5  ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން

 

ސުވާލު: ވެރިންނާ މެދު ޢާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި ފެތުރުމީ އެއްބައިވަންތަކަމުގެ ތެރެއިންވާ ކަމެއްތޯ އެވެ؟


ޖަވާބު: ވެރިންނާ މެދު ޢާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފެއްދުމީ ފަސާދަ އުފައްދާ މީހުންނާއި ދެބައޮޑުވާ މީހުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އެބައިމީހުންނީ ހަމަނުޖެހުން ފަތުރައި، އިސްލާމީ މުޖްތަމަޢު ބައިބައިކޮށްލަން ބޭނުންވާ މީހުންނެވެ.(1) އަދި ހަމަކަށަވަރުން އިސްވެދިޔަ ޒަމާނުގައި، މުޖްތަމަޢު ބައިބައިކޮށްލުމައްޓަކައި، މުސްލިމުންނާއި رَسُولُ الله ﷺ ދުރުކުރުވަން ބޭނުންވީ ހިނދު މުނާފިޤުން މިފަދަ ކަންކަން ކުރުމަށް މަސައްކަތްކުރި އެވެ. އަދި އެބައިމީހުން ބުންޏެވެ: ﴿ لَا تُنْفِقُوا عَلَىٰ مَنْ عِنْدَ رَسُولِ اللَّهِ حَتَّىٰ يَنْفَضُّوا﴾ [المنافقون: 7] މާނައީ: " الله ގެ ރަސޫލާގެ އަރިއަހުގައި ތިބި ބަޔަކަށް ތިޔަބައިމީހުން ހޭދަ ނުކުރާށެވެ. އެބައިމީހުން ރަސޫލާގެ އަރިއަހުން ވަކިވެއްޖެއުމަށް ދާންދެނެވެ."


އެހެންކަމުން، ވެރިމީހާ އާއި ރައްޔިތުން ދުރުކުރުވަން މަސައްކަތްކުރުމަކީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އެބައިމީހުންނާ މެދު الله ވަޙީކުރެއްވި އެވެ: ﴿ وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ﴾ [البقرة: 11] މާނައީ: "އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެވިއްޖެ ނަމަ، ތިމަންމެންނީ، ހަމަ އިސްލާޙު ކުރަން އުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ."


އަދި މުސްލިމުންގެ ވެރިންނަށާއި ޢާންމުންނަށް ނަޞޭޙަތްތެރިވާ މީހާ ވަނީ އޭގެ އިދިކޮޅަށެވެ. ފަހެ އޭނާ މަސައްކަތްކުރާނީ ރައްޔިތުންނަށް ވެރިމީހާއާ މެދު ލޯބި އުފެއްދުމައްޓަކައެވެ. އަދި ވެރިންނަށް ރައްޔިތުންނާ މެދު ލޯބި އުފެއްދުމައްޓަކައެވެ. އަދި ކަލިމަ އެއްތަންކުރުމަށެވެ. އަދި ޚިލާފު އުފެދޭ ހުރިހައި ކަމަކުން ދުރުވުމަށެވެ.
*****
ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س87، ص214-216، دار سحاب السلفية، الطبعة الخامسة 1432 ه.

 

(1) މި ލިޔުމުގައިވާ ފުޓްނޯޓުތައް ލިޔުއްވާފައިވަނީ މި ފަތުވާ ނެގިފައިވާ ފޮތް ތައްޔާރުކުރައްވާފައިވާ ދަރިވަރު جَمَال بِن فُرَيْحَان الحَارِثِي އެވެ. ވިދާޅުވި އެވެ:
 

އަދި އެބައިމީހުންނީ އެބައިމީހުން ނުނުކުތް ކަމުގައިވީ ނަމަވެސް، ވެރިންނާ ދެކޮޅަށް ނުކުތުމަށް ހިތްވަރުދޭ މީހުންނެވެ. އަދި ހަމަކަށަވަރުން ޢިލްމުގެ އަހުލުވެރިން އެބައިމީހުންނަށް ނަންދެއްވާފައިވަނީ القَعْدِيَّة ގެ ނަމުންނެވެ. ފަހެ މަގުފުރެދިފައިވާ ފިރުޤާތައް ބަޔާންކޮށްދެއްވަމުން ابن حَجَر رحمه الله ވިދާޅުވި އެވެ: "القَعْدِيَّة އަކީ އެމީހުން އެކަން ނުކުރާ ހާލުގައި (އެބަހީ ވެރިންނާ ދެކޮޅަށް ނުނުކުންނަ ޙާލުގައި)، ވެރިންނާ ދެކޮޅަށް ނުކުތުން ޒީނަތްތެރިކޮށްދޭ މީހުންނެވެ." هدي الساري مقدمة فتح الباري (ص459).


އަދި އޭގެ އިތުރުން القَعْدِيَّة އަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ابن حَجَر رحمه الله ވިދާޅުވި އެވެ: "އަދި ޤަޢްދީ ޚަވާރިޖުން ހަނގުރާމަކުރަނިކޮށް ފެނިފައިނުވެ އެވެ. އަދި ކިއެއްތޯ އެވެ. ކުޅަދާނަވީ މިންވަރުން އެބައިމީހުން އަނިޔާވެރި ވެރީންނަށް އިންކާރުކުރި އެވެ. އަދި އެމީހުންގެ ރައުޔަށް ގޮވައިލި އެވެ. އަދި އެއާ އެކު (ވެރިންނާ ދެކޮޅަށް) ނުކުތުން ޒީނަތްތެރިކޮށްދީ ރިވެތިކަމެއްގެ ގޮތުގައި ހެދިއެވެ." تهذيب التهذيب (8/114).


އަދި القَعْدِيَّة އަކީ: ޚަވާރިޖުންގެ ފިރުޤާތަކުގެ ތެރެއިން ފިރުޤާއެކެވެ. އެހެންކަމުން ޚަވާރިޖުންނަކީ ހަމައެކަނި ވެރިޔާއާ ދެކޮޅަށް ކަނޑި ހިފައިގެން ނުކުންނަ މީހުންގެ ގޮތުގައި ހީކުރާ މީހަކު ހީނުކުރާށެވެ. ފަހެ މިކަމަށް ސަމާލުވެލައްވާށެވެ!!


ابن حَجَر رحمه الله هدي الساري (ص460) ގައި، އެބައެއްގެ ޢަޤީދާއާ މެދު ޢައިބު ބަސް ބުނެވުނު މީހުންގެ ނަން ޛިކުރުކުރައްވަމުން ވިދާޅުވި އެވެ: "القَعْدِيَّة ގެ ރައުޔު ހުރި ކަމަށް عِمْرَان بن حَطَّان އާ މެދު ބުނެވުނެވެ."


އަދި ގިނަ ފަހަރުގައި القَعْدِيَّة އަކީ ޚަވާރިޖުންނަށް ވުރެ ވެސް ނުރައްކައުތެރި ބައެކެވެ. އެހެނީ ވާހަކަތަކުން ހިތްތައް ދެކޮޅުވެރިކުރުވައި، ޢާންމުންގެ ކިބައިގައި ވެރިންގެ މައްޗަށް ރުޅި އުފެއްދުމަކީ ނަފްސުތަކަށް އެންމެ ފުން އަސަރު ކުރާ ކަމެކެވެ. އަދި ޚާއްސަކޮށް ބަލާޣާތްތެރި، ބަސްމޮށުންތެރި މީހެއްގެ ކިބައިން އެ ވާހަކަތައް އައިސްފައިވާ ނަމަ އެވެ. އޭނާގެ ދުލުންނާއި، ސުންނަތުގެ ފޭރާން ލައިގެން އުޅޭކަމަށް ދެއްކުމުން މީހުންނަށް އޮޅުވާލަ އެވެ.


مَسَائِل الإِمَامِ أَحْمَد ގައި أبو داود رحمه الله ، عَبْدُ الله بن مُحَمَّد الضَعِيف رحمه الله ގެ އަރިއަހުން ރިވާކުރައްވައި ވިދާޅުވި އެވެ: "عَبْدُ الله بن مُحَمَّد الضَعِيف رحمه الله ވިދާޅުވި އެވެ: "قَعْدُ الخَوَارِجِ هُمْ أَخْبَثُ الخَوَارِج" މާނައީ: "ޤަޢުދީ ޚަވާރިޖުންނަކީ ޚަވާރިޖުންގެ ތެރެއިންވާ އެންމެ މުޑުދާރު ބައިގަނޑެވެ." (ص271).

 

ވެރިންނާއި ދެކޮޅަށް ނުކުތުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން | 18 ނޮވެމްބަރ 2019

 ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله | 17 ފެބުރުއަރީ 2018

 އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه | 29 ސެޕްޓެމްބަރ 2017

 ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله | 19 ޖުލައި 2017

އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى | 13 މެއި 2017

ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 30 އޭޕްރީލް 2016

ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله | 20 އޮގަސްޓު 2015

ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله | 13 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...