5  ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

(ޚައްތާބް އަލް-މާލްދީފީ އަދި އަބޫ ދުޖާނާ އަލް-މާލްދީފީ ނަމަކަށްކިޔާ ދެ ދިވެއްސަކު މަރުވެފައިވާކަމަށް ސީރިއާގެ ޚަވާރިޖު އަލް-ޤާއިދާގެ ދިވެހި ގޮފި ކަމުގައިވާ ބިލާދުއް ޝާމް މީޑިއާއިން 24 ޑިސެންބަރ 2017 ގައި ވަނީ އިޢުލާނު ކޮށްފައި)

"أَهْلُ السُّنَّةِ وَالجَمَاعَةِ އިއްތިފާޤުވެވަޑައިގެންފައި ވަނީ ހަމަކަށަވަރުން ޖިހާދަކީ މުސްލިމުންގެ ވެރިޔާގެ މަސްޢޫލިއްޔަތްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެއްގެ ގޮތުގަ އެވެ. ކޮންމެހެން ވެސް ޖިހާދުކުރުމަށް މުސްލިމުން އެމީހުންގެ އިމާމްގެ ފަރާތުން އިޛުނަ ހޯދަންޖެހޭނެ ކަމެވެ. އަދި ޖިހާދުކުރަންޖެހޭނީ ވެރިޔާ އައްޔަނުކުރާ ފަރާތެއްގެ ދަށުގަ އަދި ވެރިޔާ ޤާއިމްކޮށްފައިވާ ދިދައެއްގެ ދަށުގަ އެވެ. އެއީ رَسُوْلُ الله ސުންނަތަށް ތަބަޢަވުމަށް އަދި ޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ދެމިހުރުމުގެ ގޮތުންނެވެ. أَهْلُ السُّنَّةِ وَالجَمَاعَةِ ގެ އަހުލުވެރިން މިފަދައިން އެބައިމީހުން ލިޔެފައިވާ ފޮތްތަކުގައި އިޤްރާރުވެފައިވެ އެވެ.


أَبُوْ جَعْفَرُ الطَّحَاوِيْ رحمه الله ވިދާޅުވެފައިވެ އެވެ. "ޙައްޖުކުރުމާ ޖިހާދުކުރުން ދެމިއޮންނަނީ މުސްލިމުންގެ ވަލިއްޔުލް އަމްރުއާ އެކުގައި އެވެ. އެބައިމީހުންގެ ވެރިޔާއަކީ ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް ޤިޔާމަތާ ޖެހެންދެން މިގޮތުގައި ދެމިއޮންނާނެ އެވެ."

 
الإِمَامُ أَحْمَدَ بْنَ حَنْبَلٍ رحمه الله ވިދާޅުވެފައިވެ އެވެ. "ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް، އެ އަމީރުއާ އެކުގައި ޖިހާދު ކުރުން ޤިޔާމަތާ ޖެހެންދެންވެ އެވެ. އެއީ ދޫކޮށްގެންވާނެ ކަމެއް ނޫނެވެ."


الإِمَامُ عَلِيُّ بِنْ المَدِيْنِي رحمه الله ގެ ޒަމާނުގައި އުޅުއްވި ސަލަފުންގެ ޖަމާޢަތެއްގެ ފަރާތުން عَلِيُّ بِنْ المَدِيْنِي ގެ ޢަޤީދާ ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ. "އޭނާގެ މައްޗަށް ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ވެރިއެއްގެ ގޮތުގައި ހުރިކަމުގައިވީ ނަމަވެސް، ﷲ އަށާއި ޤިޔާމަތްދުވަހަށް އީމާންވެގެން ހުރި އެކަކަށްވެސް އެއީ އޭނާގެ ވެރިޔާކަމުގައި ދެކި ޤަބޫލުކޮށްގެން ނުނީ އެންމެ ރެއެއްވެސް ހޭދަކުރުން ޙަލާލެއް ނުވާނެ އެވެ. ފަހެ އެއީ އޭނާގެ އަމީރުލް މުއުމިނީން އެވެ. ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް،  އެ އަމީރުއާ އެކުގައި ޖިހާދު ކުރުން ޤިޔާމަތާ ޖެހެންދެންވެ އެވެ. އެއީ ދޫކޮށްގެން ވާނެ ކަމެއްނޫނެވެ."


الإِمَامُ أَبِيْ زُرْعَة عُبَيْدُ الله بِنْ عَبْدَ الكَرِيْم حمه الله އަދި الإِمَامُ أَبِيْ حَاتِم مُحمَّدُ بِنْ إِدْرِيْس ابن المُنْذِر رحمه الله (ދެ ރާޒީން) ގެ ޢަޤީދާގައި ބަޔާންވެގެންވެ އެވެ. أَبِيْ حَاتِم ވިދާޅުވި އެވެ. ތިމަންގެ ބައްޕަ އަދި أَبِيْ زُرْعَة އަރިއަހުން އަހުލުއްސުންނަތުގެ  މަޛްހަބުގެ ދީނުގެ އުޞޫލުތަކާއި މެދުގައި ސުވާލު ކުޅައީމެވެ. އަދި އެޒަމާނުގައި ބައްދަލުވި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވި ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތާއި، އެ ދެބޭފުޅުން ޢަޤީދާގައި ޤަބޫލުފުޅު ކުރައްވާ ގޮތާ މެދުގައި ސުވާލު ކުޅައީމެވެ. އެހިނދު ދެބޭފުޅުން ވިދާޅުވި އެވެ. އަހަރެމެންނާ ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގެ ޢިލްމުވެރިންނާ ބައްދަލުވި އެވެ. ޙިޖާޒް، ޢިރާޤް، ޝާމް އަދި ޔަމަނުގެ ޢިލްމުވެރިންނާއި ބައްދަލުވި އެވެ. އެ އެންމެހައި ޢިލްމުވެރިން މަޛްހަބުގައި (އަޤީދާގައި) ދެކެވަޑައިގަންނަވަނީ ނަމާދު، ޙައްޖު އަދި ޖިހާދު ކުރަންޖެހޭނީ ވެރިންނާ އެކުގައި ކަމެވެ."
ابن رُشْد القُرْطُبِيْ رحمه الله ވިދާޅުވެފައިވެ އެވެ. "ހެޔޮލަފާ ނުވަތަ ނުބައި ފާޖިރެއްކަމުގައިވީ ނަމަވެސް، ޢަދުއްވުންނާ ދެކޮޅަށް ޖިހާދުކުރުން އޮތީ ވެރިންނާ އެކުގަ އެވެ."  އަދިވެސް ވިދާޅުވެފައިވެ އެވެ. "އަދި ޖިހާދަކީ އެއަށް ވަފާތެރިވުމަށް ވާޖިބުވެގެންވާ ކަންތަކެއް އެކުލެވިގެންވާ ޢަމަލެކެވެ. ޖިހާދު ކުރުމުގައި ވަފާތެރިވާންޖެހޭނީ ކިހިނަކުންތޯ ދެންނެވުމުން ވިދާޅުވި އެވެ. އެއީ ފަސް ކަމެއްގައި ވަފާތެރި ވުމުވެ. ޖިހާދުގައި ވެރިޔާއަށް ކިޔަމަންވުން. ޣަނީމާ މުދަލުން އެއްވެސް އެއްޗެއް ނުނެގުން. އަމާންކަމެއް ލިބިގެންވާ މީހެއް ނަމަ އެފަދަ ޢަހުދުތަކަށް ރައްކައުތެރިވުން. ހަނގުރާމައިގެ ސަފުތައް ބައްދަލުވާ ހިނދުގައި ފުރިހަމައަށް ޘާބިތުވުން. މުސްލިމުންގެ އެކަކު މައްޗަށް ޢަދުއްވުންގެ ދެމީހުންނަށް ވުރެ ގިނަނުވާ ނަމަ ފިލަން ނުދުވުން."


القُرْطُبِيْ المَالِكِيْ رحمه الله ވިދާޅުވެފައިވެ އެވެ. "ވެރިޔާގެ އިޛުނައަކާ ނުލައި ހަނގުރާމައަށް ލަޝްކަރުތައް ނުކުމެގެން ނުވާނެ އެވެ. އެއީ އެބައިމީހުންގެ ފަހަތުން ބެލެހެއްޓުންތެރިކަމާއި ބާރުވެރިކަމުގައި ދެމިތިބުމަށެވެ. އަދި އިމާމްގެ ދިފާޢުގައި އެބައިމީހުންގެ ބޭނުންޖެހިދާނެ ކަމަށްޓަކަ އެވެ."


المَاوَرْدِيْ الشَّافِعِي رحمه الله ވިދާޅުވެފައިވެ އެވެ. "އިމާމް އަށް ދިހަ ކަމެއް ލާޒިމްވެގެންވެ އެވެ. ފަސްވަނައީ : ދުޝްމަނުންނަށް ދައުލަތަށް ވަދެނުގަނެވޭނެ ފަދައިން ގަދަބާރާއެކުގައި އަދި އެބައިމީހުން ދިފާޢުކުރެވޭނެގޮތުން އެބައިމީހުންނަށް މުސްލިމުންގެ ޙުރުމަތަށް އަރައިގަނެވިދާނެ އެންމެހައި ގޮތްތަކުން ދިފާޢުކުރުމެވެ. ހަވަނައީ : އިސްލާމްދީނާއި ދެކޮޅުވެ އެއަށް ބޮޑާވެގަތް މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތު ދިނުމަށްފަހުގައި އެބައިމީހުންނާ ޖިހާދުކުރުން ނުވަތަ އެބައިމީހުންނަކީ މުސްލިމުންނަށް ޖިޒްޔަ ދީގެން ތިބޭ ބައެއްގޮތުގައި ބޭތިއްބުމެވެ. އެއީ ﷲ ތަޢާލާއަށްޓަކައި އެކަލާނގެ ދީން ޙައްޤު ގޮތުގައި އެންމެހައި ފަރާތްތަކެއްގެ މައްޗަށް ފާޅުކުރުމަށްޓަކަ އެވެ."


المُوَفق ابن قُدامة الحَنْبَلِي رحمه الله ވިދާޅުވެފައިވެ އެވެ. "ޖިހާދު ކުރުމުގެ އަމުރަކީ ވެރިޔާއާ ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިގެންވާ ވެރިޔާގެ އިޖްތިހާދު ކުރުމުގައި ހިމެނިގެންވާ ކަމެކެވެ. ވެރިޔާގެ ދަށުގައިވާ ރައްޔިތުން އެކަމުގައި ވެރިޔާ ދެކޭގޮތްތަކުގައި ކިޔަމަންގަތުން ލާޒިމްވެގެންވެ އެވެ."

 

البهُوتي رحمه الله ވިދާޅުވެފައިވެ އެވެ. "ވެރިޔާގެ އިޛުނަ ނެތީސް ޖިހާދުކުރުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ހަނގުރާމައިގެ ކަންތައް މޮޅަށް ވެރިޔާއަށް އޮޅުންފިލައިފައި ވުމެވެ. ޖިހާދުކުރުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވަނީ ވެރިޔާއަށެވެ."


شَيْخُ الإِسْلاَمُ اِبن تَيْمِيَّة رحمه الله ވިދާޅުވެފައިވެ އެވެ. "أَهْلُ السُنَّةِ وَالجَمَاعَةِ ދެކެނީ ޙައްޖުކުރުމާ، ޖިހާދުކުރުން އަދި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުން ވަނީ ވެރިޔާއާ އެކުގަ އެވެ. އެއީ ހެޔޮލަފާ ވެރިން ކަމުގައިވީ ނަމަވެސް ނުވަތަ ނުބައި ފާޖިރު ވެރިން ކަމުގައިވީ ނަމަވެސްމެ އެވެ."


الشَّيْخُ عَبْدُ اللطِّيْف بِنْ عَبْدُ الرَّحْمَن رحمه الله ވިދާޅުވެފައިވެ އެވެ. "މި ގޮތުގައި ޢަމަލުކުރުން މި އުއްމަތުގެ ޢިލްމުވެރިންނާއި އެންމެ ހެޔޮމީސްތަކުންގެ މެދުގައި ދެމިއޮތުމުގައިވެ އެވެ. އެބައިމީހުން ﷲ އަށް ކިޔަމަންގަތުމާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންގަތުމަށް އަދި އެއީ ހެޔޮލަފާ ނުވަތަ ފާޖިރު އިމާމެއް (ވެރިއެއް) ކަމުގައި ވިޔަސް އެ އިމާމްއާ އެކުގައި ﷲ ގެ މަގުގައި ޖިހާދު ކުރުމުގައި ދެމިހުރުމަށް އަމުރު ކުރެއްވި އެވެ. މިކަންތައް އެބޭކަލުންގެ އުޞޫލީ ފޮތްތަކުގައި އަދި ޢަޤީދާގައި ފާޅުކޮށް ބަޔާންވެގެންވެ އެވެ."   

ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން (ޤުރުއާނާއި ސުންނަތުގެ ދަލީލުތައް)

 

1. ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ. يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ މި އާޔަތުގެ ތަފްސީރުގައި الإِمَامُ القُرطُبِيْ ޛިކުރު ކުރައްވާފައިވެ އެވެ. "سَهْلُ بِنْ عَبْدُ الله التسْتَرِيْ ވިދާޅުވެފައިވެ އެވެ. ތިޔަބައިމީހުން ވެރިޔާއަށް ހަތް ކަމެއްގައި ކިޔަމަންގަންނާށެވެ. ދިރުހަމް އަދި ދީނާރު ޖެހުމުގައި، މިނުމާއި ކިރުމުގައި، ޙުކުމްތަކުގައި، ޙައްޖުކުރުމުގައި، ހުކުރު ކުރުމުގައި، ދެ ޢީދު ނަމާދު ކުރުމުގައި އަދި ޖިހާދުކުރުމުގައި އެވެ."

الإِمَامُ النَّوَوِي رحمه الله  "ކިޔަމަންގަތުން" (އާޔަތުގައިވާ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ އަށް ނިޞްބަތްކޮށް) ޙުކުމްގެ މައްޗަށް ވިދާޅުވެފައިވެ އެވެ. "ފާފައަކަށް ނުވާ ކޮންމެ ކަމެއްގައި ވެރިންނަށް ކިޔަމަންގަތުމަށް ޢިލްމުވެރިންވަނީ އިޖްމާޢުވެގެންނެވެ." އަދިވެސް ވިދާޅުވެފައިވެ އެވެ. "ޢިލްމުވެރިން ވިދާޅުވެ އެވެ. "އުލިލް އަމްރު" ގެ މުރާދަކީ އެކަލާނގެ އެބަޔަކަށް ކިޔަމަންގަތުން ވާޖިބު ކުރައްވާފައިވާ ވެރިންނެވެ. މިއީ ތަފްސީރުގެ އަހުލުވެރިން އަދި ފިޤުހުގެ އަހުލުވެރިންގެ ތެރޭގައިވާ އަދި އެނޫން މީސްތަކުންގެ ތެރޭގައިވާ ސަލަފުން އަދި ޚަލަފުންގެ ޖުމްހޫރުންގެ ބަސްފުޅެވެ. އަދި ބުނެވެ އެވެ. އެއީ (އޭގެ މާނައަކީ) ޢިލްމުވެރިންނެވެ. އަދިވެސް ބުނެވެ އެވެ. އެއީ ވެރިންނެވެ."


2. أَبُو هُرَيْرة رضي الله عنه ރިވާކުރައްވާފައިވެ އެވެ. رَسُوْلُ الله ﷺ ޙަދީޘް ކުރެއްވި އެވެ. (مَنْ أَطَاعَنِيْ فَقَدْ أَطَاعَ اللهَ ، وَمَنْ عَصَانِيْ فَقَدْ عَصَى اللهَ ، وَمَنْ أَطَاعَ أَمِيْرِيْ فَقَدْ أَطَاعَنِيْ ، وَمَنْ عَصَى أَمِيْرِيْ فَقَدْ عَصَانِيْ)  "ހަމަކަށަވަރުން ތިމަން ނަބިއްޔާއަށް ކިޔަމަންވެއްޖެ މީހަކީ ﷲ އަށް ކިޔަމަންވެއްޖެ މީހެކެވެ. ތިމަން ނަބިއްޔާއަށް އުރެދިއްޖެ މީހަކީ ހަމަކަށަވަރުން ﷲ އަށް އުރެދިއްޖެ މީހެކެވެ. އަދި ތިމަން ނަބިއްޔާގެ އަމީރަށް ކިޔަމަންވެއްޖެ މީހަކީ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެ މީހެކެވެ. އަދި ތިމަންނަބިއްޔާގެ އަމީރަށް އުރެދިއްޖެ މީހަކީ ހަމަކަށަވަރުން ﷲ އަށް އުރެދިއްޖެ މީހެކެވެ."


3. އަދިވެސް أَبُو هُرَيْرة رضي الله عنه ރިވާކުރައްވާފައިވެ އެވެ. النَّبِيُّ ﷺ ޙަދީޘް ކުރެއްވި އެވެ. (مَنْ خَرَجَ مِنْ الطَّاعَةِ وَفَارَقَ الْجَمَاعَةَ فَمَاتَ مَاتَ مِيتَةً جَاهِلِيَّةً وَمَنْ قَاتَلَ تَحْتَ رَايَةٍ عِمِّيَّةٍ يَغْضَبُ لِعَصَبَةٍ أَوْ يَدْعُو إِلَى عَصَبَةٍ أَوْ يَنْصُرُ عَصَبَةً فَقُتِلَ فَقِتْلَةٌ جَاهِلِيَّةٌ)  "ވެރިޔާގެ ކިޔަމަންގަތުމުން ބޭރުވެ، މުސްލިމުންގެ ޖަމާޢަތާވަކިވެ، ފަހެ އެގޮތުގައިހުރެ މަރުވެދާ މީހާ މަރުވެދާނީ ޖާހިލިއްޔަ މަރެއްގަ އެވެ. ކާކު ނަގަހައްޓާފައިވާ ދިދައެއްކަމެއް ނޭނގި (ޖިހާދު ކުރެވެނީ ކޮންވެރިއެއްގެ އަމުރުވެރި ކަމުގެ ދަށުގައިކަމެއް ނޭނގި)، އަނެއް ބައެއްގެ މައްޗަށް އޮތް ރުޅިވެރިކަމެއްގެ މައްޗަށް ނުވަތަ އޭނާގެ ޤައުމިއްޔަތައްޓަކައި ނުވަތަ އޭނާގެ ހިތްއެދޭކަމަށްޓަކައި ހަނގުރާމަކޮށް މަރުވެދާމީހާ މަރުވެދާހުށީ ޖާހިލިއްޔަ މަރެއްގަ އެވެ."


ފަހެ، މި އެއްމެހައި ދަލީލުތަކުން ޢާންމުވެގެން ބަޔާންވެގެންދަނީ ޖިހާދު ކުރުމުގައި ވެރިޔާއަށް ކިޔަމަންވާންޖެހުން ވާޖިބު ވެގެންވާ ކަމެވެ. ނުވަތަ އެކަމުގައި ކިޔަމަންގަންނަން ޖެހޭ ފަރާތަށް ކިޔަމަންގަތުން ވާޖިބުވެގެންވާ ކަމެވެ.


ޚާއްޞަގޮތެއްގައި ޖިހާދުކުރުމުގައި ވެރިޔާއަށް ކިޔަމަންގަތުން ވާޖިބުވެގެންވާ ކަމުގެ ދަލީލުތައް، އަދި ޖިހާދުކުރުމަކީ ވެރިޔާއާ ޙަވާލުކުރެވިގެންވާ މަސްޢޫލިއްޔަތެއްކަން ބަޔާންވެގެންވާ ދަލީލުތައް.


1. الإِمَامُ البُخَارِيْ ވިދާޅުވެފައިވެ އެވެ. (بَابٌ الْإِمَامُ جُنَّةٌ يُقَاتَلُ مِنْ وَرَائِهِ وَيُتَّقَى بِهِ، مَنْ أَطَاعَنِي فَقَدْ أَطَاعَ اللَّهَ وَمَنْ عَصَانِي فَقَدْ عَصَى اللَّهَ وَمَنْ يُطِعْ الْأَمِيرَ فَقَدْ أَطَاعَنِي وَمَنْ يَعْصِ الْأَمِيرَ فَقَدْ عَصَانِي وَإِنَّمَا الْإِمَامُ جُنَّةٌ يُقَاتَلُ مِنْ وَرَائِهِ وَيُتَّقَى بِهِ فَإِنْ أَمَرَ بِتَقْوَى اللَّهِ وَعَدَلَ فَإِنَّ لَهُ بِذَلِكَ أَجْرًا وَإِنْ قَالَ بِغَيْرِهِ فَإِنَّ عَلَيْهِ مِنْهُ)  "(ބާބު : ހަނގުރާމަ ކުރުންއޮތީ އިމާމްގެ ފަހަތުގައި އަދި ރައްކައުތެރިކަން ލިބިގަންނަނީ އިމާމްގެ ފަރާތުން)، ހަމަކަށަވަރުން ތިމަން ނަބިއްޔާއަށް ކިޔަމަންވެއްޖެ މީހަކީ ﷲ އަށް ކިޔަމަންވެއްޖެ މީހެކެވެ. ތިމަން ނަބިއްޔާއަށް އުރެދިއްޖެ މީހަކީ ހަމަކަށަވަރުން ﷲ އަށް އުރެދިއްޖެ މީހެކެވެ. އަދި ތިމަން ނަބިއްޔާގެ އަމީރަށް ކިޔަމަންވެއްޖެ މީހަކީ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެ މީހެކެވެ. އަދި ތިމަންނަބިއްޔާގެ އަމީރަށް އުރެދިއްޖެ މީހަކީ ހަމަކަށަވަރުން ﷲ އަށް އުރެދިއްޖެ މީހެކެވެ. ހަމަކަށަވަރުން އިމާމްއަކީ އޭނާގެ ފަހަތުގައި ތިބެ ރައްކައުތެރިކަން ލިބިގަންނަ އައްޑަނައެކެވެ. ހަނގުރާމަކުރުން ވަނީ އިމާމްގެ ފަހަތުގައި ތިބެގެންނެވެ. ހަމަކަށަވަރުން ﷲ އަށް ތަޤްވާވެރިވުމަށް އަމުރުކޮށް ދީނުގައި ބަޔާންވެގެންވާ ޢަދުލުގައި ދެމިހުރުމުން، ހަމަކަށަވަރުން އޭނާއަށް އެކަމުގައި އަޖުރުލިބިގެންދެ އެވެ. މި ނޫންގޮތަކަށް ބަޔާންކޮށްފި ނަމަ އޭނާއަށް އެކަމުގައި އެފަދައިން (ފާފަ) ލިބިގެންދާނެ އެވެ."


މި ޙަދީޘްއިން ލިބިދޭ ދަލީލަކީ (وَإِنَّمَا الْإِمَامُ جُنَّةٌ يُقَاتَلُ مِنْ وَرَائِهِ وَيُتَّقَى بِهِ) "ހަނގުރާމަ ކުރުންއޮތީ އިމާމްގެ ފަހަތުގައި އަދި ރައްކައުތެރިކަން ލިބިގަންނަނީ އިމާމްގެ ފަރާތުން" މި އެވެ.


الإِمَامُ النَّوَوِي رحمه الله ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ ﷺ ގެ ބަސްފުޅުގައިވާ (الْإِمَامُ جُنَّةٌ) "ވެރިޔާއަކީ އައްޑަނައެކެވެ." އެއީ ޢަދުއްވުންގެ އަނިޔާތަކުން ރައްކައުތެރިކަން ލިބިގަންނަ ފަރުދާއެކެވެ. އަދި ވެރިޔާ މީސްތަކުން އެއްބަޔަކު އަނެއްބައެއްގެ ފަރާތުން ރައްކައުތެރިކޮށްދެ އެވެ. އަދި އިސްލާމްދީނުގެ ވަށާލެވިގެންވާ އެންމެހައި ކަންތައްތައް ރައްކައުތެރިކޮށްދެ އެވެ. އަދި މީސްތަކުންގެ މައްޗަށް ވެރިވެގަންނާނެ ޢަދުއްވެއްގެ ބިރުވެރިކަމުގެ މަތިން މީސްތަކުން ރައްކައުތެރިކަން ލިބިގަނެ އެވެ. (يُقَاتَلُ مِنْ وَرَائِهِ) ގެ މާނައަކީ "އަބަދުގެ އަބަދަށް ވެރިޔާއާ އެކުގައި ކާފަރުންނާއި، ބާޣީންނާއި، ޚަވާރިޖުންނާއި އެހެނިހެން އެންމެހައި ފަސާދައާއި އަނިޔާވެރިކަމުގެ އަހުލުވެރިންގެ މައްޗަށް ހަނގުރާމަކުރުންވެ އެވެ."


އަދި މިޙަދީޘްއިން ބަޔާންވެގެންދާ ފައިދާތަކުގެ ތެރޭގައި މީސްތަކުންގެ މައްޗަށް އަމީރެއް (ވެރިޔާ ނުވަތަ ވެރިން އައްޔަނު ކޮށްފައިވާ ފަރާތެއް) އެބައިމީހުން ހަނގުރާމަ ކުރުމަށްޓަކައި އެބައިމީހުންނާ އެކުގައި ހުރުން ބަޔާންވެގެންދެ އެވެ. އިސްވެގޮސްފައިވާ ބަސްތަކުން الإِمَامُ النَّوَوِي ގެ ފަރާތްޕުޅުން ނަޤުލުކުރެވިފައިވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން އެ ވެރިޔާއަކީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައިވުމަކީ އެކަމަށް ކަނޑައެޅިގެންވާ ޝަރުޠެއް ނޫނެވެ.


މިކަމަށް ބާރުލިބިގެންދަނީ الإِمَامُ البُخَارِيْ ބާބެއް ބަންނަވައި ވިދާޅުވެފައި އެވެ. (بَابٌ الجِهَادُ مَاضٍ مَعَ البَرِّ وَ الفَاجِرِ) "ބާބު : ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް، (އެ ވެރިޔާ އެކުގައި) ޖިހާދު ކުރުންވެ އެވެ."  އެއީ النَّبِيُّ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (الخَيْلُ مَعْقُود بِنَوَاصِيْهَا الخَيْر إِلى يَوْمِ القِيَامَة الأَجْر و المُغْنِم)  "އަސްތަކުގެ ނިތްކުރިތަކުގައި ޤިޔާމަތާއި ޖެހެންދެން ހެޔޮކަންތައް ވަނީ ބަނދެވިގެންނެވެ."


الحَافِظُ ابن حَجَر رحمه الله ވިދާޅުވެފައިވެ އެވެ. "(بَابٌ الجِهَادُ مَاضٍ مَعَ البَرِّ وَ الفَاجِرِ) "ބާބު : ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވީ ނަމަވެސް (އެ ވެރިޔާ އެކުގައި) ޖިހާދު ކުރުންވެ އެވެ." މި ބާބު ބިނާކުރައްވާފައި ވަނީ إِمَامُ أَبُودَاود   ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ލަފްޟުގެ މައްޗަށެވެ. މި ޙަދީޘް أَبُويَعلى، أَبُوهُرَيْرة ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. މިރިވާޔަތަކީ މައްސަލައެއް އޮތް ރިވާޔަތެއް ނޫނެވެ."


2. أَبِيْ إِدْرِيس الخَولَانِيْ ވިދާޅުވެފައިވެ އެވެ. خُذَيْفَة بِنْ اليَمَان رضي الله عنه ވިދާޅުވަނިކޮށް އަޑުއެއްސެވީމެވެ. (كَانَ النَّاسُ يَسْأَلُونَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْخَيْرِ وَكُنْتُ أَسْأَلُهُ عَنْ الشَّرِّ مَخَافَةَ أَنْ يُدْرِكَنِي فَقُلْتُ يَا رَسُولَ اللَّهِ إِنَّا كُنَّا فِي جَاهِلِيَّةٍ وَشَرٍّ فَجَاءَنَا اللَّهُ بِهَذَا الْخَيْرِ فَهَلْ بَعْدَ هَذَا الْخَيْرِ شَرٌّ قَالَ نَعَمْ فَقُلْتُ هَلْ بَعْدَ ذَلِكَ الشَّرِّ مِنْ خَيْرٍ قَالَ نَعَمْ وَفِيهِ دَخَنٌ قُلْتُ وَمَا دَخَنُهُ قَالَ قَوْمٌ يَسْتَنُّونَ بِغَيْرِ سُنَّتِي وَيَهْدُونَ بِغَيْرِ هَدْيِي تَعْرِفُ مِنْهُمْ وَتُنْكِرُ فَقُلْتُ هَلْ بَعْدَ ذَلِكَ الْخَيْرِ مِنْ شَرٍّ قَالَ نَعَمْ دُعَاةٌ عَلَى أَبْوَابِ جَهَنَّمَ مَنْ أَجَابَهُمْ إِلَيْهَا قَذَفُوهُ فِيهَا فَقُلْتُ يَا رَسُولَ اللَّهِ صِفْهُمْ لَنَا قَالَ نَعَمْ قَوْمٌ مِنْ جِلْدَتِنَا وَيَتَكَلَّمُونَ بِأَلْسِنَتِنَا قُلْتُ يَا رَسُولَ اللَّهِ فَمَا تَرَى إِنْ أَدْرَكَنِي ذَلِكَ قَالَ تَلْزَمُ جَمَاعَةَ الْمُسْلِمِينَ وَإِمَامَهُمْ فَقُلْتُ فَإِنْ لَمْ تَكُنْ لَهُمْ جَمَاعَةٌ وَلَا إِمَامٌ قَالَ فَاعْتَزِلْ تِلْكَ الْفِرَقَ كُلَّهَا وَلَوْ أَنْ تَعَضَّ عَلَى أَصْلِ شَجَرَةٍ حَتَّى يُدْرِكَكَ الْمَوْتُ وَأَنْتَ عَلَى ذَلِكَ)  "މީސްތަކުން رَسُوْلُ الله ﷺ އަރިއަހުގައި ހެޔޮކަންތަކާ ބެހޭގޮތުން ސުވާލު ދަންނަވަމުން ގެންދިޔަ އެވެ. އަހަރެން رَسُوْلُ الله ﷺ އަރިއަހުގައި ނުބައިކަންތަކާ ބެހޭގޮތުން ސުވާލު ދެންނެވީމެވެ. އަހަރެންނާ އެ ނުބައިކަންތައްތައް ދިމާވެދާނެ ކަމުގެ ބިރަށެވެ. ފަހެ، ދެންނެވީމެވެ. ﷲ ގެ ރަސޫލާ އެވެ. އަޅުގަނޑުމެން ނުބައިކަމުގައި އަދި ޖާހިލިއްޔަތުގައިވީމު އެވެ. ފަހެ، ﷲ އަޅުގަނޑުމެން މި ހެޔޮކަމަށް ގެނެސްދެއްވި އެވެ. މި ހެޔޮކަމަށްފަހު ނުބައިކަމެއްވޭތޯ އެވެ؟  ޙަދީޘް ކުރެއްވި އެވެ. "އާނއެކެވެ." ދެންނެވީމެވެ. އެ ނުބައިކަމަށް ފަހުގައި ހެޔޮކަމެއްވޭތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. "އާނއެކެވެ. ދަޚަން އެއް ވާނެ އެވެ." ދެންނެވީމެވެ. ދަޚަން އަކީ ކޮބައިތޯ އެވެ. ޙަދީޘް ކުރެއްވި އެވެ. "ބަޔަކު އަންނާނެ އެވެ. ތިމަންނަބިއްޔާގެ ހިދާޔަތް ނޫން ހިދާޔަތަށް އެބައިމީހުން މަގުދައްކާނެ އެވެ. ތިބާއަށް އެކަން އެނގި އިންކާރު ކުރާނެ އެވެ." ދެންނެވީމެވެ. އެ ހެޔޮކަމަށްފަހު ނުބައިކަމެއްވޭތޯ އެވެ. ޙަދީޘްކުރެއްވި އެވެ. "އާނއެކެވެ. ނަރަކައިގެ ދޮރުތަކުގެ މަތީގައި ތިބެގެން މީސްތަކުންނަށް ދަޢުވަތުދޭ ބަޔަކުވާނެ އެވެ. އެބައިމީހުންނަށް އިޖާބަދިން މީސްތަކުން ނަރަކައިގެ ތެރެއަށް އެއްލާލެވޭނެ އެވެ." ދެންނެވީމެވެ. ﷲ ގެ ރަސޫލާ އެވެ. އެބައިމީހުން އަޅުގަނޑުމެންނަށް ޞިފަކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވި އެވެ. "އެބައިމީހުންނަކީ އަހަރެމެންގެ ހަށިތަކެއް ފަދަ ހަށިތަކެއްގައިވާ ބައެކެވެ. އަދި އަހަރެމެން ވާހަކަ ދައްކާ ދޫ ފަދަ ދުލަކުން އެބައިމީހުން ވާހަކަ ދައްކަ އެވެ." ދެންނެވީމެވެ. އަޅުގަނޑާ އެބައިމީހުންނާ ބައްދަލުވެއްޖެ ނަމަ އަޅުގަނޑަށް އަމުރުކުރައްވަނީ ކޮންފަދައަކުންތޯ އެވެ. ޙަދީޘްކުރެއްވި އެވެ. "މުސްލިމުންގެ ޖަމާޢަތުގައި އަދި އެބައިމީހުންގެ އިމާމުއާ އެކުގައި ފުރިހަމައަށް ދެމިހުންނާށެވެ." ދެންނެވީމެވެ. ޖަމާޢަތެއް ނެތި އަދި އިމާމެއް ވެސް ނެތް ނަމަ ހަދާނީ ކިހިނަކުންތޯ އެވެ. ޙަދީޘް ކުރެއްވި އެވެ. "ތިބާ ގަހެއްގެ މުލުގައި ދަތްއަޅައިގެން އޮންނަންޖެހި އެގޮތުގައި އޮވެ މަރުވެދިޔަ ކަމުގައިވީ ނަމަވެސް، ތިބާ އެންމެހައި ފިރުޤާތްތައް ދޫކޮށްލާށެވެ."


الحَافِظُ ابن حَجَر رحمه الله ވިދާޅުވެފައިވެ އެވެ. "الطَّبَرِي ވިދާޅުވެފައިވެ އެވެ. މިތަނުގައިވާ "ޖަމާޢަތުގައި ދެމިހުރުން" ގެ ޙައްޤުވެގެންވާ މުރާދަކީ އެމީހެއްގެ މައްޗަށް މީސްތަކުން ޖަމަޢަވެފައިވާ އަމީރުގެ ޖަމާޢަތުގައި ޤާއިމްވެ ދެމިހުރުމެވެ. އެބައިޢަތް ދޫކޮށްލައިފި މީހަކީ ޖަމާޢަތުން ބޭރުވެއްޖެ މީހެކެވެ. ވިދާޅުވެފައިވެ އެވެ. ޙަދީޘްގައިވެ އެވެ. ހަމަކަށަވަރުން އެވަޤުތެއްގައި މީސްތަކުންގެ ތެރޭގައި އިމާމަކު ނެތި މީސްތަކުން ޕާޓީތަކަށް ބެހިފައިވާ ހިނދެއްގައި އެއްވެސް މީހަކަށް އެބައިމީހުން ބައިބަޔަށް ބެހިފައިވާ ޙާލުގައި ތަބަޢަވެގެން ނުވާނެ އެވެ. އޭނާއަށް ކުޅަދާނަވީ މިންވަރަކަށް މީސްތަކުން ދޫކޮށް ވަކިވެ ދެމިހުންނަން ޖެހޭނެ އެވެ. އެއީ ނުބައިކަމުގެ ތެރެއަށް އޭނާ ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރަށެވެ."


ބުނަމެވެ. އިސްވެދިޔަ އެންމެހައި ދަލީލުތަކުން ނެގޭ ދަލީލަކީ ޖިހާދުކުރުމަށްޓަކައި ކޮންމެހެން ވެސް ޝަރުޢީ ގޮތުގައިވާ ޤާއިދާއެއް ހުންނަންޖެހެ އެވެ. ހަމަކަށަވަރުން ކާފިރު ދިދައެއްގެ ދަށުގައި ޖިހާދެއް ނުކުރެވޭނެ އެވެ. މުސްލިމުންގެ އިމާމް ނަގަހައްޓާފައިވާ ދިދައެއް ނެތް ހިނދުގައި ޖިހާދެއް ނޯންނާނެ އެވެ. އަދި ހަމަކަށަވަރުން މުސްލިމުންގެ އިމާމެއް ނެތްކަމުގައިވާ ނަމަ އެންމެހައި ފިރުޤާތްތައް ދޫކޮށް ވަކިވާން ޖެހެ އެވެ. ކުރީގައި ބަޔާންކުރެވުނު ފަދައިން މިއީ أَهْلُ السُنِّةِ وَالجَمَاعَةِ ގެ ޢަޤީދާ އެވެ." - الجِهَادُ فِي الإِسْلام مَفهُومِه وَضوَابِطه وَأَنْوَاعِه وَأَهدَافه

ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖ. ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު | 22 ނޮވެމްބަރ 2019

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން | 21 ނޮވެމްބަރ 2019

ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله | 21 ނޮވެމްބަރ 2019

 ޢާންމުން ނުކުމެ ޝަރީޢަތުން ބޭރުގައި މީސްތަކުންނަށް ހައްދު ތަންފީޒުކޮށް މީހުން މެރުމަށް ހިއްވަރުދޭނީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ "ޝެއިޚުން" | 18 ނޮވެމްބަރ 2019

 ނިއުޒިލޭންޑް މިސްކިތައް ދެވުނު ޓެރެރިސްޓް ހަމަލާގެ މައްޗަށް މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ أ.د. عَبدُ الله بن عَبد الرَّحِيم البُخَاري حفظه الله ވިދާޅުވެފައިވާ ބަސްފުޅު | 17 މާރޗް 2019

 ފަރުދުން ނުކުމެ އިސްލާމްދީނަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ޙައްދު ޤާއިމްކޮށް ޤަތުލުކުރުން ނަޙީވެގެންވާކަން - العَلَّامَة الشَّيْخُ صالح الفوزان حفظه الله | 09 އޮގަސްޓު 2017

 ޤަތަރުގެ އަލް-ޖަޒީރާ ޗެނަލް އަކީ ޓެރަރިސްޓު ޖަމާޢަތްތަކުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދޭ މިންބަރު - الشيخ صالح بن فوزان الفوزان حفظه الله | 09 ޖޫން 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި ޤަރަޟާވީގެ އިރުހާބީ ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

ސަފީރުން މެރުމުން އެކަމުގެ މައްޗަށް އުފާ ފާޅުކުރުން އެއީ ހަރާމް ކަމެއް - هيئة كبار العلماء السعودية | 18 ޖެނުއަރީ 2017

ސަފީރުން، އެމްބަސެޑަރުން، ފަތުރުވެރިން، ޒިޔާރަތްކުރާ މީހުން މެރުމުގެ ޙުކުމް - الشَّيْخ د. عَبْدُ السلام بن سالم السُّحيمي حفظه الله | 17 ޖެނުއަރީ 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...