5 مُحمد بن عَبد الوَهَّاب رحمه الله އަކީ ވެރިންނާއި ދެކޮޅަށް ނުކުތް ފަރާތެއް ކަމަށްބުނެ (23 ޑިސެންބަރުގައި ވެރިޔާއާއި ދެކޮޅަށް ނުކުތުމަށް) އިޚުވާނީން ލިޔުނު ލިޔުމަށް ރައްދު - الشَّيخُ مُحَمَّدُ بِنْ هَادِيْ المدْخَلِيْ حَفِظَهُ اللهُ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

مُحمد بن عَبد الوَهَّاب رحمه الله އަކީ ވެރިންނާއި ދެކޮޅަށް ނުކުތް ފަރާތެއް ކަމަށްބުނެ (23 ޑިސެންބަރުގައި ވެރިޔާއާއި ދެކޮޅަށް ނުކުތުމަށް) އިޚުވާނީން ލިޔުނު ލިޔުމަށް ރައްދު - الشَّيخُ مُحَمَّدُ بِنْ هَادِيْ المدْخَلِيْ حَفِظَهُ اللهُ

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ރައްދުތައް

އުއްމަތުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ مُحمد بن عَبد الوَهَّاب އަކީ ދުވަހަކުވެސް ވެރިންނާއި ދެކޮޅަށް ނުކުތް ފަރާތެއް ނޫން. އިޚްވާނީން އެބައިމީހުންގެ ލިޔުންތަކުގައި ބަޔާންކުރަނީ مُحمد بن عَبد الوَهَّاب އަކީ ވެރިންނާއި ދެކޮޅަށް ނުކުތް ފަރާތެއް!!!
الشَّيخُ مُحَمَّدُ بِنْ هَادِيْ المدْخَلِيْ – حَفِظَهُ اللهُ-  ދެއްވާފައިވާ ފަތުވާ އެއް.


ސުވާލު: ބައެއް މީހުން ބުނެ އެވެ. އިމާމް مُحمد بن عَبد الوَهَّاب ޢުޘްމާނީ ދައުލަތާއި ދެކޮޅަށް ނުކުންނެވި އެވެ. މި މީސްތަކުން ބުނަމުންދާ (މި ބަސްތަކަށް) ޝެއިޚް ދެއްވާ ރައްދަކީ ކޮބައިތޯ އެވެ؟
ޖަވާބު: ތިޔައީ ދޮގެކެވެ. ތާރީޚުން ތިކަން އިނގެން އެބައޮތެވެ. މީގެ ކުރިން އަހަރެމެން ބަޔާންކޮށްދިން ފަދައިން، ބަސްތައް ގެންނަ ބައެއް މީހުން ދޮގު ބަސްތައް ގެނައުމުން، އަހަރެމެން އެބައިމީހުންގެ މައްޗަށް ތާރީޚް ނެރެ (އެބައިމީހުންގެ ބަސްތައް ދޮގުކަން) ބަޔާންކޮށްދެމެވެ.

ނަޖުދުކަރައިގެ ބިމަކީ އުޘްމާނީ ދައުލަތަށް އެ ބިމުގެ މައްޗަށް ބާރުވެރިކަން ލިބިގެންވާ ބިމެއް ނޫނެވެ. އެހެނަސް ނަޖުދުކަރަވަނީ އަވަށްއަވަށަށް ވަކިވަކިވެފައިވާ (އެއިން ކޮންމެ އަވަށެއްގައި ވަކި) ވެރިންތަކެއް ލެވިގެންވާ ގޮތުގަ އެވެ. އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ބާރުވެރިކަން ފޯރުވައި، އެއްބަޔަކު އަނެއްބަޔަކު މައްޗަށް ހަނގުރާމަ ކޮށް (ޤަތުލުކޮށް)، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ވެރިވެ މުދަލުގެ މައްޗަށް ބާރުވެރިކަން ހޯދުމުގައިވެ އެވެ. އެބައިމީހުން ވަނީ އެހިނދުގައި ނުހަނު ބޮޑަށް ﷲ ގެ ދީނުން އެކަރިވެފަ އެވެ. އެދުވަސްތަކުގައި އެތަނުގައި ﷲ އަށް ޝަރީކުކު ކުރުން ވެ އެވެ. ނަޖުދުކަރަ އަކީ އުޘްމާނީ ދައުލަތައް އެއްވެސް ފައިދާކުރާނެ ތަނެއްގެ ގޮތުގައި ނުވުމުން، އެބިން އެބައިމީހުންވަނީ ދޫކޮށްލާފަ އެވެ. ފަހެ، މި ޙާލަތުގައި، މިތަނުގެ އަހުލުވެރިން ދެމިތިބިތަން އިމާމް مُحمد بن عَبد الوَهَّاب އަށް ފެނިވަޑައިގަތުމުން، ﷲ ގެ ދީނަށް އެބައިމީހުންނަށް ދަޢުވަތް ދެއްވުމަށް ފެއްޓެވި އެވެ. އަދި ދުވަސްތަކަށް ފަހުގައި، ﷲ މި އިމާމްއަށް (އިމާމްގެ މި ދަޢުވަތައް) مُحمد بن سُعُود ނަޞްރުދޭނެ ފަރާތެއްގެ ގޮތުގައި މެދުވެރި ކުރެއްވި އެވެ. (مُحمد بن عَبد الوَهَّاب އަދި مُحمد بن سُعُود އެއްވެސް ބަޔަކާއި ދެކޮޅަށް) ފުރަތަމަ ނުކުމެ ހަނގުރާމަ އެއް ނުކުރެ އެވެ. އެއީ މިފަދައިން މި އިމާމް شَيخُ الإِسلام رحمه الله ވިދާޅުވެފައިވާ ފަދައިންނެވެ. އަދި އިމާމްގެ ގިނަގުނަ ދަރިވަރުން މިފަދައިން ބަޔާންކޮށްފައިވެ އެވެ. އަދި މިފަދައިން آل سُعُود ގެ އެކިއެކި އިމާމުން ވިދާޅުވެފައިވެ އެވެ. (އެއީ އެއްވެސް ބަޔަކާއި ދެކޮޅަށް ފުރަތަމަ ނުކުމެ ހަނގުރާމަ ނުކުރާ ކަމެވެ.)

އެއްވެސް މީހަކު ނުވަތަ އެއްވެސް ބަޔަކު ފުރަތަމަ ނިކުމެ ޤަތުލު ކޮށްފައެއް ނުވެ އެވެ. އެހެނަސް މީސްތަކުން ހަނގުރާމަކުރުމަށް ނުކުތުންމެނުވީ ހަނގުރާމައެއް ނުކުރެ އެވެ. މީސްތަކުން ހަނގުރާމައަށް ނުކުތުމުން އެބައިމީހުންނާއި ދެކޮޅަށް ނަފްސުގެ ދިފާޢުގައި އަދި ޙުރުމަތްވެގެންވާ އެންމެހައި ފަރާތްތަކުގެ ޙުރުމަތަށްޓަކައި އެބައިމީހުންނާއި ދެކޮޅަށް ހަނގުރާމަކުރެއްވި އެވެ. ފަހެ، އެހިނދުގައި ބާޠިލްގެ އަހުލުވެރިންނާއި، އެބަޔަކަށް ބާރުވެރިކަން އުޘްމާނީ ދައުލަތުގެ ފަރާތުން ލިބިގެން، އަލް-ޙަސާ އޭ ކިޔުނު ހިސާބުގައި މި شيخ އަދި ޝެއިޚަށް ނަޞްރުދިން ވެރިޔާއާ ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރުމަށް ނުކުތެވެ. އަދި ﷲ އެ ދެ މީހުންނަށް (مُحمد بن عَبد الوَهَّاب އަދި އެތަނުގައިވީ ވެރިޔާ) ނަޞްރު ދެއްވި އެވެ. ސަބަބަކީ އެ ދެމީހުންނަކީ ﷲ ގެ ދީނަށް ތަޥްޙީދަށް ގޮވާލައި އެއަށް ދަޢުވަތް ދިނުމުގައި ޤާއިމްވެ، ޢިލްމީ ގޮތުންނާއި، ދީން ބަޔާންކޮށްދިނުމުގެ ގޮތުން ދުލުންނާއި ކަނޑިން ދަޢުވަތް ދިނުމުގައި ދެމިތިބި ބައެކެވެ. މިފަދައިން މިގޮތުގައި ﷲ ގެ މަގުގައި ޝެއިޚްގެ ދަރިންތައް ޤާއިމްވެ ދެމިތިއްބެވެ. މި ދެފަރާތައް ﷲ ނަޞްރު ދެއްވި އެވެ. ފަހެ، އުޘްމާނީ ދައުލަތް އެބަޔަކަށް އާރާއި ބާރު ހޯދައިދީ ހަނގުރާމަ ކުރުމަށް ނުކުތުމުން އެބައިމީހުންނާއި ދެކޮޅަށް ނަފްސާއި އެހެން އެންމެހައި ފަރާތްތަކުގެ ޙުރުމަތުގައި އެބައިމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވި އެވެ. ފަހެ، مُحمد بن عَبد الوَهَّاب އުޘްމާނީ ދައުލަތާއި ދެކޮޅަށް ނިކުތޭ ބުނާއިރު، ނަޖުދުކަރައަކީ އެއްވެސް އިރެއްގައި އުޘްމާނީ ދައުލަތުގެ ދަށުގައި ބާރުވެރިކަމުގައި، އުޘްމާނީ ދައުލަތަށް ކިޔަމަންގަތުމުގައި ދެމިއޮތް ބައެއް ނޫނެވެ. (އެހެންވުމުން ދެކޮޅަށް ނުކުތޭ ބުނެވޭނީ ފަހެ ކިހިނަކުން ތޯ އެވެ؟)

سبحان الله އެވެ! މި މަތިވެރި، ހެޔޮވެގެންވާ އިމާމް  مُحمد بن عَبد الوَهَّاب އަކީ ޚާރިޖީ އެކޭ ބުނެވޭނީ ކިހިނަކުން ތޯ އެވެ. ޚަވާރިޖުންގެ މަގުގައި ދެމިހުރެއޭ ބުނެވޭނީ ކިހިނަކުންތޯ އެވެ. ފަހެ، މި އިމާމް ލިޔުއްވާފައިވާ އެންމެހައި ފޮތްތަކުގައި ބަޔާންކޮށް، ދަލީލު ކޮށްފައިވަނީ ވެރިންނަށް އަޑުއަހައި ކިޔަމަންވުމުވެ އަމުރުތަކެވެ. އަދި ދަޢުވަތް ދެއްވާފައިވަނީ ވެރިން ކުރާ އަމުރުތަކުގައި ފުރިހަމައަށް ދެމިތިބުމަށެވެ. އަދި ވެރިން ދައްކައިދޭ (މަގުދައްކައިދޭ) ކަންކަމުގައި އެބައިމީހުންނަށް ބޯލެނބުމަށެވެ. މި އިމާމް رحمه الله މައްޗަށް މިފަދައިން (ވެރިންނާއި ދެކޮޅަށް ނުކުތޭ) ބުނެވޭނީ ކިހިނަކުން ހެއްޔެވެ! ފަހެ، މި އިމާމް ލިޔުއްވާފައިވާ ފޮތްތައް މިކަމުގެ ހެއްކެއް ކަމުގައި ފުދެ އެވެ. އެފޮތްތަކުގައި ޞަރީޙަކޮށް ބަޔާންކޮށްފައިވަނީ އިމާމްގެ މައްޗަށް (މިފަދައިން ދައްކާ އެންމެހައި ބަސްތަކަކީ) ތެދުބަސްތަކެއް ނޫން ކަމުގަ އެވެ.


އެހެނަސް އެމީހެއްގެ އަމިއްލަ އެދުމަށް ގޮސް (އޭގެ ތެރެއަށް ގެނބިފައިވާ މީހަކަށް) މަގުފެނިފައިވާނީ މިފަދައިންނެވެ. نَسأل الله العافية و السلامة.
ފަތުވާ ނަގާފައިވަނީ : http://goo.gl/qa5oh9

މިތަނުގައި ބަޔާންމިކުރަނީ ދިވެހިރާއްޖޭގައި  ވެރިޔަކާއި ދެކޮޅަށް މުޒާހަރާ ކުރުމަށް މީސްތަކުންނަށް ބާރުއެޅުމަށް މަދީނާއިން ކިޔަވައިގެން އައިސްފައިވާ "ޝެއިޚެއް" މުޙައްމަދު ބިން ޢަބްދުލްވައްހާބު ވެރިންނާއި ދެކޮޅަށް ނުކުތްކަމުގައި ލިޔުނު ލިޔުމެއްގެ ބައެކެވެ.

 ikhwanis.png

 

ރައްޔިތުން އެއްޗެއް ބުނުން ކަމުގައިވަނީ، މަގުމަތީން ނުވަތަ ތަންތަނަށް އެއްވެ ސިޔާސީ ޕޯޑިޔަމް ތަކުގައި ވާހަކަ ދެއްކުން ތޯއެވެ. ވެރިޔާއަށް ނަޞޭޙަތް ދިނުން އަދި އެކަމުގެ ސިފަތައް އިސްލާމްދީނުގައި ނުވަނީ ތޯ އެވެ. ވެރިޔާގެ ޢައިބު ވާހަކަތަކާއި، ވެރިޔާކޮށްފައިވާ ކުށްތައް ޕޯޑިޔަމް ތަކުގެމަތީގައި ދެއްކުން އެއީ ސަލަފުއް ޞާލިޙުންގެ މަންހަޖު ތޯ އެވެ.

عياض بن غنم رضي الله عنه  ނަބިއްޔާ صلى الله عليه وسلم އަރިހުން ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. «مَنْ أَرَادَ أَنْ يَنْصَحَ لِذِي سُلْطَانٍ فِي أَمْرٍ فَلَا يُبْدِهِ عَلَانِيَةً، وَلَكِنْ لِيَأْخُذْ بِيَدِهِ، فَيَخْلُو بِهِ، فَإِنْ قَبِلَ مِنْهُ فَذَاكَ، وَإِلَّا كَانَ قَدْ أَدَّى الَّذِي عَلَيْهِ لَهُ» " އެމީހެއްގެ ވެރިޔާއަށް ނަޞޭހަތް ދޭން ބޭނުންވާ މީހާ އެކަން މީސްތަކުންނަށް އިނގޭ ގޮތުގައި (އިޢުލާންކުރާ ގޮތުގައި) ނުކުރާށެވެ. ވެރިޔާގެ އަތުގައި ހިފައިގެން މީސްތަކުންނާ ވަކިވެ ގަންނާށެވެ. ދިން ނަޞޭހަތް ޤަބޫލުނުކުރި ކަމުގައިވިޔަސް އިބަ އަޅާއަށް އަދާކުރުމަށް އަމުރުވެވިގެންވާ ކަންތައްް އެހިނދު އަދާކޮށްފިއެވެ." (މިޙަދީޘް ابن أبي عاصم ސުނަނުގައި ج 2 ص 507 ގައި ރިވާކޮށްފައިވެއެވެ. އަދި އިމާމް އަޙްމަދު މުސްނަދުގައި ج 3 ص 403 އަދި މިޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ.)

الحافظ عياض - رحمه الله - ވިދާޅުވެފައިވެ އެވެ. "މިތަނުގައި އުސާމާ ބިން ޒައިދު رضي الله عنهގެ މުރާދަކީ އަޑުހަރުކޮށް ވެރިމީހާއަށް ނަޞޭޙަތް ދިނުމުގެ ދޮރު ނުހުޅުވުމެވެ. އެއީ އެކަމުގައި އެކުލެވިގެންވާ ފާފައިގެ ބޮޑުކަމާއެކުގައެވެ. އެހެނަސް ނަޞޭޙަތް ދިނުން އޮތީ މަޑުމައިތިރިކަމާ އެކުގައި ސިއްރިޔާތުގައެވެ. ވެރިޔާ އެނަޞޭޙަތް އެންމެ ރަނގަޅަށް ޤަބޫލުކުރުން އޮތީ އެގޮތުގައި އެވެ." (فتح الباري ج 4  ص 52 އަށް ބަލާށެވެ.)

الشيخ عبد العزيز بن عبد الله بن باز - رحمه الله - ވިދާޅުވެފައިވެ އެވެ. "މީސްތަކުންގެ ކުރިމަތީގައި ވެރިންކުރާ ކުށްތަކުގެ ވާހަކަދެއްކުމާއި އެކަންތައްް އިޝްތިހާރުކުރުމަކީ ސަލަފުންގެ މަންހަޖެއްނޫނެވެ. އަދި މިކަންތައް މިމްބަރުތަކުގެ މަތީގައި ދެއްކުމަކީ ވެސް ސަލަފުންގެ މަންހަޖެއްނޫނެވެ. މިގޮތަށް ޢަމަލުކުރުމުން، ނިމުންދާނީ އިންޤިލާބުތަކަށެވެ. އަދި ވެރިންއަމުރުކުރާ ހެޔޮކަންތައްތަކުގައި ކިޔަމަންވުމުން އެއްކިބާވެގަތުމަށެވެ. އެއަށްފަހު ވެރިއާ ދެކޮޅަށްނުކުމެ ފާއިދާއެއް ޙާޞިލްނުވެ އެތަކެއް ގެއްލުންްތަކެއް ލިބިދިނުމެވެ." ( المعلوم من واجب العلاقة بين الحاكم و المحكوم   ص 22 )
މި ޙަދީޘް ތަކުންނާއި، މި ޢިލްމުވެރިންގެ ހިދާޔަތުން مُحمد بن عَبد الوَهَّاب ވަނީ އެއްކިބާވެފައިތޯ އެވެ.
ވެރިންނާއި ދެކޮޅަށް މުޒާހަރާ ކުރުމަށްޓަކައި މިފަދަ ވާހަކަތަކެއް ދެއްކުމުގެ އިތުރަށް ޢިލްމުވެރިންގެ މައްޗަށް ބަދުބަސް ރައްދުކޮށް، އެ ޢިލްމުވެރިން ވެރިންނާއި ދެކޮޅަށް ނުކުތޭ ބުނުމުގެ ހުރި ނުބައިކަމާ އެވެ.
ابن عباس رضي الله عنه ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. «مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ، فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا، فَمَاتَ، فَمِيتَةٌ جَاهِلِيَّةٌ» "އެމީހެއްގެ އަމީރުގެ ފަރާތުން ފެނިގެން ނުވާނެފަދަ ކަންތައްތަކެއް ފެނުމުން އެކަންތަކުގެ މައްޗަށް ކެތްކުރާށެވެ. ހަމަކަށަވަރުން މުސްލިމުންގެ ޖަމަޢަތާ ކައިވަތެއްހާ މިންވަރަށް ވަކިވެދާ މީހާ އެގޮތުގައި ހުރެ މަރުވެއްޖެ ނަމަ އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރަކުންނެވެ." ( أخرجه البخاري ج 13 ص 5 و مسلم  ج 3 ص 1477 )

الإمام الحسن بن علي البربهاري ލިޔުއްވާފައިވާ ފޮތް السنة ވިދާޅުވެފައިވެ އެވެ. "އިބައަޅާއަށް ވެރިމީހާގެ މައްޗަށް ބަދު ދުޢާކުރާ މީހަކު ފެނިއްޖެ ނަމަ އެއީ ހަވާނަފްސަށް ތަބަޢަވެ ހުރި މީހަކު ކަމުގައި ދަންނާށެވެ. އަދި ވެރިޔާއަށް ހެޔޮ ދުޢާކުރާ މީހަކު ފެނިއްޖެނަމަ الله އިރާދަކުރެއްވިއްޔާ އެއީ ސުންނަތުގެ އަހުލުވެރިއެކެވެ."

Like what you see?

Close

Hit the buttons below to follow us, you won't regret it...