ބާޠިލްއަށް ދަޢުވަތުދޭ ނުބައި ދާޢީންނާއި ޙައްޤުގައިވާ އަހުލުވެރިން ތަފާތުކޮށް ދެނެގަންނާނީ ކިހިނަކުން - العَلاَّمَة صَالِح اللحَيْدان حفظه الله

ސުވާލު: ﷲ ޝެއިޚްއަށް ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. ސުވާލުގައި ބުނެފައިވެ އެވެ. މުސްލިމަކަށް، ނުބައި ދަޢުވަތުދޭ ދާޢީންނާއ އަދި ބާޠިލްއަށް ދަޢުވަތުދޭ މީހުންނާއި އެނޫން މީސްތަކުން ތަފާތުކޮށް ދެނެގަންނާނީ ކިހިނަކުންތޯ އެވެ؟ އަދި އެފަދަ މީހުންގެ މައްޗަށް ސަމާލުވެ ރައްކާތެރިކަން ހޯދާނީ ކިހިނަކުންތޯ އެވެ؟
ޖަވާބު: ބުނަމެވެ. މުސްލިމުން އެބައިމީހުންނަށް ފެންނަ ކޮންމެ މީހަކާއި މެދުގައި ރަގަނޅަށް ނުދެކުމެވެ. ކުރީގައިގެ ދުވަސްތަކުގައި ޝާޢިރު ބުނެފައިވެ އެވެ. ކޮންމެ ދުވަހަކާއި މެދުގައި ތިބާ ރަނގަަޅަށް ހީކުރުމަކީ އެއީ ތިބާގެ ނުކުޅެދުންތެރި ކަމެކެވެ. ފަހެ ފެންނަ ކޮންމެ މީހަކާއި މެދުގައި ހެޔޮގޮތެއްގައި ދެކުމެއް ނުވެ އެވެ. އެމީހަކާއި މެދުގައި ތިބާއަށް ޙައްޤު ގޮތުގައި، މަޢުރިފާވެ ބަޔާންވެގެންދިޔައީ : އޭނާ އަކީ ﷲ އަށް ބިރުވެތިވުމާއި، އިޚްލާޞްތެރި ކަމާއި، ﷲ އަށް ތަޤްވާވެރި ވުމާއި އަދި ޢިލްމުގެ އަހުލުވެރިއެއް ކަމެވެ. ފަހެ އެފަދަ މީހާގެ ފަރާތުން ޢިލްމު ޙާޞިލްކޮށް ޢިލްމު އުނގެނޭށެވެ.
ދީނުގައިވާ އަމުރު ތަކުގެ ތެރެއިން އެއްވެސް އަމުރެއްގެ މައްޗަށް ތިބާއަށް އޭނާގެ މައްޗަށް ޝައްކު ކުރެވިއްޖެ ހިނދުގައި، އޭނާއާ އެދުގައި ޝައްކު ކުރެވުނު ކަންތައް ޢިލްމުގެ އަހުލުވެރިންގެ އަރިހަށް އުފުލާށެވެ.
އެއަށްފަހުގައި ބުނަމެވެ. އުއްމަތުގެ ސަލަފުން ވިދާޅުވެފައިވާ ފަދައިން، عَبْدُ الله بِن مُبَارك –ޙިޖުރީ ގޮތުން ދެވަނަ ޤަރުނުގެ ފަހުކޮޅުގައި އުޅުއްވި މި އިމާމް- ވިދާޅުވެފައިވެ އެވެ.
އިންސާނާ އޭނާއާ ބައްދަލުވި ކޮންމެ މީހެއްގެ ކިބައިން ސުވާލުކޮށް ދީން ހޯދުމެއް ނުވެ އެވެ. އޭނާއާ ބައްދަލުވި ކޮންމެ މީހަކީ އެއީ ޢިލްމުވެރިއެއް ކަމަށް ހަދައިގެން ނުވާނެ އެވެ. މިފަދައިން ޢަމަލުކޮށްގެން ނުވާނެ އެވެ.
އެއަށްފަހުގައި ބުނަމެވެ. ތިބާ ދީން ހޯދުމަށް އެމީހެއްގެ ގާތުގައި ސުވާލުކުރާ މީހާއަކީ، މި ޝަރީޢަތް ކޮންފަދައަކުން މަތިވެރިކުރާ މީހެއްތޯ ބަލާށެވެ. އޭނާގެ ނަފްސުގައި ފަސްވަޤުތު ފަސް ނަމާދު މިސްކިތުގައި އަދާކުރުން ވަނީ ކިހިނަކުންތޯ ބަލާށެވެ. ފަހެ އޭނާ ދީނުގައިވާ ކަންތައްތަކުގެ މައްޗަށް ދީން ފަސޭހަކޮށް "ތަސާމުޙު" (ދީނަކީ ޢަފޫކުރެވިގެންވާ، ލުއި ފަސޭހަ) އޭ ކިޔައި ދީނުގައިވާ ކަންކަން ދޫކޮށް އަރައިގަނޭތޯ ބަލާށެވެ.
ފަހެ، މުއުމިން އަޅާއަށް އޮތީ ފުރިހަމައަށް އީމާންކަމުގެ ރޫޙުގައި ދެމިހުރުމެވެ. ތިބާއަށް އެއްވެސް ފަރާތަކާއި މެދުގައި ޝައްކު ކުރެވިއްޖެ ހިނދުގައި، ތިބާ އެފަދަ މީހަކާއި ބެހޭގޮތުން ދައްކާ ވާހަކަތަކުގެ މައްޗަށް ސުވާލު ކުރަން ބޭނުންވާ ކަންތައްތައް ފުރިހަމައަށް އޭނާގެ މައްޗަށް ޘާބިތު ކުރާށެވެ. (އެބަސްތައް ޘާބިތުވެގެންވާކަން ޔަޤީން ކުރާށެވެ.) އެއަށްފަހު އެކަންތައްތަކާއި ބެހޭގޮތުން ސުވާލު ކުރާށެވެ.
ތިބާއަށް ޞަޙާބީންގެ ޒަމާނުގައި ޞަޙާބީންގެ ތެރެއިން މީހަކު ބުނެ އެވެ. ތިމަންނަ އެވެނި މިވަނި މީހަކާ އެކުގައި މުޢާމަލާތް ނުކުރާނަމެވެ. މިއީ ޞަޙާބީންގެ ޒަމާނުގައި ކަންތައްތައް އޮތް ޙާލަތެވެ؟! އެހެން ކަމުގައިވާނަމަ އަހަރެމެންގެ މި ޒަމާނުގައި މިކަން މިއަށްވުރެ ބޮޑުވެގެންވެ އެވެ.
*****
ފަތުވާ ނަގާފައިވަނީ : https://goo.gl/Kf5wae