިގައި ވި ސިފަތަކަކީވެސް ނުވަތަ މި ސިފަތަކަށްވުރެ ހުތުރުކަން ބޮޑު ސިފަތައް ކަމުގައިވާ ލޯކަނު އެއްޗެއް ކަމުގައި ވުމާއި، އަތްފައި ބުރިވެފައިވުން އަދި މިފަދަ އެންމެހައި ބަލި ސިފަތަކަކީވެސް އެ އެއްޗެއް ކަތިލުމަށް ހުއްދަވެގެން ނުވާނެ ސިފަތަކެވެ."
އެއިން ސިފައެއް އުޟްޙިއްޔާގައި ހުރެއްޖެ ހިނދުގައި އެފަދަ އެއްޗެއް އުޟްޙިއްޔާގެ ގޮތުގައި ކަތިލުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ޚިލާފްއުފެދިފައިވާ ސިފަތަކެއްވެ އެވެ. އޭގެ ތެރޭގައި :
ކަންފަތް ނުވަތަ ކަންފަތުގެ ބައެއް ބުރިވެފައިވުން : ޖުމްހޫރު ޢިލްމުވެރިންގެ ޤައުލަކީ މިފަދަ ސިފައިގައިވާ އެއްޗެއް އުޟްޙިއްޔާގެ ގޮތުގައި ކަތިނުލެވޭނެ ކަމެކެވެ. އެހެނަސް މިފަދައިން ބަޔާންކޮށްފައިވިޔަސް މިއީ މި ޙުކުމާ ދޭތެރޭގައި ބަލައިލުން ހުރި ޤައުލެކެވެ.
އެ އެއްޗެއްގެ ދަޅު ބިދިފައިވާ ނަޢަމްސޫފި :
ދަންނަހުއްޓެވެ. އިސްވެ ބަޔާންކޮށްފައިވާ ސިފަތަކަށް އެ އުޟްޙިއްޔާގައި ފާޅުކަންބޮޑުގޮތުގައި ނުވެ، ކުޑަ މިންވަރަކަށް ހުރެއްޖެ ހިނދުގައި، އުޟްޙިއްޔާގެ ގޮތުގައި ކަތިލުން ހުއްދަވެގެންވެ އެވެ.
الإمام البغوي رحمه الله ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައިވާ "(ބަލިކަން) ފާޅުވެ ބަޔާންވެގެންވާ ތަކެތި" މި ޖުމްލައަށް އިޝާރާތްކުރައްވާ ވިދާޅުވެފައިވެ އެވެ. "މިކަމުން ދަލީލު ކުރެވެނީ، އޭގައިވާ ޢައިބަކީ ކުޑަމިންވަރަކަށް ފާޅުވެފައިވާ ޢައިބެއްކަމުގައި ވެއްޖެ ހިނދުގައި، އެފަދަ ޢައިބަކީ ޢަފޫ ކުރެވިގެންވާ ޢައިބެއް ކަމެވެ." (شرح السنة 120-13)
العلامة صالح الفوزان حفظه الله އަރިހުގައި ސުވާލު ކުރެވުނެވެ.
ސުވާލު : އުޟްޙިއްޔާގައި ހުރުމަށް ވާޖިބުވެގެންވާ ޝަރުޠުތަކަކީ ކޮބައިތޯ އެވެ؟ އަދި މަކްރޫހަ ވެގެންވާ ކަންތައްތަކަކީ ކޮބައިތޯ އެވެ؟
ޖަވާބު : އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ އެތި ވަކި ޢުމުރަކަށް ވާޞިލްވެފައިވާ އެއްޗެއްގެ ގޮތުގައިވުން ޝަރުޠު ކުރެވިގެންވެ އެވެ. ކަންބަޅި (Sheep) ހަމަސް ފުރިފައިވުން، ބަކަރި (goat) އަށް އެއްއަހަރު ފުރިފައިވުން، ގެރި އަށް ދެއަހަރު ފުރިފައިވުން އަދި ޖަމަލަށް ފަސްއަހަރު ފުރިފައިވުމެވެ. އޭތީގެ ބާވަތުން ކޮންމެހެންވެސް މި ޢުމުރު ފުރިހަމަވެފައިވާން ޖެހޭނެ އެވެ. އަދި އޭތީގެ ހަށިގަނޑަށް (މަސްގަޑަށް) އެއްވެސް ޢައިބުކަމެއް ހުރެގެން ނުވާނެ އެވެ. އަދި އެ އެއްޗަކީ އޭގެ ކޮރުކަން ބަޔާންވެގެވާ އެއްޗެއްގެ ގޮތުގައިވެގެންނުވާނެ އެވެ. އަދި ޢަވަރު އެއްޗެއްގެ ގޮތުގައިވެގެން ނުވާނެ އެވެ. އަދި އޭގެ ކަންފަތުގެ ބޮޑުބައި ގޮސްފައިވާ (ބުރިވެފައިވާ) އެއްޗެއްގެ ގޮތުގައިވެގެން ނުވާނެ އެވެ. އަދި އޭގެ ދަޅުގެ ބޮޑުބައި ބިނދިފައިވާ އެއްޗެއްގެ ގޮތުގައިވެގެންނުވާނެ އެވެ. މި ޢައިބުތަކަކީ އުޟްޙިއްޔާ (ނުސުކު) ބާޠިލް (ނަފީ) ކޮށްލާނެ ޢައިބުތަކެވެ.
އިޚްވާނުންނޭވެ. މިއީ އުޟްޙިއްޔާއާ ބެހޭގޮތުން އެކުލަވާފައިވާ ކުޑަ އަތްމަތީ ފޮތެއްގެ ގޮތުގައި ލިޔުމަށް ބޭނުންވާ ފޮތެކެވެ. އެހެނަސް މި ދުވަސްތަކަށް މި ފޮތް މިހާ ހިސާބުން ނިންމާލީ އެވެ. (7-9-2015)