الشَّيْخُ العَلاَّمَة رَبِيْع بِن هَادِيْ المَدْخَلِي حفظه الله އަށް ޢިލްމުވެރިން ދެއްވާފައިވާ ތަޒްކިޔާތައް - ابن العثيمين، ابن باز، النجمي، صالح اللحيدان، صَالِحُ الفَوْزَان، عبيد الجابري، خالد بن عثمان، عبد المحسن العباد
الشَّيْخُ العَلاَّمَة رَبِيْع بِن هَادِيْ المَدْخَلِي حفظه الله އަށް ނިސްބަތްކޮށް އެއްޗެހި ކިޔައިފި މީހާ އޭނާގެ އަމިއްލަ ނަފްސު ފަޟީޙަތް ކުރުން ނޫން ކަމެއް ނުކުރެ އެވެ.
މިކަމުން ބަޔާންވެގެންދަނީ، ޙައްޤު ސަލަފީ ދަޢުވަތާއި، އެ ދަޢުވަތުގެ އަހުލުވެރިންގެ މައްޗަށް ތިބާގެ ހިތުގައި އުފެދިފައިވާ ނަފްރަތެވެ.
الشَّيْخُ العَلاَّمَة الإمام عبد العزيز بن باز رحمه الله ވިދާޅުވެފައިވެ އެވެ.
" الشَّيْخُ محمد أمان الجامي އަދި الشَّيْخُ رَبِيْع بِن هَادِيْ المَدْخَلِي ، މި ދެބޭކަލުންނަކީ ވެސް އަހުލުއް ސުންނަތުގެ ދެ ބޭކަލުންނެވެ. އަދި މި ދެބޭކަލުންނަކީ ހެޔޮވެގެންވާ ބައެއްކަމާ ޢިލްމުވެރި ބައެއްގެ ގޮތުގައި އަހަރެން ދަންނަމެވެ. އަދި މި ދެބޭކަލުންނަކީ ވެސް ޞާލިޙް އަޤީދާގައިވާ ދެބޭކަލުން ކަމުގައި އަހަރެން ދަންނަމެވެ. ފަހެ محمد أمان رحمه الله މިއަހަރު ޝަޢުބާން މަހުގެ 27 ވީ ބުރާސްފަތި ވިލޭރޭ ވަނީ އަވަހާރަވެފަ އެވެ. އޭނާގެ ފޮތްތަކުން ފައިދާ ޙާޞިލް ކުރުމަށް އަހަރެން ވަޞިއްޔަތް ކުރަމެވެ...." http://goo.gl/N3Ogyl
الشَّيْخُ العَلاَّمَة الإمام محمد بن صالح العثيمين رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : ޝެއިޚް ރަބީޢުގެ (ދަރުސްތައް އަޅާފައިވާ ރޯލުތައް) މަނާ ކުރާ މީހުންނާ މެދުގައި ޝެއިޚް ވިދާޅުވަނީ ކީކޭތޯ؟ އެބައިމީހުން އެ ރޯލުތަކުގެ މައްޗަށް ކުރާ ދަޢުވާއަކީ، އެ ރޯލުތަކަކީ އެއިން ފިތުނަވެރިކަން ގެނެސްދޭ ރޯލުތަކެއް ކަމުގަ އެވެ. އެ (ރޯލުތަކުގައި) ސަޢުދީ ޢަރަބިއްޔާގެ ވެރިންނަށް މަދަޙައިގެ ބަސްތައް ބުނެފައިވެ އެވެ.
ޖަވާބު : އަހަރެންގެ ރައުޔަކީ، (އެބައިމީހުން) ގެ ޢަމަލަކީ އެއީ ކުށެކެވެ. އެއީ ބޮޑުވެގެންވާ ކުށެކެވެ. ފަހެ، الشَّيْخُ رَبِيْع އަކީ ސުންނަތުގެ ޢިލްމުވެރިންގެ ތެރެއިން ހިމެނިގެންވާ ފަރާތެކެވެ. އޭނާ (ޝެއިޚް ރަބީޢު) ގެ ޢަޤީދާއަކީ ސަލާމަތްކަމުގައިވާ ޞައްޙަ ޢަޤީދާ އެވެ. އޭނާ (ޝެއިޚް ރަބީޢު) ގެ މަންހަޖަކީ ހެޔޮވެގެންވާ މަންހަޖެވެ....." http://goo.gl/MeDoH5
މިފަދައިން ޢިލްމުގެ އަހުލުވެރިން ބަޔާންކޮށްފައިވީ ހިނދުގައި ތިބާއަށް الشَّيْخُ رَبِيْع ނިސްބަތްކޮށް މީސްތަކުންނަށް އެއީ މަދުޚަލީން ނޭ ބުނެ، ޢައިބުބަސްތައް އެބަޔަކު ނިސްބަތް ކޮށްފައިވާ ތަން ފެނުމުން، ޙަޤީޤަތުގައި މިޢަޢިބު ބަސްތައް ބުނާ މީހުންނަކީ، ޢިލްމުވެރިންގެ ފަހަތުގައި ތިބި ބަޔަކަށް ވާނެ ހެއްޔެވެ؟
الشَّيْخُ العَلاَّمَة أحمد بن يحيى النجمي رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : ޝެއިޚްގެ (أحمد بن يحيى النجمي) ދަރިވަރުންގެ ތެރެއިން ދަރިވަރެއްތޯ ޝެއިޚް ރަބީޢު އަކީ؟
ޖަވާބު : ޝެއިޚް ރަބީޢު މަޢުހަދުގައި ކިޔަވާވިދާޅުވި އެވެ. މަޢުހަދުގައި ކިޔަވާވިދާޅުވި އިރު އަހަރެންނަކީ އޭނާއަށް ކިޔަވައިދިން މީހުންގެ ތެރެއިން އެކަކީމެވެ. އެހެނަސް ޝެއިޚް ރަބީޢު އަކީ އަހަރެންނަށްވުރެ ހެޔޮ މީހެކެވެ. ސަބަބަކީ ޝެއިޚް ރަބީޢު އަކީ ސުންނަތް ދިރުވުމަށްޓަކައި ޖިހާދުކުރެއްވުމުގައިވާ އަދި ބިދުޢަތައް ނައްތާލުމަށް ޖިހާދު ކުރެއްވުމުގައިވާ ބޭކަލެކެވެ. އަދި ބިދުޢައިގެ އަހުލުވެރިންނަށް ރައްދު ދިނުމުގައިވެސް ޖިހާދު ކުރެއްވުމުގައިވާ ބޭކަލެކެވެ. އަދި އަމިއްލަ ނަފްސު މިކަމަށް ޚާއްޞަ ކުރެއްވި އެވެ.
ﷲ ރުހިވޮޑިގަންނަވާ އަދި ލޯބިވެވޮޑިގަންނަވާ ކަންތައްތަކަށް އެކަލާނގެ އަހަރެމެންނަށް ތަޥްފީޤު ދެއްވާނދޭވެ.
(من كتاب ثناء العلماء على الشيخ ربيع، محاضرة في جدة 25-5-1423ه)
الشَّيْخُ العَلاَّمَة صالح اللحيدان حفظه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : ބައެއް ފޮތްތަކުގައި ލިޔެފައި ވަނިކޮށް އަހަރެން ކިޔަމެވެ. އަދި ބައެއް މަޖްލިސްތަކުން އަހަރެން އަޑުއަހަމެވެ. އެއީ ބައެއްމީހުން فضيلة الشَّيْخُ الدكتور رَبِيْع بِن هَادِيْ المَدْخَلِي އަށް އެއްޗެހި ކިޔާ އަޑެވެ. މި ޝެއިޚްގެ މައްޗަށް އެބައިމީހުން އިންޒާރު ދެ އެވެ. އަދި ޢިލްމު ނުނެގުމަށް އެބައިމީހުން ބުނެ އެވެ. އަދި ޝެއިޚް އަކީ އަހުލުއް ސުންނަތް ވަލް-ޖަމާޢަތުގެ މީހެއް ނޫންކަމުގައި އެބައިމީހުން ބުނެ އެވެ. މިހެންވުމުން، މިހާރު އަހަރެން މިވަނީ ހައިރާންކަމެއްގެ ތެރޭގަ އެވެ. މިކަން ބަޔާންކޮށްދިނުމަށް އެދި ޝެއިޚް އަރިއަހުގައި އެދެމެވެ. جزاكم الله خيرا.
ޖަވާބު : އެއްވެސް ޝައްކެތްނުވާ ގޮތުގައި އޭނާ (ޝެއިޚް ރަބީޢު) އަކީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. އޭނާ (ޝެއިޚް ރަބީޢު) އަކީ އަހަރެމެންގެ ޝެއިޚް الشيخ عبد العزيز ގެ ދަރިވަރުންގެ ތެރެއިން މަދީނާގައިވާ ދަރިވަރެކެވެ. އަދި މަދީނާގެ ޔުނިވަރސިޓީގައިވާ އުސްތާޛުންގެ ތެރެއިން އުސްތާޛެކެވެ. އޭނާގެ (ޝެއިޚް ރަބީޢު) ގެ އަޤީދާގައި އަދި އަޚްލާޤުގައި އެއްވެސް ނުބައިކަމެއް ވާ ކަމެއް އަހަރެން ނުދަންނަމެވެ. އަހަރެން ދެކޭ ގޮތުގައި އޭނާ (ޝެއިޚް ރަބީޢު) އަކީ ހެޔޮ، ރަނގަޅު މީހެކެވެ....." http://goo.gl/iTy5MF
الشَّيْخُ العَلاَّمَة د. صَالِحُ الفَوْزَان حفظه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : މީސްތަކުންގެ ތެރޭގައި މިހާރު (أضواء الإسلامية على عقيدة سيد قطب) މި ސުރުޙީގެ ދަށުން ލިޔެފައިވާ ފޮތެއް ފެތުރިފައިވެ އެވެ. މި ފޮތުގެ މުއައްލިފަކީ رَبِيْع المَدْخَلِي ކިޔާ މީހެކެވެ. މި ފޮތާ މެދުގައި ޝެއިޚްގެ ރައުޔަކީ ކޮބައިތޯ؟ އަދި މި ފޮތުގެ މުއައްލިފަކީ ޝެއިޚް ދަންނަ މަޢުރޫފް ފަރާތެއްތޯ؟
ޖަވާބު : އެއްވެސް ޝައްކެތްނުވާ ގޮތުގައި (ތިޔަފޮތުގެ) މުއައްލިފަކީ، ޢިލްމުގެ އަހުލުވެރިންގެ ތެރެއިންވާ ފަރާތެކެވެ. ޖާމިޢަތުލް އިސްލާމިއްޔާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތެކެވެ. އަދި އޭނާ (ޝެއިޚް ރަބީޢު) އަކީ، ޢިލްމުވެރިން ކައިރިން ދަރިވަރުވެފައިވާ ފަރާތެކެވެ. އޭނާ (ޝެއިޚް ރަބީޢު) އަކީ އަހަރެމެން ދަންނަ، އަހަރެމެންނަށް މަޢުރޫފް މީހެކެވެ. الحمد لله އެވެ.
ތިޔަ ފޮތުގައި އޭނާ (ޝެއިޚް ރަބީޢު) ޛިކުރުކުރައްވާފައިވަނީ، (ސައްޔިދު ޤުޠުބް) ގެ ކުށްތަކެވެ. އެއީ ތިބާ އެކަންތައްތައް ޤާއިމްވެ ހުރުމަށް ބަޔާންކުރައްވާފައިވާ ކަންތައްތަކެވެ. އޭނާ (ޝެއިޚް ރަބީޢު) ވަނީ ޞަފްޙާ ނަންބަރުތައް ބަޔާންކުރައްވާފަ އެވެ. ތިބާ އެއެއްޗެހި (ސައްޔިދު ޤުޠުބް) ލިޔެފައިވާ ظلال القرآن ގެ މައްޗަށް ގެންނާށެވެ. އެއަށްފަހު، ތިބާއަށް، (ޝެއިޚް ރަބީޢު) ކުށެއްކުރައްވާފައިވާކަން އެނގިއްޖެނަމަ އެ ކުށް ތިބާ ބަޔާންކޮށްދޭށެވެ. އެހެންނޫނީ، ތިބާއަށް ވާޖިބު ވެގެންވަނީ ޙައްޤު ޤަބޫލުކުރުމެވެ. ވާޖިބުވެގެންވަނީ ޙައްޤު ޤަބޫލުކުރުމެވެ. އޭނާ (ޝެއިޚް ރަބީޢު) ބަޔާންކޮށްފައިވަނީ އޭގައިވާ ނުބައި ކަންތައްތަކެވެ. އެ ކުށްތައް ހުރި ޞަފްޙާތައް ތިބާއަށް ކަނޑައަޅާ ބަޔާންްކޮށްދެއްވާފައިވެ އެވެ. އަދި ތިބާ އެއަށް ރުޖޫޢަވެ، މި ބަސްތައް އޭގެ މައްޗަށް ގެންނާށެވެ. އަދި ތިބާއަށް މުއައްލިފް ކުށްކުރައްވާފައިވާކަން އެނގިއްޖެ ނަމަ މުއައްލިފް އަށް އެކަން ބަޔާންކޮށްދޭށެވެ. ތިބާއަށް جزاك الله خيرا އެވެ. ތިބާއަށް (ޝެއިޚް ރަބީޢު) ގެ ބަސްތައް ފެނުނީ ޙައްޤުގޮތް ކަމުގައި ވުމުން، ތިބާއަށް އެހިނދުގައި ވާޖިބުވެގެންވަނީ ޙައްޤު ޤަބޫލު ކުރުމެވެ. http://goo.gl/PrsmOV
الشَّيْخُ العَلاَّمَة عبيد الجابري حفظه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ﷲ، ޝެއިޚްއަށް ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ.
الشَّيْخُ رَبِيْع بِن هَادِيْ المَدْخَلِي އަކީ، ޝެއިޚުންނަށާއި، ޢިލްމުވެރިންނަށާއި ދަޢުވަތް ދިނުމުގައި ދެމިތިބޭ ފަރާތްތަކަށް ރައްދުދެއްވާ ބަސްވިދާޅުވާ ފަރާތެއް ކަމުގައި ބުނާ މީހާއަށް ޝެއިޚް ވިދާޅުވަނީ ކީކޭތޯ؟
ޖަވާބު : ޝެއިޚް ރަބީޢު އަކީ، ސުންނަތް ނެގެހެއްޓެވުމުގައިވާ، ގަދަފަދަ ދިދައެކެވެ. އެއީ އެފަދަ ޞާޙިބެކެވެ. މީގެ ހެއްކަކީ، އިމާމުން އޭނާ (ޝެއިޚް ރަބީޢު) އަށް ހެޔޮ ބަސްތައްވިދާޅުވެ ތަޒްކިޔާ ދެއްވާފައިވާ ކަމެވެ. މިފަދަ ބޭކަލަކާ މެދުގައި (އަހަރެމެންނާ) ސުވާލުކޮށްގެންވެސް ނުވާނެ އެވެ. އެހެނަސް މި ސުވާލު އަހަރެންނާ ކުރެވުމުން، ކޮންމެހެންވެސް މި ސުވާލަށް ޖަވާބުދޭން ޖެހެ އެވެ.
(ޝެއިޚް ރަބީޢު) އަށް سماحة الإمام الوالد العَلاَّمَة الأثري الفقيه شيخ عبد العزيز بن باز رحمه الله ތަޒްކިޔާ ދެއްވާފައިވެ އެވެ. އަދި (ޝެއިޚް ރަބީޢު) އަށް سماحة الإمام الفقيه المجتهد العلامة شيخ محمد بن العثيمين رحمه الله ތަޒްކިޔާ ދެއްވާފައިވެ އެވެ. އަދި (ޝެއިޚް ރަބީޢު) އަށް ޙަދީޘް ޢިލްމުގައި މިޒަމާނުގެ ދެބަސްވުމެއް ނެތް ގޮތުގައިވާ الإمام المحدث ناصر رحمه الله ތަޒްކިޔާ ދެއްވާފައިވެ އެވެ. އަދި (އަލްބާނީ) ސިފަކުރައްވާފައިވާ ގޮތުގައި، (ޝެއިޚް ރަބީޢު) އަކީ މިޒަމާނުގައި ޖަރަޙް ވައް ތަޢުދީލުގެ ދިދަ ނެގެހެއްޓެވުމުގައިވާ ފަރާތެވެ.
ޝެއިޚް ރަބީޢު އުފުއްލަވާ (ނަގަހައްޓަވާފައިވާ) ދިދައަކީ، ސުންނަތުގެ އަހުލުވެރިން ޖިހާދު ކުރުމުގައި އުފުލާފައިވާ ދިދައެކެވެ. ސުންނަތާއި، ސުންނަތުގެ ދިފާޢުގައި އަދި ސުންނަތުގެ އަހުލުވެރިންގެ ދިފާޢުގައި ނަގަހައްޓާފައިވާ ދިދައެކެވެ. އަދި މި ދިދައަކީ ބިދުޢަވެރިން އެބައިމީހުންގެ މޫނުމައްޗަށް ޖެހިފައިވާ ބޮޑު ކައްޓެއްފަދައިންވާ ދިދައެކެވެ. މިވަޤުތާ ޖެހެންދެން ވެސް، މި ދިދައަށް އެއްވެސް އުނިކަމެއް އެއްވެސް ބަލިކަމެއް އަދި މި ދިދަ ވެއްޓިފައެއް ނުވެ އެވެ. ولله الحمد. މިބަސްތަކުން ތިޔަބައިމީހުންނަށް ބަޔާންވެގެންދަނީ، މިތަނުގައި ކުރެވިފައިވާ ސުވާލުގައި ބުނެފައިވާ ބަސްތައް، ނުކުމެގެން އަންނާނީ، ދެ ބާވަތެއްގެ މީހުންގެ ފަރާތުންނެވެ.
ފުރަތަމަ ބާވަތަކީ : އެބަޔަކަށް އެއްވެސް ފުރުޤާނެއް (ވަކިކުރުމެއް، ތަފާތު ކުރުމެއް) ނޭނގުމުގައިވާ ބާވަތުގެ މީހުންނެވެ. ހިނގަމުންދާ އެއްވެސް ކަމެއް އެބައިމީހުންނަކަށް ނޭނގެ އެވެ. މީސްތަކުން އެއްޗެކޭ ބުނުމުން، އެފަދައިން އެބަޔަކު ބުނެ އެވެ.
ދެވަނަ ބާވަތުގެ މީހުންނަކީ : އެބައިމީހުންނަކީ މި މަގުފުރެދިފައިވާ، ޙައްޤުމަގުން ބޭރުވެފައިވާ އަދި ސުންނަތާ ދެކޮޅު ވިސްނުންތަކުގައި ޤާއިމްކުރުމުގައިވާ އަހުލުވެރިންނެވެ. އެބައިމީހުންގެ މޭތަކަށް ކެތް ނުކުރެވެއެވެ. އެބައިމީހުންނަށް މި ނުނެގުނެވެ. އުނދަގޫވި އެވެ. އެއީ الشَّيْخُ رَبِيْع މީސްތަކުންނަށް ދެއްވާފައިވާ ރައްދުތަކަށެވެ. ޤުޠުބީންނަށާއި އެނޫން މީސްތަކުންނަށް ދެއްވާފައިވާ ރައްދުތަކެވެ. ސައްޔިދު ޤުޠުބްއަށް ދެއްވާފައިވާ ރައްދުތަކުގައި، އޭނާގެ ޖާހިލުކަމާއި، ޙައްޤު މަގުން އެއްކިބާ ވެގެންވާ ކަމާއި، އޭނާ މަގުފުރެދިފައިވުން ބަޔާންކުރައްވާފައިވުމެވެ. އަދި ޙައްޤު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް، ބަޔާންކުރައްވާފައިވާ ޙައްޤު ބަޔާންތައް އެފޮތްތަކުގައިވެ އެވެ. (މި ބަސްތައް އެބަޔަކަށް ކެތް ނުކުރެވުމުން، އެމީހުންނަށް އުނދަގޫ ކަމަކަށް ވުމުން) މިދަފަ ބަސްތަކެއް އެބައެއްގެ ފަރާތުން ފާޅުވުމަކީ، ބީރައްޓެހި ކަމެއް ނޫނެވެ.
ފަހެ، الشَّيْخُ رَبِيْع އަކީ، ޢިލްމު ލިބިގެން، ﷲ އަށް ދަޢުވަތް ދިނުމުގައިވާ އެއްވެސް ފަރާތަކަށް ރައްދުދެއްވި ބޭކަލެއް ނޫނެވެ. ދުވަހަކުވެސް މިކަމެއް ނުކުރައްވަ އެވެ. އަދި އެފަދަ އެއްވެސް މީހެއްގެ މައްޗަށް ބަސްވިދާޅެއްނުވެ އެވެ. އެހެނަސް، (ޝެއިޚް ރަބީޢު) ވަނީ ޢާންމުކޮށް އޭނާގެ މުސްލިމް އަޚުންނާއި ދަރިންނާ އެކުގަ އެވެ. އަދި ޚާއްޞަކޮށް (ޝެއިޚް ރަބީޢު) ވަނީ ޢިލްމު ޙާޞިލްކުރުމުގައިވާ ދަރިވަރުންނާ އެކުގަ އެވެ. އެބައިމީހުންނަށް ނަޞޭޙަތް ދެއްވުމާއި، ޙައްޤުގައި ޤާއިމްކުރެއްވުމާއި، އުނގަންނައި ދެއްވުމާއި، ޝުބުހާތްތައް އައިސްފައިވާ މީހުންނަށް ޝުބުހާތްތައް ސާފުކޮށްދެއްވުމުގަ އެވެ.
އަހަރެމެންނަށް (ޝެއިޚް ރަބީޢު) ގެ ފަރާތްޕުޅުން މި ވަޤުތާއި ޖެހެންދެން އެނގިފައިވަނީ މިފަދައިންނެވެ. http://goo.gl/wDTihm
ދަންނަހުއްޓެވެ. الشَّيْخُ رَبِيْع بِن هَادِيْ المَدْخَلِي އަށް ތަޒްކިޔާ ދިނުމުގައިވަނީ، ޙިޖާޒުގައި ނުވަތަ ނަޖްދުގައިވާ ޢިލްމުގެ އަހުލުވެރިން އެކަންޏެއް ނޫނެވެ. އަދި ކިޔެއްތޯ އެވެ. ދުނިޔޭގެ އެންމެހައި ހިސާބުތަކުގައި ޙައްޤު މަގުގައިވި ޢިލްމުވެރިން الشَّيْخُ رَبِيْع بِن هَادِيْ ގެ ޤަދަރާއި، މަތިވެރިކަމުގެ މައްޗަށް ހެކި ދެއްވާފައިވެ އެވެ.
الشَّيْخُ خالد بن محمد بن عثمان حفظه الله ވިދާޅުވެފައިވެ އެވެ.
"އަހަރެމެންނަށް މިއަދާ ޖެހެންދެން الشَّيْخُ رَبِيْع ގެ ފަރާތްޕުޅުން ފެނިފައިވަނީ، ދަލީލު الشَّيْخُ رَبِيْع އަށް ބަޔާންކޮށްދެވިއްޖެ ހިނދުގައި، ނުހަނު އަވަހަށް އެ ދަލީލުގައިވާ ގޮތަށް ރުޖޫޢަވެވަޑައިގަންނަވާ ފަރާތެއްގެ ގޮތުގަ އެވެ. ޤުރުއާނާއި ސުންނަތް އަދި މި އުއްމަތުގެ ސަލަފުންގެ އަޘަރުތަކުގައިވާ ގޮތާ ޚިލާފު ވެއްޖެ ޙާލަތުގައި، އަމިއްލަ ބަސްފުޅު ދޫނުކުރައްވާ އެގޮތުގައި ނުހުންނަވަ އެވެ. އަހަރެން ބުނެފައިމިވާ ބަސްތަކުގެ ތެދުކަން، އަހަރެންނަށް الشَّيْخُ رَبِيْع އާ އެކުގައި ހިނގާދިޔަ އެއް ޙާދިޘާ ބަޔާންކުރަމެވެ.
1423 ވަނަ އަހަރުގެ 1424 ނުވަތަ އަހަރުގެ ފިޠުރު ޢީދު ދުވަހުގައި، ކިޔަވާކުދިންނާއި ޒިޔާރާތްކުރި ކުދިންގެ ޢަދަދު ގިނަކަމާ އެކު، الشَّيْخُ رَبِيْع ގެ ގެކޮޅުގައިހުރި މަކްތަބާވަނީ ފުރިފަ އެވެ. އެތަނަށް ޙާޟިރުވެ އިން އެކަކު، الشَّيْخُ رَبِيْع އަށް ޢީދުގެ ތަޙްނިޔާ ދެންނެވުމުގެ ގޮތުން تقبل الله منا ومنكم ޝެއިޚްއާ މުޚާޠަބުކޮށް ދެންނެވި އެވެ. އެހިނދު ޝެއިޚް ނުހަނު އަވަސްކަމާ އެކު ވިދާޅުވި އެވެ. الإمام أحمد ތިޔަ ބަސް އިސްވެ ވިދާޅެއްނުވެ އެވެ. އެހެނަސް މީހަކު ތި ފަދައިންބަސް ބުނުމުން އެއަށް ޖަވާބު ދެއްވުމުގެ ގޮތުން ވިދާޅުވެ އެވެ.
އެހިނދު އަހަރެން އެތަނުގައި އެއްޗެއް ދެންނެވުމަށް އެދި الشَّيْخُ رَبِيْع އަރިއަހުގައި އިޛުނަދެއްވުން އެދި ދެންނެވީ މެވެ. އަދި އަހަރެންނަށް ކުރުމަށް ހުއްދަ ދެއްވި އެވެ. –އަހަރެން އެމަޖްލިސްގެ އެއްފަރާތުގައި އިށީނދެ އިނީމެވެ-.
الشَّيْخُ رَبِيْع އިޛުނަ ދެއްވުމާއެކު، އަދި އަހަރެން ދެންނެވީމެވެ. جبير بن نُفير ގެ އަރިއަހުން އަޘަރެއް ވާރިދުވެގެންވެ އެވެ. އެ އަޘަރުގައިވަނީ "ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީން، ޢީދުގައި ބައްދަލުވެ ވަޑައިގަންނަވާ ހިނދު އެއްބަޔަކު އަނެއްބަޔަކަށް تقبل الله منا ومنكم ވިދާޅުވެ އެވެ. ޝެއިޚް ވިދާޅުވި އެވެ. "(ތި އަޘަރު) ޞައްޙަކުރީ ކާކު ކާކުހެއްޔެވެ؟" އަހަރެން ބުނީމެވެ. الشيخ الألباني رحمه الله ލިޔުއްވާފައިވާ ފޮތް "تمام المنة" ގައި ޞައްޙަ ކުރައްވާފައިވެ އެވެ." ޝެއިޚް ވިދާޅުވި އެވެ. "އެ ފޮތް އަހަރެންގެ އަތަށް ގެނެސްދޭށެވެ." ފަހެ، އެހިނދުގައި އަހަރެން ފޮތް ގެނެސް ދިނީމެވެ. އެފޮތް ނެންގެވުމަށްފަހުގައި، ފޮތް ވިދާޅުވި އެވެ. އަދި ވިދާޅުވެ ނިމިވަޑައިގަތުމަށްފަހު ވިދާޅުވި އެވެ. "އެހެންވުމުން އަހަރެމެން އެފަދައިން ކިޔާނަމެވެ."
الشَّيْخُ خالد بن محمد بن عثمان حفظه الله ވިދާޅުވެފައިވެ އެވެ. "އެބައިމީހުންނަށް (ޝެއިޚް ރަބީޢު އަލް-މަދްޚަލީއަށާއި އެގޮތުގައި ޤާއިމްވެ ތިބި ޢިލްމުވެރިންނަށާއި އެހެނިހެން މީސްތަކުންނަށް) ނިޞްބަތްކޮށް "މަދްޚަލީން" ކިޔުމާ އެއްވެސް ގުޅުމެއް ނުވެ އެވެ. އެހެނަސް އެއީ ޤުޠުބީން ހަދައިފައިވާ ބޮޑު ބުހުތާން ދޮގުބަސްތަކެވެ."
ބައްލަވާ : لا وجود لِمَن يُسَمَّوْن بـ: "المداخلة" إنما هي فرية افتراها القطبيون] منقول من صفحة ربيع السنة
އިޚްވާނުންނޭވެ. މި ބައިގަނޑުގެ ޙާލަތް ދެނެގަތުން ހުއްޓެވެ. މިބައިމީހުންނަކީ އެއްވެސް ޖަމާޢަތެއް އެއްވެސް ފިރުޤާއެއް ގޯސްވާނެ ބައެއް ނޫނެވެ. ޙައްޤަކީ އެންމެ އެއްޗެއް އެންމެ މަންހަޖެއްގެ ގޮތުގައިވާއިރު މިބައިމީހުންގެ ސަފުތަކުގައި، އެންމެހައި ވައްތަރު އެންމެހައި ބާވަތްތަކުގެ މީސްތަކުން ނެތް މިބައިމީހުން ހިންގާ ފޯރަމުތަކުގައި، ބުލޮޤުތަކުގައި ޤުޠުބީންގެ މިބަސްތައް ޖަހައިފައިވެ އެވެ. ހެއްޔެވެ؟
الشَّيْخُ العَلاَّمَة عبد المحسن العباد حفظه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ސުވާލު : މި ސުވާލު ޝެއިޚް އަރިއަހުގައި މި ކުރަނީ، ރިކޯޑުކޮށް މީސްތަކުންގެ ތެރެއަށް ފެތުރުމަށެވެ. އެއީ މީގެ އިދިކޮޅު ބަސްތަކެއް އެބައިމީހުން ފަތުރާފައިވާ ފަދައިންނެވެ.
ފަޟީލަތުއް ޝެއިޚް އެވެ. ބަލިކަށި (ޙަސަދަވެރިކަމާއި، ރުޅިވެރިކަމުގެ) ދިދައިގެ އަހުލުވެރިންތަކެއް ފާޅުވެ، އެބައިމީހުން ބުހުތާން ދޮގު ބަސްތަކެއް ޝެއިޚްއަށް ނިސްބަތްކޮށް ބުނަމުންދަނީ "ޝެއިޚް ދެއްވާފައިވާ ދަރުސްތަކުގެ ތެރެއިން ދަރުސެއްގައި، ޝެއިޚް ރަބީޢުގެ މައްޗަށް، ޝެއިޚް (عبد المحسن العباد) އެއްޗެހި ވިދާޅުވެފައިވާ ކަމެވެ." މިބައިމީހުންގެ މި ބަސްތަކުގެ ޙަޤީޤަތަކީ، ޢިލްމުވެރިންގެ މައްޗަށް (ދޮގުބަސްތައް ހަދައި) ޢިލްމުވެރިންގެ މައްޗަށް ޚިލާފް ގެނައުމެވެ.
ޝެއިޚް މިކަމަށް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟ އަދި މި ނުބައި ކަންތައް ކުރާ މީހުންނަށް ވިދާޅުވާ ބަސްފުޅަކީ ކޮބައިތޯ އެވެ.
އަހަރެމެން ބޭނުންވަނީ، ޝެއިޚްގެ މިބަސްތައް ރިކޯޑުކޮށް، ފެތުރުމަށެވެ. އެއީ އެމީހުން ކޮށްފައިވާ ބާޠިލް ކަންތައް މީސްތަކުންނަށް ބަޔާންކޮށްދިނުމަށެވެ.
ޖަވާބު : الشَّيْخُ رَبِيْع އަކީ، މިޒަމާނުގައި ޢިލްމުގައި މަޝްޣޫލުވެ އުޅުއްވާ ބޭފުޅެކެވެ. އޭނާ ނުހަނު ހެޔޮވެގެންވާ މަސައްކަތް ކުރައްވާފައިވެ އެވެ. ނުހަނު ބޮޑެތި މަސައްކަތްތައް ކުރައްވާފައިވެ އެވެ. މާނައަކީ : ސުންނަތް ބަޔާންކޮށްދެއްވާ (ސުންނަތް) ފެތުރުއްވުމުގަ އެވެ. އަދި ނުހަނު ހެޔޮވެގެންވާ ފޮތްތައް، ރަނގަޅު ބޮޑެތި ފޮތްތައް ލިޔުއްވާފައިވެ އެވެ. އެހެނަސް މި ފަހުގެ ދުވަސްތަކުގައި އެކަންކަމުގައި މަޝްޣޫލުވެ އުޅުއްވުމަށް އެންމެ އެކަށީގެން ނުވާ ކަންތައްތަކުގައި މަޝްޣޫލުވެ އުޅުއްވާފައިވެ އެވެ. އޭނާ (الشَّيْخُ رَبِيْع) އަށް އެދެވިގެންވަނީ، އެންމެ ކުރީއްސުރެ މަޝްޣޫލުވެ އުޅުއްވި ކަންތައްތަކުގައި އުޅުއްވުމަށެވެ. އެއީ ފައިދާކޮށްދެނިވި، ފޮތްތައް ލިޔުއްވުމުގައި ގަދައަޅުއްވާ ބުރައަޅުއްވާ މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިހުންނެވުމަށެވެ. ފަހުގެ ދުވަސްތަކުގައި އަހަރެމެން އެކަންތައްތަކަށް މުވާފަޤާ ނުވާނެ ބައެއް ކަންތައްތައް ފާޅުވެފައިވެ އެވެ. ﷲ އަހަރެމެންނާއި އެނާއަށް އެންމެހައި ހެޔޮކަންތައްތަކަށް ތަޥްފީޤު ދެއްވާނދޭވެ. އަދި އެންމެހައި މީސްތަކުންގެ ނިމިދިއުމަކީ، ހެޔޮވެގެންވާ ނިމިދިއުމެއްގެ ތަޥްފީޤު ދެއްވާނދޭވެ.
އަހަރެން އޭނާ (الشَّيْخُ رَبِيْع) އަށް އެއްޗެހި ނުކިޔަމެވެ. އަދި އޭނާގެ މައްޗަށް (މީސްތަކުންނަށް) އިންޒާރެއް ނުދެމެވެ. އަހަރެން އޭނާ (الشَّيْخُ رَبِيْع) އާ މެދުގައި ބުނަނީ، އޭނާ (الشَّيْخُ رَبِيْع) އަކީ ފުރިހަމަ ޤާބިލްކަން ލިބިވަޑައިގެންވާ ޢިލްމުވެރިންގެ ތެރެއިންވާ ފަރާތެއް ކަމެވެ...... އަހަރެން ދެކެނީ الشَّيْخُ رَبِيْع އަކީ އިތުބާރުހިފޭ، ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއް ގޮތުގަ އެވެ. އޭނާ (الشَّيْخُ رَبِيْع) ގެ ފައިދާ ނުހަނު ބޮޑުވެގެންވެ އެވެ...." http://goo.gl/CFM8Jg
އިޚްވާނުންނޭވެ! މި އުއްމަތަށް ފަހުގެ ދުވަސްތަކުގައި ފާޅުވި ސުންނަތުގެ، ސަލަފީ އެންމެހައި ޢިލްމުވެރިން އެ ޢިލްމުވެރިއަކަށް ޘަނާ، މަދަޙައިގެ، ހެޔޮ ބަސްތައް ވިދާޅުވެފައިވާ އެކަކީ الشَّيْخُ رَبِيْع بِن هَادِيْ المَدْخَلِي އެވެ. އެހެނަސް މިއީ ވަކިބައެއްގެ ލަގޮނޑިއަށް ކެތްކުރެވޭނެ ކަމެއްކަމުގައި ނުވާނެ އެވެ. ވާނީވެސް އެހެންނެވެ. الشَّيْخُ العَلاَّمَة عبيد الجابري ވިދާޅުވެފައިވާ ފަދައިން، ޤުޠުބީންނަށް الشَّيْخُ رَبِيْع ރައްދުދެއްވާ، އެމީހުންގެ ނުބައިކަން ބަޔާންކޮށްދެއްވާފައި ވުމަކީ އެބައިމީހުން ހަޖަމްކުރަން ނުކުޅަދާނަވެގެންވާ ކަމެކެވެ.
سيد قطب އޭނާ ލިޔެފައިވާ ޤުރުއާނުގެ ތަފްސީރުގައި ބުނެފައިވެ އެވެ.
"މިއަދު މި ބިންމަތީގައި މުސްލިމް އެއްވެސް ދައުލަތެއް ނުވެ އެވެ. އަދި (މިއަދު މި ބިންމަތީގައި) މުސްލިމް މުޖުތަމަޢެއް ނެތެވެ." ظلال القرآن 4-2122
އެމީހުންގެ އިސްލީޑަރ، އެންމެބޮޑު ޝެއިޚް ކަމުގައި ދަޢުވާ ކުރި މީހާ، ދިވެހިރާއްޖޭގެ އެއިރުގެ ވެރިޔާ މައުމޫން ޢަބްދުލް ޤައްޔޫމު ކާފަރުކޮށް، ޤުރުއާނުގައި ބާވައިލައްވާފައިވާ އާޔަތްތައް އެ ވެރިޔާގެ މައްޗަށް ގެނެސް، އެއީ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ބުނެ ހެދިއިރު، އެބައިމީހުންނަށް އެ އިންސާނާވީ ޢިލްމުވެރިއަކަށެވެ.
ސައްޔިދު ޤުތުބުގެ މި މަންހަޖާއި މި ޢިލްމަށް ދަޢުވާ ކުރި މީހާގެ މަންހަޖާ ހުރި ތާފަތު ވިސްނާލާށެވެ!
އަދިވެސް މި މީހުންގެ އެންމެ ބޮޑު އިމާމް ކަމުގައި އެބައިމީހުން ދަޢުވާކުރި މި އިމާމް ބުނެފައިވަނީ: ދިވެހިރާއްޖޭގައި ހުރި އެއްވެސް މިސްކިތެއްގައި ފަރުޟު ނަމާދު ނުކުރެވޭނެ ކަމަށާއި، އެއިން އެއްވެސް މިސްކިތެއްގެ އިމާމެއްގެ ފަހަތުގައި ނަމާދު ނުކުރެވޭނެކަން އަންގައި، ހުކުރު ކުރުމާއި، ޢީދުކުރުން އެއީ ހުއްދަވެގެންވާނެ ކަމެއް ނޫންކަން ބަޔާންކޮށްދިން މި މިހާ އެއީ އެބައިމީހުންނަށް ދަންނަބޭކަލެއް އަދި ޢިލްމުވެރިއަކަށް ވެދިޔަ އެންމެ ބޮޑު މީހާއެވެ.
މިއީ ސައްޔިދު ޤުޠުބް އަދި އޭނާއަށް ތަބަޢަވި މީސްތަކުންގެ ފިކުރު ނޫންތޯ އެވެ. ދަންނަ މީހުންނާއި، ނުދަންނަ މީހުން، އެނގި ބަޔާންވި މީހުންނާއި ތަންދޮރު ފިލާފައިނުވާ އެންމެހައި މީސްތަކުން ކާފަރު ކުރުމުގައިވި މީހާ، މި މީސްތަކުންގެ ގާތުގައި އެއީ މުޖައްދިދެކެވެ. ސުންނީ އިމާމެކެވެ.
މި މަގުފުރެދުމުގެ ފަހަތުގައި އޮތީ ކޮން މަގުފުރެދުމެއް ތޯ އެވެ؟
މުޖުތަމަޢުގެ ވެރިންނާއި ރައްޔިތުން ކާފަރުކޮށް އެމީހުން ފިޔަވައި އެންމެހައި މީސްތަކުންނަކީ މުރުތައްދުވެފައިވާ ބައެއްކަމުގައި ބުނި، ސައްޔިދު ޤުޠުބް އެއީ ޢިލްމުވެރިއަކަށް ހަދާފައިވި ބަޔަކު، އެ ޖާހިލު ސައްޔިދު ޤުޠުބަށް ރައްދުދީ، އޭނާގެ ޙަޤީޤަތް ކަޝްފުކޮށް ދިނުމުން، އެމީހުން އެމީހަކު ސިފަކޮށްފައިވަނީ، މަދްޚަލީ ނުވަތަ ޖާމިޢީ ނުވަތަ އެފަދަ ޢައިބު ލަޤަބު ތަކުންނެވެ.
ޝެއިޚް ރަބީއަށް އަދި މި އިމާމް ފަދަ އެހެން ޢިލްމުވެރިންނަށާއި އެ ސަލަފީ ދަޢުވަތައް ތަބަޢަވީ މީސްތަކުންނަށް މަދްޚަލީ އޭ ބުނެފައިވަނީ މި ޤުޠުބީންނެވެ.
މި ނުބައިވެގެންވާ ޢަޤީދާ ރާއްޖޭގައި މިއަދުވެސް އުފުލަމުންދާ ބަޔަކު ތިބި ކަމުގެ ޙަޤީޤަތް ބައްލަވާ!
އާންމުކޮށް މީސްތަކުން، އެއްވެސް ޝަރުތެއް ޙުއްޖަތެއް ނެތި، ކާފަރު ކުރުމުގައި ވާ
މި މީސްތަކުން މިއަދު މަދްޚަލީ، އަދި އެހެން ނަންތަކުން ގޮވުމަކީ ބީރައްޓެހި
ކަމެއް ނޫނެވެ.
ތަކްފީރީ މި ފިކުރު ދިވެހިރާއްޖޭގެ މި ބިމުގައި ފަތުރައި، މި އޮށް އިންދި އެކަކުވެސް އެބައިމީހުންނަށް އެއީ ބާޠިލްގެ އަހުލުވެރިންނަކަށް ނުވެ އެވެ. އެހެނަސް އުއްމަތް އެބަޔަކަށް ތަޢުރީފާއި ޘަނާގެ ބަސްތައް ބަޔާންކޮށްފައިވާ އަހުލުވެރިން އެބައިމީހުންނަށް ވެގެންދަނީ، ހަޑި މުޑުދާރު ލަޤަބުތަށް ދެވޭ ބައެއްގެ ގޮތުގަ އެވެ.
الشَّيْخُ خالد بن محمد بن عثمان حفظه الله ވިދާޅުވެފައިވެ އެވެ.
"އެބައިމީހުންނަށް (ޝެއިޚް ރަބީޢު އަލް-މަދްޚަލީއަށާއި އެގޮތުގައި ޤާއިމްވެ ތިބި ޢިލްމުވެރިންނަށާއި އެހެނިހެން މީސްތަކުންނަށް) ނިޞްބަތްކޮށް "މަދްޚަލީން" ކިޔުމާ އެއްވެސް ގުޅުމެއް ނުވެ އެވެ. އެހެނަސް އެއީ ޤުޠުބީން ހަދައިފައިވާ ބޮޑު ބުހުތާން ދޮގުބަސްތަކެވެ."
މިފަދަބަޔަކު ޢިލްމުވެރިން އެފަރާތަކަށް އެފަދަ ޘަނާ، ހެޔޮބަސްތަކެއްް މުޚާޠަބު ކޮށްފައިވާ ފަރާތަކަށް އެފަދަ މުޑުދާރު ބަސްތައް ބުނުމަށް ލަދެއް ގަންނާނެ ހެއްޔެވެ.
އާއެކެވެ. އެބައިމީހުން އަމިއްލައަށް އެބައިމީހުންގެ ޙާލަތު ކަޝްފުކުރުން ނޫންކަމެއް ނެތެވެ.
އެންމެހައި އަޚުންނޭވެ! އެންމެހައި ޒަމާންތަކުގައި ޙައްޤުުގެ އަހުލުވެރިންގެ ސިފަތަކުގެ ތެރޭގައި، ޙައްޤުގެ އަހުލުވެރިންދެކެ ލޯބިވުން ހިމެނިގެންވެ އެވެ. އަދި ބާޠިލް އަހުލުވެރިންގެ ސިފައަކީ ބިދުޢައިގެ އަހުލުވެރިންދެކެ ލޯބިވުމެވެ.
الإمام أبوحاتم الرازي رحمه الله ވިދާޅުވެފައިވެ އެވެ. "ބިދުޢައިގެ އަހުލުވެރިންގެ ޢަލާމަތްތަކުގެ ތެރޭގައި އަހުލުއް އަޘަރުގެ (އަހުލުއް ސުންނަތު ގެ) އަހުލުވެރިންނަށް އެއްޗެހި ކިޔުން ހިމެނެ އެވެ." عقيدة السلف 118
الإمام أبو زرعة رحمه الله ވިދާޅުވެފައިވެ އެވެ. "ތިބާއަށް ކޫފާގެ އަހުލުވެރިޔަކު سفيان الثوري އަށް އަދި زائدة އަށް ބަދުބަސް ބުނާތަން ފެނިއްޖެ ނަމަ އެއީ ރާފިޟީ އެއް ކަމުގައި ތިބާ ޝައްކެއްވެސް ނުކުރާށެވެ. (މާނައަކީ އެފަދަ މީހާއަކީ ބޮޑު ރާފިޟީއެކެވެ.) އަދި ތިބާއަށް ޝާމްގެ އަހުލުވެރިޔަކު مكحول އަދި الأوزاعي އަށް ބަދުބަސް ބުނާތަން ފެނިއްޖެނަމަ އެމީހާއަކީ ނާޞިބީ އެއްކަމުގައި ތިބާ ޝައްކެތްވެސް ނުކުރާށެވެ. އަދި ތިބާއަށް ޚުރާސާނުގެ އަހުލުވެރިއަކު عبد الله بن المبارك އަށް ބަދުބަސް ބުނާތަން ފެނިއްޖެ ނަމަ، އެމީހާއަކީ މުރުޖީއެއް ކަމުގައި ޝައްކެތް ނުކުރާށެވެ. އަދި ތިބާ ދަންނާށެވެ. މި އެންމެހައި ޕާޓީ، ޖަމާޢަތްތައް ޖަމަޢަވެފައިވަނީ أحمد بن حنبل އަށް ރުޅިވުމުގަ އެވެ." طبقات الحنابلة 1/199-200
ﷲ ގެ ޝަރީޢަތް ދޫކޮށް، އެ ޝަރީޢަތުގެ މައްޗަށް މީސްތަކުންނަށް ޙުކުމް ކުރުން ދޫކޮށް، އެބައިމީހުންގެ އަމިއްލައަށް ހަދައިފައިވާ މަޛްހަބުތަކާއި އެބައިމީހުން އަމިއްލައަށް ހަދައިފައިވާ ޤަވާޢިދުތަކަށް ޙުކުމް ކުރާ މީހުން އެއީ ޢިލްމުވެރިން ބާވަ އެވެ.
އިޚްވާނުންނޭވެ!
ބައްލަވާށެވެ. މިއަދު ޢިޚްވާނުލް މުސްލިމީން އެއީ އެބަޔަކަށް ޢިލްމާއި ޙިލްމު އަދި ދީނުގައިވާ ހެޔޮބައެއް ކަމުގައި ވިސްނިފައިވަނީ ކިހިނަކުން ބާވަ އެވެ.
އިޚްވާނުލް މުސްލިމީންގެ އެއްލީޑަރ ކަމުގައިވާ علي عشماوي ބުނެފައިވެ އެވެ. "އަހަރެމެންނާ އެކުގައި ބައިވެރި ވެއްޖެ މީހަކީ ފަހެ، މުސްލިމެކެވެ. އަހަރެމެންނާ ދެކޮޅުވެރި ވެއްޖެ މީހަކީ، ފަހެ ހަމަކަށަވަރުން އެމީހެއްގެ ނަފްސުގެ މައްޗަށް ކުފުރު ގެނައި (ކާފަރު ވެއްޖެ) މީހެކެވެ."
އެހެނަސް މިފަދަ ޖަމާޢަތްތަކާއި، އެ ޖަމާޢަތްތަކުގެ އަހުލުވެރިންނަކީ މިފަދަ މީހުންކައިރީގައި "ސުންނަތް ދިރުވާ" މީހުންނެވެ.
އިޚްވާނީންގެ ޙަޤީޤަތަކީ މި އެވެ!
އިޚްވާނުލް މުސްލިމީންގެ މުއައްސިސް حسن البنا ބުނެފައިވެ އެވެ. "އެކިއެކި ތަފާތު ދަޢުވަތް ދިނުމުގައިވާ ފަރާތްތަކާ މެދުގައި އަހަރެމެންގެ މައުޤިފަކީ، އެ ހުރިހާ ދަޢުވަތްދޭ މީހުންވެސް އަހަރެމެން މިނެކިރާނީ އަހަރެމެންގެ ދަޢުވަތުގެ ތިލަފަތުންނެވެ. އަހަރެމެންގެ ދަޢުވަތާ އެއްގޮތްވެއްޖެ މީހުންނަށް އަހަރެމެން މަރުޙަބާ ކިޔާނަމެވެ. އަހަރެމެންގެ ދަޢުވަތާ ޚިލާފް ވެއްޖެ މީހުންނަށް، ފަހެ އަހަރެމެން ވަނީ އެމީހުންގެ ފަރާތުން ބަރީއަވެގެންނެވެ."
މިއީ ޤުރުއާނާއި ސުންނަތަށް ޙުކުމް ކޮށްފައިވާ ބައެއް ބާވަ އެވެ! ޝައްކެތްވެސް ނެތެވެ. އަމިއްލަ ހަވާނަފްސު ނޫން އެހެން އެއްޗެއް ނެތެވެ. މީސްތަކުން މިނެ ކިރުން އޮތީ މި މީހުންގެ ޕާޓީންނާއި، ޖަމާޢަތުންނާއި، ޖަމިއްޔާ ތަކުން ހެއްޔެވެ؟ ވިސްނާލުން ހުއްޓެވެ! މި އެންމެންނަށްވެސް މަރުޙަބާ އެވެ!
ﷲ ގެ ދީނުގައިވާ ޙުކުމަށް މަރުޙަބާ އެއް ނޫނެވެ.
މިބައި މީސްތަކުން ޢިލްމުގެ އަހުލުވެރިންނަށް "މަދްޚަލީ" އޭ ކިޔަން ލަދެއް ގަންނާނެ ހެއްޔެވެ.
މިތަނުގައި އަހަރެން ކައިރީގައި، الشيخ عبد الله البخاري حفظه الله ވިދާޅުވި ބަސްފުޅެއްގެ ގޮތުގައި ބަޔާންކޮށްދިނެ އެވެ. (މަދީނާގައި الشيخ عبد الله البخاري ގެ މިސްކިތުގައި ބޭއްވުނު ބައްދަލުވުމެއްގައި ވިދާޅުވި އެވެ.) "އަހަރެމެން އަހަރެމެންގެ الشَّيْخُ عبد المحسن العباد حفظه الله ދެކެ ލޯބިވަމެވެ. އަދި އަހަރެމެން الشَّيْخُ رَبِيْع ދެކެ الشَّيْخُ عبد المحسن العباد އަށްވުރެ ލޯބިވަމެވެ. އެއީ ޢިލްމީ ގޮތުން ޢުމުރުދުވަހުގައި ހޭދަކުރައްވާފައިވާ ޢުމުރުފުޅުގެ ގޮތުން ދޮށިވުމުންނެވެ. އަދި ސުންނަތަށް ކޮށްދެއްވާފައިވާ ޚިދުމަތްވެސް ބޮޑެވެ. މިއަދު الشَّيْخُ رَبِيْع ދެކެ ކޮންމެ ސުންނީ އެއް ލޯބި ކުރާނެ އެވެ. ﷲ ޤަންދީ ބުނަމެވެ. الشَّيْخُ رَبِيْع އެކިއެކި މީސްތަކުންނަށް ދެއްވާފައިވާ ރައްދުތަކަކީ، އަމިއްލަ ނަފްސު މަތިވެރިކޮށް، މަތިވެރި މަޤާމަކަށްޓަކައި ކުރައްވާފައިވާ ކަމެއްކަމުގައިވާނަމަ މިއަދު الشَّيْخُ رَبِيْع ވާނީ ނިކަމެތި، ދެރަ ޙައްޤުން އެއްކިބާވެގެންވާ ޙާލުގަ އެވެ. އެހެނަސް الشَّيْخُ رَبِيْع ރައްދު ދެއްވާފައިވާ އެކަކުވެސް މިއަދު ސަލާމަތެއް ނުވިކަން ލޯމައްޗަށް ފެނެ އެވެ. އެ އެންމެހައި މީސްތަކުން އެބަސްތައް ބުނަމުންދާއިރު الشَّيْخُ رَبِيْع އެކަމަށް ކެތްތެރިވެވަޑައިގެން، މީސްތަކުންނަށް ސުންނަތް ބަޔާންކޮށްދެއްވުމުގައި ވެ އެވެ."
الشَّيْخُ العَلاَّمَة صالح اللحيدان حفظه الله އަރިއަހުގައި މިއަހަރު މިމަހުގެ (19 ޝައްވާލު 1435ه ގައި) ސުވާލު ދެންނެވުނެވެ.
ސުވާލު : ﷲ، ޝެއިޚް ރައްކައުތެރި ކުރައްވާނދޭވެ. އަހަރެމެންގެ ތެރޭގައި ބަސްތައް ފެތުރެމުން ދެ އެވެ. އެއީ އަންނަނިވި ބަސްތަކެވެ. ޝެއިޚް، ﷲ ރައްކައުތެރި ކުރައްވާނދޭވެ. އެބައިމީހުން ބުނަނީ "ސަމާޙަތުލް މުފްތީ، އަދި ސަމާޙަތު صَالِحُ الفَوْزَان، އަދި ސަމާޙަތު صالح اللحيدان، މަންހަޖަކީ، الشَّيْخُ رَبِيْع ގެ މަންޖަހު ފަދަ މަންހަޖެއް ނޫނެވެ. މި ކަލިމަތަކާ މެދުގައި ޝެއިޚްގެ ރައުޔަކީ ކޮބައިތޯ؟
ޖަވާބު : ﷲ ޤަންދީ ބުނަމެވެ. އަހަރެންނަށް الشيخ عبد العزيز ގެ ފަރާތުން އަދި الشيخ صالح الفوزان ގެ (މަންހަޖު ތަފާތު މަންހަޖެއްގަ) ވާ ކަމެއް އެއްވެސް ގޮތަކަށް އެނގިފައެއްނުވެ އެވެ. އަހަރެންނަށް އިނގޭ އެއްޗަކީ، الشَّيْخُ رَبِيْع އެންމެފަހާ ޖެހެންދެންވެސް ހުންނެވީ އަހުލުއް ސުންނަތުގެ މަޛްހަބުގަ އެވެ. ބަދަލުތަކެއް އައިސްފައިވާކަން އިނގެ އެވެ. ބައެއްމީހުންނަށް ރައްދު ދެއްވުމުގައި ވަރުގަދައަށް ދެމި ހުންނަވަ އެވެ. ފަހަރެއްގައި އޭނާ (الشَّيْخُ رَبِيْع) އަށް އެހެން މީހުންނަށް އެނގިފައިނުވާ ކަންތައްތަކެއް އެނގިވަޑައިގެންފައިވަނީ އެވެ. ... މި ބަސްތައް އަހަރެން ބުނެފައި މިވަނީ، 19 ޝައްވާލު 1435 ވީ ހުކުރު ދުވަހުގެ ހަވީރު މަޣްރިބް ނަމާދުގެ ވަޤުތާ ކައިރިވެފައިވަނިކޮށެވެ." http://t.co/G5njVFgutf
މި އެންމެހައި ޢިލްމުވެރިންގެ ބަސްތަކާ، ތިޔަބައިމީހުން ސުންނަތުގެ މި ޢިލްމުވެރިޔާއަށް، އަދި މި ޢިލްމުވެރިޔާގެ ފަރާތުން ޢިލްމު ޙާޞިލްކޮށް އެ ޢިލްމުގައި ޤާއިމްވެގެންވާ ދަރިވަރުންނަށް ކުރަމުންދާ މަލާމާތާއި، ނޭދެވޭ ބަސްތަކުން ހަމަޔަޤީނުން ތިޔަބައިމީހުންގެ ޙަޞީލަތާއި ޙަޤީޤަތް ހާމަވެދިޔުން ނޫން ކަމެއް ނެތެވެ.
މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާއިން ކިޔައިވައިގެން ނިކުމެ، އެތަނުގައިވާ ޢިލްމުވެރިންނަށް ހަޖޫޖަހައި، އެ ޢިލްމުވެރިންގެ ޤަދަރު ކުޑަކޮށް ހަދާ މީސްތަކުން ދަންނަ ހުއްޓެވެ. ޢިލްމުގެ އަހުލުވެރިންގެ ހައިބަތު ދެރަކޮށް އެބޭކަލުންގެ މައްޗަށް ބޭއަދަބީ ލަޤަބުތަކުން ލަޤަބުދިން އެންމެހައި ފަރާތްތަކަކީ، ﷲ ގެ ޙައްޤު ދީނުން މީސްތަކުން އެއްކިބާ ކުރި ބަޔެކެވެ.
މިއަދު ސަލަފީ ޝެއިޚުންނަށާއި، އެ ޝެއިޚުންގެ ނަޞޭޙަތްތަކުގައި ޤާއިމްވެގެންވާ އަހުލުވެރިން އެއީ މުރުޖީން އޭ ބުނެ ހެދުމަކީ، މި ދަޢުވަތާ ދެކޮޅުވެގެންވާ އަހުލުވެރިންގެ އަތްމަތީ ބަހެކެވެ.
އާއެކެވެ. އަނިޔާވެރި، ނުލަފާ، ޖައްބާރު، ފާސިޤު، ފާޖިރު، ހައްދުފަނައަޅައިފައިވާ ވެރިންނާ ދެކޮޅަށް ނުނުކުމެވޭނެ ކަމާއި، އެފަދަ ވެރިންނާ ދެބަސްވެ، މީސްތަކުންގެ ތެރޭގައި އެ ވެރިންގެ ވާހަކަތައް ދައްކައިގެން ނުވާނެކަމަކީ އަހުލުއްސުންނަތުގެ އިމާމުންގެ މަޛްހަބެވެ. އަދި މި އުޞޫލަކީ، ހަވާނަފްސުގެ އަހުލުވެރިން އަހުލުއް ސުންނަތާ ޚިލާފްވެފައިވާ ކަމެކެވެ.
އަހުލުއްސުންނަތް މި ޤޮތުގައި ދެމިތިބުމުން އެއީ މުރުޖީންތޯ؟
الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން، ޢިލްމުގައި އަދި ޢަދްލުގައި އަހަރެމެންގެ މައްޗަށް އަމުރުވެވިގެންވަނީ، އަނިޔާވެރި ވެރިންނާއި ނުލަފާ ވެރިންގެ ވެރިކަމުގެ މައްޗަށް ކެތްތެރިވުމެވެ. އެއީ أهل السنة والجماعة ގެ އުޞޫލްތަކުގެ ތެރެއިންވާ އުޞޫލުގައިވާ ފަދައިންނެވެ. އަދި އެއީ ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ކުރައްވާފައިވާ ފަދައިންނެވެ." المستدرك على مجموع الفتاوى 125
الإمام شيخ الإسلام أحمد بن حنبل رحمه الله ވިދާޅުވެފައިވެ އެވެ. "ވެރިޔާ ޤަޠުލު ކުޅައުމަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. އަދި ވެރިޔާއާ ދެކޮޅަށް ނުކުތުން އެއްވެސް މީހަކަށް ހުއްދައެއް ނުވާނެ އެވެ. އެފަދައިން ޢަމަލުކޮށްފި މީހަކީ ބިދުޢަވެރި، ސުންނަތުގައި އަދި ސީދާވެގެންވާ މަގުގައި ހުރި މީހެއްނޫނެވެ." أصول السنة
الشَّيْخُ العَلاَّمَة د. صَالِحُ الفَوْزَان حفظه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ.
ޝެއިޚް ފަޥްޒާން : އާއެކެވެ.
ސުވާލުކުރާ މީހާ : السلام عليكم ورحمة الله.
ޝެއިޚް ފަޥްޒާން : وعليكم السلام ورحمة الله.
ސުވާލުކުރާ މީހާ : އަހަރުމެންގެ ޝެއިޚް صَالِحُ އެވެ. حياكم الله.
ޝެއިޚް ފަޥްޒާން : حياكم الله.
ސުވާލުކުރާ މީހާ : ޝެއިޚްއަށް ﷲ ބަރަކާތް ލައްވާނދޭވެ. އަހަރުމެންގެ ޝެއިޚް އެވެ. ޒުވާންކުދިން އެއްބަޔަކު އަނެއްބަޔަކަށް ޔޯލަ ޔޯލަ ކިޔައިގެން ވާހަކަތައް ދެއްކުން ދޫކޮށްލުމަށް ޝެއިޚް ދެއްވާނެ ހެޔޮ ނަޞޭޙަތަކީ ކޮބައިތޯ؟ އެހެނަސް އެއާއެކު، ބައެއްކުދިން މިކަންތައްތައް ދޫކުރުމެއްނެތި، އެއާއެކު މި ކަންތައްތަކުގައި މަޝްޣޫލުވެ އެވެ. އަދި އެބައިމީހުން ޝެއިޚަށް ނިސްބަތްކޮށް ބުނަނީ
ޝެއިޚް ފަޥްޒާން : އެމީހުންނާ ދުރުވާށެވެ. އެބައިމީހުންނާ ވަކިވާށެވެ.
ސުވާލުކުރާ މީހާ : ﷲ، ޝެއިޚް ރައްކައުތެރި ކުރައްވާނދޭވެ. ޝެއިޚަށް ﷲ ބަރަކާތް ލައްވާނދޭވެ. އެބައިމީހުން ޝެއިޚްއަށް ނިސްބަތްކޮށް ބުނަމުންދަނީ، ޝެއިޚް ވިދާޅުވާ ގޮތުގައި، ޝެއިޚް ރަބީއު ބިން ހާދީ އަކީ މުރުޖީ އެއް ކަމަށެވެ.
ޝެއިޚް ފަޥްޒާން : އެބައިމީހުންނަށް ތިޔަ ބަސްތައް ފެނިފައިވަނީ ކޮންތަނަކުން ހެއްޔެވެ؟ ތިޔަ ބަސްތައް އެމީހުން ދުށީ ކޮންތަނަކުން ހެއްޔެވެ؟
ސުވާލުކުރާ މީހާ : ޝެއިޚް އެވެ. އެބައިމީހުން މިބަސްތަކުގައި، އެއީ ޖަރަޙައެއްގެ ގޮތުގައި، އެކީއެކައްޗަކަށް އޭގައި ހިފަހައްޓައިގެން ތިބެ އެވެ.
ޝެއިޚް ފަޥްޒާން : އެބައިމީހުން އެބަސްތަށް ދުށީ ކޮންތާކުން ހެއްޔެވެ؟ އަހަރެންގެ ބަސްތައް އިތުބާރު ހިފޭ ގޮތަކަށް ގެންނާށެވެ. އެހެނަސް މުޖައްރަދު، ބަސްތައް ނަޤުލުކޮށް ހެދުން، ތިޔައީ ދޮގެކެވެ. ތިޔައީ ހުއްދަވެގެންވާނެ ގޮތެއްނޫނެވެ.
ސުވާލުކުރާ މީހާ : ޝެއިޚް އަށް ﷲ ރައްކައުތެރިކަން ދެއްވާނދޭވެ. ޝެއިޚްއަށް ﷲ، ބަރަކާތްލައްވާނދޭވެ. http://goo.gl/9nCIK1
މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާގައި الشَّيْخُ العَلاَّمَة د. صَالِحُ الفَوْزَان حفظه الله ދެއްވި ދަރުސެއްގެ ފަހުގައި، ޝެއިޚް އަރިއަހުގައި މަދްޚަލީން ކިޔުމާ ޖާމިއީން ކިޔުމާއި މެދު ސުވާލު ކުރެވުނެވެ.
ސުވާލު : އަހަރެމެން ފަޟީލަތުއް ޝެއިޚްގެ ފަރާތްޕުޅުން މިކަން ސަމާލުކަމަށް ގެންނަމެވެ. އަދި މިކަމަށް ޝެއިޚް ބަސްފުޅެއް ވިދާޅުވުމެވެ. އެއީ، މި ފަހުގެ ދުވަސްތަކުގައި ކިޔަވާ ކުދިންގެ މެދުގައި ފެތުރިފައިވާ ކަމެކެވެ. އެކަމަކީ؛ ހެޔޮކަމުގައިވާ، މަތިވެރި، އެ ޢިލްމުވެރިންގެ ބަސްތައް އަޑުއެހުމުގައިވާ ބައެއް ޢިލްމުވެރިންނަށް، ބޭއަދަބީ ބަސްތަކުން މުޚާޠަބު ކުރުމެވެ. (އެގޮތުން ބުނެ އެވެ.) އެމީހުންނަކީ ޖާމީންނެވެ. އަދި އެބައިމީހުންނަކީ "މަދްޚަލީން" ނެވެ. އެބައިމީހުން މި (ނަންތަކުގައި ޤަޞްދު ކުރަނީ) الشَّيْخُنا العالم محمد أمان الجامي رحمه الله އެވެ. އަދި (މަދްޚަލީން އެބައިމީހުން ކިޔަނީ) އަހަރެމެންގެ ޝެއިޚް (ﷲ ޝެއިޚް ރަބީ ޙައްޤުމަގުގައި ޤާއިމް ކުރައްވާނދޭވެ.) الشَّيْخُنا رَبِيْع بن هادي المدخلي حفظه الله އެވެ.
ޖަވާބު : (ޖަވާބުގައި ޝެއިޚް ވިދާޅުވެފައިވަނީ) ތިޔައީ، ނުބައި ހަޑި ހުތުރު ލަޤަބްތަކުން ގޮވުމެވެ. ﷲ ތިޔަބައިމީހުންނަށް ވަޙީކުރައްވާފައިވަނީ "އަދި ތިޔަބައިމީހުން އެއްްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ލަޤަބުތަކުން ނުގޮވާށެވެ!" ... ތިޔަ ކަންތައްތައް ތިޔަބައިމީހުން ދޫކުރުން ހުއްޓެވެ. ޢިލްމުވެރިންނަށް ތިޔަބައިމީހުން އިޙްތިރާމް ކުރާށެވެ. އިލްމުވެރިންނަށް ތިޔަބައިމީހުން އިޙްތިރާމް ކުރުން ހުއްޓެވެ. އިލްމުވެރިންނަށް އިޙްތިރާމް ނުކުރާ މީހަކީ، އެ ޢިލްމުވެރިންގެ ޢިލްމުން މަޙްރޫމް ވެގެންވާ މީހެކެވެ. އެ (ޢިލްމުވެރިންގެ) ފަރާތުން ފައިދާ ލިބިގަތުން އޭނާ މަޙްރޫމް ވާނެ އެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެފަދަ ލަޤަބުތަކުން ގޮވުމާއި، އެ ޢިލްމުވެރިންނަށް މަތިވެރިކަން ލިބިގެންވާ ޢިލްމުވެރިންނަށް އެފަދަ ބަސްތައް ބުނުމުން ތިޔަބައިމީހުން ދުރުވާށެވެ....ތިޔައީ އެއްވެސް ޝައްކެތް ނުވާ ގޮތުގައި މަކަރުވެރި ރޭވުންތެރި، ހީލަތްތެރި ކަމެކެވެ. ތިޔަ ކަންތައްތައް އެއްކިބާކޮށް ވަކިވެ ގަތުން ހުއްޓެވެ. އަދި އެއިން ނަހީކުރުން ހުއްޓެވެ. އާއެކެވެ." އޯޑިއޯ އެކީގައި އަޑުއައްސަވާ : http://goo.gl/TGxLmH