ވެރިންނާ ދެކޮޅަށް ނުކުންނަ الخوارج ގެ ދެ ބާވަތް؛ ޚާލިސް (މުޙާރަބަ) ޚަވާރިޖުން އަދި ޤަޢަދިއްޔާ ޚަވާރިޖުން - الشَّيْخ سُلَيْمَان الرُّحَيلي حفظه الله

ޙަޔާތުގައި ބައްދަލުވި ހުރިހައި ވެރިންނާ ދެކޮޅަށް ނުކުމެ ޚާރިޖީންގެ ސިފަ ލިބުމަށްފަހު އެހެންބައެއް އެއީ ޚާރިޖީން ކަމުގައި ބުނުމަކީ ކޮންފަދަ ބޮޑުވެގެންވާ އަނިޔާވެރިކަމާއި ބުހުތާނެއް ހެއްޔެވެ؟
ޝެއިޚް حفظه الله ވިދާޅުވެފައިވެ އެވެ. : "ވެރިންނާ ދެކޮޅަށް ނުކުމެފައިވަނީ ހަތިޔާރު ހިފައިގެން ޢަމަލީ ގޮތުން ކަމުގައި ނުވެ އެވެ. އަދި ވެރިޔާ ދެކޮޅަށް ނުކުމެފައިވަނީ ވެރިޔާ ކާފަރު ކުރުމާއި އެކީގައި ނުވެ އެވެ. އެހެނަސް ވެރިޔާއާ ދެކޮޅަށް މީސްތަކުން ތެދުވުމާއި ވެރިޔާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދިނުމުގައިވެ އެވެ. ފަހެ، މިބައިމީހުންނަކީ ޚަވާރިޖް އަލް-ޤަޢަދަ އެވެ.
ވެރިޔާ ދެކޮޅުވެ، ވެރިޔާއާ ޚިލާފްވެ އެބައިމީހުން އެ ވެރިޔާއާ ދެކޮޅުވެފައިވުމެވެ. އެހެނަސް ހަތިޔާރު ހިފައިގެން ވެރިޔާދެކޮޅަށް ޢަމަލީގޮތުން ނުނިކުމެވެ. އެމީހުން ބުނެ އެވެ. އަހަރެމެންގެ ދަޢުވަތަކީ ސުލްޙަވެރިގޮތުގައި ނިކުތުމެވެ. އެހެނަސް މިބައިމީހުން ވެރިޔާ ދެކޮޅަށް ނުކުތުމަށް ހިތްވަރުދެ އެވެ. ގިނަ ރައްޔިތުން ވެރިޔާ ދެކޮޅަށް މަގުމައްޗަށް ނިޒާމް ވައްޓާލުމަށް ނުކުތުމަށް ގޮވާލަ އެވެ. އެހެނަސް އަހަރެމެންގެ ދަޢުވަތަކީ ސުލްޙަވެރި ދަޢުވަތެކެވެ. ފަހެ، މިބައިމީހުންނަކީ އެއީ ޚަވާރިޖް އަލް-ޤަޢަދަ އެވެ. މިމީހުންނަކީ ވެރިޔާއާ ދެކޮޅަށް ހަތިޔާރު އުފުލައި ނިކުތުމަށް ގޮވާމީހުންނެއް ނޫނެވެ. އެހެނަސް ވެރިޔާއާ ދެކޮޅަށް ނުކުތުމަކީ އެއީ ހެޔޮ ރަނގަޅުކަމެއްގެ ގޮތުގައި ބަޔާންކުރެ އެވެ.
އެހެނަސް ވެރިޔާއާ ޚިލާފްވެ، އަދި ވެރިކަމުގެ މައްޗަށް ދެބަސްވެ އަދި އޭގެ އިތުރަށް އެކަންކޮށްފައިވަނީ ވަލިއްޔުލް-އަމްރު ކާފަރުކޮށްފައި ކަމުގައިވެއްޖެ ހިނދުގައި، އަދި އެބައިމީހުންގެ ޚިޔާލާއި އެއްގޮތްނުވާ އަހުލުވެރިން ކާފަރުކޮށް، ހަތިޔާރު އުފުލައި ނިކުމެއްޖެެ ހިނދުގައި އެއީ ޚާލިޞް ޚަވާރިޖުންނެވެ. ދަލީލުތަކުގައި ބަޔާންކުރެވިފައިވަނީ މި ޚާލިޞް ޚަވާރިޖުންނެވެ."
***
ފަތުވާ ނަގާފައިވަނީ : https://goo.gl/afL6ag
އަޚުންނޭވެ! މިތަނުގައި ޝެއިޚް ބަޔާންކޮށްފައިވަނީ ޚާލިޞް ޚަވާރިޖުންނާއި އަދި ޚަވާރިޖް އަލް-ޤަޢަދަ އަކީ ކޮބައިކަމެވެ. ވެރިންނާ ދެކޮޅަށް ވެރިން ކާފަރުނުކޮށް ނުކުމެއްޖެ ކޮންމެ މީހަކީ، އެކަމަށް ބާރުއަޅާ ހިތްވަރުދިން ކޮންމެ މީހަކީ ޚަވާރިޖް އަލް-ޤަޢަދަގެ އަހުލުވެރިއެކެވެ. އަދި ހަމައެފަދައިން ވެރިޔާއާ ދެކޮޅުވެ ވެރިޔާ ކާފަރުކޮށް ވެރިޔާ ދެކޮޅަށް ނުކުމެއްޖެ ކޮންމެ މީހަކީ ޚާލިޞް ޚަވާރިޖެކެވެ. ޙަދީޘްތަކުގައި ބަޔާންވެގެންވާ ޚަވާރިޖުންނަކީ އެއީ އެވެ. މިއަދު މި ޢަމަލުތައް ހިންގުމަށްފަހު، ޢިލްމަށް ދަޢުވާކުރާ ބަޔަކު، އެބައިމީހުންގެ ޙަޔާތުގައި ބައްދަލުވި އެންމެހައި ވެރިންނާ ދެކޮޅަށް މި ސިފަތަކުގައި އިޢުލާންތެރިކަމާ އެކު ޚުރޫޖް ކުރުމަށްފަހު، ބައެއްގެ ބޮލަށް ސަވާރުވުމަށްޓަކައި "މުސްލިމް ވެރިންނާ ދެކޮޅަށް ނުނިކުމެވޭނެ" ކަމަށް ބުނުމަކީ ދީނުގައި ކިތައް ކުލައިން ކުލަޖެހިގަތުން ހެއްޔެވެ؟ އަޚުންނޭވެ! މި ޙަރާމްވެގެންވާ ޢަމަލަށް އެކިއެކި ސފަތަކުގައި އަރައިގަނެ އެބަޔަކު ކޮންމެ ބަހަނާއެއް ދެއްކި ކަމުގައިވީނަމަވެސް ސުންނަތުގެ އަހުލުވެރިން އެއްގޮތެއްގެ މަތީގައި ޘާބިތުވެ އެއްސިފައެއްގައި ޤާއިމްވެ ދެމިތިބޭނެ އެވެ. ޢިބްރަތެއް ޙާޞިލް ކުރުން ހުއްޓެވެ.
މައުމޫންގެ ވެރިކަމުގައި ވެރިޔާ ދެކޮޅަށް ނުކުތް
ނަޝީދުގެ ވެރިކަމުގައި ވެރިޔާ ދެކޮޅަށް ނުކުތް
ވަހީދުގެ ވެރިކަމުގައި ވެރިޔާ ދެކޮޅަށް ނުކުތް
މި ވެރިކަމުގައި ވެރިޔާ ދެކޮޅަށް ނުކުތް