 އެންމެ މަތިވެރި ޖިހާދަކީ ރަސޫލުން ކުރެއްވި ޖިހާދެވެ. އެއީ މީސްތަކުންނަށް ދީން ބަޔާންކޮށްދިނުމެވެ. - الشيخُ العلاَّمة رَبِيع بن هَادي المَدخَلِي حفظه الله

ކެޓަގަރީ ޖިހާދު

 

ﷲ ވަޙީކުރެއްވި އެވެ. ﴿إِنّا لَنَنصُرُ رُسُلَنا وَالَّذينَ آمَنوا فِي الحَياةِ الدُّنيا وَيَومَ يَقومُ الأَشهادُ﴾  
"ހަމަކަށަވަރުން ތިމަން އިލާހު ރަސޫލުންނަށާއި އީމާންވި މީހުންނަށް، ދުނިޔޭގެ ޙަޔާތުގައްޔާއި ޤިޔާމަތްދުވަހުގައި ނަޞްރު ދެއްވާ ހުށީމެވެ."


العلاّمة ربيع المدخلي حفظه الله ވިދާޅުވެފައިވެ އެވެ. "ގިނަފަހަރު ތަކުގައި ނަޞްރުލިބުން ހައްޤުވެގެންވަނީ ﷲގެ ކަލިމަފުޅު މަތިވެރި ކުރުމާއި އެކަލިމަ ފާޅުކުރުމެވެ. އަދި އޭގެ އަހުލުވެރިން ޙުއްޖަތާއި ބުރުހާނުން ޢަދުއްވުންގެ ގޮތުގައިވާ ބިދުޢަވެރިންގެ ގޮތުގައި ހައްދުފަހަނަ އަޅައިފައިވާ މީސްތަކުންނާއި ޙައްޤުމަގު ގެއްލިފައިވާ މީހުންނާއި މުނާފިޤުން، މުޝްެރިކުން، އަހުލު ކިތާބީ ކާފަރުން އަދި އެނޫން ކާފަރުންގެ މައްޗަށް ބާރުވެރިބައެއްގެ ގޮތުގައިވުމެވެ.


ފަހެ، ތިޔަބައިމީހުން ކެތްކުރާށެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. އަދި ދުޝްމަނުން އަތުވެދާނެ މަގުތައް ބަލައި ޖިހާދު ކުރުމަށް ތައްޔާރީގައި ތިބޭށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބު ލިބުމަށްޓަކަ އެވެ. ފަހެ، އެންމެ މާތް މަތިވެރި ޖިހާދަކީ ނަބިއްޔުން ކުރެއްވި ޖިހާދު އެވެ. އެ ޖިހާދަކީ ދަޢުވަތް ދެއްވުމާއި ޙުއްޖަތާއި ބުރުހާން މީސްތަކުންނަށް ބަޔާންކޮށްދެއްވުމެވެ."
*****
ފަތުވާ ނަގާފައިވަނީ : اللُّباب صـ ٤٣

Like what you see?

Close

Hit the buttons below to follow us, you won't regret it...