ޚަވާރިޖުންނާ ދެކޮޅަށް ނުކުމެ ހަނގުރާމަ ކުރުން ހުއްދަވެގެންވޭ - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ކެޓަގަރީ ޚަވާރިޖުން

الإمام البربهاري رحمه الله  ލިޔުއްވި ޢަޤީދާ ފޮތް شرح السنة ގައި ވިދާޅުވެފައިވެ އެވެ.

(ويحل قتال الخوارج إذا عرضوا للمسلمين في أموالهم و أنفسهم و أهليهم)

"މުސްލިމުންގެ މައްޗަށް، މުދާ ތަކުގެ މައްޗަށް ނަފްސުތަކުގެ މައްޗަށް އަދި އަނބިދަރިންގެ މައްޗަށް ޚަވާރިޖުން ނުކުމެ ފާޅުވެއްޖެ ހިނދުގައި އެމީހުންނާ ހަނގުރާމަކުރުން ޙަލާލުވެގެންވެ އެވެ."


މިތަނުގެ ޝަރަޙައިގައި الإمام الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ.


ޝަރަޙަ : "ޚަވާރިޖުން" އެއީ ކޮންބައެއްކަން އަހަރެމެންނަށް ބަޔާންވެގެން ގޮއްސި އެވެ. އެމީހުންނަކީ ވެރިޔާގެ ކިޔަމަންވުމުން ނިކުމެ، އުރެދެވޭނެ ކަން ދެކޭމީހުންނެވެ. އަދި ވަލިއްޔުލް އަމްރަށް ބައިޢަތެއް ނޯންނާނެ ކަމުގައި ދެކޭ މީހުންނެވެ. ނުވަތަ ބައިޢަތެއް ދެން އިތުރަށް މީސްތަކުންގެ މައްޗަށް ނޯންނާނެ ކަމަށް ދެކޭ މީހުންނެވެ. އަދި އެމީހުންނަކީ މުސްލިމުން ބޮޑެތި ފާފަތަކަށް އަރައިގަތުމުން ކާފަރުކުރާ މީހުންނެވެ. މިފަދަ މަޛްހަބެއް އެބައިމީހުން ހޯދައިގަނެ އެހެނަސް އެމީހުންނަށް ބާރުވެރިކަމެއް ލިބިފައި ނުވާ ހިނދު އަދި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ނުކުރާނަމަ، އެމީހުންނާ ހަނގުރާމަ ނުކޮށް ދޫކޮށްލާނީ އެވެ. އެގޮތުން އެމީހުންނަށް ނަޞޭޙަތްދިނުމާއި، ބަޔާންކޮށްދިނުމުގައި ދެމިތިބޭނީ އެވެ. އެއީ އެމީހުން ތަޥްބާވެދާނެ ކަމުގެ އުއްމީދުގަ އެވެ.


އެހެނަސް އެމީހުނަށް ބާރުވެރިކަން ލިބި، އަދި ބާރުގަދަކަން އެމީހުން ފާޅުކޮށްފި ހިނދުގައި، ފަހެ، އެހިނދުގައި މުސްލިމުންނަށް ވާޖިބުވެގެންވަނީ އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ. އެއީ އެމީހުންގެ ނުބައިކަމުން އެއްކިބާވުމަށެވެ. އެމީހުންގެ ނުރައްކަލުން ސަލާމަތްވުމަށެވެ.


އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަނީ އެމީހުންނަކީ ކާފަރުން ކަމުގައި ދެކިގެނެއް ނޫނެވެ. އެމީހުންނަކީ ކާފަރުންނަށްވެގެން ހަނގުރާމަ ކޮށްގެން ނުވާނެ އެވެ. އެހެނަސް އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަނީ އެމީހުންނަކީ މުސްލިމުން ކަމުގައި ދެކިގެންނެވެ. އެމީހުން މުސްލިމުންގެ މައްޗަށް އަނިޔާވެރިވެ މުސްލިމުންގެ މައްޗަށް އަރައިގެންފައި ވުމުންނެވެ.


ފަހެ، އެގޮތުން އަމީރުލް މުއުމިނީން علي بن أبي طالب رضي الله عنه އަރިހުގައި ޚަވާރިޖުންނާ ދެކޮޅަށް ހަނގުރާމަ ކުރެވުނު ހިނދުގައި ޚަވާރިޖުންނާ ބެހޭގޮތުން ސުވާލުކުރެވުނެވެ. "އެމީހުންނަކީ ކާފަރުންތޯ އެވެ." ވިދާޅުވި އެވެ. "ނޫނެކެވެ. އެމީހުން ކާފަރު ކަމުން ވަނީ ފިލައިފަ އެވެ. އެހެނަސް އެމީހުންނަކީ އަހަރެމެންގެ އަޚުންނެވެ. އަހަރެމެންގެ މައްޗަށް އެމީހުން ވަނީ އަރައިގެންފަ އަދި އަނިޔާވެރިވެގެންނެވެ."


ޚަވާރިޖުންނަކީ ކާފަރުންނަށްވެގެން ހަނގުރާމަކޮށްގެން ނުވާނެ އެވެ. އެހެންވުމުން ޚަވާރިޖުންގެ މުދާތައް އެއީ ޣަނީމާ މުދާތަކެއް ފަދައިން ޢަމަލެއް ނުކުރެވޭނެ އެވެ. އެފަދައިން އެމީހުންގެ މުދަލަށް ޢަމަލުކުރުމެއް ނުވެ އެވެ. ސަބަބަކީ އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަނީ އެމީހުންގެ ނުބައިކަމުން ރައްކާތެރިވުމަށެވެ. އެމީހުންނަކީ ކާފަރުންނަށް ވުމުންނެއް ނޫނެވެ. އާއެކެވެ.

(ويحل قتال الخوارج إذا عرضوا للمسلمين في أموالهم و أنفسهم و أهليهم)

"މުސްލިމުންގެ މައްޗަށް، މުދާ ތަކުގެ މައްޗަށް އަދި އަނބިދަރިންގެ މައްޗަށް ޚަވާރިޖުން ނުކުމެ ފާޅުވެއްޖެ ހިނދުގައި އެމީހުންނާ ހަނގުރާމަކުރުން ޙަލާލުވެގެންވެ އެވެ."
"މުސްލިމުންގެ މައްޗަށް، ޚަވާރިޖުން ނުކުމެ ފާޅުވެއްޖެ ހިނދުގައި އެމީހުންނާ ހަނގުރާމަކުރުން ޙަލާލުވެގެންވެ އެވެ." (މިކަން އަހަރެމެންނަށް ބަޔާންވެގެންދަނީ) : އެ

 

ޚަވާރިޖުން عبد الله بن خباب بن الأرت رضي الله عنه  ގެމައްޗަށް ފާޅުވެ، عبد الله بن خباب بن الأرت އެމީހުން ޤަތުލުކުރި އެވެ. އަދި މި ޞަޙާބީގެ އަނބިކަބަލުންގެ ބަނޑު އެމީހުން ފެޅި އެވެ. އެ އަނބިކަނބަލުން އެހިނދުގައި އިންނެވީ މާބަނޑު ޙާލުގަ އެވެ. ފަހެ، އެހިނދުގައި އަމީރުލް މުއުމިނީން އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އަޒުމް ކަނޑައެޅުއްވި އެވެ. އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވި އެވެ. އެއީ އެބައިމީހުންގެ ފަރާތުން މި އަނިޔާވެރިކަން ފާޅުވުމުންނެވެ. އާއެކެވެ. 

 
"މުސްލިމުންގެ މުދާ ތަކުގެ މައްޗަށް، ޚަވާރިޖުން ނުކުމެ ފާޅުވެއްޖެ ހިނދުގައި އެމީހުންނާ ހަނގުރާމަކުރުން ޙަލާލުވެގެންވެ އެވެ." އެއީ އެބައިމީހުން މުސްލިމުންގެ މުދާ ނެގުމަށް ބޭނުންވުމެވެ. އެމީހުން ދެކެނީ އެއީ ޣަނީމާ މުދާތަކެއްގެ ގޮތުގަ އެވެ. އެއީ އެމީހުންނަށް ހުރި ޣަނީމާ މުދާތަކެއްގެ ގޮތުގައި އެމީހުން ދެކެ އެވެ. އާއެކެވެ.
"މުސްލިމުންގެ ނަފްސުތަކުގެ މައްޗަށް ޚަވާރިޖުން ނުކުމެ ފާޅުވެއްޖެ ހިނދުގައި އެމީހުންނާ ހަނގުރާމަކުރުން ޙަލާލުވެގެންވެ އެވެ." (މާނައަކީ : ޚަވާރިޖުންނާ ދެކޮޅަށް ހަނގުރާމަ ކުރުން ޙަލާލުވެގެންވާ ކަންތައްތަކުގެ ތެރޭގައި އެބައިމީހުން އަންނަނިވި ގޮތްތައް ދެކުމެވެ.) އެއީ އެ މުސްލިމުންނަކީ ކާފަރުން ކަމުގައި ދެކުމެވެ. އެ މުސްލިމުންނަކީ އަޅުންގެ ގޮތުގައިވާ ބައެއް ކަމުގައި ދެކުމެވެ. އަޅުންގެ ގޮތުގައި ހޯދައިގަނެވޭނެ ކަމުގައި ދެކުމެވެ. އާއެކެވެ. 


އަދިވެސް ނަފްސުތަކުގެ މައްޗަށް ފާޅުވުމުގެ ތެރެއަށް މުސްލިމުން ޤަތުލުކުރުން ވަންނާނެ އެވެ. އާއެކެވެ.


"މުސްލިމުންގެ އަނބިދަރިންގެ މައްޗަށް ޚަވާރިޖުން ނުކުމެ ފާޅުވެއްޖެ ހިނދުގައި އެމީހުންނާ ހަނގުރާމަކުރުން ޙަލާލުވެގެންވެ އެވެ." (މިކަމުގެ މިޘާލަކީ) عبد الله بن خباب رضي الله عنه  ގެ އަނބިކަނބަލުންގެ މައްޗަށް އެމީހުން ފާޅުވެ، އެކަނބަލުން މާބަނޑު ޙާލުގައި ވަނިކޮށް، ބަނޑުފަޅައި ހެދުމެވެ. މި މީސްތަކުންނަށް ﷲ ގެ ޢުޤޫބާތް ދެއްވާނދޭވެ. އާއެކެވެ.

 
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/a4jMfl

Like what you see?

Close

Hit the buttons below to follow us, you won't regret it...