ޔަމަނުގެ އަހުލުވެރިންގެ މައްޗަށް ފަރުޟުވެގެންވާ ދިފާޢީ ޖިހާދު - الشَّيْخُ العَلاَّمَة عُبَيْد الجَابِرِي حفظه الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޖިހާދު

"الحمد لله رب العالميىن. وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
أما بعد :
ޔަމަނުގެ ޙާލަތާ ބެހޭގޮތުން އަހަރެންނާ ސުވާލުކުރި ފަރާތަށް ޖަވާބުގައި އަހަރެން ބުނަމެވެ. އެ ދައުލަތުގެ ހަނގުރާމަވެރި ލަޝްކަރާ ގުޅިގެން ޙޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ޖިހާދެއްތޯ ނުވަތަ ނޫންތޯ އެވެ.

ﷲ ގެ ޙަޟުރަތުން ތަޥްފީޤު ލިބިދިނުމަށް އެދެމެވެ.

ދައުލަތާ ގުޅިގެން، ޙޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ދިފާޢީ ޖިހާދުގެ ތެރެއިން ހިމެނިގެންވާ ޖިހާދެކެވެ.

ހެޔޮކަމުގައިވާ ރަނގަޅު އަޚާއެވެ. ދަންނަހުއްޓެވެ. އެ ކާފަރު، ރާފިޟީންނާ ދެކޮޅަށް ނުކުމެ ޖިހާދުކުރުމަކީ ކޮންމެ މުކައްލަފަކަށް (ތަކްލީފް ލިބިގެންވާ) ކޮންމެ މީހެއްގެ މައްޗަށް ޢައިނިއްޔަ ފަރުޟެއް ކަމުގައިވެ އެވެ. އޭނާގެ އަމިއްލަ ނަފްސުން ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކަށް ނުވަތަ އޭނާގެ މުދަލުން ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ސަބަބުތަކުގެ ތެރޭގައި:


ފުރަތަމައީ : މި ޙޫތީންނަކީ ހަމައެކަނި މުސްލިމުންގެ މައްޗަށް ޙައްދުފަހަނަ އަޅައިފައިވާ ބައިގަނޑެއް ނޫނެވެ. ކިޔެއްތޯ، މި ބައިގަނޑަކީ ކާފިރުވެފައިވާ، މުރުތައްދުވެގެންވާ، ރާފިޟީންނެވެ. މި ބައިގަނޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވަނީ، ރާފިޟީ ދައުލަތް ކަމުގައިވާ އީރާން އެވެ. މި ހައްދުފަހަނަ އަޅައިފައިވާ ޙޫތީންގެ ލަނޑުދަނޑި ކަމުގައިވަނީ، ހަމައެކަނި ވެރިކަމަށް އައުމެއް ނޫނެވެ. އެހެނަސް މި މީސްތަކުން، މި ބައިގަނޑުގެ ލަނޑުދަނޑި ކަމުގައިވަނީ، އިސްލާމް ދީނާއި ސުންނަތް ނައްތާލުމެވެ. ނެތިކޮށްލުމެވެ. ހެޔޮކަމުގައިވާ ޔަމަނުގައިވާ އަހުލުވެރިންނޭވެ. އިސްލާމްދީނުގައިވާ ސުންނަތުގެ އަހުލުވެރިންނޭވެ. މިކަންތައް ދަންނަހުއްޓެވެ. މިކަމަށް ސަމާލުވުން ހުއްޓެވެ.


ދެވަނައީ : ހަމަކަށަވަރުން ޝަރުޢީ ގޮތުން ރައީސެއް ގޮތުގައިވަނީ، އެއީ : عبد ربه بن منصور بن هادي  އެވެ. އޭނާވަނީ މީސްތަކުންނަށް ޖިހާދަށް ނުކުތުމަށް ޢާންމުކޮށް ގޮވާލާފަ އެވެ. ވަލިއްޔުލް އަމްރު، މީސްތަކުންނަށް ޖިހާދަށް ނުކުތުމަށް ގޮވާލައިފި ހިނދުގައި، އެއަށް އިޖާބަދިނުން ޢައިނިއްޔަ ފަރުޟެއް ކަމުގައިވެ އެވެ. މީގެ ކުރިން އަހަރެމެން ބަޔާންކުރިފަދައިންނެވެ.


ރައީސްގެ މި ގޮވާލުމަށް އިޖާބަނުދީ، ޖިހާދަށް ނުނުކުތް މީހާ އަކީ، އަދި ޙޫތީ، ރާފިޟީ، ބާޠިނިއްޔާ އާ  ބައިވެރިވެއްޖެ މީހަކީ، މުސްލިމުންނާ ހަނގުރާމަ ކުރުމުގައިވާ މީހެކެވެ. ބިންމަތި ފަސާދަ ކުރުމުގައިވާ މީހެކެވެ. އޭނާއަކީ ﷲ އަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް އުރެދިފައިވާ މީކެކެވެ.


ލޯބިވާ ޔަމަނުގައިވާ އެންމެހައި ސުންނަތުގެ އަހުލުވެރިންނޭވެ. މި ބައިގަނޑާ ދެކޮޅަށް ހަނގުރާމަކުރުމަށް ނުކުތުމަށް ޖެހިލުން ނުވާށެވެ. އެއްޗެހި ކިޔާ މީހުންގެ ބަސްތަކުގެ މައްޗަށް ލަދުވެތިވެ ނުގަންނާށެވެ. ތިޔަބައިމީހުން މިކަމުގައި ކިޔަމަންވެ ދެމިތިބުން ހުއްޓެވެ. ތިޔަ ކާފަރުންނާ ދެކޮޅަށް ނުކުމެ ހަނގުރާމަކޮށް ﷲ އަށް ކުއްތަންވާށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا هجرة بعد الفتح ، فإذا استنفرتم فانفروا)
"ފަތަޙަވެ ދިއުމަށްފަހުގައި ހިޖުރަކުރުމެއް ނުވެ އެވެ. ވެރިޔާ ޖިހާދަށް ނުކުތުމަށް ގޮވާލައިފި ހިނދުގައި ޖިހާދަށް ތިޔަބައިމީހުން ނުކުތުން ހުއްޓެވެ."

ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ޖިހާދަށް ނުކުތުމަށް ގޮވައިލެވިއްޖެ އެވެ. އެކަމަށް ތިޔަބައިމީހުންނަށް ވަނީ ގޮވާލެވިފަ އެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އިޖާބަ ދިނުން ވާޖިބުވެގެންވެ އެވެ.


ﷲ ގެ ޙަޟުރަތުން ވާތްގަށް އެދި ދަންނަވާށެވެ. ކެތްކުރާށެވެ. ﷲ ގެ ޙަޟުތަރުން ޘަވާބާއި ދަރުމައަށް އެދޭށެވެ. ފަހެ، އެ އިސްލާމްދީނުން ބޭރުވެގެންވާ ކާފަރުން، ރާފިޟީން ބާޠިނިއްޔާ އާ ހަނގުރާމަ ކުރުމަކީ، ދިފާޢީ ޖިހާދެކެވެ. މާނައަކީ : ތިޔަބައިމީހުންގެ ދީނަށްޓަކައި، ނަފްސާއި މުދަލާއި ތިޔަބައިމީހުންގެ ހަށިގަނޑު ރައްކައުތެރިކުރުމަށް ވާޖިބުވެގެންވާ ކަމެކެވެ.


ތިޔަބައިމީހުންގެ ދީނަށްޓަކައި ތިޔަބައިމީހުން ﷲ އަށް ކުށްތަންވުމަށް ތިޔަބައިމީހުން ބިރުވެތިވުން ހުއްޓެވެ. އެއީ ފަސޭހަ ނިކަމެތި ކަމެއްގެ ގޮތުގައި ނުހަދާށެވެ. ﷲ ގެ ޙަޟުރަތުން ލިބޭނެ އަޖުރުގެ މަތިވެރިކަން ހޯދުމަށްޓަކައި މި ކަމުގައި ތިޔަބައިމީހުން ޤާއިމްވުން ހުއްޓެވެ.
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.


މި ބަސްތައް ބަޔާންކުރީ عُبيد بن عبد الله بن سُلَيْمَان الجابري  އެވެ. އެއީ ހިޖުރީ ގޮތުން 5 جمَادى الآخِرَة 1436 ވީ ބުދަ ދުވަހުގެ މަޣްރިބް ފަހުންނެވެ. އެއީ މީލާދީ ގޮތުން 25 މާރޗް 2015 އެވެ.
 
*****

ފަތުވާ : http://goo.gl/dwqiBA

Like what you see?

Close

Hit the buttons below to follow us, you won't regret it...