ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

 ނިއުޒިލޭންޑް މިސްކިތައް ދެވުނު ޓެރެރިސްޓް ހަމަލާގެ މައްޗަށް މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ أ.د. عَبدُ الله بن عَبد الرَّحِيم البُخَاري حفظه الله ވިދާޅުވެފައިވާ ބަސްފުޅު

ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

الشَّيخ أ.د. عَبدُ الله بن عَبد الرَّحِيم البُخَاري حفظه الله ވިދާޅުވިއެވެ. "ނިއުޒިލޭންޑްގެ (މިސްކިތުގައި) ނަމާދު ކުރުމަށް ތިއްބައި ޤަތުލުކުރެވުނު މީސްތަކުންގެ ފާފަ ﷲ ފުއްސަވާދެއްވާނދޭވެ. އަދި ރިވެތިވެގެންވާ ޤަބޫލު ކުރެއްވުމަކުން އެ އިލާހުގެ ހަޒުރަތަށް އެބައިމީހުން ޤަބޫލު ކުރައްވާނދޭވެ. އަދި އަނިޔާ ލިބިފައިވާ މީސްތަކުންނަށް ޝިފާ ދެއްވާނދޭވެ. އަދި އެމީހުންގެ ގާތް ތިމާގެ މީހުންނަށް ކެތްތެރިކަމުގެ އިތުރުން ހިތްތަކުން ހިތާމައާއި ހިތްދަތިކަން ފިލައިގެންދާނެ ހިތްހަމަޖެހުމެއް އިލްހާމް ކޮށްދެއްވާނދޭވެ.


އެއަށްފަހު ބުނަމެވެ. ޖަރީމާގައި ފުރިހަމަވާންޖެހޭ އެހެންމެހައި ރުކުންތައް ފުރިހަމަވެފައިވާ ޖަރީމާއެއްކަމުގައި މިޖަރީމާ ވާކަން ކަށަވަރެވެ. އަދި
މި ޖަރީމާ ބިނާވެގެންވަނީ ހިދާޔަތާއި، ޙައްޤު ދީން ކަމުގައިވާ އިސްލާމް ދީނުގެ މައްޗަށް ނަޞާރާއިންގެ ހިތުގައިވާ ޙަސަދަވެރިކަމާއި ރުޅިވެރިކަމުގެ މައްޗަށެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ. وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ "އަދި ޔަހޫދީންވެސް، ނަޞާރާއިންވެސް އެބައިމީހުންގެ ދީނަށް އިބަނަބިއްޔާ ތަބަޢަވެވަޑައިގެންފުމަށް ދާންދެން ނަބިއްޔާއަށް ނުރުހޭނެތެވެ."


އަދި ހައިރާން ކުރުވަނިވި ކަމަކީ، އައިއެސް އައިއެސް، އަލްޤަޢިދާ ނުވަތަ އެނޫންވެސް މަގުފުރެދިފައިވާ ޚަވާރިޖުންގެ މީހަކު މިފަދަ ޢަމަލެއް ކުރާހިނދު، މުޅި ދީނަށް ތުހުމަތު ކުރެވި ނިސްބަތްކުރެވޭ ކަމެވެ. އަދި ކިޔެއްހެއްޔެވެ! އެމީހުންގެ މަގުފުރެދުމުގެ އިތުރުން އެމީހުންގެ މަންހަޖުގެ ނުބައިކަން ބަޔާންކޮށް ރައްދުދީ، ޢިލްމުވެރިން ބަޔާންތައް ނެރޭ އިރުގައިވެސް، އެންމެހައި މުސްލިމުން އެކުއެކީގައި އެ ތުހުމަތު ތަކުގައި ބައިވެރި ކުރެވޭ ކަމެވެ.


އެހެނަސް ދީނީ ޢަޤީދާގެ މައްޗަށް ބިނާކޮށް އޭނާ ހިންގި މި ޖަރީމާގައި އޭނާއާ އަދި އޭނާއެކުވީ މީސްތަކުން ފިޔަވައި އެހެންބަޔަކު ކުށްވެރިވާކަމަށް ނުވެ އެވެ. މި ޙާލަތުގައި އެންމެހައި ނަޞާރާއިން ކުށްވެރިކުރުން ކޮބައިހެއްޔެވެ؟ (ކުފުރާއި ބާޠިލްގެ އަހުލުވެރިންނަށް) ޢުޒުރުވެރިވެ އެއްބާރުލުން ދިނުމުގެ ޢަޤީދާގެ މައްޗަށް ދަޢުވަތުދޭ މީހުންގެ އިތުރުން އެބައިމީހުންގެ ބައިވެރިންނާއި އެހީތެރިންގެ ސަބަބުން ޣާފިލްވެފައިވާ މީސްތަކުން ފަހެ، ހޭއަރާހުށި ކަމެވެ. (އަދި ހޭ އެރުމަށްފަހު) އެމީހުންނަށްޓަކައި ﷲ ރުހިވޮޑިގެންނެވި ދީން ކަމުގައިވާ އިސްލާމްދީނުގެ ޢަޤީދާ އުނގެނިގަތުން ހުއްޓެވެ. މޮޅުއެތީގެ ބަދަލުގައި ދެރަ އެއްޗަކަށް އެދޭ ބައެއްކަމުގައި ނުވާހުށި ކަމެވެ."


ބަސްތައް ނަގާފައިވަނީ : https://goo.gl/2Mko9g

ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖ. ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު | 22 ނޮވެމްބަރ 2019

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން | 21 ނޮވެމްބަރ 2019

ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله | 21 ނޮވެމްބަރ 2019

 ޢާންމުން ނުކުމެ ޝަރީޢަތުން ބޭރުގައި މީސްތަކުންނަށް ހައްދު ތަންފީޒުކޮށް މީހުން މެރުމަށް ހިއްވަރުދޭނީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ "ޝެއިޚުން" | 18 ނޮވެމްބަރ 2019

 ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله | 29 ޑިސެމްބަރ 2017

 ފަރުދުން ނުކުމެ އިސްލާމްދީނަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ޙައްދު ޤާއިމްކޮށް ޤަތުލުކުރުން ނަޙީވެގެންވާކަން - العَلَّامَة الشَّيْخُ صالح الفوزان حفظه الله | 09 އޮގަސްޓު 2017

 ޤަތަރުގެ އަލް-ޖަޒީރާ ޗެނަލް އަކީ ޓެރަރިސްޓު ޖަމާޢަތްތަކުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދޭ މިންބަރު - الشيخ صالح بن فوزان الفوزان حفظه الله | 09 ޖޫން 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި ޤަރަޟާވީގެ އިރުހާބީ ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި އިޚްވާނުލް މުސްލިމީން ލީޑަރު ޤަރަޟާވީގެ ޓެރަރިސްޓު ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

ސަފީރުން މެރުމުން އެކަމުގެ މައްޗަށް އުފާ ފާޅުކުރުން އެއީ ހަރާމް ކަމެއް - هيئة كبار العلماء السعودية | 18 ޖެނުއަރީ 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...